ޖޭޑަބްލިއު ރިސޯޓުން މޫދަށް ފުންމާލި މުދިމު ހޯދުމަށް އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ އަށް އުފަން އުމުރުން 30 އަހަރުގެ މީހެއް ކަމަށާއި، އޭނާ އަކީ އެ ރިސޯޓު މިސްކިތުގެ މުދިމުގެ މަގާމް އަދާކުރަމުން އައި މީހެއް ކަމަށެވެ. އެމީހާ ގެއްލުނުތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެއެވެ.

ރިސޯޓަކުން މޫދަށް ފުންމާލި މީހާ އަދިވެސް ނުފެނޭ

އެމްއެންޑީއެފުން ވަނީ އެމީހާ ގެއްލުނު ކަމަށް ބެލެވޭ ހިސާބުގެ ބޮޑު ސަރަހައްދެއް ބަލައިފައެވެ.

އެމީހާގެ އެއްވެސް ހަބެއް ނުވުމާ ގުޅިގެން އާންމުންގެ ތެރެއިން އޭނާއާ ގުޅޭ މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ، ލަސްނުކޮށް އެމްއެންޑީއެފަށް އެންގުމަށް އެ ތަނުން ވަނީ އެދިފައެވެ. އަދި ދަތުރު ކުރާ މީހުން އަދި ރަށްރަށުގައި ދިރިއުޅެމުން އަންނަ މީހުން އެމީހާ ހޯދަން މަސައްކަތްކޮށް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ރިސޯޓުން މޫދަށް ފުންމާލިމީހާ އަދިވެސް ނުފެނޭ - އެމްއެންޑީއެފް

ސީސީޓީވީ ފޮޓޭޖްތަކުން ފެންނަ ގޮތުގައި ފޯނެއްގައި ހުރެފައި ގޮސް އޭނާ ފުންމާލައިފައި ވަނީ ސަޕްލައި ޖެޓީ އިން މޫދަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު