މާލެ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ފައްސިވި 13 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކު ކަމަށެވެ.
އެހެންކަމުން މިހާރު ހަމައެކަނި މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ. އަދި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ވަނީ 82 އަށް އަރާފައެވެ.
މިއަދު ފައްސިވި އެންމެން ވެސް ވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ކުރެވިފައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ހާލަތު ވަނީ ނުރައްކާ ވެފައެވެ. އޭޕްރީލް 16 ވަނަ ދުވަހު އިތުރު އެކަކު ފައްސިވިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ރިޕޯޓް ކުރަމުން އަންނަ ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ނަމަވެސް އާދީއްތަ ދުވަހު ފައްސިވި މީހުންނަށް ވުރެ އިއްޔެ ފައްސިވި މީހުންގެ އަދަދު މަދެވެ. އާދީއްތަ ދުވަހު 17 މީހަކު ފައްސިވިއިރު އިއްޔެ ފައްސިވެފައި ވަނީ 15 މީހުންނެވެ. ރޭ މެންދަމު ވެސް ދެމީހަކު ފައްސިވެފައި ވާތީ މިއަދު ފައްސިވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 15 އަށް އަރާފައެވެ.
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު މާލޭގައި އިތުރުވަމުން ދިޔަ ނަމަވެސް އެޗްޕީއޭ އިން ލަފާކުރައްވާ ގޮތުގައި މިހާރު ފާހަގަ ކުރެވެމުންދާ ކޭސްތަކަކީ ކުރިން ބަލި ޖެހި އަދި ބަލި ޖެހުނު މީހުންނާއި ބައްދަލުވުމުގެ ސަބަބުން ބަލި ޖެހިފައިވާ މީހުންނެވެ. މިހާތަނަށް މާލެ އިން ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން ފާހަގަ ކުރެވިފައި ވަނީ ވެސް ކޮންޓެކްޓް ޓްރޭސް ކުރެވި، ކްލޯސް ކޮންޓެކްޓްސް ކަމަށްވާތީ ޓެސްޓް ކުރިއިރުއެވެ.
އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި މިހާރު މާލެ އަށް އިއުލާން ކޮށްފައި އޮތް 14 ދުވަހުގެ ފުރަބަންދު (ލޮކްޑައުން) މުއްދަތުގައި މާލެ އިން ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު އިތުރުވާނެއެވެ. ނަމަވެސް ދެހަފްތާއަށް ފަހު ކޭސްތަކުގެ އަދަދު މަދުވަމުން ދާނެ ކަމަށް އެޗްޕީއޭ އިން ލަފާކުރެއެވެ.
މިހާތަނަށް 38 ދިވެއްސަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.
ޔާﷲ މި ބަލިން އަޅަމެން މިންޖު ކުރައްވާށި..
ފޮޓޯ ހާމަކުރީމަނޫނީ އެމާހުންނާ ކޮންޓެކްޓް ވާމާހުން ނެއެނ ގޭނެ
ޢަހަރެމެން ފޮނުވަދޭށޭ ރަށައް ހެޔޮނުވާނެ
ޢެތާގަވެސް ކަރަންޓިންގަ ތިބެފާނަން މިތާ އެއްތާކު ތިބުމައްވުރެން
އަޅުގަނޑުމެންމިތިބީ ރަށަށްދާނެގޮތެއްނެތިފަ ރިސޯޓުގަ ބަންދުވެފަ.ރާއްޖޭގެދެކުނުގަ ދާންވީއެންމެއުތުރައް ސަރުކާރުން ކޮންމެވެސްގޮތެއްހަމަޖައްސައިދެއްވާ
މިއަދު ޖަހާލިގުގުރުމާއިއެކު ސިއްސާގެންގޮސްފަތިއްބާ މިއިވުނީ އަނެކާއިތުރު 13 މީހަކަށް ކޮވިޑް19 ޖެހުނުހިތާމަވެރިހަބަރު ޔާﷲމިގައުމާއިރައްޔިތުންސަލާކޮއްދެއްވާށި އާމީން.
ކަންބޮޑުވާންޖެހޭވަގުތު ތިބީ ނިދާފައި! ޢޭރު ދެއްކިވާހަކަތަކަށް އިޖާބަ ދިންނަމަ މިހާލަތަށް ނާންނާނެ! ކަމުގެ ކުރިޔަށް ފިޔަވަޅު އަޅަންޖެހޭނީ! މިހާރު ދައްކާނެ ވާހަކައެއްނެތް!މިތިބީ ކަނޑުވެފައި!ﷲ އަޅަމެން ސަލާމަތް ކުރައްވާށި!
ވަގުތު ނޫހުން ކޮން ފައްސި ނައްސި އެއްގަތަ ޖެހިގެން މިއުޅެނީ. މިހާރު ބޮލުގަ ތަޅާހެން ހީވަނީ.
މިތަނުން ރަށާ ހަމޔައް ދެވޭނެ ގޮތެ ހައްދަވައި ދެއްވާ.މިތަނުގަ ހާދަ ހާލެއްގަ އަނެއްކާ އެހާ ބިރުވެރި
ބަލިވި އެންމެނަށް އަވަސް ޝިފާދެއްވާ، މިބައްޔަކީ އަޅަމެން އެކަކުގައިން އަނެކަކުގެ ގަޔަށް ފެތުރުން މަނާކިރެވިގެންވާ ކަމެއްކަމުގައި ލައްވާށި
ގައިމު ކީ 100000 މީހުނައް ޖެހޭނެޔޭ.
މިސަރަހައްދުގެ ކުޑަގައުމުތަކާ ބަލާއިރު މިހާލަތަށް ދިޔައީ މިސަރުކަރުގެ ނާގާބިލުކަމާއި އިހުމާލުވެފައިވާލެއްބޮޑުކަމުން ކުރިންރައްޔިތުންނަށް ކަންކަން އޮލުވާލައި ދޮގުވާހަކަތައްދައްކަމުންދިޔަކަން ކީއްވެތޯ މާލޭގައިވާ މީހުން ޓސްޓްކުރަންނުފަށަންވީ އަދި މާލޭގެމަގުތަކާއި މުޅިމާލެ ކެމިކަލް އިސްޕްރޭކުރަންވީ މާލެއަކީ މިކަމުން ސަލާމަތްވެފައިވާ ތަނަކަށް ނުހެދެންވީވަރުގެ ބޮޑުތަމެއްނޫން އަދި ލައްކަލައްކައިން މީހުންއޮތްތަނެއްވެސް ނޫން ބޭނުންވަނީ ގާބިލުކަމާއި ކެރިގެންމަސައްކުރުން ނަމަވެސް ފެންނަނީ ނާގާބިލުކަން