މާލެ އިން ދެވަނަ އަށް ކޮވިޑް-19 އަށް ފައްސިވީ ތުއްތު ކުއްޖެއްކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި މިރޭ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެއަހަރުގެ ކުއްޖެކެވެ. އެއީ މިއަދު ހެނދުނު ކޮވިޑް-19 ޖެހުނުކަން ކަށަވަރުވި މީހާގެ ދަރިފުޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް މިކަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަށަވަރު ކޮށެއް ނުދެއެވެ. އެޗްޕީއޭ އިން ހަމައެކަނި ވިދާޅުވީ މިރޭ ކޮވިޑް-19 އަށް ފައްސިވީ މިއަދު ފައްސިވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.

މާލެ އިން ކޮވިޑް-19 ދެމީހަކަށް ޖެހުނުކަން މިހާރު މިވަނީ ކަށަވަރު ވެފައެވެ. އަދި ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ 22 އަށް އަރާފައެވެ.

މާލޭގައި އެކަކު ގައިން އަނެކަކު ގަޔަށް ކޮވިޑް-19 ފެތުރެން ފަށައިފިކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އޭނާގެ ގައިން އިތުރު މީހަކަށް އަނެއްކާ ބަލި ޖެހުނު ކަން ކަށަވަރު ވުމުން ރާއްޖޭގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައި ނެތް، އަދި ބަލި ޖެހިފައި ހުރި މީހަކާއި ބައްދަލުވެފައި ހުރިކަން ވެސް ނޭނގޭ މީހަކަށް ކޮވިޑް-19 ޖެހުމަކީ ލޯކަލް ޓްރާންސްމިޝަންއެކެވެ. ލޯކަލް ޓްރާންސްމިޝަންއެއް ހިނގާފައި ވާތީ މިހާރު މާލެއަށް ވަނީ ރެޑް އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. މަޒީން..

  ޝިފާކައްﷲ..

  231
  1
  • ކަހުރަބު

   ކަލޭ މިހާތަނަށް މިތާ ލިއުނީ އަލްހަމްދު.

 2. ރިޒޯޓު މުއްޒަފު

  މާލެ ތެރޭގަވީ ހުރިހާ ރިޒޯޓެއްގެ މުއައްޒަފުން، އަދިކަރަންޓީނު ނުކޮށް ދޫކުރެވިފަވާ ބައެއް!

  15
  1
 3. އެމްޑީޕީ ބުރޯ

  މިއަދު ލޮކްޑައުން ކުރަންއުޅޭކަމުގެ އަޑުތައް ފެތުރުމާއިއެކު މާލެއިން ފުރައިގެން ރަށްރަށްށް ދިޔަމީހުންގެ ތެރޭގަވެސް ތިބަލިހުރިމީހުން ވުމާކީ ވަރަށް އެކަށީގެންވާކަމެއް! ރަށްރަށަށް ތިބަލި ފެތުރިއްޖިޔާމުން އެކަށީގެންވާ ފަރުވާނުލިބި އެތަކެއް ހާސް ބަޔަކު މަރާއި ހަގުރާމަ ކުރަންޖެހުމަކީ ވަރަށް ގާތްކަމެއް! ދިވެހިންގެ ނުވިިސްނޭކަމުން އެބައެއްގެ އަމިއްލަ އާއިލާ އަމިއްލަ އަތުން ނުރައްކަލުގެ ތެރެއަށް އެއްލާލަނީ ! ހިތާމައިގެ ކޮޅެއްވެސްނެތް!

  37
  1
 4. އައިޝް

  މަންމައަށާއި ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން!

  55
 5. އަހުމަދު

  ނަޝީދުގެ ދުލުގެ ސުންޕާކަން!

  30
  4
 6. އިމާމް

  شفاك الله شفاك الله شفاك الله

  33
  1
 7. ޢަލީ

  ޔާ الله އެކުއްޖާ އަށް އަވަސް ޝިފާއެއް ދެއްވާދޭ

  56
  2
 8. އަދާލަތު

  މމމމ. ކާރނޭޝަން މަގާއި، ޝާރިޢުވަރުދީ އާއި، ގުޅިފައިވާ މަގުތަކާއި، ގޯޅިތަކުގައި ބަނގުލަދޭޝް މީހުންނަކަށް، ލޮކް ޑައުން އެއް ނުވޭ. މި ސަޙައްދުގެ ތެރޭގައި، އެ މީހުންގެ މީހުން ހަދައިގެން އުޅޭ ހާލިތަކުގައި މަތި މައްޗަށް ފުނިޖެހިފައި އެ އޮތީ، ވައްޓެއްގައި ކަނޑޫ ޖަހާފައި އޮތްހެން އެ މީހުން. ޚާއްޞަކޮށް ޗިޅިޔާޖެހިގޭ ގޯޅި ގަނޑާއި، މޫން ޑްރޮޕްސް 3 ބައި.

  10
  1
 9. ސަހު

  ސުބުޙާނަﷲ ??
  2 މައިންނައް އަވަސް ސިފާއެއްދެއްވާށި

  40
 10. ޢަލީ

  ދެންވެސް ގޭގައި ތިއްބަވާ

  24
 11. އަސްލަމު ހަސަނު،،

  ތިދައްކާވާހަކަ އަދި ރަގަޅެއް ނޫން ކޮއްމެވެސް ދިމާލަކުން އޭނަގަޔަށް ވައިރެސް އައިސްފަ ވާތީ އޭނަގައިން ވައިރެސްގެ އަސަރު ފެންނާނީ،،އަދި ރަގަޅަށް ބަލާ ހޯދާަ

  22
  1
 12. ކޮތަރު

  ޔާﷲ. އެދެމައިންނަށް އަވަސް ޝިފާއެއް ދެއްވަވާ، އަދި އިތުރަށް މާލޭގައާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި މިބަލި ނުފަތުރުއްވަވާ ފާނދޭވެ. އަދި މިއުއްމަތުގެ މީސްތަކުންނާއި އެއްމެހައި އިންސާނުން މި ނުރައްކާތެރި ވަބާއިން ނަޖާކުރައްވަވާފާނދޭވެ. އާމީން.

  57
  1
 13. މަރީ

  ރައްޔިތުން ގޮވަގޮވާ އޮއްވާ ހަމަ އެތައްމިތަނުން ގެނެސް އެތެރެކުރީމަ ވީގޮތް މިއީ. މިހެން ވެދާނެތީ ބުނީ ތޮއްޖެހިގެން މީސްކޮޅު އުޅޭ ތަނެކޭމީ ތިބިބަޔަކު ތިބިތާކު މަޑުކުރަން

  36
  2
 14. ޓައްޕު

  ﷲގެ ނަބިއްޔާ އައްޔޫބު އަލައިހިއްސަލާމް ވެސް ނުރައްކާތެރި ވޭން ހުރި ބައްޔެއްގައި އުޅުއްވިއެވެ ބަލިވާމީހުންނަށް ހިތްގޯސް ކޮށްބުލީ ކޮށް ފޮޓޯ އާއްމު ކޮށް ހެދުމަކީ ފެންވަރު ދަށްދަށުދަރަޖައިގެ ކަމެކެވެ ﷲއަށް ވަކީލުކޮށް ރަހުމަތްލައްވާތޯ ދަންނަވާށެވެ ﷲހެއްދެވި ކޮންމެ އެއްޗެއް އެކަލާންގެ އަށް ތަސްބީހަ ދަންނަވ އެވެތިބާވެސް ﷲއަށް ހެދުނާ ހަވީރު ތަސްބީހަ ދަންނަވާ ރަހުމަތްލެއްވުމަށާ ފާފަފުއްސެވުމަށް އެދޭށެވެ

  • ކަހެރުވައް

   އައްޔޫބު އެއީ މުސްލިމެއްތަ؟

 15. ޖަހަންތީރު

  އެދެމައިންނަށް ދެނީ ސައުދީން ގެނައި ޒަމްޒަމްތަ ނޫނީ އިޒްރޭލުން އުފެއްދި ކުއިނިންތަ؟