ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައިވާ ވަގުތު މަގު މައްޗަށް ނުކުމެ އުޅުމަކީ ޒިންމާދާރު ކުޑަ ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރުމަށް ނިންމާފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ކާފިއު އިއުލާނު ކޮށްފައިވާއިރު ބޭރުގައި އަދިވެސް ބައެއް ބޭފުޅުން އުޅުއްވާތީއެވެ.

މިކަމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ކާފިއު އުއުލާނު ކޮށްފައިވާ ވަގުތު ގައި މަގުތަކަށް ނުކުމެ އުޅުމަކީ ޒިންމާދާރު ކުޑަ ނާތަހުޒީބު އަމަލެއް ކަމަށެވެ. އެހެން ކަމުން ކާފިއުއަށް ބޯލަނބައި ކޮންމެ މީހަކު ފަރުދީ ޒިންމާ އަދާ ކުރުމަށް މުއިއްޒި އެދިވަޑައިގެންނެވިއެވެ.

އިއްޔެ ކާފިއު އިއުލާން ކޮށްފައި އޮތް ގަޑިތަކުގައި 284 މީހުން މަގުމައްޗަށް ނިކުމެ އުޅެފައިވާ ކަމަށް ކޮވިޑް-19ގެ ހާއްސަ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. މަބްރޫކު ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު މަގުމައްޗަށް ނިކުމެގެން ފުލުހުން 94 މީހަކަށް ނަސޭހަތް ދީ ފޮނުވާފައިވާ ކަމަށެވެ.

ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތުތަކުގައި މަގުމަތީގައި އުޅޭނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް އިއްޔެ އާއި އޭގެ ކުރީ ދުވަހު އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިއަދު އިން ފަށައިގެން މަގުމައްޗަށް ނުކުމެ އުޅޭ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލޮލްލް

    ޝުކުރިއްޔާ މުއިއްޒު! މުއިއްޒު ތިހެން ނުބުނި ނަމަ ނުވެސް އެނގުނީސް ތިކަމެއް!

    18
    9
  2. ތާކް

    ޑރ. މުއީޒ، މީ މާޒީގެ ސަރުކަަރުނަމަ މިއަދު މިކަން ސިއާސީ ކަމަކަށް ހަދާ ރީނދޫ ބައިގަނޑު ތިބޭނީ މަގުމަތީގަ، ކޮންޓްރޯލް ކުރަން ޖެހޭނީ ބާރުގެ ބޭނުންކޮށްގެން. މާޒީ އަށް ބެލިނަމަވެސް ކަންވެފައި ވަނީ އެގުތަށް. މިއަދު ޑރ. ތިހެންބުނީމަ އެމީހުން ތިބޭނީ ހައިރާންވެފަ.

    25
    10
  3. ޙނ

    ގުޅެން އުޅެނީ..

    3
    18
  4. ޑަކައިތި

    ރަގަޅުވާހަކައެއް ދިވެހިންނޭ މިކިޔާ މީހުންނަކީ ވަރަށް ގޮތެއްފޮތެއް ހުންނަބަެއްނޫންވިޔާ މިފަދަ ކަންކުރަނީ އެންމެންގެ ސަލާމަތައި ރައްކާތެރިކަމަށް

    33
  5. އަހުމަދު

    ދިވެހިންނޭ މިކިޔާމިހުންނަކީ ވަރަށްގޮތެއްފޮތެއް ހުންނަށް ބައެއްނޫން މިފަދަކަންކަންކުރަނީ އެންމެންގެ ސަލާމަތައިރައްކާތެރިކަމަށެވެ

    21
  6. ޡަރާހް

    މިހާަރު މީިހަކު ރަގަޅު އެއްޗެއް ބުންޏަސް ނަސޭހަތެއްދިނަސް
    ޤަބޫލު ނުކުރާތާ މަލާމާތެއްކޮށް ލެވޭތޯބަލާަނީ. މަށަކީ އެއްވެސް ޕާރޓީއަކަށްސަޕޯޓްކުރާމީހެއްނޫން. މުއިއްޒު އެ ވިދާޅުވީ ތެދުފުޅެއް.
    ފަރުދީ ޒިންމާ އެންމެންގެރަށް ކަލަކަށްޓަކާ އަދާކުރައްވާ. ބަލިންސަލާމަތް ވުމަށްޓަކާ ގޭގަ ތިއްބެވުމަށް އާދަ ކުރެއްވާ.

