ދިވެހި އާކިޓެކްޓުންނާއި އިންޖިނިއަރުން އިސްނަގައިގެން ފެށި "ބީ ސާފް" ޕްރޮގްރާމްގެ ދަށުން މާލޭގެ ބައެއް ސަރަހައްދުތަށް އިއްޔެ ސާފުކޮށްފިއެވެ.

"ބީ ސާފް" މި ޕްރޮގްރާމަކީ ދިވެހި އާކިޓެކްޓުންނާއި އިންޖިނިއަރުން ވެގެން ހިންގަމުންދާ "ބީ އިނީޝިއޭޓިވް" ގެ ދަށުން ހިންގި ޕްރޮގްރާމެކެވެ.

އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ "ބީ ސާފު" ޕްރޮގްރާމްގައި ރަސްފަންނު ސަރަހައްދާއި، ސުނާމީ ބިނާ ސަރަހައްދު އަދި މާލޭގެ ނޯތު ހާބަރ ސަރަހައްދު ވަނީ ސާފުކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން އިއްޔެ ކުރެވުނު މަސައްކަތުގައި ޖުމްލަ 480 ކިލޯގެ ކުނި ނަގާފައިވާ ކަމަށާއި އޭގެތެރޭގައި 42 ކިލޯގެ ޕްލާސްޓިކް ފުޅި އާއި 23.4 ކިލޯގެ ދަޅު ހިމެނޭ ކަމަށް މިކަން އިންތިޒާމު ކުރި ފަރާތުން މައުލޫމާތުދެއެވެ.

މިކަން ކުރިއަށް ގެންދިޔުމުގައި ހައުސިން މިނިސްޓްރީ އާއި ވެމްކޯ އާއި ސެކުއާ ބޭގް އަދި ޑެމޭޖް ކޮންޓްރޯލްގެ އެހީތެރިކަން ލިބިގެންދިޔަ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

"ބީ އިނީޝިއޭޓިވް" އަކީ މިވަގުތު ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ބައެއް މުހިއްމު ކަންތައްތަކުގެ މައުލޫމާތު ހޯދައި އާއްމުންގެ މެދުގައި އެ ކަންތައްތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށް އުފެއްދި ޕްރޮގްރާމެކެވެ. އެގޮތުން ކުނި ނައްތާލުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމާއި މަގުމައްޗަށް ކުނި އެޅުމާއި ރިސައިކަލް ކުރުމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މި ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެހެންތޭ

  ތިޔާ ބީ ސާފު ޕްރޮގްރާމް އަކު ނެތް ދޯ ރާއްޖޭގެ ނަން ހިނގާ ޓައިޓޭނިއަމް ޕްލޭޓެޑް އެންމެ އާރކިޓެކްޓެއް ވެސް އަދި އިންޖިނިއަރެއް ވެސް ދޯ. އެމެން ބައިވެރި ނުވެ ތިޔާ ހަރަކާތް ހިންގީ ތިޔާއީ ދަ ރާއްޖެތެރޭގައި ކަންކަން ކުރާ އުސޫލުން ބަންޑާރަ އުސޫލުން ކުރި ކަމެއް ތޭ މަމެން ބުނަން ނެތީމު ދޯ.

  • އަބޫ

   ކުޑަކޮށް ދިރާސާކޮށްފަ ކޮމެންޓްކުރޭ، މަ ބޮޑާވާން ކޮމެންޓް ނުކުރޭ. ބަޔަކު ރަނގަޅު ކަމެޔްކުރީމަ ބައިވެރިނުވެ ވާހަކަދެއްކިޔަސް ކަމެޔް ރަނގަޅެޔްނުވާނެ

 2. މިހެންތޭ

  ކުރީގެ މިނިސްޓަރު، އާކިޓެކްޗަރު މަައުރޫފު ޖަމީލު ފޮޓޯގައި އެބަހުރި