00:00

22:56

22:29

22:24

21:48

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: މިހާރު އޮތް ހާލަތު ރޯދަ މަހާ ހަމައަށް ދެމިގެންދާ ނަމަ، މިސްކިތްތަކުގައި ތަރާވީސް ނަމާދު ނުކުރެވޭނެ. ތަރާވީސް ނަމާދު ގޭގައި ކުރަން ޖެހޭނީ. އެކަމަކު، ރާއްޖޭގެ ރަށްރަށުގައި ހާލަތު ރަނގަޅު ނަމަ، ތަރާވީސް ނަމާދު މިސްކިތްތަކުގައި ކުރެވޭނެ.

21:40

21:26

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ލޮކްޑައުންއާ އެކީގައި މަސައްކަތް މި ކުރަނީ އިތުރު ބަޔަކަށް ބަލި ޖެހުނަ ނުދިނުމަށް.

21:25

ޑރ. އަފްސަލް: މިހާރު ފެންނަ ރޭޓަށް ބަލާ އިރު، ފެންނަނީ ސްޓޭބަލްކޮށް. އަޅުގަނޑުމެންނަށް ފެންމަތިވެގެން މިދަނީ ނޭނގި ހުންނަ ކޭސްތަކެއް. އުންމީދު ކުރަނީ ފެންނަ ކޭސްތައް މަދުވެގެން ދާނެ ކަމަށް. އެކަމަކު ވަގުތުން އެކަމެއް ނުވާނެ. ފުރަތަމަ 14 ދުވަހަށް މަޑު ކުރަން ޖެހޭނީ. ފުރަތަމަ ކޮޅު ކޮންމެވެސް ވަރަކަށް މައްޗަށް ދިއުން އެކަށީގެންވޭ.

21:19

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ސާމްޕަލްގެ ނަތީޖާތައް ހޯދުމުގެ މަސައްކަތް ކުރަމުން އެބަދޭ. ޓެސްޓް ކުރުމުގައި މިވަގުތު އުނދަލެއް ނެތް. އެކަމަކު މިހާރު ވެސް ސާމްޕަލް ނަގަން ބޭނުންވާ ބައެއް އެބަތިބި މިހާރު ވެސް. އިއްޔެ އެކަމުގައި ލަސްތަކެއް އުޅުނު. އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދެނީ ހައި ރިސްކު މީހުންނަށް. އޭގެ ފަހުން ސެކަންޑްރީ އަށް ދަނީ.

21:14

21:09

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ރާއްޖޭގައި 97 ވެންޓިލޭޓަރު މިވަގުތު އެބަހުރި. 200 އެއްހާ ވެންޓިލޭޓަރު ގެނައުމަށް މަސައްކަތް އެބަކުރަން.

21:08

21:08

ޑރ. އަފްސަލް: ޑެލިވަރީ މަސައްކަތުގައި އުޅޭ މީހުން އަންގި ލައްވައި މާސްކް އަޅައިގެން މަސައްކަތް ކުރުމަށް އެދެން.

21:06

ޑރ. އަފްސަލް: އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ، އަޅުގަނޑުމެންނަށް ނުފޮރުވާ އަންގަވާ. އޭރުން ފެތުރުމުގެ ފުރުސަތު ކުޑަވާނެ. އަދި ލޮކްޑައުންގެ ބޭނުން ހިފޭނީ.

21:05

ޑރ. އަފްސަލް: އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ނަންބަރުތައް މަދުވުން. އެހެންވީމަ ފުރަބަންދު ހާލަތުގައި އިރުޝާދުތަކަށް ބޯލެނބުން މުހިންމު. މި ދަނޑިވަޅުގައި މިއަދު ބޭނުންވަނީ ތިޔަބޭފުޅުންގެ ކެތްތެރިކަން. ވަރަށް ބޮޑަށް ކެތްތެރިކަމާ އެކީގައި އެއްބާރުލުން ދެއްވާ. ޑެލިވަރީ ކުރާ މީހުން ވީހާވެސް އެކަހެރިކޮށް އެކަން ކުރަން ޖެހޭ. ދުރުމިނެއް ބަހައްޓަން ޖެހޭ. އެއީ ޑެލިވަރީ ކުރާ މީހާ އާއި ގޭތެރޭގެ މީހުންގެ ރައްކާތެރިކަމަށްޓަކައި.

