ރާއްޖޭގައި މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރިގެން ގޮސްފި ނަމަ ކޮންމެވެސް ވަރަަކަށް މީހުން މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ، މީގެ ދެތިން މަސް ކުރިން ރާއްޖެގެ ހުރިހާ ރިސޯޓުތަކެއް ބަންދުވެ، ޓޫރިޒަމަށް ވެސް މިހާބޮޑު ގެއްލުމެއް ވެދާނެ ކަމަކަށް އަންދާޒާ ނުކުވޭ ކަމަށެވެ. އަދި މިހާރު ކުރާގޮތަށް މީހުން ކަރަންޓީން ކުރަން ޖެހެނީ ކޮވިޑް19އިގެ ބިރުވެރިކަން އޮތުމާއި ކުރަން ޖެހޭ ކަންކަން ނުކޮށްފި ނަމަ ރާއްޖޭގެ ކުޑަ އާބާދީން ބަޔަކު ނިޔާވެދާނެތީ، ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބަރާބަރަށް ނަގަންޖެހޭ ފިޔަވަޅުތައް ނުނެގި އަޅުގަނޑުމެންގެ ތެރޭގައި ލޯކަލް ސްޕްރެޑެއް އައިސްފިއްޔާ، އަޅުގަނޑުމެން ކިތަންމެ ވަރަކަށް ތައްޔާރުވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ނިޔާވެގެން ދާނެ. ދެން އެއަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތް ކުރެވެމުން އެބަދޭ." ޑރ. އަލީ ވިދާޅުވިއެވެ.
އެމެރިކާއިން ފުރަތަމަ ކޭސް ފެނުނީ ޖަނަވަރީ 22 ގައި ކަަމަށާ ބަލި ފެތުރެން ފެށުނީ ފެބްރުއަރީ 26 ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދޮޅުމަސް ދުވަހުގެ ތެރޭގައި 4 ލައްކަ މީހުންނަށް އެ ބަލި ޖެހުނުކަން ޑރ.އަލީ ފާހަގަކުރެއްވިއެވެ. 12700 މީހުން އެ ބަލީގައި އެމެރިކާގައި މަރުވިކަމަށާ، އިޓަލީގައި ވެސް ކަންވީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުންވެސް ކޮވިޑް-19 ގެ ނުރައްކާތެރިކަން ހާމަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުގެ ނަޒަރުގައި ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވަން ޖެހޭނެ މި ބަލީގެ ހުރި ބިރުވެރިކަން. އެހެންވީމަ އެންމެ ފަސޭހައިން މިކަން އެނގޭނީ މިސާލެއް ނެގިއްޔާ. މިސާލަކަށް އެމެރިކާ. އެމެރިކާ އެގްޒާމްޕަލްއަކަށް މި ނަގަނީ އެމެރިކާއަކީ އެޑްވާންސްޑް ޤައުމަކަށް ވެފައި މެޑިކަލް ފެސިލިޓީޒް އެހާ ރަނގަޅަށް ހުންނަ ޤައުމަކަށް ވެފައި. އެމެރިކާ މީހުންނަށް މިކަން ނުކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް ވާނީ ކިހިނެއްހެއްޔޭ." އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި 5 އިން 8 އަށް އިއުލާން ކުރި ކާފިއު އުވާލީ އެ ގަޑި ނިމުމުން މާ ގިނަ މީހުން މަގުތަކަށް ނުކުންނާތީ އެކަމުގެ ހަގީގީ މަގްސަދު ހާސިލް ނުވާތީ ކަމަށާ، ކާފިއު އުވާލީ ކޮވިޑްް19 ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރު އެއްވެސް ވަރަކަށް ނެތިގެން ނޫން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ކާފިއު އުވާލިއިރު އިރު އެންމެ ބިރު ގަތް އެއްކަމަކީ ތިއީ އެއީ ޕަބްލިކް ދެކިދާނެއޭ މިހާރު ވަރަށް ސޭފްއޭ. އެއްވެސް މައްސަލައެއް ނެތޭ. މި ނަގަން ޖެހޭ އެކްޝަންތކެއް ނަގާކަށް ނުޖެހޭނެއޭ. އަޅުގަނޑުމެން ވަރަށް މަޝްވަރާކޮށްފަ މި ޑިސިޝަން ނެގީ ކާރފިއު ހުއްޓާލަން ވެގެން. އެއީ ސަބަބަކީ މިނިސްޓަރ ވިދާޅުވިގެން އެބަ ޖެހޭ އަޅުގަނޑުމެން ބައެއްކަހަލަ ކަންތައްތައް ފަށަން." އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނީ 19 މީހުންނަށެވެ. އޭގެ ތެރެއިން ބަލި ޖެހުނު 4 ދިވެހިން ފިޔަވާ އެންމެން މިހާރު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.
