ފަރުކޮޅުފުށި ތަރައްޤީކުރަން ހޭދަވީ 5.9 މިލިއަން ރުފިޔާ ކަމަށް ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެެވެ.

އެމްއެންޑީއެފްގެ ބޮޑު އެހީތެރިކަމަކާއި އެކު އުމްރާނީ ގޮތުން ގިނަ ބަދަލުތަކެއް ގެނެސްފައިވާ އެ ވަސީލަތް ފުރިހަމަކޮށްފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަން މަބްރޫކް ވިދާޅުވިއެވެ.

"ކުރެވުނު ސުވާލެއް އެއީ ފަރުކޮޅުފުށި ފެސިލިޓީ ތަރައްޤީކުރުމަށް ކިހާ ފައިސާއެއް ހަރަދުވެފައިވޭތޯ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަރުކޮޅުފުށި، ފަރުކޮޅުފުށި ފެސިލިޓީއެއްގޮތަށް ތަރައްޤީކުރެވުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން. ޖުމްލަ ދެ ފިޔަވަހި މުޅި އެއްކޮށް، އެހެރަ ހާލަތަށް ގެނައުމަށް 5.9 މިލިއަން ރުފިޔާ ހަރަދުވެފައިވޭ." މަބްރޫކް ވިދާޅުވިއެވެ.

ފަރުކޮޅުފުށީގައި އައިސޮލޭޝަން ވަސީލަތް އާބާތުރަ ފިލުވުމުގައި 20 ސިފައިން ބައިވެރިވި އިރު، އެމީހުން ވަނީ ހަތަރު ދުވަސްވަންދެން 24 ގަޑިއިރު މަސައްކަތްކޮށްފައެވެ.

އެމްއެންޑީއެފުން ވަނީ އެތަނުގައި ހުރި ހަޓްތައް ބަންދުކޮށް، އޭސީކޮށް، ބިއްލޫރި ޖަހާ ކަރަންޓް ވަޔަރުވެސް ކޮށްފައެވެ. އެ މަސައްކަތް ކުރީ 4 ދުވަސް ވަންދެން 24 ގަޑި އިރު އެމްއެންޑީއެފުން ކުރި މަސައްކަތުންނެވެ.

އެމްއެންޑީއެފުން ވަނީ މަދިރީގެ މައްސަލަ ހައްލުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އެގޮތުން އެތަނުގައި ހުރި ޕޫލް އެއްކޮށް ހިއްކައި ކްލޮރިނޭޓް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއެވެ.

ފަރުކޮޅު ފުށީގައި މީގެ ކުރިން ޚިދުމަތް ދެމުން އައީ ބަލި މީހުން އެނދުމަތިކުރަން ބޭނުން ކުރާ 30 އެނދާ އެކުގައެވެ. ނަމަވެސް މިހާރު އެތަނުގައި ވަނީ 50 އެނދު ގާއިމްކޮށްފައެވެ. އަދި ހަޓްތައް ބަންދުކޮށް، ބިއްލޫރި ޖަހާ، ކާޓެއިން ވެސް ވަނީ ޖަހާފައެވެ. ޖުމްލަ ހަތަރުު ވާޑް އެ ވަސީލަތުގައި ހުރި އިރު އެ ހުރިހާ ތަނެއް ވަނީ އޭސީކޮށްފައެވެ. އަދި ކޮންމެ ވޯޑެއްގައި ޓީވީއެއް ވަނީ ހަރުކޮށްފައެވެ.

މީގެ އިތުރުން އައިސީޔޫގައި ދެ އެނދު ހުންނަ އިރު، އެއް ވެންޓިލޭޓަރު ވެސް ވަނީ ބަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފާއިޒު

    5.9މިލިއަން ވީމަ ތަންކޮޅެއް ބޮޑު. ފަރުވާ ދިނުމަށް ބޭނުންކުރާ މެޝިނަރީ ތަކަކީ ހިލޭ އެހީއެއް. ސަރުކާރުން ކުރި ޚަރަދަކީ ޕާޓިޝަން ޖެހުމާއި، ބިއްލޫރި ޖެހުމާއި، ކާަޓެއިން ހަރުކުރުމާއި، ކަރަންޓު ވައިރުކުރުމާއި ޢޭސީ ކުރުން. މަސައްކަތް ކުރީ ދައުލަތުގެ މުސާރައިގައި ތިބި ސިފައިން އެމީހުންގެ ޑިއުޓީގައި. ޢެހެންވީމާ 5.9 މިލއަނަކީ ބޮޑުވަރެއް

    12
  2. ބަކުރު

    އާދަޔާހިލާފު އަދަދެއް 5.9 މިލިޔަނޭ ބުނީމަ ފިއްކަނޑައިގެން ހިގައްޖެ އެރެސޯޓަކީ ބަޔަކުހަދާފަ ހުރި ތަނެއް ތިވަރުގެ އަދަދެއް އެތަނަށް ހޭދަވެފައި ވާނަމަ ތިޔައީ ކަރަޕުސަނުގެ އަމަލެއް ތިކަންއެންޓި ކަރަޕުސަނުންބެލުމަށް އެމުއަޢްސަސާޔަށް ގޮވާލަން .

