ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރްއާން ޗެލެންޖުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ، މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ޗެލެންޖްގައި ބައިވެރިވެޑައިގަތުމަށް ދައުވަތު ދިނީ މަލަކަށް ނަމަކަށް ކިޔާ މީހެކެވެ.

ގުރުއާން ހަތިމް ކުރުމުގެ ޗެލެންޖްގައި މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ފަހު، އޭނާ ދައުވަތު ދެއްވީ، ތިން ބޭފުޅަކު އެ ޗެލެންޖު ފުރިހަމަ ކުރެއްވުމަށެވެ. އެއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށެވެ.

މުއިއްޒު ކިޔަވާ ވިދާޅުވާ ވީޑިއޯ ޝަހީމް ރިޓުވީޓު ކުރައްވާ ވިދާޅުވީ "ވަރަށް ފުރިހަމަ" ކަމަށެވެ. އަދި މުއިއްޒަށް ވަނީ ޝަހީމް ތައުރީފް ކުރައްވައިފައެވެ.

މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ. ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދޮގެއް؟

  އެންޑީޕީއަށް ނިސްބަތްވާ މީހެއް ނޫނީ އެންމެންވެސް ގަދަވާނެ

  37
  2
 2. ނާސިރު

  އެމްޑީޕީ މީހުން ވަރަށް ދެ ކޮޅުވާނެ ކަމެއްމީ. އެއިން މީހަކު ހަމަ ކަށަވަރުން ތިޔަ ޗެލަންޖަކާ ކައިރިވެސް ނުވާނެ. އެމީހުން ކައިރިވާނީ ޓޮއިލެޓް ޕޭޕަރ ތަޅާ ޗެލެންޖާ

  41
  1
 3. ސޯދިގު

  ހުޅަގު މީހުން "ގުއި ފުހޭ ކަރުދާސް" އާ ތެޅުމަށްވުރެ ގޭގައި ތިބެގެން ގުރްއާން ޚަތިމުކުރުން މާ ރަގަޅުވާނެ. އިންސާނިއްޔަތާ މި ކުރިމަތިވި އިބުރަތްތެރި ފިލާވަޅުން މުޅި އިންސާނިއްޔަތު ފިލާވަޅު ލިބިގަނެ، ގޭގައި މި ތިބީ މަޖަލަކަށް ނޫންކަމާއި މުޅި ކޮމިއުނިޓީގެ ހައްގުގައިކަން ދެނެގަތުން މުހިންމު.
  އެވަރު ނޭގޭ ވަލިއްުިލްއަމްރުގެ މަގާމުގައި ތިބި މީހުން ނާޗަރަންގީގަ ބައިތިއްބާ. އަންދުލްސް ވެއްޓުނުގޮތަށް ވެއްޓެއް ބައިތިއްބާ!

  14
  1
 4. ވަހީދާ

  ޢެމް.ޑީ.ޕީ ޓިޝޫޕޭޕަރ ޗެލެންޖް ވައިވެ ކީރިތޤުރުޢާން ޗެލެންޖް މާގަދަ ވީމަ ބައެއްމީހުން ވަރަށްދެރަވާނެ. މީގެންއެގޭ އެއްޗަކީ ދީނީ ކަންކަމަށް ހިތްވަރުދީ ބައިވެރިވާމީހުން މާގިނަ ކަން. ޝުކުރިއްޔާޝަހީމް.

  5
  1
 5. ޝަމީމް

  ގުރްއާން ކިޔަވަންވީ.. އެކަމައް ހިތްވަރުވެސް ދޭންވީ... އެކަމަކު..ވީޑިއޯކޮއްފަ ..އަޕްލޯޑުކުރާހިސާބުން.. އެއީ ..މާތްރަސްކަލާނގެ .. ވަޖުހުފުޅައް..ހިތް..ޚާލިސްކޮއްގެން ..ކުރެވޭ..ކަމެއްކަމުގައި ވާނެތޯއެވެ.. ހެޔޮ ..އަޅުކަން ..ކުރުމުގައި.. އިޚްލާސްތެރިކަން . . އުފެދެނީ..އަމަލުއެއީ ..ފޮރުވިގެން ..ކުރާކަމަކައް..ވުމުން. .. އެއްއަތުންދޭ ..ސަދަގާތްވެސް.. އަނެއްއަތައްވެސް ..ނޭގޭފަދައިންދިނުން.. އަޅުކަމަކީ ..ހަމައެކަނި ..މާތް..ރަސްކަލާނގެ..ހެޔޮ ..ދަރުމައައްއެދި ..ކުރަންޖެހޭކަމެއް.. އެކަމުގައި..އެހެންކަންކަން..މިކުސް ނުކުރައްވާ.. އޭގެ ..ބަދަލުގައި..މިދުވަސްކޮޅު..ގިނަގިނައިން ..ދުއާކޮއް.. ކީރިތި..ގުރްއާން..ކިޔެވުމައް..ނަސޭހަތްދީ..އެކަމުގެ ..ދަރުމަ ..މަތީން.. ރައްޔިތުންނައް..އަނދުމަލައިދިނުން.. މާރަނގަޅެވެ.

  4
  2
 6. ބަލަ

  ޝަމީމު ދަރި ޤުރްއާން މުބާރާތުގާ ބައިވރި ކުރަނީ ކީއްކިރއްވަންތޯ
  ބުނެވިދާނެ މަޝްހޫރް ވާންށޭވެސް
  ބައެއް މީހިންނަށް ހަޖަމް ނުވަނީ ޝަހީމް ރަނގަޅު ކަމެއް ކޮއްގެން މަޝްހޫރް ވާތީ

 7. ޏަމްޏަމް

  އަޅެފަހެ ތި ކީއްކު ރަން ކު ރާކަމެއް. ޤު ރުޢާން ކިޔެވުމަކީ ކަންދެއްކުމަށް ކު ރާކަމެއް ނޫނެންނު! ޗެލެންޖެކޯ.. މަޤްބޫލުވުމަކީ މިހާ ރު ގެ މީހުންގެ އާދަ. ހަމަ ޗެލެންޖޭ ނުކިޔާ ރަނގަޅު ނިޔަތެއްގައި ކިޔަވަނަމަ! ކީއްކު ރާނީ. ހިތާމަހު ރި

  1
  1
 8. ވާނުވާ

  ޤުރްއާން ކިޔެވުމަކީ ހުރިހާ ހާލަތެއްގާ ސިއްރުން ކުރަންޖެހޭ ކަމެއް ނޫން .
  ޢެއީ ޞަދަޤާތަކާ އެއްފަދަ ކުރަން ހެހޭ ކަމެއް ވެސް ނޫން .
  ރީތި އަޑުން މީސްތަކުންނައް އަޑު އިއްވަން ޤްރްއާން ކިޔެވުމަކީ ވަރަށްވެސ ރަނގަޅު ކަމެއް.
  އެކަމުގެ ސަބަބުން ބަޔަކަށް ތެދުމަގު ލިބިދާނެ .
  ޑރ ޝަހީމަށް ހެޔޮ ރަހްމަތް ލައްވާށި !

 9. ޏަމްޏަމް

  ޝަހީމަށް ރުޅިއައިސްގެން ބުނާއެއްޗެއް ނޫން. ސިޔާސީ ވާކަށެއް ނޫން. ޤުރުޢާނަކީ ލަވަބާޒީ އެއް ނޫން. އެއީ ޙުރުމަތް ތެރިކަމާ އެކު ﷲ އަށްޓަކާ ކުރަންޖެހޭ ކަމެއް.

 10. ރާތާ ބަރި

  މީ ފުލެޓު ބެހި ގޮތަށް ކިޔަވާފައި ހުރި ވަގޮ ކިޔެވކިޔެވުމެއް
  މީ އަޑަށް ތުންތަޅުވާފައި.