ރައްޔިތުން ބޭރަށް ނުކުންނަނީ އޭ ކިޔާފަ ރައްކާތެރި ކަ މަށްޓަކައި އެޅި ފިޔަވަޅުތައް އުވާލު މަކީ ސަރުކާރު ފެއިލްވުން. ރައްޔިތުންނަށް މިކަ މުގެ މުހިން މުކަން އަންގާ ނުދެވުނު ކަ މުގެ ހެއްކެއް. ރައްކާތެރި ފިޔަވަޅެއް ގޮތަށް އެޅި ފިޔަވަޅެއް އުވާލު މަކީ ރަނގަޅު ނިން މުމ މެއް ނޫން. ބަލި ފެތުރިއްޖެޔާ ޒިން މާވާން ޖެހޭނީ ބަސް ނޭހި ރައްޔިތުންނޭ ބުނަންތޯ ކާފިޔު އުވާލީ. ނޫނީ ރައްޔިތުންނަށް ލެސަންއެއް ނަގާދޭންތޯ. ރައްޔިތުންނަން ވިސްނަދޭން ޕްރޮގްރާ މްތައް ހިންގާ. ކަ މުގެ ސީރިއަސްކަން އަންގާދީ. ހުރިހާ ޕާޓީތައް ގުޅިގެން ހަސަދަވެރިކަ މާ ދެކޮޅޮޅުވެރިކަން އެއްފަރާތްކޮށް އެން މެން އެކީ ގައު މީ ކަ މެއް ގޮތަށް މިކަން ކުރަން އުޅެފިޔާ ވާނެ. ދިވެހިރާއްޖެއަށް މިހުރިހާ ކަ މެއް ކުރަން ފުރުސަތު އަދި އެބައޮތް. ހަ މައެކަނި ނިޔުސް ކޮންފަރެންސް ކޮން މެ ދުވަހަކު ބާއްވާފަ ފައްސިވި އަދި ފައްސި ނުވާ މީހުންގެ ސްޓެޓް ހާ މަ ކޮށްލު މަކީ ކަ މުގެ ސީރިއަސްކަން ރައްޔިތުން ދެކޭނެ ކަ މަށް ހީކުރު މަކީ ކުށްހީއެއް. ތިޔަ ކުރަށްވާ މަސައްކަތަށް ޝުކުރިއްޔާ. އަދިވެސް ގިޔަރު މަތިކުރައްވާ.
ވަޒީފާތަކާއި ފިހާރަތަށް ބަންދުކޮއްފަ ހުރިހާމީހުން ގޭގަ މަޑުކުރުވާފަ އަދި ބޭރަށް ނިކުމެއްޖެނަ ޖޫރިމަނާކޮށް ގޭގަ ބައިތިއްބާފަ ގޭ ކަރަންޓްބިލް ބޮޜުވީމާ ރައްޔިތުން ހަނާ އަރުވާލެވިއްޖޭ ދޯ. މީ މިވެރިން ކުރާ ވެރިކަމަކީ ދޭ ހިދުމަތަކީ ކޮބާ ހޭބޯ ނާރާ ކޮންމެ ދުވަހަކު މިލިއަނުން ބަހާ ފައިސާ އަދި ގޭގަ ހުރިމީހަކަށް ނުލިބޭ އެކަމަކު ގޭގަ މަޑުކުރަންވީ ކަރަންޓް ބިލް އަތްނުފޯރާވަރަށް މިމަހުގަ ބޮޑުވެއްޖެ ބިލް ދައްކަންޖެހޭ މުއްދަތުވެސް އަވަސްވީ ސަރުކާރުން ބުނި 40% ވެސް ނުކަނޑާ ހުސް އޮޅުވާލުމާއި މަކަރު ރައްޔިތުންނޭ ވިސްނާލަބަލަ ....
ފަރުވާކުޑަ ނުކުރައްވާށެވެ. ކާފިއު އުވާނުލައްވާށެވެ
ވަގުތު އިތުރުކުރައްވާށެވެ.
ވަޒީފަތަކުން ކަނދާލާފަ ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށް ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފަ.
ޑރ އަލީގެ ވާަހަކަފުޅު ރަނގަޅު، އެހެން ވީމަ ހިނގާ މީހުން އެންމެ ގިނައިން ބޭރަށް ނިކުންނަން ބެނުންވާ ސަބަބު ހޯދާ އެއަށް ކައުންޓަރ ކުރަމާ ލުއި ގޮތަކަށް.
1- ފިހާރަތަކަށް ވިޔަފާރިކުރަންދިޔުން
2- ވަޒީފާއަށް
3- އެއްވެސް ބޭނުމެއްނެތި ހޫރެން
ޙައްލު
1- 24/7 ވިޔަފާރިތަކަށް ހުއްދަ ކޮށް ޕަބްލިކް އެޑްވައިސް އެއް ނެރުން އެއްފަހަރާ ބާޒަކުރަން ގިނަމީބުން މަގުތަހަކަށް ނުނިކުތުމައް.
2- ވަޒީފާތަކުގަ އުލޭ ފަރާތް ތަކަށް އައިީޑީއެއްދީ އެޑްވައިސް އެއް ނެރުން ވަޒީފާއަށް ނޫން ގޮތަކަށް ބޭރަށް ނިކުމެނޫޅުން
3- ހޫރެން ނިކުންނަ މީހުން ވަގުތުން ގެއަށް ފޮނުވާލުން، ތަކުރާރުވާނަމަ މާލެއިއިން ބޭރުކުރުން.
* ބުއްފުޅިޖައްސާ ގޮތަށް މިކަމެއް ނުވާނެ، އެއީ ކާފިއުގަޑީގަ މީހުން މަގުތަކަށް ގިނަވެ މަގުސަދު ޙާސިލް ނުވި ސަބަބަކީ
މިލިއަނުން އާާދީ އޮތް ތަންތަނުގައިވެސް ހަރުކަށި ފިޔަވަޅުއަޅާފަ އެ އޮތީ.
ވަޒީފަތަކުން ކަނޑާލާފަ ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށް ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފަ.
މާލޭގައި ކޮމިއުނިޓީ ސުޕުރެޑް ފެށިއްޖެއިޔާ ދިހަ ދުވަސް ތެރޭ 11000 މީހުން މަރުވުން އެކަށީގެންވޭ.. އަދި 30 ދުވަސްތެރޭ މާލޭގެ އާބާދީގެ 40% މަރުވުން އެކަށީގެންވޭ.. މިއީ ތޯތޯ ވާހަކަތަކެއްނޫން.. އަދިވެސް ރާއްޖެއައް މި ސަރހން ޕުރައިވެޓް ޖެޓުގަ ފަތުރުވެރީން އެބަގެނޭ.. މިކަމުގެ ބިރުވެރިކަން އިހުސާސެއްނުކުރެވެ.. ކެބިނެޓު އެންމެން ޔޫކޭއައް ފޮނުވާލަންވީ ހަގީގަތަ އިހުސާސްކޮއްލުމައް.. އޭރުން މީހުން ހޮސްޕިޓަލްތަކުގެ މަރުވެގެން ވެއްޓޭތަން ފެނުނީމަ ރޭކާލާނީ.
އަންނި އުޅެނީ ލޯކަލް އިންތިހާބު ނުބޭއް ވިގެންނެވެ.