    17
  7. ބްރޯ

    ފުރަތަމަ ދުވަހު ހަނގަޅު އެކަމަކު ފަހުން ވަހަކަދެއްކިގޮތުން ކުޅިވަރެއްކުލެނީކަމަސް ރައްޔިތުްންނަށްފެނުނީ . ސަރުކާރުގަ ޒިންމާދާރުކަންނެތުމުންމިހެންމިވި ބުނީ ޓެސްޓް ކޮށްލިއޭ ވީމާ ވާނީމިހެން ކޮންމެކަމެއްވެސް ހަލާކުކުޮށްލާތީ ދެރައީ

    8
    1
  8. ދޮގެއް؟

    މީ ގުންޑާ ބައިގަނޑާ މިބޭފުޅުންނާ ހުރި ތަފާތަކީ. ބަސް ބުނާނީ އަބަދުވެސް ހައްގަށް. ގުންޑާއިންނަމަ ބުނާނީ އެންމެން މަގުމަތީ ތިބޭށޭ ބަނޑަށް މަރުވަނީއޭ ޓޫރިޒަމެއް ނެތޭ. ހުރިހާ ގެއަކަށް ކާބޯތަކެތި ނުވައްދަނީސް ގެއަކަށް ނުވަންނާނަމޭ. މީ ދެބައިމީހުންގެ އަޚްލާގުގެ ތަފާތު.

    10
    6
  9. ދޮގެއް؟

    ގުންޑާ ބައިގަނޑާ މިބޭފުޅުންނާ ހުރި ތަފާތަކީ. ބަސް ބުނާނީ އަބަދުވެސް ހައްގަށް. ގުންޑާއިންނަމަ ބުނާނީ އެންމެން މަގުމަތީ ތިބޭށޭ ބަނޑަށް މަރުވަނީއޭ ޓޫރިޒަމެއް ނެތޭ. ހުރިހާ ގެއަކަށް ކާބޯތަކެތި ނުވައްދަނީސް ގެއަކަށް ނުވަންނާނަމޭ.

    5
    3
  10. އެޑްމިނިސްޓްރޭޝަން

    ކައުންސިލް އިންިތހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި ނަމަ އެއީ މަމެން އަދި ތަމެން ވެސް އުފާ ކުރާނެ ކަމެކޭ ޓައިޕް

  11. ޝިއަންނާ

    ކައުންސިލް އިންިތހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި ނަމަ އެއީ މަމެން އަދި ތަމެން ވެސް އުފާ ކުރާނެ ކަމެކޭ ޑާންސް...

  12. އެބަޖެހޭ

    ފުރަވެރި ރިސޯރޓް ގައި ދަނީ މުޒާހަރާ ކުރަމުންނޭ އެރިސޯރޓް ގެ ބޮޑުންގެ ގޮތުގައި ތިބި އެންމެ ދެކުނު ވިންގްގެ ބޮޑެތި ވަގުން ތައް އެރިސޯރޓް ގައި މުޒާހަރާ ނުކުރެއޭ ބުނެ އެމެން އެކިޔަނީ އެއީ މުޅިން ރޯ ބުުހުތާނު ދޮގޭ ...

    3
    1
  13. ނައީމް

    ނަމޫނާ ދައްކާ އިދިކޮޅެއް މިވެސް އިބުރަތެއް ރައްޔިތުންނޭ ވިސްނާ ބަޔަކު ދެއްކި ދަޅަޔަކަށް ހެއްލެވުނީ މިފަހަރު މިވީ ގެއްލުމަކަށް ރައްޔިތުންނޭވިސްނާ