އިނގިރޭސިވިލާތުން ރާއްޖެ އައިފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ދިވެއްސަކު ބަލިން ރަނގަޅު ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ ރަނގަޅުވި ދިވެހި މީހާގެ ދެ ސާމްޕަލް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ފައްސިވި ދިވެހި މީހާ ބަލިން ރަނގަޅު ވުމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވަނީ ސިއްހީ ޚިދުމަތްތެރިން ކޮށްދެއްވަމުން ގެންދަވަ މަސައްކަތްތައް ފާހަގަ ކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިހާތަނަށް ރާއްޖެ އިން 20 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެތެރެއިން 14 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ ކޮވިޑް-19 ޖެހިފައި ތިބި ހަތަރު މީހެކެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ.
ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ބޭރުން ރާއްޖެ އެތެރެވޭ އެންމެން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ފަސް ދިވެހިން ވެސް ފައްސިވެފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައެވެ. އެހެންކަމުން އެމީހުންގެ ގައިން އިތުރު މީހަކަށް ބަލި ޖެހިފައެއް ނުވެއެވެ.
އަނެއްކާ އަވަހަށް ދޭ ތި އައީތަނަކަށް
27 ދުވަހަށް ބަލާފަ ދޫކޮށްލަންވާނީ .ސަބަބކީ ކުރިން ޖެހި ރަގަޅުވެފާތިބި މީހުނަށް އަލުން ކޮވިޑް ޖެހިފައިވާއިރު އެހެން މީހެއްގެ ގައިން އަލުންޖެހުނީތޯ ނުވަތަ ނެގެޓިވް ވިޔަސް ވައިރަސް ނުފިލާ ހުންނަނިކަން ބުނަންނެގޭ ކަމަށް މާހިރުން ވިދާޅުވޭ . ވީމާ އަދި 27 ދުވަހު ކަރަންޓީނުގާ ނުވަތަ އަދި އިތުރު 14 ދުވަހު ބެހެއްޓުމަކީ މުޖްތަމައަށް ފައިދާހުރި ގޮތަކަމަށް ދެކެން.
ޚޮވިޑް ޖެހޭ ކޮބްމެ މީހަކުވެސް ރަނގަޅުވަން ރާއްޖޭގައައި 14 ދުވަސް ނަގާތޯ
الحمدلله. ވަރަށް އުފާވެއްޖެ. މިބަލި ޖެހިފައިވާ ހުރިހާ ދިވެހިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާނދޭވެ. އަދި ދިވެހިރާއްޖެ ކޮވިޑް19 އިން ސަލާމަތްކުރައްވައި ދުނިޔެއިން މިބަލި ނައްތަވާދޭނވެ
މިތާ ސިއްހީ ހިދުމަތް ކަޑަކަމުން އުޅެންކަމުނުދާތީ ގެދޮރުކުއްޔައްދީފަގޮސް ބޭރުގަ ދިރިއުލެމުންދަނީ ކަމަކާޖެހުނު އިރު އެއްކަލަ ސިއްހީ ހިދުމަތް ނެތް ގައޔމައްއެބުރި އަންނަންމިޖެހުނީ ހިދުމަތްރަގަޅު ސޭފު ތަނަކައްވެސް މިވީ އެއްކަލަދިވެހިރާއްޖެ ހަމައެކަނި ނަމެއްގަ 100 100 އިސްލާމްކަން އޮތަސް ﷲ މިގައުމު ސަލާމަތްކުރައްވާނެ ކުރީސަފުގަ ތިބި މީހުން ދީނައް ކިތަންމެ ނުރުހުނަސް މިގައުމު އިސްލާމްކަންމަތީ އަބަދައްލައްވާށި ސޮޕޭން އައް ހެދިގޮތައް މިތަކައް ނެހެދޭނެ...ކިތަންމެބައިވަރު އިންޑިއާމީހުނެއްވަޒީފާދީފަ އެތެރެކުރިއަސް..