މާލެ އިން ލ.ކައްދޫއަަށް ދަތުރު ކުރި މޯލްޑިވިއަންގެ ފްލައިޓެއް ކައްދުއަށް ނުޖައްސާ މާލެއަށް ޑައިވާޓްކޮށްފިއެވެ.

މި ފްލައިޓް ޑައިވާޓް ކުރީ ކީއްވެގެން ކަން އަދި ސާފެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މި ފްލައިޓު މިހާރު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އަދި އެ ބޯޓުގައި މީހުން ތިބޭތާ އެއް ގަޑިއިރު ފަހުން ބޯޓުން މީހުން ވަނީ ބާލައިފައެވެ.

ބޯޓުން ފަސެންޖަރުން ފޭބި އެއްވެސް ސަބަބެއް އެމީހުންނަށް ވެސް ނާންގާ ކަމަށްވެއެވެ.

އަދި މިކަމުގައި މޯލްޑިވިއަންގެ ބަހެއްވެސް އަދި ނުލިބެއެވެ.

ރާއްޖެ އިން މިހާތަނަށް 21 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނެއެވެ. އެންމެ ފަހުން ރާއްޖެ އިން މި ބައްޔަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.

މާލެ އިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ ވަނީ ފުރަބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު