ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލ. ކައްދޫ އަށާއި، ތ. ތިމަރަފުއްޓަށް ދަތުރު ކުރި މޯލްޑިވިއަންގެ ފްލައިޓްގައި މާލެ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ފުރަތަމަ މީހާއާ ޑައިރެކްޓްކޮށް ކޮންޓެކްޓްވި ނުވަތަ ސީދާ ދިމާވި މީހެއް އިނެވެ. އެ މައުލޫމާތު އެނގުމާއެކު، ފްލައިޓް ކައްދޫއަށް ނުޖައްސާ ވަގުތުން ވީއައިއޭއާ ދިމާލަށް ދަތުރު ފެށިއެވެ.

އެއާއެކު އެ ބޯޓު ތެރޭގައި ތިބި މީހުން ރުޅި ގަދަވެ އެގޮތް މިގޮތަށް ވާހަކަދައްކަން ފެށިއެވެ. ނަސީބުކަން ދިމާކުރި ގޮތުން އެ ފްލައިޓްގައި ޑޮކްޓަރެއް އިންއިރު، އޭނާ ނެގި އެ ފިޔަވަޅަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އެ ޑޮކްޓަރަށް ފާޑު ކިޔަމުންދާ މީހުންވެސް މަދެއް ނޫނެވެ.

އެ ބޯޓުގައި އެވަގުތު އިން ޑޮކްޓަރަކީ ޑރ. ސާރިއު އަލި ދީދީ އެވެ.

އެ ފާޑުކިޔުންތައް ހުއްޓުވާލުމަށް އެ ވަގުތު ބޯޓުގައި އިން އަންހެނަކު ވަނީ މީސް މީޑިއާ މެދުވެރިކޮށް އަސްލު ކަން ވީ ގޮތުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އޭނާ ބުނީ، އެ ބޯޓުގައި އޭނާއާއި ޓީމް މެންބަރު އިނީ ޖެހިޖެހިގެން ކަމަށެވެ. ކުއްލިއަކަށް އޭނާގެ ފަހަތުގައި އިން މީހަކަށް އައީ ފޯނެއް ކަމަށާއި، ކޮވިޑް-19 އަށް ފައްސިވި މީހާ އާ ގުޅޭގޮތުން އޭނާ ވާހަކަދެއްކި ކަމަށެވެ.

"އޭ އެ ޕޮޒިޓިވްވި ކުއްޖާ އެއީ މަގޭ އޮފީސް ކުއްޖެއްގެ ސިސްޓާ އިން ލޯ، އޭނާ އައި އަހަރެން އޮފީހަށްވެސް މަވެސް ދާ ގޮތަށް ދާން ޖެހޭނީ ހޮސްޕިޓަލަށް، މިހާރު މި އިނީ ޓެކްސީގައި". ފަހަތުގައި އިން އަންހެން މީހާ ފޯނުން ވާހަކަދެއްކި ގޮތަށް އެ މީހާ މީސް މީޑިއާގައި ލިޔެފައި ވެއެވެ.

އެ އަންހެން މީހާ ބުނީ، ފްލައިޓް ވީއައިއޭ އިން ނައްޓާލި އިރުން ފެށިގެންވެސް އޭނާ ދިޔައީ އެގޮތަށް ވާހަކަ ދައްކަމުން ކަމަށެވެ.

"އުފާވެފައި މޮޅު ކަމެއް ވެގެން އެ އެކްސައިޓްމެންޓްގައި އިނދެގެން ކީވެސް ހަމަ، އޭނާ ހަމަ ވަރަށް ސާފްކޮށް ބުނި ޑައިރެކެޓް ކޮންޓެކްޓް ވިތު ކޮވިޑް-19 ޕޭޝަންޓޭ. އަހަރެންނަށް ވަަރަށް ސާފްކޮށް ހުރިހާ އެއްޗެއް އަޑު އިވުނު، އަހަރެން ހުރީ ވަރަށް ބިރުން،" އެ އަންހެން މީހާ ބުންޏެވެ.

އޭނާ ބުނީ، އެ މެސެޖް ކައިރީގައި ހުރި ޑޮކްޓަރާއި، އިތުރު ޓީމް މެންބަރުންނަށް އެންގީ އޭނާ ކައިރީ އިން މީހާ ކަމަށެވެ. އަދި އެ ޑޮކްޓަރު އޭނާގެ ސީނިއާ މީހުންނަށް ގުޅާފައި އެކަން އެންގި ކަމަށް އޭނާ ބުންޏެވެ.

"މިއީ ހަމަ ޔަގީނުންވެސް ކަންތައް ކުރަންވީ ގޮތް، އެ މީހުންނަކީ ކޮވިޑް-19ގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން، އެ މީހުން އުޅުނީ ލާމުގައި އެ ބައްޔަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތަކެއް ބޭއްވުމަށް،" ފޭސްބުކް ޕޯސްޓުގައިވެއެވެ.

