ފިހާރައަކަށް ވަދެ ކައުންޓަރު ކައިރި އަށް ޖެހިލި އިރު، ކޭޝިއަރު ފޯނުން ދެއްކީ ފޮޓޯއެކެވެ. ބެލެވޭ ގޮތުގައި އެއީ މާލެ އިން ކޮވިޑް-19 އަށް ފައްސިވި ކަމަށް ބެލެވޭ އަންހެން މީހާގެ ފޮޓޯއެވެ. އެމީހާއާ ޖެހިގެން ހުރި ކޭޝިއަރު ކައިރީގައި މިއީ ނަރުހެއްތޯ ސުވާލުކުރިއެވެ. ޖަވާބުގައި އެމީހާ ބުނީ މީގެދުވަސް ކޮޅެއް ކުރިން، އެމީހާ މި ފިހާރައަށް އައި ވާހަކައެވެ. އަދި އެމީހާއާ އެތައް ބަޔަކު ބައްދަލުވެފައިވާނެ ކަމަށް ވެސް އެ ކޭޝިއަރު ބުންޏެވެ.

މާލެ އިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ބިރުވެރިކަމާއި ހާސްކަން އުފެދިފައެވެ. މިވަގުތު ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެ މަންޒަރެވެ. މާލޭގެ އިއްޒުއްދީން ފާލަން ކައިރީގައި ބައެއް މީހުން ފޮށި ތަންމަތި ހިފައިގެން ފުރަން ގޮހެވެ. އަނެއް ބަޔަކު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ފުރަނީއެވެ. ބައެއް މީހުން އާއިލާތައް ވެސް ގޮވައިގެންނެވެ. މި ބަލިން ސަލާމަތްވާނެ ކަމުގެ އުންމީދާއި ޔަގީންކަން އޮތް ކަމަށް ބުނެއެވެ.

އެސްޓޯއޫ ބޭރުގައި މީހުން ކިއުގައި ޖެހިފައި: ފޮޓޯ ވަގުތު

ސްކޫލްތަކާއި ގިނަ އޮފީސްތައް ބަންދުކޮށްފައިވުމާ އެކު، އެތައް ބަޔަކު ދަނީ ފޮށިތަންމަތި ތައްޔާރުކޮށް ފުރޭނެ ގޮތެއް އޮތްތޯ ބަލަމުންނެވެ. އަނެއް ބަޔަކު ކާބޯތަކެތި ގަނެގެން ގެއަށް ވެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ބޮޑެތި ސުޕަ މާކެޓުތައް އޮތީ މީހުންނައިގެން ތޮއްޖެހިފައެވެ. ދިގު ކިއުތަކެއް ވަނީ ހަދައިފައެވެ.

ކޮންމެ މީހަކު ވެސް ބަލަނީ އެންމެ ކުރިން ކާބޯތަކެތި ގެއަށް ވެއްދޭތޯއެވެ! އަނެއް ބަޔަކު ވީހާވެސް އަވަހަށް މާލެ އިން ފޭބޭތޯއެވެ!

ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ސުޕަ މާކެޓުތައް އޮތީ ތޮއްޖެހިފައެވެ. އަންނައުނުކޮޅު ހިފައިގެން ބައެއް މީހުން ފާލަން ކައިރީގައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މިގޮތަށް ފުރަން ގޮސް ތިބި އިރު، އިޖްތިމާއީ ގައިދުރުވުމެއް ނެތި، މީހުން ތިބީ ތޮއްޖެހިފައެވެ. ފިހާރަތައް ވެސް ހަމަ އެ ހާލަތުގައެވެ. އެތައް ބަޔަކު މާލެ އިން ފޭބޭނެ "ދޮރެއް" އޮތް ނަމަ، އެ ފުރުސަތު ހޯދަން ވެސް ނުކުމެއްޖެއެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައި ނުވާ މީހަކު، ކޮވިޑް-19 އަށް ފައްސިވި ހިސާބުން ދިވެހިން "ތެޅިގެންފި"އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމެއް ނެތި، ގަނޑުކޮށް ގެއަށް ކާބޯތަކެތިވެސް ގަންނަމުން އެބަދެއެވެ.

މީހުން ގިނައިން އެއްވެ އުޅުމަކީ މި ދަނޑިވަޅުގައި ހެދޭނެ އެންމެ ބޮޑު ގޯހެވެ. އެގޮތަށް ކަންކަން ނުކުރުމަށް އެޗްޕީއޭ އިން އޮތީ މާ ކުރިން ލަފާ ދީފައެވެ. އެތައް ފަހަރަކު ތަކުރާރުކޮށް ނަސޭހަތްތެރިވެއްޖެއެވެ. މިގޮތަށް މީހުން އެއްވުމަކީ އެއީ، ބަލި އިތުރަށް ފެތުރެން މަގުފަހިވާނެ ކަމެކެވެ.

މި ދަނޑިވަޅުގައި ގޭގައި ތިބުމަކީ ބަލި ޖެހުން ދުރުވާނެ ކަމެކެވެ. ބަލި ޖެހުނު މީހާއާ ބައްދަލުވި މީހުން ހޯދުމަށް ވެސް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ކުރިން ވިދާޅުވީ ދިވެހިންގެ އާދަތަކުގެ ތެރޭގައި ގައިދުރު ކުރުން ހަރުނުލައިފި ނަމަ، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ވެންޓިލޭޓަރު ބޭނުންވާ މީހާ އޮންނަން ޖެހޭނީ ވެންޓިލޭޓަރެއް ނުލިބި މަގުމަތީގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 އެއްފަހަރާ ގިނަ މީހުންނަށް ޖެހިޔަ ނުދިނުމަށް ގައިދުރު ކުރުން މުހިއްމު ކަމަށެވެ.

އެކަން ނުކޮށް، މި ބައްޔަކީ އާދައިގެ ކަމަކަށް ބަލައި ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ހާލަތެއްގައި އެންމެންނަށް ފަރުވާ ދިނުމަކީ އުނދަގޫ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރާއްޖޭގައި އިންތިޒާމުތައް އެބަހުރިތޯ ރާއްޖެ އަށް ކޮމިއުނިޓީ ސްޕްރެޑެއް އައިސްފިއްޔާ އެންމެންނަށް ކޭޓާ ކުރެވޭ ވަރުގެ؟ އެ ސުވާލުގެ ޖަވާބަކީ ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ގައިދުރު ކުރެވެނީ؟ ހަމަ އޭގެ ޖަވާބަކީ، މާނައަކީ އަޅުގަނޑުމެން ގައިދުރު ނުކުރެވިއްޖެއްޔާ ވެންޓިލޭޓަރު ބޭނުންވާ މީހުން އޮންނާނެ ވެންޓިލޭޓަރު ނުލިބި މަގުމަތީގައި،" ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަބްރޫކް ވިދާޅުވިއެވެ.

މާލެއިން މި ބަލި ޖެހުނު މީހަކު ފެނިފައި މިވަނީ މުޖުތަމައުގައި ބަލި އޮތްތޯ ދެނެގަތުމަށް ސަވައިލަންސް ހަރަކާތެއް އެޗްޕީއޭއިން ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް ގޮސްފި ނަމަ ވެދާނެ ގޮތުގެ އަންދާޒާ ރިޕޯޓުން އެނގޭގޮތުގައި ސޯޝަލް ޑިސްޓެންސިން ނުވަތަ ގައިދުރުކުރުން ފަރިތަނުކޮށްފި 337،682 (ތިންލައްކަ ތިރީސް ހަތްހާސް ހަ ސަތޭކަ އަށްޑިހަ ދޭއް) މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ. ގައިދުރުނުކުރާ ނަމަ އެއްވެސް ފިޔަވަޅެއް ނޭޅިއްޖެ ހާލަތުގައި 9000 އަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

އެހެންކަމުން ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލެނބުން މި ދަނޑިވަޅުގައި ކުރިއަށް ވުރެ ބޮޑަށް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދޮގެއް؟

  މާލެ އިން ބައެއް މީހުން ފުރަނީ، އަނެއް ބަޔަކު ފިހާރަތަކަށް، އެއީ ގޯހެއް! މާބޮޑަށްވެސް ގޯސް
  ހަމަ އެހެންމެ ސަރުކާރުގެ އިހުމާލު ވަރަށްވެސް ބޮޑު. ސިއްހީ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރަން ނުޖެހޭ އިސްތިސްނާ ބަޔަކު ތިބެގެން ހުރިހާ ކަމެއް ގޯހުންގޯހަށް މިދިޔައީ.

