ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ފޯރުކޮށްދެމުން ގެންދާ މައުލޫމާތުތައް އާއްމުންނާއި ހަމައަށް ފޯރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް އެވެ. ގިނަ މީހުން ބުނާ ގޮތުގައި މަބްރޫކް އެގޮތައް މަސައްކަތް ނުކުރައްވާނަމަ މިހާރު މިފެންނަ މަންޒަރު މިގޮތައް އޮތުން ދުރެވެ. ކޮންމެއަކަސް ރެއާއި މިރޭ ނޫސްވެރިންގެ ބައްދަލުވުމުން މަބްރޫކް ނުފެނުމުން ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަބްރޫކް އަށް ވީގޮތެއް ނޭނގިގެން ގިނަ ބަޔަކު ވަނީ ޓްވިޓާގައި އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
Inge ey reyga ves naara yo, kiive tho balaaba.
— Laalu Manna ♥️🇵🇸 (@LaaluManna) April 10, 2020
ގިނަ ބަޔަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން މަބްރޫކް ވަނީ ދެންމެ ޓްވީޓެއް ކުރައްވާފައެވެ.
މަބްރޫކް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުން ނުފެންނަނީ ސިއްހަތު ރަނގަޅު ނުވުމުން ކަމަށެވެ. "އަހަރެންގެ އަޑު ރަނގަޅު ވަންދެން އަރާމު ކުރަން އަހަރެންގެ ޑޮކްޓަރު ވަނީ ލަފާދެއްވާފައި. ވަރަށް އަވަހަށް ތިބޭފުޅުންނާއި ވާހަކަދައްކަން ތައްޔާރު ވާނަން." މަބްރޫކް ވިދާޅުވިއެވެ.
ހުރިހާ އެންމެނަށް ހެޔޮ އެދުންތައް ފޮނުވަމުން މަބްރޫކް މިރޭ ވެސް ނަސޭހަތްތެރިވެ ވަޑައިގަތީ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި ގޭގައި ތިބުމަށާއި އަދި އަތް ދޮވުމަށެވެ.
https://twitter.com/mabrouq/status/1248666242983940097
ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު ސަރުކާރުން ހާމަކުރާ މައުލޫމާތުތައް އާއްމުންނަށް ދޭހަވާ ގޮތައް ފޯރުކޮށްދިނުމުގައި މަބްރޫކް އަދާކުރައްވާ ދައުރަށް ގިނަ ބަޔަކު ގެންދަނީ ޝުކުރު އަދާކުރަމުންނެވެ. އަދި މަބްރޫކަށް އަވަސް ޝިފާއެއް ލިބުމަށް އެދޭކަމަށް ބުނެ މިރޭ ވެސް ގިނަ ބަޔަކު ވަނީ ޓްވީޓް ކޮށްފައެވެ.
ޔާ ﷲ ބަލިވެ އުޅޭ އެންމެނަށް އަވަސް ޝިފާ ދެއްވާން ދޭވެ.
މަބްރޫކް އިޒް ދަ ބެސްޓު! މި ސަރުކާރުގަ މިވަރެއް ނެތް.
މަބޫ ބަލިވީމަ ދެރަވެގެން ގޮސް ރޮވިއްޖެ
އައި ތޯޓް ދޮގު ހަބަރެއް އިއުލާން ކުރަން އެންގީމަ މަޑުކޮއްލީކަމަށް.
މަހީކުރީ ދޮގެއްހަދަން ޖެހުނީމަ އެގޮނޑިއަށް ނާރާނީ ކަމަށް
މަބްރޫކަށް މާތްﷲ އަވަސް ޝިފާއެއް ލައްވާށި!
އަވަސް ޝިފާ އަކަށް އެދެން.ތިޔަކުރައްވާ ހިތްވަރަށް ސާބަސް.
ޥަރައް މޮލު ދަރިޔެ...........
ޥަރައްމޮލު..........
ބުނިގޮތަށް އަމަލު ކުރީކީ ނޫންތަ؟.!!!!
ފިރިހެން ހެދުންލާ އަންހެންކުއްޖާ ވެސް ގޮވާގެން އަރައްޗޭ
ލާދީީނީ ކަލޭގެ ނޭރިއްޔާރަނގަޅީ ދުވަހަކުވެސް
އޭތް، ހަމަ ރަނގަޅަށް؟ އެއީވެސް ހަމަ އެ ވައްތަރުގެ މީހެއްތަ؟
ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާތަކުން ވަކިކޮށް ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގަ ތިބެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލީ ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށްއަރައިފި ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފައިވޭ
މަބްރޫކް ނެތި ބޭއްވި ނިއުސްކޮންފަރެންސް ސަރުކާރު ބޮޑުތަނުން އަނގަގަޅި ޖެހިއްޖެ
ދޮގު ހަދަން ޖެހުނީމާ ނާރަނީ! އެއްވެސް ބައްޔެއްވެގެންނެއް ނޫން!
މަބުރޫކު އަށް ކޮވިޑު19 ޖެހުނީތަ އަވަސް ޝިފާ އަކަށް އެދެން
މަށަށް ކިޔުނީ މިހެން Love to everyone from an appropriate distance
އަނެއްކާ ދޮގެއް ހަދަން ބުނީތަ ފުލައިޓުން އެގެންނަ މީހުންނާ ބެހޭގޮތުން؟ ކައިރީގައި އުޅޭ ކުދިންކޮޅެއް ބުނި މަބުރޫގު އެހާ ބައްޔެއްނޫނޭ....