އޭނާ ބުނީ، ކައްދޫއަށް ޖައްސަން ވަރަށް ކައިރިވެފައި އިންދާ ކެޕްޓަން އެންގީ ވެލާނާ އެއާޕޯޓަށް ދާން އަންގާފައިވާ ކަމަށެވެ.

"ދެން އެއްކަލަ އަންހެން މީހާ ބުނީ، އޭ އެހެން ވެގެންހޯ ފްލައިޓް އަނބުރާލީ، މަ އެ ވާހަކަ ދެއްކީމަތަ. އަހަރުމެން އާނއޭ ބުނީމަ ވާހަކަ އޮޅިވާލީ އަސްލު ނޭނގެޔޭ ތިމަންނަ ކީ މިވެނި އެއްޗެެކޭ އެވެނި އެއްޗެކޭ،" އަންހެން މީހާ ބުންޏެވެ.

ފްލައިޓު ތެރޭގައި ކަން ހިނގާދިޔަ ގޮތް ހިއްސާކުރި އެ އަންހެން މީހާ ވަނީ، ޑައިރެކްޓް ކޮންޓްކްޓްވި ވި އެ އަންހެން މީހާ ދޮގު ހެދިކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަން ބަލައިދިނުމަށް އޭނާ ވަނީ އެދިފައެވެ. އަދި ޑޮކްޓަރު ކަންތައް ކުރީ ކަންތައް ކުރަން ޖެހޭ ގޮތަށް ކަމަށާއި، އޭނާއަށް ހުރިހާ މަންޒަރެއް ލޮލުން ފެނުނު ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ޑޮކްޓަރު ކަންތައް ކުރި ގޮތާއި ގުޅޭގޮތުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއިން ބުނީ، ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ސިއްޚީ ޚިދުމަތްތެރިން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެކަމީ ޔަޤީންކަމެވެ. މިގޮތުން ނަގަންޖެހޭ ޒިންމާގެ ދަށުން ނިންމާ ކަންކަމުން ސިއްހީދާއިރާގެ ޚިދުމަތްތެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެކެވެ.

މިގޮތުން ލ.އަތޮޅަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓް ގައި ކަންކަންވީ ގޮތާއި، އެކަމުގެ ސަބަބުން ސިއްހީ ޚިދުމަތްތެރިން ނެގި ވިސްނުންތޫނު ނިންމުމަށް އަޅުގަނޑުމެން އެންމެން ފަޚުރު ވެރިވަމެވެ. އަދި ފްލައިޓް ގައި ތިބި ބައެއް ޕެސެންޖަރުންގެ އަމަލުތައް ހަރުކަށިއިބާރާތުން ކުއްވެރިކުރަމެވެ. ހަމަޔަގީނުންވެސް މަދުބަޔެއްގެ ހިތްހަމަޖެހުމަށްވުރެން އެންމެގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުކަމީ މިއަދުގެ މިހާލަތުގައި ދެބަސްނުވެވޭނެ ހަޤީގަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޑ

  ފްލައިޓް ލޭންޑްކުރީމަވެސް ތި އެންމެން ކަރަންޓީނު ކުރެވިދާނެ ނޫންބާ؟

  7
  75
  • ބޯކިބާ

   ނޫނޭ، ލޭންޑްކޮށްފަ މީހުން ބޭލިފަހުން ތިވާހަކައެއް ދެއްކިނަމަވެސް ހަމަ މާލެ ގެންދާނީ.. މާލެ މާލެ މާލެ ހުޅުމާލެ މާލެ ގުޅިމާލެ.

   34
   10
   • ލޮލް

    ގުޅިމާލެ އެ އް ނޯވެ

    1
    1
    • Anonymous

     ވިލިމާލެ އެއްވެސް ނޯވޭ. އެއީ ވިލިގިނލި. ހުޅުމާލެ އަށްރަސްމީކޮށް ނަންދިނުމުން ވިލިނގިއްޔަށް ވިލިމާލެ ބަޔަކު ކިޔަން ފެށީމާ އެހެންކިޔަނީ . އެހެންވީމާ ގުޅިމާލެ ކިޔަސް ކޮބާމައްސަލައަލީ.

 2. ޑ

  ސުވާލަކީ ފްލައިޓް އަނބުރާލާފަ އައިސް ޖެއްސީމަ ތި އެންމމެން ކަރަންޓީނުކުރިތޯ؟

  73
  7
 3. ޕްލީޒް

  މިހާރުގެ ކަންކަން ހިނގަމުންދާ ގޮތުން ތިކަމެއް ފެށިގެން ތިއަންނަނީ ފްލައިޓަކުންހެން ހީވަނީ ، ފްލައިޓްތަކަކީ އޭރު ގެސްޓުން ރިސީވްކުރި އެއްޗެތި ، ދިރާސާކުރާމީހުންބުނަނީ ވައިރަސް އޭސީގައި ހަރުލާގެން އެތަށްދުވަަހަކު ހުންނަކަަށް ، އަޅޭ ވަގުތު ނޫސްވެރިން މިކަމާ މަބުރޫކްއާއި ސްވާލުކޮށްލަބަލާ

  59
  3
 4. އަގީލަ އަލީ

  މި ޕޮޒިޓިވްވާ މީހުންވެސް އެމީހުންނާ ކޮންޓެކްޓްވީ މީހުންވެސް މިއުޅެނީ ކަންތައް ފޮރުވަން. ދެންވެސް ތެދައް ބުނީމަދޯ ޓްރޭސް ކުރަންވެސް ފަސޭހަވާނީ!

  92
 5. މީދާ

  ޑރ. ސާރިއު އަލީ ދީދީ. ސާއިރެއް ނޫން. ސ. މަރަދޫ އަށް އުފަން އައިޖީއެމްއެޗް ގެ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކޮޓަރެއް.

  33
 6. ޑައެލޯގް

  މިވެސް މަބްރޫކްމެން ފޮނިކަނޑާފައި ބުނީ އެތެރޭގެ ދިވެއްސަކަށް ނުޖެހެޔޭ ވަރަށް ތައްޔާރަށޯއޮތީ އެކަމު ނޭގިހުއްޓާ އަޑިން ކޮރޯނާ އަރާތަންފެނުނީ އެއްވެސް ވަރަކަށް ތައްޔާރެއްނުވޭ ތައްޔާރުވިނަމަ ކޮބާ ޑެލިވަރީ، މާރުކޭޓްގައި އެއްޗެތި ނުވިއްކި ކުނިވަނީ ކޮބާދެންހުރިފިހާރަތަކަށް ހަދަންވިގޮތް

  44
  38
  • ޑެލިވަރީ

   ކަލޭ އެންމެ ދުވަހަކު ނުކައި ހުއްޓަސް މަރުވަނީތަ؟ ކެއްތެރިވެބަލަ ހޭބަލި ނުވެ..

   48
   13
 7. ފަތަރާސީ

  ހުންނާނީ ތުއިދެއްކިފަ
  ވަރައްވުރެ ބޮޑަށް ފޮނިވެގެން މަބޮޑޭވާން އުޅޭމީހުނަށް އަދި ތިޔަށްވުރެ ދެރަ ލަދުވެތި ލަނޑުތައް ލިބޭނެ....

  47
 8. މަދަތްއުނގުޅާބުރޫސް

  މަބުރޫކުމެން މުޅިދުނިޔެއަށް ހިދުމަތް ދެވޭވަރަށް ތައްޔާރުވެގެން ތިބޭތާ ެތަކެއް ދުވަހެހް ވެއްޖެކަމަށް ކިޔަކިޔާތިބީ،
  ލޮކްޑައުންގެ ހާލަތަށް ދިޔައިރު އެދެއްކިހާ ވާހަކަވީ ފޮންޔަށް،
  މާލެ، ހުޅުމާލެ، ވިލިމާލެ، ޙުޅުލެ ވެސް އޮތީކީ ތައްޔާރީ ހާލަތެއްގައެއް ނޫން،
  ކުރިހާވެސް ކަމަކީ ކަރަންޓީންކުރަން ނަމުގަ ބޮޑެތި މެގަ ޕްރޮޖެކްޓްތަށް ބޮޑުންގެ ޖީބަށް ވަންނަގޮތައް ހިންގުން،
  އަމިއްލަ ޖީބަށް ބަރުވާނެ ހުރިހާކަމެއް އަވަދިނެތި ކޮށްކޮށް ތިއްބާ ބޮޑުންގެ އާއިލާތައް ރާއްޖެގެނެސް ޕާޓީތަކާ މަސްދަތުރުތަކާ ފްރެންޑުންނާއެކު ނާޗަރަންގީ ކުޅެކުޅެ ތިއްބާ އެމީހުންގެ ފަރާތުން މުޅިގައުމު ނުރައްކަލަށް ދިޔައީ.
  ދެން އެހުރިހާ ކަމެއް ކުރުވާފަ ތަންތަނަށް އަރާތިބެ ފިޔަިކޮށިޔަކަސް އަހަރުމެންނަށް އަސްލުމަންޒަރުތަށް ދުވާލު މެންދުރު ފެންނަފަދައިން އެބަފެނެއެވެ....

  34
  8
 9. ފުރޭތަ

  މަސްދަތުރާ ޕާރޓީތަކާއި ބާއްވާ އަދިވެސް ފޮނިވެގެން ދިވެހިން މޮޔައިން

  47
 10. މާސޭ

  ސާބަހޭ ތިކުރީ ހަމަކަންތައްކުރަންވީގޮތައް

  26
  2
 11. މުޙައްމަދު

  سورة الحـجـرات
  (49:6) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.

  40
 12. ބޯ ހަލާކު

  މަ ހިތައް އަރާ ބައެއް ދިވެހިންނަށް ކަމުދަނި ކޮން ގޮތެއް ބާއޭ. ރަނގަޅު އެއްގޮތެއްވެސް އަދި ޝުކުރު ކުރުމެއްވެސް ނެތް. ގޮތް ކިޔުން ކަމަކަށް އޮނަނީ.

  54
  2
  • ޑދdhބbdގސ

   ދޯ. އަޅާ ނުލާ