ކޮވިޑް-19 ރާއްޖެ ވަށައިގެން ޠޫފާނެއްހެން އެނބުރެމުންދާ ކަމަށް ވިދާޅުވެ ބަލި ރާއްޖޭގައި ވެސް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް މިރޭ ވެސް ދެއްވައިފިއެވެ.

މަބްރޫކް މިއިންޒާރު ދެއްވީ ރާއްޖެ އިން ކޮވިޑް-19 ޖެހުނު ދިވެއްސަކު މިއަދު ރަނގަޅު ވުމާއި އަދި ކާފިއު ހިންގުން މިހާރު ހުއްޓާލުމާއި ގުޅިގެން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. މަބްރޫކް ވިދާޅުވީ މިއީ ނުރައްކާ ކުޑަކަމަށް ދެކިގެންވާނެ ވަގުތެއް ނޫންކަމަށާއި ކާފިއުގެ އުވާލާފައިވަނީ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ކުޑަވެގެން ނޫންކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެއްވެސް މިންވަރަކަށް ކުޑަނޫންކަން ފާހަގަ ކުރައްވާ މަބްރޫކް މިސާލު ދެއްކެވީ އަދަދު ތަކުންނެވެ. މަބްރޫކް ވިދާޅުވީ މިހާރު ބަލި ޖެހުނު މީހުންގެ އަދަދު 1.8 މިލިއަނަށް އަރައި އަދި މަރުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް ގޮސްފައި ވުމުން ބަލީގެ ނުރައްކާތެރިކަން އެބައެނގޭ ކަމަށެވެ.

"މިބަލިން އަރައިގަނެވިއްޖެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ނިންމިއްޖެއްއާ އެއަށްވުރެ ގޯސްކަމެއް އަޅުގަނޑުމެންނަށް ނުކުރެވޭނެ. މިކަމުގައި އަމަލުކުރަމުންދާ ގޮތް ޤައުމެއްގެ ގޮތުގައި، ރައްޔިތެއްގެ ގޮތުގައި ބަދަލުނުކުން، އަދި ވީހާވެސް ބޮޑަށް މިކަމުން ސަމާލުވެ ކުރިއަށްއޮތް ދުވަސްދުވަހުގައިި މަސައްކަތްކުރުން މުހިއްމު. މާހިރުން ވިދާޅުވަނީ މިބަލި އަދި އެތައް މަހަކަށް އުޅޭނެކަމަށް. އަޅުގަނޑުމެން އާދަވާން އެބަޖެހޭ އާގޮތަކަށް ދިރިއުޅެ، އާކަންކަމަށް ސަމާލުވާން." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކުގައި ކަރަންޓީން ވެފައި ތިބުމަށްފަހު އެނބުރި ރަށަށްދާ މީހުންނާއި އައިސޮލޭޓްވެފައި އެނބުރި ރަށަށްދާ މީހުންނާއި މެދު ބައެއް މީހުން ތަފާތުކުރިން ގެންގުޅޭކަން ފާހަގަކޮށް މަބްރޫކް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެންނަށް އެބައިވޭ ހިތާމަވެރި ވާހަކަތައް، ރަށްރަށަށް އެމީހުން ނާރުވާ، އެއީ ބަލިބައެއްކަމަށް ބަލައިގެން ދިމާވާން ބޭނުންނުވާ ދަށުދަރަޖައިގެ ބައެއްގެގޮތުގައި އެމީހުންނާދޭތެރޭ ކަންތައްކުރާކަހަލަ ވާހަކަތައް. މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް އެނގޭނީ އަޅުގަނޑުމެންގެ އަސްލު ގޮތާއި، މުޖުތަމައެއްގެ ގޮތުގައި އަސްލު ސިފަ" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކުރާ މީހުން ދޫކޮށްލުމުން އެމީހުންނާއި މެދު ތަފާތު ކުރުން ގެންގުޅޭތީ މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙައްވަ

  ތިހާވަރުގަދަ ތޫފާނެއް އުޅެއިރު އަހަރެމެނގެ ލޯބިވާ ދަރިންގެނެްސް ދީބަލަ.އެކުދިން ތިބީ ޕާކިސްތާން ގަ ނާދެވިފަ.

 2. ބްރޯ

  ބޭރުން މީހުން އެތެރެ ނުވާނަމަ ނުރައްކަލެއް އޮތްކަމަކަށް ގަބޫލެއްނުކުރަން .އަމިއްލަޔަށް އުދުހިފަ 417 މޭލަށް ވައިރަސް ދަތުރުކުރާކަމުގެ މައުލޫމާތެއް އަދިނުލިބޭ. ވިމާ ނުރައްކާ އޮތީ އެތެރވަމީހުންގެ ކަރަންޓީނުގެ ހާލަތު ބެލެހެއްޓޭގޮތުގެ މައްޗަށް . މިއަދު ޕޮޒިޓިވް ވި މީހާ އާބެހޭ އެއްވެސް މައުލޫމާތެއްނެތް ހޯދާފައެއް . މިއަދު އޭނަ ޕޮޒިޓިވް ވީމާ އދި ކިރިޔާ ކޮންޓެކްޓް ވިމީހުންބަލަނީ މިހާރުބަލާއިރު ކޮންޓެކްތްވިމީހަކަށް ބަލިޖެހިފަވާނަމަ އެމިހާގެފަރާތުން އެހެންބަޔަކަށް ބަލިޖެހުމުގެ ފުރުސަތު އެބައޮތް މިބަލީގެ ނުރައްކާތެރިކަމަކީ އެއީ ކަރަންޓީނު ކުރެވޭމީހާ އާ ބައްދަލުވަމީހުން ކުރިން ސަމާލު ވާންޖެހޭނެ.

 3. ޢާދޭސް

  ހިތްހެޔޮވެގެން ދިވެހިން މިޤައުމަށް ގެންނަން ތިކުރާމަސައްކަތުން ހީވަނީ މިޤައުމަށް ބަލި ނުގެނެވިގެން އުޅޭހެން ، އެހެންތާވާނީ މިބަލިމަޑުކަން ގޮއްސިއްޔާ މަބްރޫކުމެންގެ ތި ކޮންފަރެންސްތައް ހުއްޓި މަޤާމް ގެއްލިދާނެ ވިއްޔާ

 4. ޙަސަނާ

  އަހުރެން ހަމަ އަޖައިބުވެ އަންތަރީސް މި ނިއުސްކޮންފަރެންސް އައް އަރާމީހުން ﷲ މަތިންހަދުމަކުރަން ބޭނުންނުވާތީ އަބަދުވެސް ސަރުކާރުން އަޅާފައޮތްހަރޔދަނާފިޔަވަޅައްބޯލަބަންބުނަނީ ކީއްވެތޯ ނުބުނަނީ ސާފުތާހިރުވެގެން ނަމާދުކޮއް ﷲ ގެ ހަޒުރަތުގަ ދުއާ ކޮއް ހެޔޮއަމަލުގިނަކުރަން ރައީސް އޮފީހުގަ ފުނިޖެހިފަ ތިބީ އިސްލާމްދީނައް ފޫހިވެފަތިބި މީހުން ވީމަ އަނެއްކާމަބުރޫކު މީ ވެސް ބާ؟؟؟؟