21:04

ޑރ. އަފްސަލް: ހުޅުމާލެ އިން ނުވަ ތަނެއް، މާލެ އިން 52 ތަނެއް އަދި އެހެން ތަންތަނުން 12 ތަނެއް ކަރަންޓީންކޮށްފައިވޭ.

 

21:02

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: އެއްވެސް މީހެއްގެ ފަރާތުން އަނެކާ އަށް ގެއްލުމެއް ނުލިބޭނެ ގޮތަށް އުޅެން އެބަޖެހޭ. ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ. ހަށިރައްކަލަށް ދުއާ ކުރުމަކީ މުހިންމު ކަމެއް. ގޭގައި ތިބޭ އިރު، ކީރިތި ގުރުއާން ކުރުމާއި ފަރުޟު ފަސް ނަމާދުކޮށް، ޒިކުރުކޮށް އިސްތިގްފާރު ކުރަން އެބަޖެހޭ. އަނބިމީހާ ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ، ދަރިންނަށް އަޅާލަން ޖެހޭ. އެމީހެއްގެ ހުރި އިންސާނިއްޔަތުކަން އެހެން މީހުންނަށް އިހްސާސްކޮށްދޭން ޖެހޭ. ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ. ސާފުތާހިރު ކަމަށް ލޯބި ކުރަން ޖެހޭ. ދީނާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ.

20:59

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނާންގާ ހިނދަކު އެއްވެސް ރަށެއްގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިގެން ނުވާނެ. މިއީ އެންމެން ވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭންވީ ވަގުތު. އަޅާލަން ޖެހޭ ވަގުތު.

20:58

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: ޖަމާއަތުގައި ނަމާދުކުރުން ރަށްރަށުގައި މެދުކަނޑާލަނީ ޑޮކްޓަރުންގެ ލަފާގެ މަތިން، އިލްމުވެރިންގެ މަޝްވަރާއާ އެކުގައި. އަޅުގަނޑުމެން އަންގާ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގަން.

20:56

20:53

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ފައްސިވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނެތް.

 

 

20:52

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ފުރަތަމަ ކްލަސްޓާގައި ފައްސިވެފައި ވަނީ ތިން އަންހެނުން، އެއް ފިރިހެނެއް އަދި ކުޑަ ދެ ކުދިން. ދެވަނަ ކްލަސްޓާ އިން ފާހަގަ ކުރެވުނީ ފުރަތަމަ ކްލަސްޓާއާ ގުޅުމެއް ނެތް ގޮތުގައި. 17 އޭޕްރީލްގައި ދެ ވަނަ ކްލަސްޓާ، އެއީ 37 އަހަރުގެ އަންހެނެއް ފްލޫ ކްލިނިކަށް ދެއްކީ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 33 އަހަރުގެ އަންހެނެއް، 37 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެއް. މި ބައްޔަށް އިތުރު އަންހެނަކު ވެސް ފައްސިވި. ތިން ވަނަ ކްލާސްޓާގައި އެއް އާއިލާއެއްގެ ތިން މީހުން. އެއީ ފިރިމީހާ އާއި އަންހެން މީހާއާ އޭނާގެ ދަރިފުޅު.

 

 

20:52

20:48

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުނު 92 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އިތުރު އެކަކު ވަނީ ޖޫރިމަނާ ކުރެވިފައި.

20:47

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޑެލިވަރީ ކުރުމަށް 2000 އަށް ވުރެ ގިނަ ފަރާތްތަކަށް ދަނީ ލައިސަންސް ދޫކުރެވިފައި.

20:46

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 189 މީހެއް ދޫކޮށްލުމަށް ސާމްޕަލެއް ވަނީ ނެގިފައި. ލެބޯޓަރީއަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

20:45

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބަލި ޖެހިގެން ރާއްޖޭގައި ފަރުވާދެނީ 16 މީހުންނަށް. އެ ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު.

