ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ، އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް، އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެއަށް ގެނެސްފިއެވެ.
މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭހެވެ. މި ޝިޕްމެންޓް ގެނައީ އިންޑިއަން އެއާ ފޯސް އެއާކްރާފްޓެއްގައެވެ.
މިއަދު ރާއްޖެ ގެނައި ބޭސްތަކުގެ ތެރޭގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނެއެވެ. މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކުގައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، މިއަދު އިންޑިއާއިން ރާއްޖެ ގެނެސްފައިވާ އެ ޝިޕްމަންޓަކީ އެގައުމުގައ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިއުލާނު ކޮށްފައިވާ 21 ދުވަހުގެ ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ނުގެނެވި ތާށި ވެފައި ހުރި ޝިޕްމަންޓް ކަމަށެވެ.
އެސްޓީއޯއިން ވަނީ އިންޑިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުން ހުއްޓާލާފައި މިދަނޑިވަޅުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ޕަބްލިކް އެޓޭންޝަން ގެންނަން ޗާލީ ޗޮޕްލިންގ ގެ ޕްރެސްއެއް ގެނެސް އޭގެ ފަހުން އިންޑިޔާ ފިލްމު އެޅުވިޔަސް އެމްޑީޕީގެ ކައްޕަޅު ގްރޫޕްގެ މީހުން އެކަނި އިންޑިޔާ ފިލްމު ބަލާގެން ނަށާނީ. ހިލޭ ދިން އެއްޗެއް ނަމަވެސް ތާހިރު މިވަރަށް ފިލްމު ހަދަން މިދަނޑިވަޅުވެސް ކާޓޫނު ކުޅުން. މިދެން ބޮޑުވަރު. އެމްޑީޕީ މީހުންގެ ތެރޭ ވެސް ކައްޕަޅު ބައި ފިޔަވާ ދެން އުޅޭ މީހުން ގަބޫލު ކުރޭ އިންޑިޔާއަށް މިވަރަށް ވިކެނީ އަންނިއާއި ޝާހިދު މެން މިހާރުވެސްް ލާރި ނަގާތީވެކަން. ޗައިނާ އާ ވިދޭވަރު ފެންވަރެއް ހުރި ބައެއް ނޫން އިންޑިޔާއަކީ އެންމެ ލޭނަކުވެސް.
ބަލަ ފައިސާދައްކާފަހުރިއެއްޗެއް ޖެހޭނެންނުގެނެސްދެން. އެއީއެހީއެއްނޫން.
މަހީކުރީ މޯދީގެ ހިތުގައި މުސްލިމުން ނަށް އޮތްލޯތްބެގެ ބިޔަމުން ހިލޭފޮނުވި އެއްޗެހިކަމަށް!