ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގިނަ އަދަދެއްގެ ގައިދީންނަށް މައާފު ދީފިއެވެ.
"ވަގުތު"އަށް ކަށަވަރު ވެފައިވާ ގޮތުގައި މައާފުދިން ގައިދީންނާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ވަރަށް އަވަހަށް ހާމަކުރާނެއެވެ. ނަމަވެސް މައާފު ދިން ގައިދީންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ.
ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ވެސް ފެނުމާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ގައިދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަލު ގޮޅިތައް ދޮވެ ސާފުކޮށްފައިވާއިރު އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާ އެއްވެސް ގައިދީއަކު އަދި ބަންދު މީހަކުވެސް ކޯޓަށް ހާޒިރު ކުރުން ވެސް އޮތީ މެދުކަނޑާލައިފައެވެ.
ކަރެކްޝަންސް އިން ވަނީ ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފައެވެ. އަދި އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަސަރެއް ފެނިއްޖެނަމަ، ބައްދަލުވުމުގެ ފުރުސަތު ނުދެއެވެ. އެގޮތަށް ބައްދަލުވުން ކެންސަލްވާ ފަރާތްތަކަށް އޭގެ ބަދަލުގައި ފޯން ކޯލުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމިއެވެ. އަދި އޭގެފަހުން ގައިދީންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އާއިލާތަކާއި ގުޅޭނެ އިންތިޒާމު ކަރެކްޝަނުން ހަމަޖެއްސިއެވެ.
ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ކަރެކްޝަނުން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އަޅާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާ ގުޅުންހުރި އެހެން އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހުއެވެ.
ތީ އަނެއްކާ އަނެއްކަންތައް!
ޔާނު ނުލާތި ތި ލިސްޓަށް.
ޢެއީ ބޮޑުވަގެއް! ޓެރަރިސްޓެއް! ނަމަނަމަ ދޫނުކުރާތި!
އާނ. އޭރުން އަނެއްކާ ވޯޓް އޮޅުވާލަން ޖެހޭނީ ދެން އޮތް އިންތިޚާބުގަވެސް ގަންނާ ކުރެއްވި ބިރުން
އާނ ތިއޮތީ އަނެއް ނޮހޮރޮއްޕާން ދެން ތިމީހުނައް މާފުކޮއްދޫކުރީމަ އަހަރެމެން ރައްޔަތުންނައް ބަލާވެރިކަންޖެހޭނީ މިރުސްގަހެއްވެސް އިންދާފަ ނުބެހެއްޓޭނެ ގަސް އުފުރާލައިގެންދާނީ ނުވިތާކައް ރޯނުގަ އަންނައުނުކޮޅުވެސް ގެންދަނީ ފިހާރަތައް ފަޅާލާ ރޯދަމަހު ދުވާލު ރޯދަނުހިފާ ކާނެބޯނެއެއްޗިހިނަގަނީ ތިމީހުންތިތިބިތާ ތިބިއްޔާ ވާނީ ކީއް
އަނެއްކާ 25ބުރި ޖު ދޮންބެ ހިމެނޭތެ؟
ޙެހެހެއެހެހެހެ ?????
ހަވާލު ނުވިއަސް ހަމަ ދޫކޮއްލީ.. މިފަދަ ހާލަތެއްގަ އިތުރު ބޮލުގެ ރިހުމަކަށްވީ..ޝުކުރިއްޔާ ރައީސް..
ސުބުހާނަﷲ ކިހެނެއްވާނެބާ ؟
އަނެއްކާ އަނެއްގޯސް ތިހެދީ!!!!!!!!
ގާނޫނުން ބޭރުގައި އުޅޭނެ ކަމުގެ ޓްރެކް ރެކޯޑު އޮތްބަޔަކު ރަށުތެރެޔަށް ދޫވީ.
އަހަރުމެން މިވީ ގޭގައިބަންދުގައި ހޭލާތިބެން!
ތީއަނެއްވަބާ ވަގުންނާހެދިނޮއޮންނާނެ ސަލާމަތެއްވެސް
މިއީ ވަކިމީހަކަށް ވަކިގޮތެއް ނުހަދާ ސަރުކާރޯ. ރައީސް ޔާމިނަށްވެސް މާފު ދެވެންޖެހެ.
