ކޮވިޑް-19 އަށް މާލެ އިން ފައްސި (ޕޮޒިޓިވް) ވެފައިވާ މީހަކާއި ބައްދަލުވެފައި ވާތީ އައްޑޫ ސިޓީން ޓެސްޓް ކުރި މީހާ ނައްސި (ނެގެޓިވް) ވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫން ކޮވިޑް-19 އަށް ޓެސްޓުކުރީ އެންމެ މީހެއް ކަމަށާއި އޭނާގެ ނަތީޖާ ނައްސި ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އިތުރު ޓެސްޓެއް އަދި ހަދާނެ ކަމަށާއި އޭނާ އަދިވެސް ހުރީ ހޯމް އައިސޮލޭޝަނުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫން ޓެސްޓް ކުރި މީހަކީ ބުދަ ދުވަހު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

ބުދަ ދުވަހު މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ހާލަތު ވަނީ ނުރައްކާ ވެފައެވެ. މިހާރު މާލޭގައި ބަލި ފެތުރެމުންދާކަން ވަނީ ކަށަވަރު ކުރެވިފައެވެ. ބުދަ ދުވަހުން ފެށިގެން މިހާތަނަށް އަށް މީހަކު ވަނީ މާލެ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާލެ އިން ބުދަ ދުވަހު ކޮވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ބައެއް ރަށްރަށުގެ ގެތައް ވެސް ވަނީ މޮނިޓަރިންނަށް ގެނެސްފައެވެ. އެއީ މާލެ އިން ފައްސިވި މީހުންނާއި ބައްދަލުވި މީހުން އެކި ރަށްރަށަށް ގޮސްފައި ވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔަވާ ކުއްޖާ

    އެކަމަކު އޭނާވެސް އައިސޮލޭޓްކުރޭ.. މި ބަލީގައި ޕޮސިޓިވްނުވެ ގިނަދުވަހު ހުަންނަކަމަށް ތަޖުރިބާކާރުން ބުނަނީ..

    25
  2. ކޮތަރު

    މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

    39
    1
  3. Anonymous

    ؟

    • ދެރަ

      ނައްސިވީމާ ދެރަވީ ދޯ ؟

  4. އަށްޑޫ ކުއްޖާއަށް

    ގޭގަ މަޑުކޮށްލަދެއްޗޭ ޕްލީޒް ??