ވަޒީފާ ގެއްލޭ މީހުންނަށް ތިންމަސް ވަންދެން ސަރުކާރުން އެލަވަންސެއް ދޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީރު ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސެއް ލިބޭނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނަށް އެލަވަންސެއް ދޭނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖްގެ ދަށުންނެވެ. ނަމަވެސް ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ ކިހައި އަދަދެއްގެ ފައިސާ ކަމެއް މިރޭ މިނިސްޓަރ އަމީރު އިއުލާނެއް ނުކުރައްވައެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ދޭ އެލަވަންސަކީ ކިހާ އެލަވަންސެއް ކަމެއް އަދި ނުނިންމަވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިހާރު ވެސް ހަމައެކަނި ރިސޯޓްތަކުން 11000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތައް ރަށަށް ފޮނުވާލަން ނިންމާފައެވެ.
މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ނޯޕޭ ލީވަކަށް ދާން މުވައްޒަފުން ލައްވައި މަޖުބޫރުން ސޮއިކުރުވަމުންދާ ކަމަށް ބައެއް މުވައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ވަނީ ބުނެފައެވެ.
ވަޒީފާ ގެއްލޭ މީހުން އެކަނިތޯ؟ ނޯޕޭ އައް ފޮނުވާލާ މީހުން ވެސް ހިމަނަން ވާނު. އެމީހުންގެ ވެސް އަނބި ދަރިންނާ ޕޭރެންޓސް އާ ބޭންކް ގަ ބޮޑު ލޯނަކާ އޮންނާނެ
ހުސްދޮގު މަކަރުންފުރިގެންވާ ބަޔަކު ތެދެއް ނު ހަދާނެ ރައްޔަތުން ވާނުވެއްދުމަށް ސަރުކާރަށް އިލްތިމާސް ކުރަން.
މުސާރަ ވ ބޮޑުތަނުން ކުޑަ ކޮށްފައި ތިބި މީ ހުންވެސް އަދި 15 ދުވަ ހު މަސައްކަތް ކުރުވާފަ އަނެއް 15 ދުވަ ހަށް ނޯ ޕޭ އަށް ފޮނުވާ މީ ހުން ވެސް އެމީ ހުނަށް އޮތީ ކޮން ގޮތެއް.؟
މި އަމީރުމެން ކައިފަ ބާކީވާ ބައެއްތަ އަދި ރައްޔިތުންނައް ދެވޭނީ.
ބައެއް މީހުންގެ ވަޒީފާ ގެއްލެނީ. މާލޭގެ މަސްހޫރު ފޮޓޯނަގާ އެފް.ޑީ.އައި ގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވަރަށް ބޮޑު، ޑިއުޓީ ޝެޑިއުލްހަދާ ހަފުތާއަކު 02 ދުވަހު މަސައްކަތްތައް ނުކުންނަންޖެހެނީ. އެނެތް 05 ދުވަހަކީ ނޯޕޭކަމަށް ވަނީ ނިންމާފައި. އެ ދުވަސްތަކަށް މުސާރައެއް ނުލިބޭ. އެހެންކަމަށްވާނަމަ އެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މަހަކު 08 ދުވަހު އަނެތް 22 ދުވަހު މުސާރައެއް ނުލިބޭ. ދެން ކިހިނެތް ކުލި/ކަރަންޓް/ފެން ބިލް ދައްކަނީ؟ މި ކަހަލަ މުވައްޒަފުންނަށް ސަރުކާރުގެ ޕެކޭޖުގެ ތެރެއިން ހަމަޖެހިދާނެތޯ ނޫސްވެރިޔަކު ކޯވިޑް19 ގެ ޕްރެސްގައި ސުވާލުކޮށްލަދީބަލާ؟
ކަލޭ ކޮންތާކުން ލާރިހޯދަނީ.. ބާސާ ތަޅާ އިރު؟ ހުސް އަނގަ.
ލާރި ނެތިގެން މީރާ ހުޅިވައިގެން ޓެކްޕޭޔަރުން ފެލަން ވެގެން ބިރު ދައްކަނީ....
ގަވާއިދާ ޚިލާފަށް މީރާ މުވައްޒަފުންނަށް ބިރު ދައްކައިގެން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވަނީ... ކޮބާ ހެޔޮވެރިކަން. ކޮބާ ތިބުނާ އިހުސާން ތެރިކަން. ކޮބާ މުވައްޒަފުން އަޅުންނަށް ނުހެދިފައި....
މީ އަނދިރިވެފަ އޮތް ސަރުކާރެއް. އެމީހުްނ އަނދިރިވެފަ ތިބިހެން ހުރހާ މީހުން އަނދިރި ނުވެދާނެ ކަން ގަބޫލުކުރަންވާނެ. އެލަވަންސް ދޭނަމޭ ކިޔާފަ ހާހެއް ހާ ރުފިޔާ ދިނީމަ އެގެއިން ލައިންކާނެ މަސްކޮޅު ވެސް ނުލިބޭ.. ދެން ހިތައް އރި ތަނަކުން މުވައްޒަފުން ވަކި ކުރަނީޔޯ ކިޔާފަ ބުނާ އިރު މުވައްޒަފުން ވަކިކުރާ ތަންތަން ނުފެލާ މުވައްޒަފުންނަށް މުސާރަދެވޭ ގޮތަށް ސަރުކާރުން ހަދާބަލަ... ކަނޑަނެ ބަޔަކު ކަނޑާފަ ލާރިކޮޅު އެއްކޮށްލުވާފަ އެލާރި ސަރުކާރަށް ނަގަނީ... މީތަ ރައްޔިތުންގެ ވެރިކަމަކީ...