ނުޖެހޭނެ! ނުވެސްދޭނަން! ހަމަ ކުޑަގޮޅީގަ ޔާގުންޑާ ބަހައްޓާނީ!
ޖަލު ހުސލކޮށްފަ ކަރަންޓީނުކުރާ ތަނަކަށް ހަދންވީ
ޔާ މީން ދޫކުރޭތަ
ޔާ މީން ދޫކުރޭތަ
ލާހިކެއްނެތް ދޫކު ރާކަށް?
ޖަލުން ދޫކޮއްލީ އެމްޑީޕީ އަށް ނިސްބަތްވާ މީހުންނޭ އެބަ ބުނޭ
އެއްކަލަ ސިޔާސި ވެއްޖެ.
??
ކަލޭމެން ހަނދާން ކުރާތި، ދޫވިޔަސް ތިބެންޖެހޭނީ ހަމަ ބަންދެއްގަކަން! އެއީ ގޭބަންދުގަ! ނަމަނަމަ ބޭރަށް ނުނިކުންނާތި! އަހަރުމެން ކުށެއް ނުކުރާ ޙާލުގައި ވެސް މިތިބީ، ގޭ ބަންދުގަ އެވެ. ކަލޭމެން ވެސް ބަސްއަހައިގެން ތިބެއްޗެވެ!
ރަނޅު ނިއްމެވުމެށް. އެކަމަކުން ވައްކަމާއި ޖަރީމާ ވ ގިނަވާނެ
ރ. ޔާމީން އަށް ކުޑަ ލުޔެއްވެސް ނުދިން ދޯ؟
އަނެއްކާ މީހުން މަރާފަތިބި މީހުން ދޫކޮށްނުލާތި.
އެންމެންގަނޑު ދޫކޮއްލާ. އޭރުން މުޖުތަމައު އަދި ނިކަން އަމާން ވާނެ މިއޮއް ފަދަ ދުވަސްވަރެއްގައި.
ތީ އިބޫގެ ރޭވުމެއް، ގައުމައް ޖެހުނު އެންމެ ބޮޑު ވަބާއަކީ އިބޫ
ސަރުކާރުން ތިކުރީ ވަރަށް ކަޑައަމަލމެއް. މީހުން މަރާ ވައްކަންކޮށް ބިރުދައްކާ މިކަމުގެ އަރާތިބި ނުލަފާ ކުށްވެރިން ނަށް މައާފް ދީގެން ނުވާނެ..ވަގުތީ ގޮތަށް ދޫކޮށް ލިޔަސް ކަޑަ..އެމީހުން ގެންދަންވީ ވަކި ރަށަކަށް...ތިކުރިކަމުގެ ނަތީޖާ ފެންނާނީ އާންމުންނަށް... މާރާމާރީ ތައް ވަރަށް ގިނަ ވާނެ.
ކޮން ކެޓަގަރީ އެއްގެ ބައެއް؟؟
ވަގުންނައް ނުދެއްޗޭ
ތީގެ ތެރޭގައި ބޮޑު ވަގުކަލޭގެ ޔާމީން ނުހިމެނޭނެ ކަމަށް އުންމީދުކުރަން.
ބޮޑު ވަގު ހުރީ ވެރިކަމުގަ. ދެން ހުރި މިނިކާވަގު ހުރީ މަޖިލީހުގަ. އެހެންވީމަ ރަނގަޅު މީހަކު ޖަލުން މިނިވަން ކުރެވޭކަށް ނެތް. ކުޑަކުދިންނާ ބެހޭ މީހުން އެކަނި މިނިވަން ކުރެވޭނީ ވަގުންގެ ސަރުކާރަށް.
ޔާމީންވެސް މިނިވަންކޮށްދެއްވާ. އޭރުން އިބޫއަށް އިދިކޮޅުގެ ލޯބި އޮހިގެން ދާނެ. ޔާމީން ޖަލުގައި ހުންނެވުމުން މި ދިވެހިރާއްޖެގެ އެތައް ބައެއް ހިތާމަ ކުރޭ. ހަމަ އެއެންމެންގެ ހިތައް އުފާވެރިކަން ލިބި ރައީސައް ޝުކުރު އަދާ ކުރާނެ. މި ދަނޑިވަޅުގައި ކުރަން ރަނގަޅު އަމަލަކަށް ވާނެ. ރައީސް އެކަން ކޮށްދެއްވާ.
އިދިކޮޅުގެ ލޯބި ލިބޭނެވަރު މިތާ ލިޔާ ކޮމެންޓުތަކުން އެނގޭ. އިދިކޮޅުގެ ލޯބި ނުލިބުނަސް ފުދޭނެ. އިންޝާ ﷲ.
ގެދޮރުގައި އަވަހަށް ބޮޑުތަޅު އަޅުވާ. ރަމަޟާންމަހަށް ތައްތާރުވޭ. ނޫސްވެރިންނޭ. އެވެނި މިވެނި ގެޔަކުން ވައްކަންކޮށްފިއޭ، އެވެނި މިވެނި އޮފީހަކުން ތިޖޫރީއެއް ފަޅާލައިފިޔޭ، އެވެނި މިވެނި ފިހާރަޔެއް ފަޅާލައިފިޔޭ ލިޔަން ތައްޔާރުވޭ.
ރައްޔިތުންނަށް މި ނިކަމެތިކަން އައިސްގެން އުޅޭތާ ދެ އަހަރަށްަ ލައިގެން މި އުޅެނީ..ކުފޫ ހަ މަނުވާ ސުންޕާއިން
މި ނިކަމެތިކަން އައިސްގެން އުޅޭތާ ދެ އަހަރަށްަ ލައިގެން މި އުޅެނީ.. ކުފޫ ހަމަނުވާ ސުންޕާއިން ވެރިކަމުގަ ތިބީ
ޖަލުގައި ހުރި ވަކިމީހަކަށް ވަކިގޮތެއްނުހަދާ ނަމަ ރައީސް ޔާމީނުވެސް މިވަގުތު ގެއަށް ބަދަލު ކުރަންޖެހޭނެ ، ތިޔަދޫކުރި މީހުން އެމަނިކުފާނަށްވުރެ ހުރިހާ ގޮތަކުންވެސް ނުރައްކާ ، މާގިނަކުށުގެ ރިކޯޑު ތިދޫކުރި މީހުންގެ އެބަހުރި އިބޫ މިވަގުތު ވެސް އިންސާފަށް ލޯބިކޮންބަލަ އިބޫ ވެސް މަރުވާނެކަން ހަނދާން ކޮށްބަލަ ....
އެއީ ބޮޑު ބާޢީލުތުފީ ދޫކުރަންވެގެން ޖަހާރޮކެޓެއް
ޒާތީ ކަމެއް ނުވާނަމަ ޔަގީން މިފަހަރު ރައީސް ޔާމީން ދޫކުރަންޖެހޭ މިހާލަތުގަވެސް ގައުމުގެ ކަންކަން ރޭވުންތެރިކަމާއި އެކު ރޭވުމަށް ރައީސްޔާމީން ގެ ވިސްނުންބޭނުންކުރަންޖެހޭ
ޔޫއެންގެ ގައިޑްލައިންގައި ވަނީ ސިޔާސީ ކުށްވެރިންނާއި އެހެނިހެން ކުއްވެރިން މިނިވަންކުރުމާއި އެކު އެކަމަކު މިދަނޑިވަޅުގައި މިމީހުން ނެރުމުން ވަންނާނީ ކޮންތާކަށްތޯ؟ ހާލުގައި ޖެހުންނޫން ގޮތެއް ނެތެެއްނޫންތޯ؟
ކިހާ ދެ ރަކަމެއް. މި ހަބަ ރާ ވިދިގެންވެސް ސިޔާސީ ކޮމެންޓު ހުސް.
?
ހަރުކަށި ފިކުރުގެ ނަމުގައި އެތައްް މުސްލިމުންނެއް ވަނީ ޖަލަށް ލެވިފައި. އެމީހުން ދޫކޮއްލާ. މުސްލިމުންގެ ބަދު ދުޢާ އަކީ ހީކުރާވަރައްވުރެ ނުރައްކާތެރި އެއްޗެއް.
ޥަގުން ވަގއް ވެރިކަން ހޯދި ރައްޔިތުންލީ ވޯޓް ވގައްނެގި ވަލިއްޔުލްއަމްރު ހުރީ ރޯނާ ގަންނުވާފަ
ކުދިންނޭ ހޭއަރާ ތިބޭތި މިހާރުމިއޮތީ ވާނެހައެތިވެ ނިމިފަ