 

20:44

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: މިހާތަނަށް 3،714 ސާމްޕަލެއް ނެގިފައިވޭ. އޭގެތެރެއިން 3،426 ސާމްޕަލެއް ނެގަޓިވް. ނަތީޖާ ނުލިބެނީ 254 ސާމްޕަލެއް. އޭގެތެރޭގައި 246 ސާމްޕަލެއް އެއީ ކުރެއްދޫ އިން.

 

20:42

އެންއީއޯސީން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި.

20:01

19:49

19:42

19:35

19:21

19:09

18:49

18:43

18:38

18:04

18:00

17:52

17:47

17:03

17:02

https://twitter.com/VaguthuOnline/status/1251480944214568960?s=19

16:31

16:11

16:11

މެކްސިކޯ އިން އިތުރު 60 މީހުން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 546 މީހުން ވަނީ މަރުވެފައި. އިތުރު 578 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6،875 އަށް އަރާފައި.

 

16:09

ނޯވޭ އިން އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 162 މީހުން ވަނީ މަރުވެފައި. އިތުރު 55 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6،992 އަށް އަރާފައި.

 

16:09

ރޮމޭނިއާގައި އިތުރު ހަ މީހަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން 417 މީހުން ވަނީ މަރުވެފައި. އިތުރު 351 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8،418 އަށް އަރާފައި.

 

16:08

ޕޮލެންޑުގައި އިތުރު ހަތް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން މަރުވީ 339 މީހުން. އިތުރު 184 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8،563 އަށް އަރާފައި.

 

16:07

އޮސްޓްރިއާ އިން އިތުރު 24 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 14،619 މީހެއްގެ ގައިން ވަނީ މަރުވެފައި. އެ ގައުމުން މަރުވީ 431 މީހެއް.

 

16:07

ސްވިޓްޒަލެންޑުން އިތުރު 17 މީހަކު މަރުވެއްޖެ. މިހާތަނަށް 1،344 މީހަކު ވަނީ މަރުވެފައި. މިހާތަނަށް ބަލި ޖެހުނީ 27،078 އަށް އަރާފައި.

 

16:06

އިރާނުން އިތުރު 73 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 5،031 މީހަކު ބަލި ޖެހިގެން ވަނީ މަރުވެފައި. މިއީ 38 ދުވަސްތެރޭގައި މި ގައުމުން އެންމެ މަދުން މީހުން މަރުވި ދުވަސް. އިތުރު 1،374 މީހެއްގެ ގައިން ބަލި ފެނި، ބަލި ޖެހުނު މީހުންގެ އަދަދު 80،0868 އަށް ވަނީ އަރާފައި.

16:05

15:54

15:53

15:45

15:44

15:37

15:32

15:17

15:03

14:54

14:48

14:38

 

14:31

14:19

13:32

ފުލުހުންގެ މެސެޖް: ފެނާއި އެހެނިހެން ތަކެތި ހޯދުމަށް އަތޮޅުތެރޭގެ ރަށްތަކުންނާއި ރިސޯޓުތަކުން މީހުންނަށް މާލޭގެ ނޯތު ހާބަރަށް ވަދެވޭނެ. އެކަމަކު، އެއްވެސް ފަސެންޖަރެއް އެ އުޅަނދުގައި އުފުލައިގެން ނުވާނެ. ހަމައެކަނި ދަތުރު ކުރެވޭނީ އެ އުޅަނދެއްގެ ކްރިއު މެމްބަރުންނަށް.

13:29

13:14

12:56

އެސްޓީއޯ އިން ބައެއް ތަކެތި ސުޕަމާކެޓުތަކަށާއި ކަންމަތީ ފިހާރަތަކަށާއި ދޯނިތަކަށް އެރުވުމުގެ މަސައްކަތް ކުރަނީ.

12:55

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް: ހުރިހާ ބޭފުޅުން ވެސް އެޗްޕީއޭ އާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ބޯލަނބައި ގޭގައި ތިއްބަވާ. ހެޔޮ ނުވާނެ.!

12:45

ޕާކިސްތާނުގައި އިތުރު އަށް މީހަކު މަރުވެއްޖެ. މިހާތަނަށް 143 މީހަކު ވަނީ ބަލީގައި މަރުވެފައި. އިތުރު 456 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7،481 އަށް އަރާފައި.

12:44

ދެކުނު ކޮރެއާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 232 މީހުން ވަނީ މަރުވެފައި. އިތުރު 18 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10،653 އަށް އަރާފައި.

 

12:44

އިސްރާއީލުން އިތުރު ހަތް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 158 މީހުން މަރުވެފައިވޭ. އިތުރު 125 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 13،107 އަށް އަރާފައި.

 

 

12:43

އިންޑިއާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 488 މީހުން ވަނީ މަރުވެފައި. އިތުރު 73 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14،425 އަށް އަރާފައި.

 

12:42

ބްރެޒިލުން އިތުރު 30 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 2،171 މީހަކު ވަނީ މަރުވެފައި. އިތުރު 539 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 34،221 އަށް އަރާފައި.

 

12:42

ޗައިނާ އިން އިތުރު 27 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 82،719 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް މަރުވީ 4،632 މީހުން.

 

12:41

އެމެރިކާ އިން އިތުރު 21 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 31،175 މީހުން ވަނީ މަރުވެފައި. އެމެރިކާ އިން އިތުރު 537 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު އެ ގައުމުގައި ވަނީ 710،272 އަށް އަރާފައި.

 

 

12:00

11:04

10:01

09:43

08:46

08:33

08:32

02:37

ސްވެޑެންއިން އިތުރު 67 މިހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1400 އަށް އަރައިފި. އެގައުމުން އިތުރު 676 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 13216 އަށް އަރާފަ

02:36

ސްވިޒަލޭންޑުން އިތުރު 46 މިހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1327 އަށް އަރައިފި. އެގައުމުން އިތުރު 346 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 27078 އަށް އަރާފަ

02:26

އެމެރިކާއިން އިތުރު 8144 މީހަކު ފަައްސިވެ، އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވި މީހުންގެ އަދަދު 21474 އަށް އަރައިފި. މިހާތަނަށް އެގައުމުން 699044 މީހަކު ވަނީ ފައްސިވެފަ

02:25

އެމެރިކާއިން އިތުރު 894 މީހަކު މަރުވެ، އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 2232 އަށް އަރައިފި. މިހާތަނަށް އެގައުމުން 36849 މީހަކު ވަނީ މަރުވެފަ

02:08

ބްރެޒިލްއިން އިތުރު 194 މިހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 2141 އަށް އަރައިފި. އެގައުމުން އިތުރު 2999 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 33682 އަށް އަރާފަ

02:07

ކެނެޑާއިން އިތުރު 115 މިހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1310 އަށް އަރައިފި. އެގައުމުން އިތުރު 1536 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 31642 އަށް އަރާފަ

01:46

ތުރުކީން އިތުރު 126 މިހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 1769 އަށް އަރައިފި. އެގައުމުން އިތުރު 4353 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 78546 އަށް އަރާފަ

01:45

އެމެރިކާއިން އިތުރު 1338 މިހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 35955 އަށް އަރައިފި. އެގައުމުން އިތުރު 13330 މީހަކު ފައްސިވެ، ފައްސިވި މީހުންގެ އަދަދު ވަނީ 690900 އަށް އަރާފަ

00:52

00:22


މާލެ އިން ކޮވިޑް-19 ފެނުމާއި ރާއްޖޭގެ ހާލަތު ވަނީ ބަދަލުވެފައެވެ. ބަލި ރާއްޖެ އަށް ފެތުރިގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިރޭ ސަރުކާރުން ވަނީ މިހާރުގެ ހާލަތައް ބަލާއިރު ދެން ނިކުމެދާނެ ނަތީޖާތަކާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ.

މިހާރުގެ ހާލަތައް ބަލާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ 21 ދުވަސް ތެރޭގައި ރާއްޖެ އިން 2000 ވަރަކަށް މީހުން މަރުވެގެން ދިއުމުގެ ބިރު އެބައޮތެވެ. އަދި އެންމެ ބޮޑު ބިރަކީ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ޖާގަ ހުރިވަރަށް ވުރެ އިތުރަށް ބަލި މީހުން އިތުރުވެގެން ދިއުމުގެ ބިރެވެ.

މާލެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ މިހާރު 08 އަށް އަރާފައެވެ. މާލެ އިން ބަލި ޖެހިފައި ތިބޭ މީހުންގެ އަދަދު ފެންނަމުންދާ ވަރަކަށް ކަށަވަރު ކުރެވެމުންދާ ކަމަކީ ކޮންޓެކްޓް ވެފައިވާ މީހުންގެ އަދަދު ކުރިން ލަފާކުރެވިފައިވާ ވަރަށް ވުރެ މާބޮޑަށް ވެސް އިތުރު ކަމެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ހާލަތައް ބަލާއިރު ވަރުގަދަ ފިޔަވަޅުތަކާއި އެކުވެސް އަދިވެސް މާއެދެވޭ ނަތީޖާތަކެއް ފެންމުންދާ މަންޒަރެއް ނުފެނެއެވެ. އިނގިރޭސިވިލާތުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އިޓަލީވިލާތާއި ފްރާންސްގެ ހާލަތު ވެސް ރަނގަޅު ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން

    ވަގުތު ނޫސް ވެރިން ސަރުކާރުން ބާއްވާ ނޫސް ކޮންފަރެންސް ގަ މި ސުވާލު ކޮއްލަ ދީފާނަން ތޯ. އިސްލާމް ދީނުގައި އަންގަވާފައި އެ އޮތީ ބަލިޖެހިފަ ވާތަނެއްގައި ތިބާ ހުރިނަމަ އެތަނަކުން ތިބާ ނުފައިބަން. އަދި އެތަނެއްގައި ބަލި ފެތުރިފައިވާނަމަ އެތަނަކަށް ތިބާ ނުދިއުމަށް.. މިކަން މިހެން އޮއްވާ ބަލި ފެތުރިފައިވާ ގައުމުތަކުން މީހުން ގެނައުމުގ ބޭނުމަކީ ކޮބާތޯ... އިސްލާން ދީނުގައި މިހެން އަންގަވާފައި ވަނީ ކީއްވެގެން ކަން މިއަދު އެބޭފުޅުންނަށް ތަޖުރިބާއިން އެ އޮތީ ފެންނަަން.. އޭރު އަޅުގަޑުމެން ނިކަމެތި ރައްޔިތުން ގޮވަމުން ދިޔައީ ގައުމުގަކުގައި ދިރިއުޅޭ ދިވެހިން ނާއި ބޭރުމީހުނ ނުގަނައުމަށް.. މިއަދު މަދުބައެއްގެ ސަބަބުން އަޅުގަނޑުމެން މި އޮތީ ކޮޅާ ކޮޅު ނުފެން ނަހާ ފުން ބިރުވެރި ވަޅުގަނޑަކަށް ވެއްޓިފައި... ކޮންމެހެން މަޖުބޫރުވެގެން ވިޔަސް ގެއިން ނުކުން ނަން މިހުން ނަނީ ބިރުން. ﷲވަކީލް ކޮށްގެން ބޭރަށްނުކުމެފައ ގެޔަށް ދާއިރު އަޅުގަނޑު މެން އެއްވެސްމިހަކަށް ޔަގީންކަމެއް ނޯވޭ އަޅުގަޑަށް މި ވަދެވެނީ ވައިރަސް ހިފައިގެންތޯ ނޫންތޯ.. ހެޔޮ ނުވާނެ ކޮންމެކަމެއްގައ ވެސް އިސްލާމް ދީނުގައި އަނގަވާފައިވަ ގޮތަށް ކަންކަން ކުރަށް އަޅުގަނޑު އެދެން...