23:49

23:37

23:01

22:43

22:42

22:42

22:13

22:09

22:08

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި އެބައޮތް 3000 ދަނޑުވެރިން އުފެއްދުން.

21:54

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ދެ މީހުން އުޅޭ ގޭގެއަށް ފަސް ބަސްތާ ހަނޑޫ ވައްދާފައި އެބަހުރި. އަޅުގަނޑުމެން ޔަގީންކޮށް މި އަރުވަނީ އަސާސީކޮށް ކައިގެން އުޅޭ އެއްޗިއްސަށް ދައްޗެއް ނުވާނެ. މިހެން ބުނި ކަމުގައިވިޔަސް، ސްޓްރޯބަރީ ނުލިބިދާނެ. ބަނޑަކަށް ނުޖެހޭނެ. މި ފުރުސަތުގެ ބޭނުން މި ކުރަނީ އިގްތިސާދީ ގޮތުން އަޅާނުލެވި އޮތް ދަނޑުވެރިކަމަށް ފުޅާކޮށް، އިގްތިސާދު ފުޅާ ކުރަން މަސައްކަތް މި ކުރަނީ. މިއީ މި އަހަރުގެ ފަހުކޮޅު ފަށަން އޮތް ކަމެއް. އެކަމަކު، މިކަމަކާ ހުރެ އަވަސް ކުރީ.

21:52

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބަނޑަށް ޖެހޭނެ ހާލަތަކަށް ދާނެ ކަމަކަށް. ދުނިޔެ ބަނޑަށް ޖެހިއްޖެ ނަމަ، އަޅުގަނޑުމެން ބަނޑަށް ޖެހޭނީ. ލޮކްޑައުން ހާލަތުގައި މިއީ ވަގުތީ ކަމެއް ކަމަށް ގިނަ ގައުމުތަކުން ގަބޫލު ކުރަނީ.

21:44

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަޅުގަނޑުމެންނަށް އޮތް ބޮޑު ގޮންޖެހުމެއް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ. އެމީހުން އުޅެން ޖެހިފައިވާ ހާލަތުން ބަލިމަޑުކަމެއް އަތުވެދާނެތީ އެކަންކަން ރެގިއުލޭޓް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ.

21:42

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ދުވަހަށް އެލަވަންސެއް ދިނުމަށް ވިސްނުން މިހުރީ. އަޅުގަނޑުމެން އެދޭނަން އެހެން ވަޒީފައެއް ހޯދަން. ނޫނީ ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވާން. މިއީ އަނެއްކާ ވެސް މީހުންނަށް ދޭ ރިލީފެއް. ކޮންމެވެސް ކަހަލަ ޝަރުތުތަކެއް އައިސްދާނެ. އެކަމަކު، އެއީ މަޖުބޫރީ ހާލަތަކަށް ނުގެންނާނަން.

21:39

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސެއްގެ ކަންތަކުގައި މަޝްވަރާ ކުރަމުން މިދަނީ. އަދަދު ސީދާ އަދި ކަނޑައެއް ނާޅަން. އެކަމަކު، އޭޕްރީލް މަހުގެ އެލަވަންސް ދިނުމަށް މަސައްކަތް މި ކުރަނީ. އެހެންވީމަ އަދަދެއް ވަރަށް އަވަހަށް ކަނޑައަޅާނަން. ދާދި ފަހުން މިނިމަމް ވޭޖެއް ކަނޑައަޅާފައި ވާނީ. އެ މިންގަނޑަށް ބަލައިގެން އަޅުގަނޑުމެން އެކަން ކުރާނީ. އެކަމަކު، ސީދާ އެ އަދަދުތަކެއް ނޫން.

21:37

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: މާލޭގައި ދިރިއުޅޭ ބިދޭސީ މީހުންގެ ތެރެއިން އެކޮމަޑޭޝަންގެ ގޮތުން ހާލުގައި އުޅޭ މީހުން އެއަށް ވުރެ ސާފުތާހިރު ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ފަށާނަން މާލެ ސިޓީ ކައުންސިލާ ގުޅިގެން.

21:36

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދާން ތިބި މީހުން، ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުލުމާ އެކު ފޮނުވާލެވޭނެ ގޮތެއް ހަދަން.

21:35

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ވަރަށް ބޮޑު ކަމަކަށްވެފައި އޮތީ ޑޮކިއުމަންޓް ހެއްދުމުގައި. އެމްބަސީ މެދުވެރިކޮށް އެ ހައްދަން، ހަތަރު މަސް ނޫނީ ހަ މަސް ނަގާ. 837 މީހަކު އަމިއްލަ އަށް ގައުމަށް ދާން ބޭނުންވެގެން އަންގާފައި އެބައޮތް. އެހެން އޮއްވައި، ރާއްޖެ އިން އެއްވެސް މީހަކު ބަންގްލަދޭޝް އަށް ނުދެވޭނެ ކަމަށް އެ ގައުމުން އޮތީ އަންގާފައި. ޕާސްޕޯޓް މުއްދަތު ހަމަނުވާ 130 މީހުން އެބަތިބި. ޕާސްޕޯޓް މުއްދަތު ހަމަވެފައި ތިބި ބިދޭސީން ވެސް އެބަތިބި.