  36
  2
  • އެމްޑީޕީ ބުރޯ

   ކަލޯ މިކަމުގަ ސަރުކާރު ގޯސްނުކޮށްބަލަ! ކޮބާތަ އަމިއްލަ ފަރުދީ ޒިންމާ؟ މިއުޅޭ ރާއްޖެތެރޭ ކުޅަނދުހަމަނުވާ މޮޔައިންނެއް ބަޔަކުނަސޭހަތެއް ދިނަސް ގަބޫލެއްނުކުރޭ! ސަރުކާރުން އެބަބުނޭ ގެއިން ނުނިކުމެ ތިބޭށޭ ހަމަ ބުނާއިރަށް ގެއިންބޭރަށް އެބަ ދުއްވައިގަނޭ! މިހާރު މާލެ ލޮކްޑައުންނޭ ބުނާއިރަށް ދޯނިދޯންޏަށް އަރައިގެން އެ ނައްޓާލަނީ ރަށްރަށަށް! މިމީހުންނަކަށްނޭނގޭ ފުރައިގެން ދާއިރުގަ މިމީހުންގެ އެހީގައި ކޮވިޑް ވައިރަސް ރަށްރަށަށް ދަތުރުކުރާނެކަމެއް! އަމިއްލަ އަތުން އަމިއްލަ އާއިއިލާ ނުރަށްކަލުގެ ތެރެއަށް ވަށްޓާލެވޭއިރުގަ ރޭކާވެސްނުލާވިއްޔަ!

 2. ދދދދދދ

  އޮފީސްތައް ބަންދީ ނަމަކަށް. ސަރުކާރުގެ ބަހާ އަމަލު ދިމާނުވޭ.

  41
  1
 3. އަޖައިބު

  މާލެއިން ފުރައިގެން ރަށަށް ދިއުން ގޯސް. ބޭރުގައުމުތަކުން ގެނެސް ވާވަރަށް އެޅިއިރު ގޯހެއްނޫން.

  45
  2
 4. ކިރު ގަރުދިޔަ

  ސާވޭއެއްހަދާފަ އޭގެނަތީޖާތަޢްހާމަ ކޮށްފަ ފިޔަވަޅު ނާޅާތިބެ ދެން ކޮން ހާސަރެއްތޯ މިގޮވަނީ؟ އެދޫ މިދޫ ވުން ހުއްޓުވާނުލާ ދެން ކޮންބަހަނާއެއްތޯ؟ ޥަގުތާ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ މީހުން އެބުރިގަންނަނީ ބިރުން ބޮމަރެއްހެން! ހުރިހާ ކަމަކަށްވުރެ ރައްޔިތުންގެ ފުރާނަ ނޫންބާ މުހިއްމީ! ގާކޮޅުގައިގާ ދުރޭ ކިޔާލަ ކިޔާލަ ތިބޭ!

  21
 5. ނަގަލު

  ފިހާރަތައް ބަންދުކޮށް އެންމެން ގެޔަށް ފޮނުވާ! ގޭގަ ހުރި އެއްޗަކުން ކައިގެން ބޮއިގެން އުޅޭ! ޑެލިވަރީކޮށްދޭނެޔޭ އެގޮވަނީ! އަޑުއިވޭތަ އެބަ!

  25
  • ދދދދދ

   އަޑުއިވޭ. އިތުބާރެއް ނެތް. މިހާތަނަށް ދެއްކީ ހުސް ހޮޅި ވާހަކަ. ކަނޑަނީ ހުސް ފޮނި. ސީރިއަސް ކަމެއް ނެތް.

 6. އެހެނަސް

  މާލޭގައި އޮފީސްތައްބަންދުކުރާއިރައް ދައިންގޮވައިގެން ޗުއްޓީހަށައް ރައްތައް ދިވިހެނިްދިޔައީ އޭގެ ނަތީޖާ މިފެންނަނީ.

  12
  • .......

   ތިހެންވެއޭ މިބުނަނީ ބަހާ އަމަލާ ދިމާ ނުވެއޭ. މިދިޔަ ދުވަސްތަކުގަ ނުހުޅުވާ ހުރީ ކިތައް އޮފީސްތޯ ދިޔައީ ކޮންމެހެން ނުގޮސް ވާން ނެތް މީހުންތޯ ބެލިނަމަ ތިހެނެއް ނުބުނީސް. އޮފީސް ބަންދީ އެބުނާހެން ހަމަ ނަމަކަށް.