އިސްލާމްދީން ހަތިޔާރަކަށް ބޭނުން ނުކުރުމަށާއި، ހުކުރު ޚުޠުބާ ސިޔާސީ ނުކުރަން ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުން ގޮވާލައިފިއެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތް ތަކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ހޫނުވެ، ޤާނޫނުގެ ވެރިކަން ނަގާލައި، ހަމަނުޖެހުމުގެ ތެެެރެއަށް މުޅި ދިވެހިރާއްޖެ ވެއްޓިފައިވާ މި ވަގުތުގައި، މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ރައީސް ޔާމީނަށާއި، އިސްލާމިކް މިނިސްޓްރީއަށާއި، މަދަނީ ޖަމުޢިއްޔާތަކަށާއި ދީނީ ޢިލްމުވެރީންނަށް އިޚްލާސްތެރިކަމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރާ ކަމަށެވެ.

ސަރުކާރުން ރާވާ ސިޔާސީ ޙަރަކާތްތަކުގައި އިސްލާމްދީނުގެ ޙައްޤުގައި ބައިވެރިވުމަށާއި ސަރުކާރުން އެދޭ ގޮތަށް ކަންކަން ކުރުވުމަށް މާތްވެގެންވާ އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާ ޙާސިލްކުރުމަށް އެތަށް ގޮތަކުން ކަންކަން ކުރަމުން އަންނަކަން ފާހަގަ ވާކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް ސަރުކާރުން އިންތިޒާމް ކުރާ ޙަރަކާތްތަކަށް މީހުން އައުމަށް ގޮވާލަމުން އަންނައިރު، އެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ދީނީ ވާޖިބެއް ކަމަށާއި އަދި ބައިވެރިނުވެއްޖެނަމަ ޤިޔާމަތް ދުވަހު ފާފަވެރިވާނެ ފަދަ ވާހަކަތަށް ފާޅުގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުން ގޮވާލަމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަމަށެވެ.

މި ބަޔާނުގައި ގުޅިފައިވާ ޕާޓީ ތަކުން ވަނީ ދީނީ ނަސޭޙަތްތަކާއި ހުކުރު ދުވަހުގެ ޚުޠުބާ އިންތިހާއަށް ސިޔާސީވެ، ވެރިންނާމެދު އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފް ވާހަކަތައް ފަތުރަމުން އަންނާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮއް މިިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ އުފެދުމަށް މެދުވެރިވެގެންދާނެ ކަމުގައި އެޕާޓީތަކުން ދެކޭ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މިފަދަ ކަންކަމުގައި ދީނީ ޢިލްމުވެރިން ބައިވެރިނުވުމަށާއި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތައް އާންމުންނަށް އޮޅުންފިލުވައިދެއްދުމަށް އެދި، ހުކުރު ޚުޠުބާއާއި ދީނީ ނަސޭޙަތް ދިނުން ޚަރާބުކުރުމުން ދުރުވުމަށާއި، މިސްކިތްތަކަކީ ސަރުކާރުގެ ސިޔާސީ ޖަގަހަތަކަކަށް ނުހެދުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފެއިލްޑް

    ބިރުވެސް ގަނޭ ދޯ

  2. އެހެންތޭ

    އިންޑިއާ މިހާތަނަށް ދުނިޔޭގަިއ ކުރި އެއްވެސް ހަނގުރާމަ އަކުން މޮޅުވެފައި އެބައޮތްތޭ. ނޫން ނެތް ދޯ. ދެން އެކޮއި އެހެންވީއިރުން މަމެން ހޭނެތިގެން ވެއްޓެނީއޭ އިނގޭތޭ މަމެން ހޭ އަރުވަން ފެން ތައްޓެއް މޫނަށް ޖަހާބަލަ އަވަހަށް މަމެން ހޭ އަރުވަން.

  3. ޑިމޮކްރަޓިސްޓް

    ހުތުބާއެއްނޫން ސިޔާސީ ވީކީ### އޭގަކީ ވެރިންނަށް ކިޔަމަންވުމާބެހޭގޮތުން ދީނުގަ އެކަން އޮތްގޮތުގެ ވާހަކަ### ކަލޭމެނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ### ފުރަތަމަ ކަލޭމެންގެ އަމިއްލަ ސިކުނޑިޔަށް ކަލޭމެނަށް އަމިއްލަ ބާރުފޯރުވޭނެ ގޮތެއް ވޭތޯ ހެޔޮއަމަލުކޮށް ދުއާކޮށްބަލަ### ތިތިބީ ކެނެރީގޭ ބުރާންތި ބުރޭންޑްގެ ބޮނޑިބަތް ކެވި އަތްފައި ބަނދެވިފަ###

  4. ރައްޔިތުން

    .ވިސްނާލަންވީ ނަޝީދުގެ ވެރިކަން ވަށްޓާލީ ބަޔަކު އެއަމިތައް ހުއްދަކުރިކަން މިހާރު އޭގެ އިދިކޮޅު.

  5. ޙަސަދަ

    މި ޤައުމުގަ ކިޔަމަން ގަންނަންޖެހޭ ވެރިއަކީ އިސްތިއުފަާދެއްވި އިސްލާމްދީނަށް ހަޖޫޖަހަމުންދާ ރައީސްތޯއެވެ. ނަޝީދުގެ ވެރިކަމުގަ ޑރ. މަޖީދު ވިދާލުވެފަވަނީ ވެރިމީހާއަށް ކިޔަމަންގަތުން ވާޖިބުކަމަށާއި ވެރިމީހާ އާއި ދެކޮޅަށް ބަޣާވާތްކުރާ މީހުންގެ ޙުކުމަކީ މެރުންކަމަށް.

  6. ނުރަބޯ

    ތިޔައީ ވެސް ކަލޭމެން ރީނދޫ ބާޣީންގެ ޖާހިލުކަން.

  7. އެހެންތޭ

    އިސްލާމް ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ބުނާ ނަމަ ތަމެން ދައްކާށޭ ޕްރޫފް އެކަމަށް. ފްރޫފް ދެއްކުމުންނޭ މަމެން ގަބޫލުކުރާނީ. ތަމެން ދައްކަގަ ޕްރޫފް..

  8. ޑާޑާޑާޑާ

    ހުކުރު ޚުތުބާ ބިއުޓިފުލް އެން އޯސަމް ކޮށް ލިޔެފައި އޮތުމުން އެކަމާއި އިންކާރު ކޮށް އެ ޚުތުބާ ނުކިޔަން އިމާމާ ދެކޮޅު ހެދުން އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ ދޯ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  9. ޕޮފުބާ

    ޚުތުބާއެއްނުވެ ސިޔާސީއެއް އިދިކޮޅަށް ވެރިކަންބޭނުންވެގެން ވާނުވާ ނޭންގެނީ މުސްތޮފާއަކީ ކުފުރުވާ ޖައްބާރެެއް އެނުލަފާޖާހިޖުމީހާ ކުފުރުގެ މަރަކުން މަރު ގަންނަވާންދޭވެ އާމީން

  10. ޙަމޭ

    ޢެހެންވެދޯ ކަލޭމެން ވެރިންނައް ބަދުދުއާ ކިރަން މިސްކިތް ކައިރި ތިބެނީ އެނުވޭތަ ސިޔާސީކަމަކައް.

  11. ބުނަންތަ

    ދީނުގެ ތެރެއިން ސިޔާސަތުވެސް އުފެދުނީ، ވީމާ ދީނަށް ވުރެއް ކުރިން ސިޔާސަތެއް ނުނިކުންނާނެ. ﷲ ދީން ފޮނުއްވީ ކަމެއްވެގެން. މީސްތަކުން އުޅެންވީގޮތް ބަޔާންކޮށްދެއްވުމަށް. ޢޭގައި ކުޑަމިނަސް، މެދުމިނަސް، ބޮޑުމިނަސް، ދީނުގައި ހިމެނޭ ކަންކަމީ އެއީ ދީން. ތިމާއަށް ދީނުގައި ހުންނަ ނުރުހޭ ކަން ކަން އެއްފަރާތްކޮއްލުމަކުން އެއީ ދީނުގެ ކަމެއް ނޫން ކަމުގައެއް ނުހެދޭނެ!

  12. ޜައްޔިތުން

    ބޮޑު ވަގު

  13. ޜައްޔިތުން

    ބޮޑު ވަގު ކޮބާ.....

  14. ބަސްއަހާތި

    އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށް ދީނުގެ މުއްލާ އަކު ބުނާނަމަ އެއީ ރަނގަޅު ވާހަކަ އެކޭ އަނިޔާވެރި ވެރިއެއް މިރާއްޖޭގައި ކަނާތަށް ނޭތި ވާތުން މިރާއްޖެ އިންޑިއާގެ ކޮރަޕްޓް ކުންފުނި ތަކަށް ވިއްކާލާ ކަޓް ކާލައިގެން މަޖްލީސް މެމްބަރުން ބްލެކް މެއިލް ކޮށްގެން އުޅުނޭ އެއީ އޭ އަނިޔާވެރި ވެރިންނަކީ އޭނާ ވަނީ ތިން އަހަރު ދުވަސް ތެރޭގައި މިގައުމުގެ ރައްޔިތުންނަށް ގައްދާރުވެ ފައި ބަތާހަރާމީ ދަހަރާމްކޯރު އުސޫލުން މިގައުމު ހިންގާފައޭ ނަމަވެސް މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ މިވަނީ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށް މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅާފައޭ. މީ އޯގާތެރި ތެދުވެރި މޫރިތި ވެރިންނަކީ. މިފަދަ ވެރިންނަކީ އެއީ ހާކިމާ އިން ނަކީ. ހާކިމާ އަންގާ ގޮތަށް ކިޔަމަން ވުމަކީ އެއީ ބޮޑުވެގެންވާ ނިއުމަތެކޭ ކުދިންނޭ.

  15. ދިވެއްސެއް

    ސިޔާސީ ކުރީ ކޮންބަޔެއްތޯ؟ ގައިމު ސަރުކާރަށް ތާއީދު ކުރާ އެއްވެސް ޕާޓީއަކުން ބަޔާނެއް ނުނެރޭ މިއަދު ހުތުބާގަ ދެއްކީ ރައީސް ޔާމިންގެ ވާހަކަ އެކޭ