ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ތ.ތިމަރަފުއްޓަށް މިއަދު ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފިއެވެ.

މެޑަމް ފާތުން މިއަދު އެރަށަށް ވަޑައިގެންނެވުމުން އެކަމަނާއަށް އެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ބަނދަރު ސަރަހައްދަށް އެއްވެއް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެކަމަނާގެ މި ދަތުރުފުޅުގެ ތެރެއިން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް އެ ރައްޔިތުންގެ ހާލު ވަނީ ބައްލަވާލައްވާފައެވެ. އަދި ރަށުގައި ތިއްބެވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ހާލު ވަނީ އޮޅުން ފިއްލުވާފައެވެ.

"އެންމެ ގާތުން" ކެމްޕޭންގެ ދަށުން މެޑަމް ފާތުން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ އަތޮޅު އަށް ރަށަކަށް އެކަމަނާ ވަޑައިގަންނަވާނެއެވެ.

ތ އަތޮޅަށް މެޑަމް ފެއްޓެވި މި ދަތުރުފުޅުގައި ވިލިފުށި އާއި ތިމަރަފުށި މަޑިފުއްޓާއި، ގުރައިދޫ އަދި ގާދިއްފުއްޓަށްވެސް ވަޑައިގެންފައިވެއެވެ. މީގެ އިތުރުން ރޭ ތ. ވޭމަންޑޫގައި މެޑަމް ބައިވެރިވެވަޑައިގަނެއްވި ހާއްސަ ޖަލްސާއެއްވެސް ވަނީ ބާއްވާފައެވެ.

މެޑަމް ފާތުން އާއެކު މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްޠަފާބެ އެވަރަށް ރައްޔިތުންނަށްޓަކައި ހޭބޯނާރާ މަސައްކަތްކުރާއިރު ނާދޭތަ މަރުޙަބާ ދަންނަވާކަށެއް!