މެލޭޝިއާއިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް މިއަދު ހަވީރު އޮންލައިންކޮށް ޓިކެޓު ނެގޭގޮތަށް މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ.
މިއަދު މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މެލޭޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އޮންލައިންކޮށް ޓިކެޓު ބައްލަވައިގަނެވޭނެކަމަށާއި، މިވަގުތު ފްލައިޓް މެލޭޝިއާއިން ފުރަން ތާވަލު ކޮށްފައިވަނީ މިމަހު 8 ވަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު 6:00 ގައި ކަމަށެވެ. ނަމަވެސް ފުރާގަޑިއަށް ފަހުން ބަދަލެއް އައިސްދާނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މެލޭޝިޔާއަށް ރާއްޖެ އަންނަން އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ. މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުން އެދޭ ކަމަށެވެ. އެފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގާތްގަޑަކަށް 400 ޔޫ.އެސް ޑޮލަރަށް ކަމަށްވެސް ހައިކޮމިިޝަނުން ވަނީީ ބުނެފައެވެ.
ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބާއްވާ ޗާޓާޑް ފްލައިޓުން ލަންކާ އިން އަންނަ މީހެއްގެ އަތުން ނަގާނީ 4،626 (300) ޑޮލަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ލަންކާ މެލޭޝިޔާގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އަށް ވެސް މޯޅްޑިވިއަންގެ ބޯޓުތައް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އަގުތަކާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން މީގެކުރިން ބުނެފައިވަނީ އެއީ މިހާލަތުގައި މީހެއްގެ އަތުން ނެގޭނެ އެންމެ އެކަށީގެންވާ އަގު ކަމަށެވެ. ސަބަބެއް ކަމަށް ވަނީ އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވެގެން ދާނެތީއެވެ. އަދި އެއީ އެއްކޮޅު ދަތުރުކަމުން، އެ ދަތުރުތަކުންވެސް އެ އެއާލައިނަށް ފައިދާ ނުވުން ވަރަށް ގާތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮންލައިންކޮށް މޯލްޑިވިއަންގެ އެޕް ޑައުންލޯޑު ކުރައްވައިގެން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ނެންނެވުމަށް މޯލްޑިވިއަން އިން ވަނީ އެދިފައެވެ.
މިހާ އަތްމަތި ދަތި ދަނޑިވަޅެ އްގަ އި ޓިކެޓްގެ އަގު ތިހުރީ ހާދަ ބޮޑުކޮށޭ ދޯ
?????
އަހަރަމެންނަށް ހެވޭ 1000 އަށް ވިއްކިޔަސް ޓިކެޓް ލިބޭގޮތް ހަދާދީ!! މިއަދު ފަހެއް ޖެހި އިރުއްސުރެން ފެށިގެން މިއަދު މިއުޅެނީ މޯލްޑިވިއަންއިން އެބުނާ މޯލްޑިވިއަން.އޭރޯ ސައިޓަށް ނުވަދެވިގެން. އެމީހުން ބުނަނީ އެސައިޓަށް ވަދެގެން ޓިކެޓް ބުކިން ހެދޭނެކަމަށް! އެސައިޓަށް ވަދެވޭގޮތް ހަދާދީ!! މިއީ ކޮން ކުޅިއަށް މިކުޅެނީ! ތެދުބަހުން ވާހަކަދައްކާ! ދިވެހި ރައްޔިތުން ވާނުވައްދާ މިދަނޑިވަޅުގައި!! ކިހާ ދެރަކަމެއް!
އަދިވެސް ފައިދާ ވާނެ ގޮތެއް ފެނޭތޯ ކަލޭމެން އުޅޭ. ރއްޔިތުން ފެލައިގެން
ޢަޅުގަނޑު މެންގެ ސަރުކާރު ގެ ދީލަތި އެހީ.....
ބޫތުކާފަތިބި ބައެއްގްއައްމައްޗަ ކަންތަތައެރީ ވާނެގޮތިފެންނަނީ ރއްޔަތުންން ސަރުކާރުން އެހީވާންވީވުތުގަ ރައްޔަތުން ފެލާލަނީ ދުނިޔޭގެ އެހެންއެއްވެސް ގައުމަކުން ފައިސާނަގައިގެނެނޫން އެގައުމުގެ ރައްޔަތުން ގެނދިޔައިކީ....
ބަލަގަ އެހެން ގައުމުތަކުގެ ރައްޔިތުން ގެންދިޔައީ އެގައުމުތަކަށް ފައިސާ ހޯދުކަށް ދުނިޔޭގެ އެކި ގައުމުތަކުގާ ވަޒީފާގަ ތިބި މީހުންނޭ ތަންތާ ވަޒަންވެރި ވެފަތިބި މީހުނެއް ނޫނޭ މިގައުމުން އަންނަން އެ އުޅެނީ މިފަސްގަނޑު ކަމުނުދާތީ އަރާމު ދިރި އުޅުން އުަޅެންވެގެން ނުވިތާކަށް މިގައުމުން ފައިސާ ހިފާގެނ ގޮސް އެތަނަށް ފައިދާ މަންފާ ކުރާމީހުންންނޭ
މިނޫނިއްޔާ ނެތޭހާލުގަޖެހުނު ދުވަހު ޑަބަލްކޮލާރިނެގިބަޔަކު...އޯގާތެރި ސަރުކާރު.......
މުދުނިޔޭގެ މީހުން ފުލެއިޓު ފޮނުވާގެން މީހުންނެގިއިރު މިމީހުން ލާރިގަޑެއް ކަޓުވާލީ ކިހާމޮޅު.
ހޯއު ހާލުގަޖެހުނު ދުވަހުވީ ބޮޑުއެހީ....
އިންޑިޔާ މެލޭސިޔާ ލަންކާ މިތަންތާގަ ކިޔެވުމަށް ބޭސްފަރުވާޔަށް ނޫނގޮތްގޮތަށް ގޮސް ދިރިއުޅުން އެތަނަށްބަލްކުރީ ރާއްޖެ ކަމުނުފާތީނުން ދެން ނުޖެހޭ ރާއްޖޭގަތިބި މީހުން ބުރަމަސައްކަތުން ހޯދާފައިސާކޮޅުން ޖީއެސްޓި އެހެންޓެކްސްތަކުން ދައްކާއިސާކޮޅުން ސަރުކާރުގެ ހަރަދުގާ ގެންނާކަށް މިދަނޑިވަޅަކީ އެމީހުންޖީ އެސްޓީ ދައްކާ ސަރުކާރެއްގެ އެހީތެރިކަން ހޯދަން ވީވގުތު އިމިއްލަ ހަރަދުގަ ދިޔައީ އަމިއްލަޔަށް އާދޭ
އަދިވެސް ޓިކކެޓެއް ނުނެގޭ
މިވަގުތާހަމައަށް އޮންލައިންކޮށް ޓިކެޓް ނެގޭނެ އެއްވެސް ގޮތެއްނެތިފައި. މީވަރަށްބޮޑު އޮޅުވާލުމެއް. 5 ންފެށިގެން މިކަމަގާއިގެން މިއުޅެނީ، ހީވަނީ، ސައިޓް ޑައުންކޮށްފަ ޖަރީމާއެއް ހިންގާހެން.
މިކަހަލަ ކަންތައް ކުރާކަށްނުވާނެނުން. މިހާރު މިއުޅެނީ، ތިބިހާލާނޫޅެވިގެން. އިތުރު ހިތްދަތިކަމެއް މިލައިގަތީ. ކާކު، މިކަމާ ޒިންމާވާނީ. މުޅިންއޮޅުވާލުން.
ޓިކެޓުއޮތީމާކުރިންގެންނަންބޭނުންމީހުނައްދީފަ
ކީއްކުރަންހޭ މިތަނަށް މިމުސީބާތުގެ ދަނޑިވަޅުގާ އަންނަނީ މި ފަސގަޑުގަ ނޫޅެންވެގެން ގޮސްފަ ސަރުކާރުން ގެންނަން ޖެހޭނީ ރާއްޖޭންބޭރަށް ކިޔަވަން ބޭސްފަރުވާޔަށް ދިޔަމިހުނ އެކަނި ނޫނި ތި އެންމެ އައިސް އަނެއް މުސީބާތާ ކުރިމަތި ވާނީ ތިމީހުން ވަންނާނެ ތަނެއް ސަރުކަރުން ދައްކަންޖެހޭނެ ގެ ކުއްޔަށްދީފަ އަރާމު ދިރި އުޅުން އުޅެން ގޮސް މިދނޑިވަޅު އައިސް ކުއްޔަށްތިބި މިހުން ހަމައެއް ލަމއެއްނެތި ނެރެ ބޮޑު ކަންތަށް ވެގެން ދަނީ ހެޔޮނުވާނެ މި މުސީބާތް އިތުރަށް ބިރުވެރިކަން ނުޖައްސާ ތި ތިބި ތާކު ނަޗަރންގީ ކުޅެންތިބެބަލަ
ތީފަގީރަކު ހިނަގާ އެއާލައިނެއް
ތީފަގީރަކު ހިނަގާ އެއާލައިނެއް ތީރާއްޖޭގަ ޢޭންމެ ބޮޑުއެއާލައިން ...،
ޢާއަދިވެސް ބުނޭ ރއްޔަތުންގެ ސަރުކާރޭ ކޮބާ ރއްޔަތުންގެ މެންބަރުން ކޮބާ ރައީސް ނައިބުރައިސު ސިޔާސީމީހުން ދެންކޮބާ ބާރުގަދަ އެންޑީޕީ
ރއިސަނުކެރުޭ އަގައިން ބުނާކަވެސް މޮޅުވާހަކަ ދައްކާތި އެންމެބޮޑު އެއާލައިނުން ހާލުގަޖެހުނު ދުވަހު ދިޔަފެލާއިގެން ރައިސު ، މެންބަރުން ފިލާއިފި ސަހަރޯ
ޢަހަރުމެންނަ ފެނުނު މިރާއްޖޭގެ ތިއެގަމުގަތިބި މީހުން ޗާޓާފުލުއިޓުގަ ގެންދިޔަތަން ކޮންވާހަކައެއް ދެން