ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ގޭބަންދަށް ބަދަލު ކުރި އެސްއޯގެ ކުރީގެ ދެ ފުލުހަކު އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ،

އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރ އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސެންގެ އަދި ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދުއެވެ.

އެ މީހުންގެ ވަކީލު ޝަފާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިޒް އާއި ސައިފު ޖަލަަށް ގެންގޮސްފައިވަނީ ފުލުންނަށް ލިބުން އިންޓެލް ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ގިނަ އަދަދެއްގެ ފުލުހުން ގޭބަންދަށް ބަދަލުކޮށްފައެވެ. އެގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ފުލުހުންގެ ސްވޮޓް ޓީމުގައި މަސައްކަތް ކުރި ސާޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ހަސަން ނަޝީރު އަދި މުހައްމަދު ސާމިންގެ އިތުރުން ސާޖެންޓް މުހައްމަދު ރިޝްވާންއެވެ.

އެ ހުރިހާ މީހުންގެ މައްޗަށް ވެސް ކުރަނީ އިތުރުބަޔަކާއި ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުން ކަމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު