އައްޑޫ އާއި މުޅި ރާއްޖެއަށްވެސް ކުއްލި ސިހުމެއް ގެނުވައި ދެކުއްޖަކު ގެއްލުނު ހިތާމަވެރި ހާދިސާއަށް ހަފްތާއެއް ވަނީއެވެ. ހާދިސާގައި ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، މިހާތަނަށް އެކުދިންގެ ހިލަމެއް ނުވެއެވެ. މިކަމާއި ގުޅިގެން ހެޔޮއެދޭ ފަރާތްތަކާއި އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެ މާޔޫސްވެފައެވެ.

އެ ހިތާމަވެރި ހާދިސާއަށް އެތައް ދުވަހެއް ވެގެންދިޔައިރު، ހާދިސާ ހިނގައިދިޔަގޮތް މާގިނަ ބަޔަކަށް ނުފެނުނު ނަމަވެސް، އެ ބިރުވެރި ވަގުތުކޮޅުގެ މަންޒަރުތައް މިވަނީ ފޮޓޯތަކަށް އަރާފައެވެ. މި މަންޒަރުތައް އަރާފައިވަނީ، ހިތަދޫގައި މަސައްކަތްކުރާ ބިދޭސީއަކު ނަގާފައިވާ ސެލްފީތަކަކަށެވެ.

މި ބިދޭސީމީހާ ބުނެފައިވާގޮތުގައި، އޭނާގެ ސެލްފީތަކަށް އެމަންޒަރު އަރާފައިވީނަމަވެސް އެފަދަ ކަމެއް ހިނގައި ކުދި ބަޔަކު ގެނބިގެން އުޅޭކަމެއް އޭރަކު ނޭނގެއެވެ. އަދި ތިންކުދިން ކަނޑުވި ހިތާމަވެރި ހާދިސާގެ ޚަބަރު އޭގެފަހުން ލިބިގެން ހާދިސާ ހިނގިތާ އެއްދުވަސް ފަހުން ފޮޓޯތައް ބެލީ، އެ މަންޒަރު ފޮޓޯތަކަށް އަރާފައިވޭތޯ ބެލުމަށް ކަމަށްވެސް އެމީހާ ބުނެފައިވެއެވެ. އެހެންކަމުން ލިބުނު މަޢުލޫމާތާއި ގުޅިގެން އެ ފޮޓޯތައް ބަލަމުންދަނިކޮށް ގެނބުނު ކުދިންވެސް ފެންނަ ފޮޓޯތަކެއް، އޭގެތެރެއިން ފެނުނީކަމަށް އެ ބިދޭސީ މީހާ ބުނެއެވެ.

ތިން ކުދިން ގެނބުނު މަންޒަރު އޭގެތެރެއިން ތިން ފޮޓޯއަކަށް އަރާފައިވާއިރު، ފޮޓޯއިން ފެންނަނީ ރާޅު ވަރަށް ބޮޑުވެފައި ވަނިކޮށް އެ ކުދިން ފަރުމަތީގައި ކައިރި ކައިރީގައި ތިބި މަންޒަރެވެ. އެނގިފައިވާގޮތުގައި، އެ ބިދޭސީ މީހާ ސެލްފީ ނެގި ވަގުތުތައް ދިމާވެފައި ވަނީ ފުރަތަމަ ރާޅު ނަގައިގެން ސަލާމަތްވާން ކުދިން މަސައްކަތްކުރި ވަގުތުގައެވެ.

އެ ހިތާމަވެރި ހާދިސާގައި ސަލާމަތްވި ކުއްޖާ ވަނީ ފޮޓޯއިން ފެންނަނީ އެކުދިންކަން ޔަޤީންކޮށްދީފައެވެ. އެނގިފައިވާގޮތުގައި ފޮޓޯތަކުން ފެންނަ ތިން ކުދިންގެތެރެއިން މެދުގައި އޮތީ މަޔާމީންއެވެ. ފޮޓޯ ނެގިވަގުތު މަޔާމީން އޮތީ ވެއްޓިފައި ކަމަށްވެއެވެ.