21:33

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ރަޖިސްޓްރީވެފައި އެބަތިބި 40،000 ބިދޭސީން. އޭގެތެރޭގައި ވަރަށް ގިނަ އެއްވެސް ޑޮކިއުމަންޓެއް ނެތް މީހުން އެބަތިބި. ބާކީ 20،000 މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވޭ. އެއްގޮތަކަށް ވެސް ރަޖިސްޓްރީ ނުވާ މީހުން މި ފަހުން ފުލުހުންނަށް ފެނިފައި އެބަހުރި.

21:31

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. ބިދޭސީންގެ މައްސަލަ ހައްލު ކުރަން އަޅުގަނޑު ވައުދުވިން. މިދިޔަ ސެޕްޓެމްބަރު މަހު މޮރިޓޯރިއަމެއް ނެރުނު ބިދޭސީންގެ މައްސަލަ ހައްލު ކުރަން. މިހާ ހިސާބަށް ބަންގްލަދޭޝް އިން ރާއްޖެ އައީ 1،362 މީހުން އައީ، ޕްރޮފެޝަނަލް ކެޓަގަރީން 32 މީހުން. މޮރިޓޯރިއަމެއް ނުނެރޭ އިރު، 5،000 މީހުން ރާއްޖެ އައި.

21:28

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: މިއީ ސްޓިމިއުލަސް ޕެކޭޖެއް ނޫން. މިއީ ރިލީފެއްގެ ގޮތުގައި ދޭ އެއްޗެއް.

21:27

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަޅުގަނޑުމެން އެއްޗެއް މި ދިއްކޮށްލަނީ ނޭވާއެއް ލައިގެން ދެތިން މަހު ހިފަހައްޓާލެވޭ ވަރަށް. މިއީ ކުރާ ކަމެއް އިތުރަށް ފުޅާ ކުރަން ދޭ އެއްޗެއް ނޫން. މިއީ ކައިގެން ބޮއެގެން އުޅެވޭނެ ގޮތެއް މި ހޯދަނީ. އަޅުގަނޑުމެން ބޭނުން އިތުރަށް ވެސް ދޭން.

21:26

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ސްޓިމިއުލަސް ޕެކޭޖް ތައާރަފް ކުރީ ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް. ތިން މަހަށް ދޭ ލޯންގައި މައިގަނޑު ޝަރުތަކީ މުވައްޒަފުން ބޭތިއްބުން. އަޅުގަނޑުމެންނަށް ނޭނގޭ މިކަން ދެމިގެން ދާނީ ކިހާ ދުވަހަކަށް ކަމެއް. އިގްތިސާދަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މިދަނީ އިތުރަށް ކުރާނެ ކަންކަން މިދަނީ މަޝްވަރާ ކުރަމުން. އެމްއެމްއޭގެ ލަފަޔާ އެކީގައި.

21:22

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުން. ދަނޑުވެރިކަން ކުރާ މީހުން ހިތްވަރާ އެކީގައި މަސައްކަތް ކުރާނެ މަގު ހޯދުން. އަޅުގަނޑުމެން އެމީހުން ހައްދާ އެއްޗެހި ގަންނާނެ ކަމުގެ ޔަގީންކަން ދިނުން. އާންމު ރައްޔިތުންގެ ތެރޭގައި ފައިސާ ދައުރުވާނެ ގޮތެއް މިއީ. މިއީ ފޮރިން އެކްސްޗޭންޖް އިތުރު ކުރެވޭނެ ގޮތެއް ކަމަށް މި ބަލަނީ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި 17 ބާވަތުގެ އިތުރުން އިތުރު އެއްޗެހި ލާނަން. އޭގެ ތެރެއަށް. އަޅުގަނޑުމެން 44 ރަށެއް ކަނޑައަޅާފައި ވާނީ ދަނޑުވެރިކަން ކުރަން. އަދި އިތުރު ރަށްތައް ވެސް އަޅުގަނޑުމެން ހޯދާނަން.

21:18

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަޅުގަނޑުމެން ވާނީ 17 ބާވަތެއް އައިޑެންޓިފައިކޮށްފައި. އެއީ އިމްޕޯޓް ކުރާ ބާވަތްތަކެއް. އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި 17 ބާވަތް އިމްޕޯޓް ކުރާ އަދަދު 50 ޕަސަންޓަށް ދަށްކުރުން. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރަން.

