ރާއްޖެއިން ކޮވިޑް-19ފެނުމާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެ ކަމަށާއި، ރަމަޟާންމަސްވެސް ހޭދަކުރަން ޖެހޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައި ކަމަށްވުން އެކަށީގެންވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރ ވިދާޅުވީ، އާއްމުންގެ ތެރޭގައި މި ބަލި ފެތުރެން ފަށާނީ ކޮންއިރަކު ކަމެއް ނޭނގޭނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.
އެހެންކަމުން އެ ހާލަތަށް ރިއާޔަތްކޮށް މިހާރު ބަންދުކޮށްފައިވާ ތަންތަނުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމުގައިވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، ކޮލެޖް ޔުނިވަރސިޓީތައް އަދި ކެފޭ ރެސްޓޯރެންޓްތައް ހިމެނެއެެވެ.
"މިވަގުތު އެއްވެސް މީހަކު ވިސްނައިގެން ނުވާނެ އަވަހަށް މިކަން ނިމި ރާއްޖެ އާއްމު ހަލަތަކަށް އައިސްދާނެކަމަށް. ރާއްޖޭގައި މި ބަލި ފެތުރުން ކޮޓްރޯލްކޮށްފައި އޮތްނަމަވެސް މިއަށް ބަދަލު ހަމަ އައިސްފާނެ. އަދި ހާލަތަށް ބަލާފައި ކަންކަން ބަދަލުވުންވެސް އެކަށިގެންވޭ." އަމީން ޕީއެސްއެމްއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ.
އަޅުއްވާފައިވާ ފިޔަވަޅުތަކުން ނަތީޖާ އެއް ނުކުންނަ ކަން އެނގޭނެ އެއްގޮތަކީ ފުލޫ ކްލިނިކް ތަކަށް ދައްކަމުންދާ މީހުންގެ އަދަދު ބެއްލެވުމުންނެވެ. ފިޔަވަޅުތައް އެޅުއްވުމުގެ ކުރިން ފުލޫ ކުލިނިކްތަކަށް ދުވާލަކު ދެއްކި މީހުންނާއި ފިޔަވަޅުތައް އެޅުއްވި ފަހުން ކުލިނިކްތަކަށް ދެއްކި މީހުންގެ އަދަދު ބައްލަވާށެވެ. ފުލޫ ވައިރަސް އަކީ ވެސް ގާތް ގަނޑަކަށް ކޮވިޑް ގޮތަށް ފެތުރޭ ވައިރަހެކެވެ. ތަފާތެއް ނުފެންނަ ނަމަ ފިޔަވަޅުތަކުގެ ނަތީޖާ ރަގަޅެއް ނޫނެވެ. ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވަންވީއެވެ. ނަތީޖާ ރަގަޅު ނަމަ ކޮވިޑް ފެތުރޭ ކަމުގެ ހިލަމެއް ވެއްޖެ ނަމަ ފިވަޅުތައް އަޅަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދޫދެއްވަންވީއެވެ. އަބަދު ގޭ ބަންދު ގައެއް ނުތިބެވޭނެއެވެ. އިންސާނުން ދުނިޔެ އަށް ފޮނުއްވާފައި މިތިބީ ކަންކަމާ ކުރިމަތި ލުމަށެވެ ފިލާ ގޭގައި ތިބޭކަށެއް ނޫނެވެ. ފިނޑިކޮށް ގޭގައި ތިބެ ބަނޑަށް މަރުވުމަށްވުރެ ނުކުމެ ރިޒްގު ދެއްވާތޯ މަސައްކަތް ކުރުން ރަގަޅެވެ.
ރޯދަމަހުގަ ތަރާވީސް ވެސް ވިއުނަކަ ނުދޭނެކަން އަހަރުމެނައް އެގޭ މި ހާރުވެސް ހުކުރުންމާދު ތަރާވީސް ނަމާދު ވިއިނަކަނުދޭނެ މި ސަރުކާރަކުނެއް ތީއެގޭކަމެއް
ކެފޭތަށް ބަންދު ކުރިޔަސް ނެއް ސަލާމަތެއް މާލެއާ ހުޅުމާލޭގެ ކޮފީ ކޯނާތަކަށް އޮންނަނީ މީހުން ތޮއްޖެހިފަ.އެނުވާނެ ޓޭކަވޭއަކަށް.ސިފައިންނާ ޕޮލިހުން ވެސް މަދުމަދުން ފެނޭ. މީ ވަރަށް ދެރަކަމެއް.
އެފަދަ ކަންކަން ހުއްޓުވާނެ މީހަކު ނެއް. ނަމުގަ ޓޭކަވޭ.
މިހާރުވެސް ރާއްޖޭގެ އެއްވެސް ރަށަކު ކޮވިޑް ނެތްކަން ޔަގީން އިގިރޭސިވިލާތުން ނަސީދާއެކު އައިގްރޫޕް ދޫކޮށްލެވިފަ އޭގެ ފަހުންއައި މީހުންގެތެރޭން ބަޔަކު ޕްޒިޓިވް ވުމުން ދޫކުރެވުނުމީހުނާމެދު ހިގި ސައްކު ފިލުވުމަށްޓެސްޓްހަދާ އެމީހުންނެގެޓިވް ވިކަމަށް ބުނުމުން ރާއްޖޭގަ އެއްވެސް ރަށަކު ކޮވިޑް ނެތްކަމާމެދު ސައްކެއްނެތް .ބޭރުގައުމުތަކުން ގެނެވުނު ދިވެހިން ކަރަންޓީނުގަ 14 ދުވަސް ހޭދަ ކުރުމަށްފަހު ޓެސްޓް ކުރުމަށްފަހު އެމީހުން ދޫކޮށް މިސްކިތްތައް ހުޅުވާނުލައިފިނަމަ އެއީ އިސްލާމްދިނަށް ކުރެވޭ ފުރައްސާރައެއް ނޫންކަމަކަށް ނުވާނެ. އެއީ ނަސީދު ބޭނުންވެގެން މިސްކިތްތަކުގަ ނަމާދު ނުކުރެވޭގޮތަށް ރާވާފަ އޮތްކަމެއްކަމަށް ގަބޫލުކުރަނީ ރަމަޒާންމަހު މިސްކިތުގެ ހާލަތު މިގޮތަށް ބާއްވައިފިނަ ދީންދެކެ ލޯބިވާފަރާތްތަކުން އަމަލުކުރަންޖެހިދާނެ ގޮތަކާމެދު ސަރުކާރުން ވިސްނާމނެ ކަމަށްދެކެން.
މިފަދަ ދަނޑިވަޅު ތަކުގަވެސް ސިޔާސީ ވެފަ ބައެއް މީހުން ތިބެނީ
ރައްކާތެރިވުން ޢެއީ އޮންނަކަމެއް. ވެރިންނައް ކިޔަމަން ވާންވެސް ޖެހޭ. ބިރުކުޑައަލީ ހެދިގެން ނިކުމެ ދުވިއަކަސް ނުވާނެ.އަދިވެސް ބައެއް މީހުން ގޮތެއް ދުލެއް މުކުރޭ.... ާ
ޗައިނާގެ ވޫހާންސިޓީވެސް އިއްޔެގަހުޅުވާލީ އެކަމަކުބަލިޖެހިފައިވާމީހުން އަދިވެސްއެތަނުގައެބަތިބި އެހެންވީމަ ގަބޫލުކުރެވެނީ މިގައުމުވެސް ބައެއްހިފެހެއްޓުންތަކާއިއެކުގަ ހުޅުވާލެވޭނެކަމައް ވިޔަފާރިތައް ބަނގުރޫޓްވަނީ އާއްމުރައްޔިތުންގެ އައްމަތިހުސްވަނީ 70%މަސައްކަތްތެރިންނަކީ އަމިއްލަ މަސައްކަތްކުރާ ނުވަތަ އަމިއްލަކުންފުނިތަކުގަ މަސައްކތްކުރާ މުވައްޒަފުން މިއެންމެނާއި އަމިއްލަވިޔަފާރިތައް މިހިރަ ހަލާކުވެ ވީރާނާވަނީ އެހެންވީމަ ވީހާއަވަހަކައް މިކަމައްލުޔެއްދިނުމައްސަރުކާރައްގޮވާލަން
ރާއްޖެއަކި އަބދުވެސް ރޯގާޖެހޭ މީހުން ތިބޭ ގައުމެއް .އެއި ކޮވިޑެްއްނޫން . ވަކިކްލިނިކެއްހެދީމަ އެމީހުންގިނަކަންތިފެންނަނީ މާލޭގެ ހުރިހާކްލިނިކަކަށްވެސް ރޯގާޖެހިގެން މީހުންދޭ ފްލުކޮްލިނިކްހެދީމަ އެހިރިހާމީހުންވެސް ދަނީ ފްލޫކްލިނިކަށް.