ހިތަދޫ ފުއްޓަރު ފަރާތުން "ކިނބިވައު" އާއި ދިމާލު މޫދަށް ދިޔަ އެރަށު ބްލޫގޭ، އަލީ ރާއިފް އާއި ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީގެ ތެރެއިން ދެކުއްޖަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަނޑުވެ ގެއްލިފައިވާއިރު، އޭގެތެރެއިން ސަލާމަތްވީ ރާއިފްއެވެ. ރާއިފް ސަލާމަތްކުރެވުނީ، އެ ހާދިސާ ހިނގި ސަރަޙައްދުގައި އެވަގުތު ހުރި ބޭރުމަތި އަވަށު ބުލޫ ރޯޒް، ހަސަން ދީދީގެ ހިއްވަރާއި މަސައްކަތުންނެވެ.

ތިން ކުދިން އޮޔާއިދާން ފެށި ވަގުތު އެންމެ ފުރަތަމަ އެ މަންޒަރު ފެނުނު އެކަކީ، ހަސަން ދީދީގެ ދައްތައެއް ކަމަށްވާ ހަދީޖާއެވެ. އެކުދިން ފަރުމަތިން ހިނގާފައި ގޮސް ކަނޑުއޮޅިއަށް ނިކުމެވޭ ސަރަޙައްދުގައި ތިބިތަން، އެ ހާދިސާ ހިނގުމުގެ ވަގުތުކޮޅެއް ކުރިން ހަދީޖާއަށް ވަނީ ފެނިފައެވެ. އެއަށްފަހު ކުއްލި ގޮތަކަށް ނެގި ބިޔަ ރާޅުތަކަކަށްފަހު އެކުދިން ފެންނާން ނެތި ގެއްލުމުން ކަންބޮޑުވެފައި ހުރެ އަވަހަށްގޮސް ބައެއްގެ އެހީތެރިކަމަށް އެންމެ ފުރަތަމަ އެދުނީ އޭނާއެވެ.

ކުދިންނަށް އެހީވުމަށް ފުރަތަމަ މޫދަށް ފޭބި ހަސަން ދީދީ ބުނިގޮތުގައި ރާއިފްގެ އަތުގައިވެސް އޭނާއަށް ހިފުނީ ކިރިޔާ ކަމަށެވެ. އަދި ރާއިފް އާއިއެކު ސަލާމަތް ނުވެފިފައި ތިބި އެހެން ކުދިންނަށްވެސް އެހީތެރިވުމަށް ހަސަން ދީދީ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ބިޔަ ރާޅުތަކާއި ބާރުގަދަ އޮއިވަރުގެ ސަބަބުން އެކަން ކާމިޔާބުވާގޮތްނުވެ، ލޯބިވާ އެންމެން ރޮއްވާލަމުން ލޯމަތިން އެކުދިން ގެއްލި ދިޔައީއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ވަޓްއެބައުޓް

  ކުޑަ ކުދިން މޫދަށް ދާން ހެޔޮ ވާވަރުގެ ތަނަކަށް ނޫނެއް ނޫންތޭ އެމެން މޫދަށް އެދިޔައީ. ވައިޓް އެލާރޓް ނެރުނަސް އަދި ނުނެރުނަސް މީހުން ކަނޑާއި ގުޅިފައިވާ ފުއްޓަރަށް މޫދަށް ދޭތޭ އެއީ އެއްގޮތަކަށް ވެސް ބުއްދި ސަލާމަތުން ތިބި ބަޔަކު ކުރާނެ ކަމެއް ނޫނެއް ނޫންތޭ ނައު އައި ޑޯން ނޯ ވެއަރ އައި އޭމް ވަޓް އެބައުޓް ޔޫ ވަޓް އެބައުޓް ޔޫ ވަޓް އެބައުޓް ޔޫ ހާއް ހާއް ހާއް ހާއް ހާއް ހާއް ހޯއް ހޯއް ހޯއް ހޯއް ހޯއް ވަޓް އެބައުޓް ޔޫ ވަޓް އެބައުޓް ޔޫ ވަޓް އެބައުޓް ޔޫ..

 2. ތި ފޮޓޯ ތަކަކީ ސެލްފީއެއް ކަމަކަށް ނުބެލެވޭ. ސެލްފީގައި އާންމުކޮށް ފޮޓޯ ނަގާ މީހާ ހުންނާނެ. ތި ފޯޓޯ ތަކަކީ އެކުދިން ގެނބެމުން ދިއުމުން އެ ބިދޭސީ މީހާ ގަސްތުގަ ނަގާފައި ހުރި ފޮޓޯތަކެއް ކަމަށް ބެލެވެނީ. ނަމަވެސް އޭނާ އެހީތެރި ނުވުމުން ފިޔަވަޅު އަޅާފާނެތީ ބިރުން ސެލްފީ އޭ ބުނެފާނެ

 3. ސަލާމަތްވި ކުއްޖާ ގެ ބަހެއް އެއްވެސް ނިއުސް އަކުން ނުފެނޭ.ޢެހާދިސާ ހިނގި ގޮތް އެންމެ ރަނގޅަށް އެނގޭނީ ޢޭނާ އަށް ކަމައް ވާނީ. ޢެކުދިންނަށް ހެޔޮރަހުމަތް ލައްވާށި.އާމީން. ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި. ޢާމީން.

  • ޑިމޮކްރަޓިސްޓް

   ކަލޭ ހަބަރުތަކާ އެއްޗެހި ނުކިޔަންޏަކާ ނޭންގޭނެ.. ހަމަ އެއްޗެއް ފެންނައިރަށް ތި ކޮމެންޓްކޮށްނަގަނީ.. ވަގުތުނޫހުންވަނީ އެކުއްޖާގެ ވަރަށް ގިނަބަސްތައް މީގެކުރިން ގެނެސްދީފަ.. ކިޔާބަލަ..

  • ޢާމީން

 4. ފޮޓޯއިން ބިދޭސީ މީހާ އިން ބައި ކްރޮޕް ކޮށްލާފަ ކަްނޭގެ އޭނީ.. ތިހެން މީހުންނަށް ތުހުމަތު ކުރާކަށް ނުވާނެ ޑިޓެކްޓިވް އަކަސް. ބިދޭސީ އަކަސް އިންސާނިއްޔަތުކަން ހުރިއްޔާ އެހީ ނުވެ ނުހުންނާނެ ދޯ ބަޔަކު ގެނބޭއިރު

 5. ބިދޭސިމީހާ ކުއްވެރި ނުކުރޭ ގިނަ ބިދޭސީންނަށް ފަތަންވެސް ނޭނގޭނެ.

 6. ބަލަންހުރިން

  ޙަސަންދި ފުރަތަމަ އެތަނަދިޔަޔަސް ބަލަންހުރީ. ޙަބަރުލިބިގެން އަހަރުމެންނަށް ދެވުނުއިރު ފެންނަންތިބީ 2 ކުދިން އެންމެފުރަތަމަ ފޭބީ ލިޒާމްްއާ ފަހުމީއާ. ފަހަތުން ހަސަންދިވެސްފޭބި. ރާޅާ އޮއެވަރުގެ ބާރުގަދަކަމުން ހަސަންދިވެސް ފައިބާންނުކެރިފަހުޓާ ދެންދިޔަމީހުން ބަލާކަށްނުތިބެ ފޭބީމަ ހަސަންދިވެސްފޭބި. އެމީހުނގެ ފަހަތުން އިބްރާހިމް މަނިކާކިޔާ މީހަކުވެސް ފޭބި. ނަމަވެސް ހިތާމަޔަކީ ކަންދިމާކުރިގޮތުން ކުދިންނާހަމަޔަ ނުދެވެނީސް ރާޅުބޮޑުވެ ކުދިން ބޭރަށްދަމައިގަތީ. ދެން 4 މީހުންވެސް މައްޗަށްަައެރީ. ޙަސަންދި މަތީގަމަޑުކުރީ އަނެ 3 މީިހުން މައްޗަދިޔައީ މޫދާ ދާދިކައިރި ހުރި ގެއެއްގައި އޮއި ސާރފްބޯޑެއްނަގަްން. ދެން ހަމަކުއްލިއަކަށް މޫދުގެ ލޮނުގަނޑު އެކޮށް ހަމަ އެކޮށް ދަމާލީ. "އަހަންނަބުނެވުނީ އިންނާލިއްލާހި ވައިނާއިލައިހިރާޖިޢޫުން އޭ އެއްކުޖަކުވެސް ފެންނާކަށް ނެތޭ". އިރުކޮޅަކުން ދެންފެނުނީ ފަރުމަތިން ކުއްޖަކު ތެދުވިތަން. ޢެކުއްޖާ ގުދައޮވެގެން ހޮޑުލަމުން ކުރިއަށް އަންނަންފެށި.ދެންހަސަންދި ފައިބައިގެންގޮސް އެކުއްޖާ އަތުގަހިފައިގެން މަށްޗަށް ގޮވަިގެންަ އަންނަން ފެށީމަ އެހެން 2 މީހަކު ފައިބާފަ އެހީވި. އެކުއްޖާ ފަރުމައްޗަ ތެދުވެގެން ސަލާމަތުން މައްޗައެރެންދެން އެންމެރާޅެއްވެސް ފަރުމައްޗަ ނުބިންދާ. އޭރު ފަރުބޭރުން ކުދިން ދަމަިގަތް ދިމާަލުން ލޮނުގަނޑު ވެއްޔާއެއްކޮށް ކެކި އަރަނީ "ސުބުހާނަﷲ". ސަލާމަތްވި ކުއްޖާ މައްޗަ އެރުވުނުތަނާހެން އަނެއްކާ ރާަޅުވެސް ބޮޑުވާންފެށި. ޢެވަގުތުއެއީ ސާރފްބޯޑު ނަގަންދިޔަމީހުންވެސް އައިވަގުުތު. އެ 3 މީހުން އަނެއްކާވސް ސާރފްބޯޑު ހިފައިގެންއެރި ކުދިން ހޯދުމަށް ވަރަށް މަސައްކަތްކުރި. ނަމަވެސް ބޭރަށްދެމި އޮއެވަރުގެ ފަހުން 2 ކުދިންކުރެ އެއްކުއްޖއްގެވެސް ޙަބަރެއްނުވޭ. ?? ސަލާމަތްވި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އެކުއްޖާ މައްޗަށް އެރުވިފަހުން އެތަނަށްދިޔަ ޕޮލިސް ޖިޕުގައި.

  • ކަލޭ އެތާ ބަލަން ހުރީ ކީއްވެގެންނޯ؟އަދި މީހުން ނުބައިމީސް ކުރަން އެބަ ވާހަކަ ދައްކައެއްނު. މީނަ ހީވަނީ އެހީވާން މޫދުގައޮތް މީހެއް ހެން. ސަލާމަތްވި ކުއްޖާވެސް އެބަބުނޭ ހަސަންދީ އޭ އޭނަ އަތުގަ ހިފީ. ދެން ކަލޭ މީހުންނާ ޖައްސާލިޔަސް ނޫނީ އެހެން މީހަކަށް ކްރެޑިޓް ދޭން އުޅުނަސް ބޮޑުވަރު ތީ. ނޫނީ އޭނަ ވީ އެހީއަށް އެކި މީހުން އެއްޗިސް ދޭތީ ކަލޭ ބޭނުންވީ ދޯ ލިބެން ކަލެއަށްވެސް

  • ޝުކުރިއްޔާ. ކިޔާދެއްވި ކަމަށް ޓަކާ... އެކުދިންނަށް ހެޔޮ ރަހުމަތް ލައްވާށި.. ައިރާދަ ކުރެއްވިއްޔާ އެކުދިން ހެޔޮ ހާލުގަ އަނބުރާ އައުން އެދެނީ..

 7. ޅޮލުންދެކުނިން

  ޙަސަންދި އެބުނަނީ އޮއިވަރު ބޭރަށް ދެމިފަހުން ފަރުމަތިން އަރައިގެންއައި ކުއްޖާ އަތުގަހިފަިގެން މައްޗައެރުވިވާހަކަ. މަ ބަލަން ހުރިން. ޙަސަންދި މޫދަފޭބީވެސް އެތަނަ ދިޔަ ލިޒާމް އާ ފަހުމީ ފޭބީމަ. ޢެންމެ ދުރަފަތާފަ ދިޔައީވެސް ލިޒާމް. ޢެކަމަކުވެސް އެއިން ކުއްޖެއްގެ ަައަތަކުނުހިފެޔޭ. ދެން މާ ފަހަތުގައި އޮތް ހަސަނދިއަށް ހިފެނީ ކިހިނެ.

  • ހަސަންދީ ހުރި ހިސާބަށް ރާޅާ އެކު ކުއްޖާ އައިސްފި ނަމަ......... މިހާރު ވިސްނޭނެ ކަމަށް ހީކުރަން........

  • ކަލޭ ނުޖެހޭ ދޯ ބަލަން ހުންނާކަށް. ނޭނގޭނެ ދޯ ހަމަ ތީނާ އަށްވެސް އެއިން ކުއްޖެއް ހަމަ ސަލާމަތް ކުރެވިދާނެ ދޯ. ޔަގީން ތިކަހަލަ އެކަކު އަތުގައި ނޫން އެކުދިން ގެނބުނު ފޮޓޯ ވެސް ހުންނާނީ އެންމެން ބަލަން ތިބީ ތޯއްޗެއް އެކުދިން ގެނބެމުން ދިއަ ގަޑީގައިވެސް ވީޑިއޯ ކޮށް ފޮޓޯނަގަން

 8. އައްޑޫ ތިން ކުދިން ގެނބުނު މަންޒަރު ފެންނަ "ފޮޓޯ"ތަކެއް ފެނުމުން މަމެންނަށް ލިބެނީ ޝޮކިންގް ފީލިންގްސް އޭ ބިކޮޒް ސީދާ ޑައިރެކްޓް ކޮށް ޑީޕް ބްލޫ ސީ އާއި ގުޅިފައިވާ ފުއްޓަރަށް ވައިޓް އެލާރޓް ނެރެފައި ވަނި ކޮށް އެއަށް ބެލުމެއް ނެތި ސްކޫލް ކުދިން ތަކެއް ލައިފް ރިންގް ވެސް ނާޅާ ދިއުން އެއީ ބިރުން ފިށް ކަނޑައިގެން ދާވަރުގެ ކަންކަމޭ. ރިސޯރޓެއްގެ ވޯޓަރ ވިލާ ކައިރިއަށް މޫދަށް އެރިލަން ވެސް މަމެން ބޭނުން ކުރަމޭ ލައިފް ޖެކެޓް ސަބަބަކީ އަކުނި ވަށް ދަމައިގަތް ނަމަވެސް ޑްރައުން ނުވާނީ އެއިރުން ނޫންތޭ. ސްޕެޝަލީ މޫދަށް ދިއުމުގެ ކުރިން ކުރަން ޖެހޭ ކަސްރަތު ތަކެއް ވެސް ހުރެއޭ އަދި މޫދުގައި އޮއިވަރު ހުންނަ ގޮތާއި އަދި މޫދުގައި ކަށިބޯވަ ފަދަ ތަކެތި ހުރި ތޯ ބެލުމަށް ފަހު ނޫނީ މޫދަށް އެރިގެން ނުވާނެއޭ. އަދި ސަލާމަތީ ގޮތުން ބޭނުންވާ ލައިފް ޖެކެޓްސް އެެއްޗެހި އަޅާފައޭ ހުންނަން ޖެހޭނީ. ތަމެން ޖެހޭނެއޭ މިފަދަ ކަންކަމާއި މެދު ތަމެންގެ ރަށު މީހުން ހޭލުން ތެރި ކުރަން އަދި އޭގެ ފަހުގައި ތަމެންގެ އަތޮޅު މީހުން ހޭލުން ތެރިކުރަން. އިޓްސް ޔުއަރ ރެސްޕޮންސިބިލިޓީ. އިޓްސް ސަމްތިންގް ދެޓް އައި މަސްޓް ލިވް ވިދް އެވްރީޑޭ އައި ވިޝް ދެޓް ޔޫ ވުޑް ލިސިންގް ޓު މީ. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ޔޫ ޓު ޓޭކް އިނީޝިއޭޓިވް އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ ކަމޯން ސްޓޭންޑް އަޕް ފްރޮމް ދަ ޗެއަރ ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

 9. އެބެދޭސީ މީހަކީ ފަތަންނޭގޭ މީހަކައްވެސް ވެދާނެ. ކަމުގެ ހަގީގަތް ނުބަލާ ބޭނުންހާ އެއްޗެއް ނުގޮވާ، ހަގީގަތް ބަލާ އެޔައްފަހު ވާހަކަ ދައްކާ.

 10. ވީމާ ތި ފޮޓޮގްރާފްގެ މޮޅުކަމަކީ 3 ކުދިން ބެހިގެން ދިޔައިރުވެސް އެކުދިންނަށް އެހީނުވެ ފޮޓޯނަގަން ހުރުންދޯ! ވީމާ ތި ފޮޓޮގްރާފާމެދު ދަޢުވާކުރަން ފެނޭ.

  • ސެލްފީނަގާއިރު މޫދާދިމާލަށް ފުރަގަސްދީގެންހުންނާނީ އެހެންވެ އެހާދުރުން ކުދިންތަކެއް ގެނބިގެން އުޅޭކަން ފާހަގަ ނުވެވެސް ހިނގައިދާނެ، ކޮންމެއަކަސް ތިފޮޓޯތަކުން އާއިލާއަށް ވަރަށް ހިތްދަތިކަން ލިބޭނެ.

  • މާތްﷲ މޮޅަށް ދެނެވޮޑިގެންވަނީ.
   “މި ބިދޭސީމީހާ ބުނެފައިވާގޮތުގައި، އޭނާގެ ސެލްފީތަކަށް އެމަންޒަރު އަރާފައިވީނަމަވެސް އެފަދަ ކަމެއް ހިނގައި ކުދި ބަޔަކު ގެނބިގެން އުޅޭކަމެއް އޭރަކު ނޭނގެއެވެ. އަދި ތިންކުދިން ކަނޑުވި ހިތާމަވެރި ހާދިސާގެ ޚަބަރު އޭގެފަހުން ލިބިގެން ހާދިސާ ހިނގިތާ އެއްދުވަސް ފަހުން ފޮޓޯތައް ބެލީ، އެ މަންޒަރު ފޮޓޯތަކަށް އަރާފައިވޭތޯ ބެލުމަށް ކަމަށްވެސް އެމީހާ ބުނެފައިވެއެވެ. އެހެންކަމުން ލިބުނު މަޢުލޫމާތާއި ގުޅިގެން އެ ފޮޓޯތައް ބަލަމުންދަނިކޮށް ގެނބުނު ކުދިންވެސް ފެންނަ ފޮޓޯތަކެއް، އޭގެތެރެއިން ފެނުނީކަމަށް އެ ބިދޭސީ މީހާ ބުނެއެވެ.”

 11. ޑިޓެކްޓިވް

  އެބުނި ހަމަ ވަރަ ރަގަޅުވާހަކައެއް ޤަބޫލް

  ކުރެވޭ ހަމަ އެގޮތް ތިފޮޓޯތަށް ނަގާފަވާނީ

  ޙަމަ އެބުނިގޮތަށް

 12. ކުދިން މޫދަށް ދިއުމަށް ފަހި އެއްވެސް ތަނެއް އައްޑޫގަ ނެތޭ ބުނުން ވެސް ރަނގަޅުވާނެ.. ސިޓީގެ ދަރަޖަ ނުލުބިގެން ދުވީ މިވަރު ކަމެއް ތި ތިއްބެވި އެމް.ޕީން ގެ ސައި ޚަރަދުންވެސް ކޮށްލެވޭނެ... ހަމަ އެކަނި ވޯޓް ހޯދަން ވީމަ ރައްޔިތުން

 13. ސެލްފީއެއް ކަމަކަށް ނުބެލެވޭ. ސެލްފީގައި އާންމުކޮށް ފޮޓޯ ނަގާ މީހާ ހުންނާނެ. ތި ފޯޓޯ ތަކަކީ އެކުދިން ގެނބެމުން ދިއުމުން އެ ބިދޭސީ މީހާ ގަސްތުގަ ނަގާފައި ހުރި ފޮޓޯތަކެއް ކަމަށް ބެލެވެނީ. ނަމަވެސް އޭނާ އެހީތެރި ނުވުމުން ފިޔަވަޅު އަޅާފާނެތީ ބިރުން

 14. ފަތިސްނަމާދުގެ ސުންނަތްނަމާދު ނިންމާފަތިސްނަމާދު ކުރުމުގެ ކުރިން ކޮންމެ ދުވަހަކު (41 ދުވަސް ހަމަވަންދެން) އިހްލާސް ސޫރަތް 11 ފަހަރު ކިޔާ އެކުދިން ފެނުމަށް އެދި ދުއާކުރަން އެދެއާއިލާއަށްވެސް އިލްތިމާސްކުރަން. ޢިންށާ ﷲ ފެންނާނެ. މިއީ އަޅުގަނޑުވެސް ދެކިފައިވާ ދުއާއެއްގައި ވާ ބަސްފުޅެއް. ރަހުމަތްލައްވާނީ ﷲ. ކެތްތެރިކަމާއެކު މިކަންވެސް ކޮށްލައިން ބަލާލަމާ. ﷲ ގެ ރަހުމަތުން ދެކުދިން ސަލާމަތުން ތިދެއާއިލާއަށް ލިބުމަށްއެދި ދުއާކުރަން.

 15. ފޮޓޯ ނެގި މީހާ ހުރި ހިސާބު މި ޚަބަރުގެ އެންމެ ފުރަތަމަ ޖަހާފަހުރި ފޮޓޯ އިންް ވަރަށް ސާފުކޮށް އެގޭ. އެމީހާ ހުރީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާ ފުއްޓަރު ފރާތުގަ. އެކުދިން ތިބީ ސެލްފީނެގިމީހާ ހުރި ތަނުން ހިނގާފަ ދާނަމަ ގާތްގަޑަކަށް 5 މިނަޓް އިން ދެވޭ ހިސާބު ދުރުވަ ފަރުތީގަ. ފޮޓޯ ނެގި މީހާ އަށް އެކުދިން ފެންނާނީ ކުޑަ ދޫނިތަކެއް ގެ ބޮޑުމިނުގަ. ާޚަބަރު ލިޔާ މީހުން ފުރަތަމަ ދެދުވަހު ވެސް ލިޔަމުން ދިޔައީ ހިތަދޫ ކޯއްޓޭ ސަރަހައްދަށް މޫދަށް ދިޔަ 3 ކުދިންގެ ތެރެއިން 2ކުދިން ގެއްލުނު ވާހަކަ. ފަހުން ލިޔަން ފެށީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާ މޫދަށް އެރިއުޅުނު ކުދިން ކަމަށް. ޙަޤީޤަތަކީ އެދެގޮތް ވެސް ރަނގަޅުނޫންކަން. މީގަ ފޮޓޯނެގި މީހާ ހުރީ ހޮސްޕިޓަލާދިމާލަށް ފުއްޓަރު ފަރާތު. ހުރަހަށް ވާގޮތަށް ހުރެ ފޮޓޯ ނެގީމަ ވަރަށް ދުރުގަ ތިބި ކުދިން ފޮޓޯއަށް އަރާފަހުރީ .

 16. އާއިލާއަށް އިތުރު ހިތާމައެއް ތިފަދަ އާޓިކަލްތަކުން ލިބޭނީ. ވަރަށް ބޮޑަށް އެދެން ތި އާޓިކަލް މެއިން ޕޭޖްގެ އެންމެ ކުރިއަށް ނުލުމަށް ނުވަތަ ނަގަން.

 17. ތިބިދޭސީ މީހާގެ ވާހަކަ ތަކުން އެބިދޭސީ މީހާ މަންޒަރު ފެނި އިހުމާޅު ވެފަ ވާކަން ފާހގަ ވޭ

 18. އައްޑޫ ކަޅިބިއް

  އަހަރެންމީ އައްޑޫ ހިތަދޫ ކަޅިބިތަށް (ފުއްޓަރު ފަރާތަށް) ވަރަށް ގިނައިން މަސްބާނަށްދާ މީހަކީމުއެވެ. އަހަރެން މަހަށް ގޮސް ހަދަނީ ކަނޑުކައިރު ރާޅު ބިންނަ ސަރަޙައްދަށެވެ. ކަޑާއި ވަރަށް ކައިރިން މަސް ބާނާ އުޅެމެވެ. އެތަނުގެ ހަޤީޤަތް މިހާ ގިނަދުވަސް ވީއިރުވެސް އަހަންނަކަށް ނޭގުނެވެ. އެތަނުގެ ރާޅުތަށް ހުންނަނީ އެކި ފަހަރު އެކި ގޮތްގޮތަށެވެ. ވަރަށް ބޮޑަށް ދިޔަވަރު ހިކިއްޔާ ނޫނީ އަހަރެން އެތަނަކަށް ނުދަމެވެ. އަދި އެކަނިވެސް ދާކަށް ނުކެރެއެވެ. އަހަރެން އާންމުކޮށް އެތަނަށް މަހަށްދަނީ އައްޑޫގައި ހިތަދޫގައި އުޅޭ ވަރަށް ތަޖުރިބާހުރި ވަރަށް މޮޅު ކުޑައިރުން ސުރެން ފެށިގެން މޫދުގައި އާއި އަދި ވަލުތެރޭގައި އުޅެ ބޮޑުވެފައިވާ މީހެއްކަމަށް ހިތަދޫ މީހުން އެއްބަސްވާ މީހަކާއި އެކުގައެވެ.
  އެމީހާ އަހަރެންނަށް ދީފައިވާ ނަސޭޙަތް:
  1. ނަމަ ނަމަ އެކަނި އެތަނަށް ނުދާތި
  2. އެތަނަށް ދަންޏާ ހަރެންގެ ގާތުގައި ބުނެފައި ނޫނީ އެހެން މީހަކާއި އެކުގައި ވެސް ނުދާތި (އެމީހާ މިހެން ބުނި)
  3. ނަމަ ނަމަ ފަރުކައިރީގައި ހުންނަ އޮއިވަރު ދަމާ ކޯރުތަކާއި (އޮޅި) 50 ފޫޓު ކައިރި ނުވާތި.
  4. އެއްވެސް މީހަކަށް ތިޔަ ތަނުގެ ހަޤީޤަތް ނޭނގޭނެ
  5. ގޮހޮރު ފަދަ ތަކެތި ހިފައިގެން ގޮސް އެތަނަށް ލޭގެ އަސަރު ކުރުވާނެ އެއްވެސް ކަމެއް ނުކުރާތި.

  އަދި މިނޫނަސް އެތަށް ވާހަކަ އެއް ބުނެފައިވޭ، މީ މިވަގުތު އަހަރެންގެ ހަނދާނުގައި ހުރި ވާހަކަތަށް.
  ޝުކުރިއްޔާ

 19. ރަށަށްދޭބަލަ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން އަދިވެސް ވިސްނަން ނުވޭތޭ ތަމެން ދޭ ބަލަ ރަށަށް ގޮސް އެންމެންނަށް ރަނގަޅަށް ފަތަން ދަސްކޮށްދީ އަދި އެމެން ސޭފްޓީ އަށް ކަމޭ ހިތާނެ ގޮތް ދަސް ކޮށްދީބަލަ އަގެއް ކިޔައިގެން ނަމަވެސް އިނގޭތޭ. ދަގަ ދަގަ ދަގަ ދެން ރަށަށް. ރަށަށް ދޭބަލަ ދެން.

 20. ބަލަ ފޮޓޯ އިކީ އެޑިޓް ކުރެވޭ އެއްޗެއް ??

 21. ބިރުވެރި ހާދިސާއެއް