  3. ޙަރަދުބުރި

    5 މިލިއަނޭ؟ ސިފައިން ގާނުވައިގެން ؟ ކަޓަށްނޫނީ އެންމެ ކަމެއްވެސް ނުހިންގާތި! މީހަކު މަރުވީމަ އޭނަ އަޅައިގެން ހުން ރަން ފައްކޮޅާ ގަދިކޮޅާއި އެއްޗެހިވެސް ކަޓުވާވަރުގެބައެއްތީ!

  4. ށާރިފް

    ޢޭރުވެސް ބުނީމެއްނުން ކަޓް ލާނޭ؟ ޢެހެންވީމަ 25ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އަގު ހެޔޮ ދޯ؟ ތި ދެތަންވެސް ފެނިފަ ހުރީމަ މިބުނީ

  5. ބާރީ

    ޕޫލް ހިއް ކަންވެސް މިލިޔަނެ ދޯ ...؟ 4 ދުވަހަށް ކާލީ 5.9 މިލިއަން .ސިފައިންގެ ބޮލުގަ އަޅުވާފަ.. ދަރުމަވަންތަ

  6. ޚަރަދުބަރަދު

    ހޭދަވި މިންވަރު ބޭކާރު ނުކޮށް ތިޔަ ތަނަކީ ދާއިމަށް ގިނަ ދުވަހަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ބަހައްޓާ! މިކަން ނިމޭއިރަށް ކޮންމެވެސް އެއްޗެއް ކިޔާފައި ތަޅާލާ ތަނަކަށް ނުހަދާ! ދައުލަތުން ޚަރަދެއް ކޮށްފިއްޔާ އެއިން ރައްޔިތުންނަށް ނަފާ ލިބެންދެން، އެތަނެއް ހަލާކުވެގެން ވީރާވެގެން ބޮލަށް ވެއްޓެންދެން ބޭނުންކުރަންވާނެ. އަދި މަރާމާތުކޮށް ބަލަހައްޓަންވެސް ވާނެ. ދެރަކަމަކީ މިހެން ނުވާތީ. އެއްބަޔަކު ކުރާ ކަމެއް އަނެއް ބަޔަކަށް ކަމުނުގޮސްގެން ނުވަތަ ބަޔަކަށް ރީތި ނަމެއް ލިބޭތީ އެތަނަކާ އަޅާނުލައި ވީރާނާކޮށްލާތީ. ސަލްޓަން ޕާކަށް އެދަނީ އެހެން ވަމުން.

  7. ޢާދޭސް

    ކަނޑައެޅިގެން ދޮގެއް ، ތިއޮތީ ލާރިގަނޑެއް ކާލާފަ

  8. ނައީމް

    ތިޔަމަލާލީ ހަމަ ފައިސާ ގަނޑެއް 11 ރިސޯޓް މިހާރުވެސް ހިލޭ އަދި ބޭނުން ޖެހިއްޖެ ހާލަތެއްގަ ކޮންމެ ރިސޯޓެއްވެސް ލިބޭގޮތައް އޮތްއިރު ކީއްވެތޯ ތިވަރުގެ ހަރަދެއް ތިކުރަނީ ރައްޔިތުން ބަޑަށް ޖެހިއްޖެ މިހާރުވެސް ހަލަތު ދައްކަން ނޭގެނީތޯ ތިފައއސާތައް ސީދާ ރައްޔިތުންގެ

  9. ހަސަންބޭބެ

    ހަމަ ތަފާތުވާނެ. ކޮންމެފަހަރަކުވެސް ތަފާތު، ކުރިން ވެރިކަން ލިބުނު ފަހަރު އައްޑޫގައިސާރކް ސަމިޓް ބާއްވަން ގަތްގަނޑު މި ތަކުރރާރު ކުރަނީ. އެފަހަދުވެސް ދިވެހި ސިފައިންނާއި ފުލުހުން ގާނާލައިގެން މަސައްކަތްކުރުވާފަ. ރައްޓެހިކުދިންގެ ޕޭޕަރ ކުންފުނިތަކުން ބިލްހަދައިގެން ލާރިބަހާލީ. އެފަހަރު ގާތްގަޑަކަށް 900 މިލިއަން ދުއްވާލީ. ވައްކަންކުރާކަމަށް ނަންވާނީ އެހެން މީހުން.

  10. ސަންގުގެރި

    ހުރިހާހަރަދެއްގެ ތަފުސީލު ވަގުތުން ރަށްޔަތުންނާ ހިއްސާ ކުރުމަށް ދިވެހި ސަރު ކާރަށް ގޮވާލަން ހިއްސާނު ކޮށްފި ނަމަ އާއްމު ރަށްޔަތުން ކޯޓަށް މައްސަލަ ހުށަހަޅާނެ.