ތިޔަކަހަލަ ގަމާރުންނައްހީވާނެ ބިރުކުޑައަލީހެދިގެންއުޅެނީޔޭ ނިކަންބުނެބަލަ ކޮވިޑު ނަވާރަމިގައުމުގައޮތްރަށެއް މިހާރުވެސް އަބަދުވެސް އެކިޔަނީ އެބަލިޖެހުނީ ނަވާރަމީހުންނަށޭ އެއިގެތެރެއިންވެސް ބަލިޖެހުނު ހަތަރުމީހުންނަކީ އިނގެރޭސިވިލާތުން ރާއްޖެއައްބަލިގެނައި ހަތަރުމީހުން ބަލިނެތްކަން އެގޭއިރު މިސްކިއްތައް ބަންދުކުރުމަކީ ލާދީނީމީހުން ހިންހަމަޖައްސަން ކުރާކަމެއް އަހަރެމެން ﷲއިރާދަކުރެއްވިއްޔާ ރޯދަމަހު މިސްކިއްތަކުގަ ޖަމާއަތްނުހަދާ ހުކުރުނުކޮށެއް ނުތިބޭނަން އެކަންހަނދާންކުރާތި
ރާއްޖޭގަ ތިބި ހުރިހާ ގޭގެއަށްގޮސް ޓެސްޓު ކުރަންވީ އެންނު. އޭރުން ކާފިއުވެގެން ގޭގާ ތިބޭ ކަށް ނުޖެހޭނެތާ. ކޮންމެވެސް ވަރަ ކަށް ހަމަޖެހުން ވެސް ލިބޭނެ. މިއީ އަހަރެންގެ ހިޔާލު
ރޯދަމަހު ތަރާވިސްކުރިޔަނުދޭން ނޫޅޭތި ލާދީނީ ބައިގަނޑު
ޜޯދަ މަހު ރޯދަ ހިފާ މީހުންގެ އަގީދާ ބަލިކަށި ކުރުމަށް ޓަކާ ވ.ސަންޓް މިސަރުކާރުން އެބަރާވާ. ބިރުވެރިވާން ވީ الله އަށް. ދީން ފުނޑާލަން ރާވާ ނުބައި ވެރިންނަކަށް ނޫން..
މަނިކުފާނު ފެއިލް ކަމަށް ނިންމައިފިން. ކުޑަކުޑަ އާބާދީއެއްގައި ގައިންގަޔަށް އަރާބަލިތަށް ކޮންޓްރޯލް ކުރަން ފަސޭޙަ އެތައްގޮތަކަށް އުފެދި ދިރިއުޅެމުންދާ މުޖުތައެއްގައި ޗައިނާގެ ވޫހާން ސިޓީއާއި އެއްވަރަށް ކަންކަން ހިފަހައްޓައި އެހާ ދިގު މުއްދަތަށް ދަންމަން ޖެހުމަކީ މަނިކުފާނާއި މަނިކުފާނުގެ ޓެކްނިކަލް ޓީމުގެ ނާޤާބިލުކަން. މީޑިއާ ސަމާލުކަން ހޯދާ މަޝްހޫރުވާން އުޅޭމީހުން ހުސް ފެންނަނީ. އައިސީޔޫގަ ބަލިމީހާޔަށް ފަރުވާދޭ ހުރިހާ ޑޮކްޓަރުންވެސް އެބަވޭ ދެއިރު ދެދަޅަޔަށް ނޫސްވެރިންނާވެސް ބައްދަލުކުރަން.