އީޔޫން ފައިސާ ދިނީ ބޭސްޓެސްޓް ކުރަން ދިވެހީން ބޭނުން ކުރަން.. ކުޑަފައިސާ ކޮޅަކަށް ރައިޔަތުންވިއްކީ އަންނީގެ ލޯޔަރު ހެދި ޑީލެއް.. އަންނިޔަށް 50% ލިބޭގޮތަށް އިތުބާރު ހުރިފާރާތަކުން ލިބުނު މައުލޫމާތެއް..
މިއީ ޑޮކްޓަރުން އެހާރިސްކްބޮޑުކަށްމަށް އަދި މިބައްޔަށް އެކަށީގެންވާ ޑޯޒެއް ޓެސްޓްކޮށްފައި ނުވާބޭހެއް hydroxychloroquine .. ފޮކްސް ނިއުސް...
އެކަމަކު މިހާރު ރާއްޖޭގައި މިކަމާއި ދެކޮޅަށް ގާނޫނެއް ނެތޭ ކިޔަފަ މިބޭނުން ކުރަން އުޅެނީ..
އަންނި އާޢި ށާހިދު ކަލޭމެނަށް ލާކު ހުރި.. ގައުމުގެ މީހުން ތިވިއްކާލަނީ ކުޑަފައިސާ ކޮޅަކަށް..
އެތަކެއްބަޔަކު ވަޒީފާތަކުންވަކިކޮށް އަނެއްބަޔަކު ނޯޕޭލީވްގަ ތިބި މިދަނޑިވަޅުގަވެސް ސަރުކާރުން މިކުރާ ކަމަކީ ސިޔާސީމަގާމު އިތުރުކޮށް މިހާރު ވަޒީފާގަ ތިބި މީހުނަށް ރޯދައިނާޔަތް 500ރުފިޔާއަށް ބޮޑުކުރިން މީތޯ އިހްލާސްތެރިކަމަކީ ރައްޔިތުންނޭ ވިސްނާކަށް ނުވޭތޯ؟ މިހެން ހަމަތިބެންވީތޯ؟ ސައްލާކުރާކަށް ނުވޭތޯ؟ މިފަހަރު އިސްނަގާނެމީހަކުވެސްނެތެވެ. ކޮންމެސްގޮތެއހޯދައިގެން މިކަމުން ސަލާމަތްވޭތޯ ބަލަމާހިގާ.
ފިޔަވަޅު އަޅަންވެސް ތިއްބެވީ ތިޔަ ޑޮ ކްޓަރުން ، ޤައުމުގެ ރައްޔިތުންގެ މާބޮޑު އެއްބާރުލެމެއް ނުލިބޭނެ ތިހާ ލުއި ކޮށް ދޫ ކޮށްލާގެންނެއް، ހަމަ ހަރު ކަށި ކޮށް ނަންގަވާ ، މުއްސަދިންނަށް، ތަނަވަސް ކަމެއްހުރި ރައްޔިތުންނަށް ބޮޑު ކަމަ ކަށް ނުވިޔަސް ، ހާލުގައި އުޅެްންތިބީ ފަޤީރު އާއިލާތައް ، މުއްސަދިން އެތިބީ ކާނާތައް ޖަމާ ކޮށްގެން ، އެމީހުން ބޭރުގައި ބުރުޖަހަންވެސް ބިރެއް ނުގަންނާނެ
ތިހެނެއް ނޭނގޭނެ ބުނާކަށް. ދޫނި ރޯގާ، އޫރު ރޯގާ، މިކަހަލަ ކިތައްމެ ރޯގާއެއްގަ ރާއްޖެެއިން ބޭރުގަ ލައްކައިން މީހުން މަރުވެދިޔަ. ޢަހަރުނެން ދިވެހިން إنشاءالله މިތިބީ ސަލާމަތުން.الحمد لله . މި ބުނަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅާށެކޭ ނޫން.
ރާއްޖޭގައި ފިޔަވަޅު އެޅީ ރައްޔަތުން ހޯބޯލަވަންފެށީމަ އަދިއެވަރުންވެސް ކަހާތަން ހިރުވާލިހެންވެސް ހީނުވި މާފަހަ ކުން ފަޔަށްހިނި އަރައިގަތީ.
ހާދަހާ ގައްދަޑު ދޫވިހަޔޭދޯ؟