މާލެ އިން 12 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މާލެއިން މި ވައިރަސް އަށް ފައްސިވި 12 ވަނަ މީހާ އަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ފައްސިވީ ބަންގްލަދޭޝް މީހާއަކީ ކުރިން މި ވައިރަސް އަށް ފައްސިވީ ދިވެއްސަކާއި (ކޭސް-30 / ޕޭޝަންޓް-30) އާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. އޭނާ ވައިރަސް އަށް ފައްސިވެފައި ވަނީ، ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުތަކުން ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. ޕޭޝަންޓް-30 ވެސް މި ބައްޔަށް ފައްސިވެފައިވާ ކަން އެޗްޕީއޭ އިން ހާމަކޮށްފައި ވަނީ މިއަދުއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި ބަންގްލަދޭޝް މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި އެކު މިހާރު މާލެ އިން މި ވައިރަސް އަށް މިއަދު އެކަނިވެސް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރައިފައެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މި ބައްޔަށް ބަޔަކު ފައްސިވި ފަހަރެވެ.

މާލެއިން މިހާތަނަށް ޖުމްލަ 12 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަން ވަނީ ޔަޤީން ކުރެވިފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ 20 މީހުން މި ވައިރަސް އަށް ފައްސިވެފައި ވަނީ ރިސޯޓުތަކުންނެވެ. ނަމަވެސް ފަހުން މުޖުތަމަޢު ތެރެއިން ވައިރަސް ފެންނަމުން ދާތީ، މި ބަލިމަޑުކަމުގައި މިހާރު ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް، އަރައިފޭބުން މަނާކޮށް މިވަގުތު ވަނީ ފުރަބަންދުގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަޖުދު

    ސަރުކާރުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކާޑެއްދޫ އެއަރޕޯޓް ޑިޔުޓީއަށް ދިޔަ މުވައްޒަފުން އަބުރާ ރަށައް ދާން ދިޔުމުން ގދ.މަޑަވެލީ ކައުންސިލުން ހުއްދަނުދީގެން ރަށައް ނުއެރެވި ހާލު ޖެހިއްޖެ. ޕޮލިސް، އެމްއެންޑީއެފް، އެޗްޕީއޭ، އެލްޖީއޭ، އަތޮޅުކައުންސިލް އަދި އަތޮޅުގެ ފޯކަލްޕޮއިންޓާއި ގުޅާގެންވެސް ހައްލެއް ނުވި. މުއައްޒަފުން ތިބީ ނުކައިނޮބޮއި ބަޑަށް. އާދޭސްކޮއްފައި ބުނަން ކާތަކެތި ފޯރުކޮށްދީ.
    ފުލުހުން ބުނީ ތިމަންނަމެންނަކަށް ނޭގެޔޭ ކާއެއްޗެހި ފޯރުކޮށްދޭނެ ގޮތެއް. ކޮންމެވެސް މީހަކު އެހީވެދީބަލަ

    11
    1
  2. މާމިގިލީ މީހާ

    ދެން މާލެއަކުން ކޮންޓްރޯލެއް ނުކުރެވޭނެ. މިހާރު ހުންނާނީ މާލޭގަ އުޅޭ ގިނަ ބަންގާޅީންނައް ޖެހިފަ.

    6
    12
  3. ނޫސް ކޮންފަރެންސް

    ރިޒޯޓު ތަކުން، ސަފާރި ތަކުން ބޭރުމިީހުންނާ ދިވެހިން ޓެސްޓް ނުކޮށް ބޭލުމުގެ ނަތީޖާ!

    16
    3
  4. ށަބީ

    ކޮންމެވެސް ޙިޔާލީ ޗާޓަކާ ގްރާފެއް ދެއްކީމަ މީހުން ބިރުން ހިތް ފަޅައިގެން. ސަދަގާތް ދިނުމަކީ ޝިފާއެއް ކަމަށް ހަދީސުން ދެއްކީމަ ވެސް ހިތަކަށް ޝައުގުވެރިކަމެއް ނާދޭ. އިންސާނުންގެ ރޫހާނީ ބައި މަރުވީމަ ދެން ދިރިހުންނަނީ ކީއްކުރަން؟

    15
  5. މޫމިނާ

    މިދުވަސްވަރު މާލެއިން ވަރަށްގިނަ ޢަދަދެއްގެ މީހުން ރާއްޖެތެރެއަށް ގޮސް އެބަތިއްބެވެ. އެމީހުން ދާގޮތަށްގޮސް ތިބެންޖެހެނީ 14 ދުވަހުގެ ކަރަންޓީނުގައި ގޭގައެވެ. މީހަކު އަރިދަފުސްރޯގާޖެހުނަސް ރަށްރަށަކުން ކޮވިޑް 19އަށް ޓެސްޓެއް ނުކުރެވެއެވެ. ގޭގަ 14ދުވަހު ތިބުމަށްފަހު އެމީހުން ރަށުތެރޭގައި ދުވަންވީއެވެ. މީވަރަށްދެރަކަމެއް

    10
  6. ޝްރޭ

    ސްބުހާނަﷲ... މީ ވަރައް ބޮޑު އައުޓް ބްރޭކެއް..