21:15

ފިޝަރީޒް މިނިސްޓަރު ޒަހާ: މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްތައް ރަށްތަކާ ހަވާލު ކުރުމުގެ މަސައްކަތް އެބަކުރަން. އެ ފަޅު ރަށްތަކުގައި ދަނޑުވެރިކަން ކުރާނަމަ، ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުން އެދެން.

21:13

ފިޝަރީޒް މިނިސްޓަރު ޒަހާ: ދަނޑުވެރިކަން ކުރުމަށް ލޯން ހަމަޖެހޭނެ. އަލަށް ފަށަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު އެބައޮތް. އެސްޑީއެފްސީ މެދުވެރިކޮށް އެކަމަށް 10 މިލިއަން ރުފިޔާ ހަމަޖެއްސުމުގެ މަސައްކަތް އެބަ ކުރަން. މިއީ ފުދުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތެއް.

21:11

ފިޝަރީޒް މިނިސްޓަރު ޒަހާ: އެސްޓީއޯ އާ އެކީގައި ދަނޑުވެރިންތަކެއް މިހާރު ދަނީ ރަޖިސްޓްރީ ކުރަމުން.

21:11

ފިޝަރީޒް މިނިސްޓަރު ޒަހާ: ގޯތި ތެރޭގައި އޮންނަ ހުސް ޖާގަތަކުގައި ގަސް ހެއްދުމަށް ވެސް އަޅުގަނޑުމެން ތާއީދު ކުރަން. ގަސްތައް ހެއްދުމާ ގުޅޭ މައުލޫމާތުތައް އަޅުގަނޑުމެންގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ.

21:10

ފިޝަރީޒް މިނިސްޓަރު ޒަހާ: ކާބޯތަކެތި ހައްދާތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރެވޭނެ. މިހާރު ވެސް ގިނަ ރަށްރަށުގައި ދަނޑުވެރިކަން ކުރޭ. ގޮންޖެހުންތައް ތަކުރާރުކޮށް އަޅުގަނޑުމެން ހިއްސާ ކުރަން. ކައުންސިލާ އެކީގައި މަޝްވަރާ އެކީގައި މައުލޫމާތުތައް ހިއްސާކޮށް، އެ ރަށެއްގެ ފުދުންތެރިކަން އެނގޭނެ ގޮތް ވުން އުންމީދަކީ.

21:09

ފިޝަރީޒް މިނިސްޓަރު ޒަހާ: ބިން އޮތް ރަށްތަކުން ދަނޑުވެރިކަން ކުރުމަށް ކައުންސިލްތަކާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން. ބިންތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން. ބިން ދޫކުރުމުގައި ކައުންސިލާ އެކު އެގްރީމަންޓެއް އޮންނަން ވާނެ. އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ ހާސިލްވާން.

21:06

އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު: ކޮވިޑް-19 އަށް ފައްސިވި ދިވެހިންގެ ހާލު ރަނގަޅު. އިތުރު ސިއްހީ މައްސަލައެއް ދިމާނުވޭ.

21:05

އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް 62 މީހަކު ވަނީ ދައްކާފައި.

21:04

އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު: މިހާރު ބަލި ޖެހުނު މީހުންގެ ތެރެއިން އަދިވެސް ފަރުވާދެނީ ހަތަރު ދިވެހިންނަށް. ވެލިދޫ އައިސޮލޭޝަންގައި 11 މީހުން އެބަތިބި. ދަރުމަވަންތަ ހޮސްޕިޓަލްގައި އެއް ބަލި މީހަކު ބަލަހައްޓަމުން ގެންދިޔަ އިން. ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި މީހާ އެހެން ފެސިލިޓީއަކަށް ބަދަލު ކުރެވޭނެ. ކަރަންޓީނު ފެސިލިޓީތަކުގައި 862 މީހުން އެބަތިބި. 19 މީހަކު ވަނީ މިއަދު ދޫކޮށްލާފައި. 80 މީހުން ދޫކޮށްލުމަށް ސާމްޕަލް ނެގިފައި ވަނީ.

21:02

އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު: 2612 ސާމްޕަލް، ޕޮޒިޓިވްވީ 19 ސާމްޕަލް. ނެގަޓިވްވެފައި ވަނީ 2،507 ސާމްޕަލް، ނަތީޖާ ނުލިބި، 86 ސާމްޕަލް އެބައޮތް.

21:01

ޕްރެސް ކޮންފަރެންސް ފަށައިފި.

21:01

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު.

