"ގުރުއާން ޗެލެންޖް" ގައި ހުރިހާ އެންމެން ބައިވެރިވެ، ކީރިތި ގުރުއާނުން ސޯޝަލް މީޑިއާ ފުރާލަ ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ޝަހީމް ފެއްޓެވި ގުރުއާން ހަތިމް ކުރުމުގެ ޗެލެންޖަށް ގިނަ ބައެއްގެ ތާއީދު ވަނީ ލިބިފައެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރުއާން ކިޔެވުމުގެ ޕްރޮގްރާމް މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށާއި އެ ދުވަހު ހަތިމް ކުރައްވާނެ ކަމަށެވެ.

ޝަހީމް ވަނީ އެކިއެކި ކިޔެވުންތައް ކިޔެވުމަށް ފަހު ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ގުރުއާނަކީ ނޫރު ކަމަށާއި، އަލިވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

"އެކި ކިޔެވުންތައް ފޭސްބުކްގައި ޝެއާ ކުރައްވާށެވެ. ގުރުއާނުން ސޯޝަލް މީޑިއާ ފުރާލާށެވެ. އެންމެން އަޑު އަހާށެވެ. އެއީ ނޫރެކެވެ. އަލިވާނެއެވެ،" ޝަހީމް ވިދާޅުވިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސިއްހީ އިދާރާތަކުންނާއި ކަމާބެހޭ މާހިރުން ގޭގައި މަޑުކުރުމަށް ގޮވާލައި، އެ ވައިރަހާއި ގުޅިގެން މުޅި ދުނިޔޭގެ ވެސް ގިނަ އޮފީސްތަކެއް އަދި ސްކޫލަތަކެއް ބަންދު ކުރުމާ އެކު ގޭގައި ތިބޭ ވަގުތުތައް އިންތިހާ އަށް އިތުރުވެގެން ދާން ފެށުމުން ސޯޝަލް މީޑިއާ ޗެލެންޖުތަކެއް ވަނީ ފަށައިފައެވެ.

މި ޗެލެންޖުތަކުގެ ތެރެއިން މިހާރު މަގުބޫލް އެއް ޗެލެންޖަކީ ފާހަނާގައި ބޭނުން ކުރާ ޓޮއިލެޓް ޕޭޕާ ރޯލަކުން "ޖަގަލް" ކުރުމުގެ ޗެލެންޖެވެ. މި ޗެލެންޖުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި އާންމުން ބައިވެރިވި އިރު، ދިވެހި ސަރުކާރުގެ އިސް ބައެއް ވެރިން ވެސް މި ޗެލެންޖުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަމަށް ފާޑު ވިދާޅުވެ، ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެންވެގެން ހަތިމް ކުރަން ފެށުނީ ކަމަށެވެ. މިކަމުގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަސަން ކޮއި

  ނޫސްތަކަށް ނާރައިގެން އަންނި ދެރެވާނެ ދޯ.. ޝަހީމު މާވަރުގަދަކޮށްފި ވިއްޔާ..!
  މިހާދުވަހު ކޮރޯނާގެ ބިރުވެރިކަން ބޮޑުވާހެން ހީވާތީ ފިލާފަ އޮތީ..އަންނި ހަމަ ކުޑަކޮށްވެސް ބަލިފެތުރުން ކޮންޓްރޯލް ވީހެން ހީވާއިރަށް ހޮރުން ނިކުމެ.. މިއުޅެނީ ނޫސްތަކުގެ ހެޑްލައިން ހޯދަަން..
  އައްދޭ ކަމަކުނުދާނެ ޝަހީމު މާވަރުގަދަ އެބަކުރޭ.. އޭނާޔާ ދިމާކޮލްލީމަ ހެޑްލައިން މިފަހަރު ލިބޭނީ.. މީ އަންނީގެ ފޭކްސްޓްރެޓަޖީއަކީ..
  އެނޫންނަމަ ކޮންބަޢަވާތަކޭ.. ތީ އެއްޗޭ ކިޔާކަށް.. އަމިއްލަ ގާބިލުކަން ނެތިގެން ދޯކޮށް ލީ..
  އެކަން މި ފަހަރުވެސް ސާބިތުވެއްޖެ.. ކަމެއް ޖެހުނީމަ އިބޫ ބޮލަށް ކަނޑާފަ ފިލީ.. ހަމަ ނިމޭއިރަށް ހޮރުން ބޯދިއްކޮށް އަޑުގަދަ ކުރަނީ..!

 2. ފެކްޓް

  ޤުރްއާނަށް ޢަމަލް ކުރަންވީ! އެކަން ނުކުރެވި ކިޔެވީމަ އޮތީ ކޮންފައިދާއެއް! ސޯޝަލް މީޑިއާ ފުރާލީމަ އޮތީ ކޮންކަމެއް؟ ކޮންކަހަލަ މަގެއް މީސްތަކުންނަށް ތިދައްކަނީ!!!

  4
  12
  • ފާއިޒު

   ގުރްއާނަކީ ހުރިހާ ބައްޔަކަށް ހުރި ޝިފާ އެކެވެ. އަލްއަންފާލް ސޫރަތުގެ 24 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّـهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ!"

   3
   1
  • އަލި

   ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

   «تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لَا أَقُولُ لَكُمْ (الم) لَكِنْ فِي أَلِفٍ، وَلَامٍ، وَمِيمٍ»

   أخرجه الترمذي

   ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ސަވާބުލިބޭނެއެވެ.

 3. ޖައުސުލޭ

  އިންޝާﷲ ވަރަށް ބާރަށް ހަމަ ކުރިއަށް ދަނީ. ހިތްދަތިވެ އަސަރުކުރަނީ ލާދީނީ މީހުންނާއި އެމީހުންނަށް ހިތްވަރު ދީގެން ތިބޭ މީހުން. ކޮންމެ ދުވަހަކު ގުރުއާން ކިޔަވަމޭ ބުންޏެއް ކަމަކު އެހެން މީހުން ގުރުއާން ކިޔަވާތަން ފެނުނީމަ ރުޅިއައިސް ރަތްވެ ފާޑުފާޑުގެ ޕޯސްޓު ކުރަނީ ދީނާމެދު ޣީރަތްތެރިކަމެއް ނެތް ޚަސީލަތް ނުބައި މީހުން.

  35