    18
  7. ކެއްތެރި ވަމާ

    ސަރުކާރުގެ އަހުމާލުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް މި ވަބާ މިހާރު މިވަނީ ވަރަށް ބޮޑަށް ފެތުރެން ފަށާފަ.. މި ޙާލަތުގައި ބޭނުންވާ ހުރިހައި ކަމެއް ނުވެ ހިނގައިދާނެ... ނަމަވެސް ސިއްހީ މާހިރުންގެ ބަސް އަހާ ކެތްތެރި ކަމާއެކު ގޭގައި ތިބެގެން ނޫނީ ރައްކާތެރި ކަމެއް ނެތް.

    15
  8. އާދަމުގެދަރި

    ކުރިން މަހީކުރީ ބަންގާޅީންގެ ފަރާތުން ދިވެހިންނަށް މި ބަލިޖެހޭނެ ކަމަށް. މި ދިމާވީ އޭގެ އިދިކޮޅު. ދިވެއްސެއްގެ ފަރާތުން ބަންގާޅީއަށް ބަލި މިޖެހުނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެ!

    14
    1
    • ލ

      ދިވެއްސެއްގެ ފިރިއެއް ބަންގަލަދޭޝް މީހާ އަކީ.

      8
      2
  9. ??

    ޢަހަރެމެން ފޮނުވަދޭށޭ އަހަރެމެން ރަށައް ހެޔޮނުވާނެ
    ޢަހަރެމެނައް މާލޭ ގަ ނެތޭ ތިބެވޭކައް
    ޢަހަރެމެން ރަށުގަ ކަރަންޓީން ކުރަންވިޔަސް އަަރެމެން ފޮނުވާށޭ
    ޥަގުތު މީހުން ހެޔޮ ނުވާނެ މި އާދޭސްތައް ސުވާލު ކޮއްފަ އަހާބަލަ ...
    ބަޔަކު ޕާޓީ ބާއްވާގެން އެހެންމީހުނައް އެކަމުގެ ނުރައްކާ
    އަހަރެމެން މި ރިށޯޓް ތަކުގަވެސް އެހާ ހާލުގަ އުޅެފަ އައި ބައެއް
    ނަމުގަ މާލޭ ލޮކްޑައުން ކޮއްފާވެސް ތިއޮތީ
    ޙަމަ މަގުމަތީގަ އެ އުޅެނީ
    ބަލި ޖެހިފަ އޮތް ގައުމު ތަކުން ސަރުކާރުން މީހުން ގެނަހެން ރާއްޖޭގެ މީހުންވެސް ފޮނުވާށޭ
    ޢެހެންނޫނީ މީތާ ނުތިބެ އަހަރެމެންވެސް ނިކުއްނާނަނީ

    11
    2
  10. ޏަން

    ޢަވަސް ޝިފާއެއް ދެއްވާށި

    13
    1
    • ކ

      އާމީން

  11. ބާބޫ

    އަސްލު ބިރުވެރިކަން އަދި މިފެށުނީ.

    15
    1
  12. ހ

    ބަންގަލަދޭޝްމީހާ އަކީ ކޭސް 30 ގެ ހަޒްބަންޑް... އެހެން ވީމާ ކޭސް 30 އާ ދިމާވާނެ ދެއްތޯ؟

    15
  13. ަސ

    އެއީ ދިވެއްސަކާ އިނދެގެން އުޅޭ ބަނގްލާ މޭހެއް

  14. ޒަހަަާ

    ކުރާނެކަ ެމ ނެއް ވަރަ ދެރަަ

  15. ޙ ސ

    މމިބަލީގެ ނުރައްކާތެރި ކަ މާ ހުރި ބިރުވެރި ކަ މުގެ ވާހަކަ ސަރުކާރުން ތަކުރާރުކޮށް އަންގަ މުން ދަނިކޮން ފައިސާވެރިން ޕާޓީކުރު މާ މަޖާ ކުރު މުގެ ނަތީޖާ މިފެންނަނީ ހުރިހާ ދެރައެއް ނިކަ މެތިންނައް މިޖެހެނީ ޔާރައްބު މިކަމުން އަޅަ މެން މިންޖު ކޮއްދެއްވާ އަވަސް ސިފާ ދެއްވާދޭވެ ޔާﷲ

  16. ޙސ

    ޔާﷲ މިކަ މުން އަޅަ މެނަށް އަވަސްސިފާ މިންވަރު ކުރައްވާދޭވެ އާ މީން