21:00

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

20:59

20:19

20:19

19:36

19:31

19:27

18:55

18:39

18:30

18:14

18:01

17:47

17:14

17:08

17:03

17:00

16:41

16:10

16:07

 

15:25

15:14

15:10

14:56

14:30

14:12

13:37

12:35

12:19

11:15

 

10:36

09:30

05:06

ކެނެޑާއިން އިތުރު 18 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 60 އަށް އަރައިފި. މިހާތަނަށް އެގައުމުން 569 މީހަކު ވަނީ މަރުވެފައި. އެ ގައުމުން މިހާތަނަށް 22148 މީހަކު ވަނީ މި ވައިރަަސްއަށް ފައްސިވެފައި.

05:05

ބްރެޒިލްއިން އިތުރު 114 މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 1065 އަށް އަރައިފި. އެ ގައުމުން އިތުރު 1644 މީހަކު ފައްސިވިއިރު، މިހާތަނަށް އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19789 އަށް އަރާފައި.

05:04

ޖަރުމަނުން އިތުރު 43 މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 2767 އަށް އަރައިފި. އެ ގައުމުން އިތުރު 3936 މީހަކު ފައްސިވިއިރު، މިހާތަނަށް އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 122171 އަށް އަރާފައި.

04:59

03:31

03:22

އެމެރިކާއިން އިތުރު 183 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 1922 އަށް އަރައިފި. މިހާތަނަށް އެގައުމުން 18613 މީހަކު ވަނީ މަރުވެފަ

03:22

02:41

02:08

02:08

އެމެރިކާއިން އިތުރު 2324 މީހަކު ފައްސިވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު 27184 އަށް އަރައިފި. މިހާތަނަށް އެގައުމުން 495،750 މީހަކު ވަނީ ފައްސިވެފަ

02:07

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 99 މީހަކު މަރުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި މީހުންގެ އަދަދު 1739 އަށް އަރައިފި. މިހާތަނަށް އެގައުމުން ޖުމްލަ 18،430 މީހަކު ވަނީ މަރުވެފަ

01:50

ޔޫއޭއީ އިން އިތުރު 370 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު ދެމީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3360 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 16 މީހަކު ވަނީ މަރުވެފައި.

01:48

ޕެރޫ އިން އިތުރު 641 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 31 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5897 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 169 މީހަކު ވަނީ މަރުވެފައި.

01:45

އެމެރިކާއިން އިތުރު 5320 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 325 މީހަކު މަރުވެއްޖެ. މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އެޤައުމުން 24860 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 1640 މީހަކު ވަނީ މަރުވެފައި. މިއާއެކު މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 493426 އަށް އަރާފައި. އަދި އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18331 އަށް އަރާފައި.

01:19

00:53


ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިރޭ ވަނީ ލައްކައަކަށް ވުރެ އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 101,762 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު 1,680,506 އަށް އަރައެވެ. އޭގެ ތެރެއިން ރަނގަޅުވީ 373,575 މީހެކެވެ.

މިއަދު މިވަގުތާއި ހަމައަށް 76,854 މީހުން ފައްސިވެ 6,070 މީހުން ވަނީ މަރުވެފައެވެ. މިއަދު ހުރިހާ ގައުމަކުން ބަލި ޖެހުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަދަކީ އެންމެ ގިނަ މީހުންނަށް ބަލި ޖެހި، އެންމެ ގިނަ މީހުން މަރުވި ދުވަސްތަކުގެ ތެރެއިން ދުވަހަށް ވުން ގާތެވެ.

އެމެރިކާގެ ހާލަތު އަދިވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ. އިނގިރޭސިވިލާތުގެ ހާލަތު ވެސް ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ފްރާންސުން މިއަދު ބަލި ޖެހުނު މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސްޕޭނާއި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މިއަދު ވަނީ މަދުވެފައެވެ.

އެހެންނަމަވެސް ތުރިކީ އާއި އިކްއެޑޯ އިން މިއަދު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. ބެލްޖިއަމުން މަރުވާ މީހުންގެ އަދަދު ވެސް މަދެއް ނުވެއެވެ. އޭގެ އިތުރުން އަޔަލޭންޑްގެ ހާލަތު ވެސް ފެންނަނީ ވަރަށް ގޯސްކޮށެވެ.

އިންޑިއާގެ ހާލަތު ވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ.

ރާއްޖެ އިން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޭޕްރީލް 30 އާއި ހަމައަށް ދަމަހައްޓަން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މިރޭ ނިންމަވާފައެވެ.

މެލޭޝިއާ އިން ކޮވިޑް-19 ޖެހުނު ދިވެހި މީހާ މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން މިރޭ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާތަކުން ވަކިކޮށް ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގަ ތިބެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލީ ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށްއަރައިފި ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފައިވޭ