މާލެ އިން އިތުރު ދިވެއްސަަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
މިއީ މިއަދު މިހާތަނަށް ރާއްޖެއަށް ކޮވިޑް-19 އަށް ފައްސިވި 17 ވަނަ މީހާއެވެ.
އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވިކަން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފައްސިވި މީހާއަކީ މީގެ ކުރިން އެ ބައްޔަށް ފައްސިވި 52ވަނަ މީހާ (އުލިގަމުން ފައްސިވި މީހާ) އާ ކޮންޓެކްޓްވި މީހެއް ކަމަށެވެ. މިއާއެކު މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.
އެޗްޕީއޭ އިން ވިދާޅުވީ، އެ މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Case: MAV084
Samples taken from a Maldivian national who was a Direct Contact of Case: MAV052 has tested POSITIVE for #COVID19.
This totals the number of confirmed cases in Male’ City to 64.
The person will be moved to an Isolation Facility. #StayHome #StaySafe
— Health Protection Agency (@HPA_MV) April 21, 2020
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދިވެހިންގެ އަދަދު ވަނީ 39 އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެއީ 45 މީހުންނެވެ.
މި މީހާ ފައްސިވުމާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 84 އަށް އަރާފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައެއް ނުވެއެވެ.
މާލެ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ކޮވިޑް-19 އަށް މީހުން ދަނީ ފައްސިވަމުންނެެވެ.
އަދި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދު ކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެެވެ. އެގޮތުން މިހާރު މާލެ ސިޓީ ފުރަބަންދު ކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައެެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓުވާފައިވާއިރު، ބަލީގެ އަލާމާތްތައް ފެންނަމުންދާ ރަށްތައް ދަނީ ކަރަންޓީން ކުރަމުންނެެވެ.
މާލެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 80 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސް އެވެ. އޭނާއަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ.
ކޮބާ ނަޝީދު މިހާލަތަ އް ގަ އުމު ވެ އްޓުނީ ސަރުކާރުގެ ހޮޅިވާހަކަ ތަކުން އެ އްވެސް އޮއޢްޓަރެ އް ނެތްބަ އެއ އް ވެރިކަމުގަ ތިބީ މިހާރު ޔަގީން ތީހަމަ ހޮޅިވާހަކަ ދަ އްކާ ބަ އެއ އް
ހިތުން މޮޅު ބަހެއް ތި ބުނެވުނީ!
އެބަޔަކު އަނެއްބަޔަކު ކުއްވެރިކުރަންވީ ވަޤުތެއްނޫން މިހާރުމީ..
ކަލޭ ތިހާ ހެޔޮވިސްނޭ އޮށްޓަރުހުރި މޮޅުމީހާ ކީވެތަ ވެރިކަމަށް ނޭރީ
ދެރަ ކަމެކެއްނުން އުލިގަމު މީހާ ދަތުރުކިމުރި ބޯޓުގަ އޭނާއާ ޑައިރެކްޓް ކޮންޓެކްޓުވި އެއްވެސް މީހެއްގެ ސާ މްޕަލް އަދި ނުނަގާ. ދެން ކިހިނެއް މިވަރުން ސަލާމަތް ވަނި..ރަށް ލޮކްޑައުން ކުރީމަ އެ ނިމުނިތަ. ވަގުތު ކުދިން އަހާލަދިބަލަ ކީއްވެތޯ ސާ މްޕަލް ނުނެގިގެން ތިއުޅެނީ
ކޮމެންޓްތަކުގެ ފޮންޓް ސައިޒް ބޮޑުކޮށް ދެއްވާ!
މިހާރު ކުރަން އުޅޭކަމަކީ ރިސޯޓް ތަކުުން މާލެ އައިސް ރަށަށް ނާދެވި މާލޭގަ ހާލުގަ ޖައްސާފަ ތިބި އައްޑޫ ސިޓީ ޢައް ނިސްބަށްވާ ކުދިން ތިބި ގެސްޓް ހައުސް އިންވެސް ބޭރު ކުރަން އުޅެނީ ފުލުހުން ބައިތިބަން ވެގެންނޭ ކިޔާފަ. ގެސްޓް ހައުސް ވެރިފަރާތުން ބުނީ ފުލުހުން އެންގިޔޭ ތަން ހުސްކުރަން
ވދެރަ
ކަލޭ ތިހާ ހެޔޮވިސްނޭ އޮށްޓަރުހުރި މޮޅުމީހާ ކީވެތަ ވެރިކަމަށް ނޭރީ
އަދި ވެސް ޝޮޕިން ކުރަން ދޭބަލަ ނަޝީދޫ އެހެން މީހުން ލޮކްޑައުން ކޮށްފަ އެއުޅެނީ ޝޮޕިންގަ އަހަރެންގެ ބޯހަލާކު.....?
ޒީރޯ ކޮބާހޭ؟ މިސުވާލު ކުރާނަން.