މާދަމާއަކީ މުލަ ރޯދައަށް ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ އޮންނާޏެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާދަމާ މުލަ ރޯދައަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާއެއް މާދަމާގެ ވެސް ހެނދުނު 11:00ގައި ބޭއްވުމަށް ގަސްދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއީ ރައްޔިތުންނަށް ދަތި ދުވަސްތަކެއް ކަމަށެވެ. މި ދަތި ދުވަސްތަކުގައި ރައްޔިތުންގެ މަންދޫބުން ރައްޔިތުންނާއި ދުރަށް ވަޑައިގެން ގޮސްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެންމެ ކުޑަ މިނުން މަޖިލީހުގެ ޖަލްސާތައް ބާއްވާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި އޮތީ ދަތި ދުވަސްތަކެއް. އެހެން ނަަމެވެސް އަޅުގަނޑުމެން އެންމެ އެކުގައި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެނަށް އަރައިގަނެވޭނެ،" މަޖިލިސް ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާނީ މިރޭއެވެ. ހަނދު ސާބިތު ކުރުމުގެ އިންތިޒާމު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ހަމަޖެހިފައިވާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ވަނީ ބުނެފިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑބިޔާ

    ހައްޖު ދުވަހެއް މުލަރޯދަ ދުވަހެއް ބަލާނެކަމެއްނެތް މަޖިލީސް ބާއްވަން ވާނެ. ކަމެއް ކުރެވޭ ތަނެއްނޫ ގައުމު ހަލާކު ކުރުން ނޫން ކަމެއް މިމީހުން ނުކުރެ.

    66
    • ބީރުމީހާ

      އަލޭ ހުޅުމާލޭ މެންބަރު ކޮބާތަ ހާލުވެސްބަލާލުމެއްނެއްތަ ރައްޔިތުްގެ

  2. ހުސޭނުބޭ

    އަހަރެމެނަށް އެނގޭ މާދަމާއަކީ މުލުރޯދަ ދުވަހަކަސް ކަލޭ ގަދަޔަށް ހެދުނު ސައިބޮއިގެން މަޖިލިސް ބާއްވާނެކަން!

    60
    2
  3. ތުގުވަ

    މައްސަލައެއްނޫން މެޖޯރިޓީ ރަށްޔިތުން ތިތަނަށް ވައްދާފަ ތިބީ އެމަސް ނާންނަ ކުދިން.

    54
  4. ޑެއިލް

    މަޖްލިސް ނުބޭއްވިގެން މީހަކު މަރުވަނީ. ޜޯދަ ހިފާބަޔަކަށްތާ މުހިއްމުވާނީ

    55
  5. ކޮތަރު

    މިއީ އަހަރެމެންގެ އާދަކާދައާ ޚިލާފު، ލާދީނީ ކަމެކެވެ.

    14
    • އުމަރު

      ކަލެޔަކައް ނޭގޭތަ މިއުޅެނީ ކަންތައްގަނޑެއް ޖެހިގެން ކަމެއް؟ ރޯދަމަހެއް އެހެން މަހެއް ނޯންނާނެ ރައްޔިތުން ހާލުގަ ޖެހުޏީމައެއް. މަޖިލީހައް ލާފަ އެތިބީ އެމަސައްކަތް ކުރަން

      • ކްރައިސިސް

        މިކަންތައް ގަނޑުގަ މަޖިލީހުން ކޮއްދިން ކަމެއް ބުނެބަލަ. ކުރީގެ ވީޑިއޯތަކެއް ހުންނާނެ މިއީ ނުރައްކާތެރި ކަމެއް ނޫނޭ ކިޔާފަ ފެލުނު މެންބަރުންގެ، ނަޝީދުވެސް ހިމެނޭ ގޮތުން

  6. ރަނާ

    ތިޔައުޅެނީ ކަލެއަށް މީހުން މިހާރު ސަމާލު ކަމެއް ނުދޭތީ މީހުންގެ ސަމާލު ކަން ހޯދަން ވެގެން ތިޔަ ކަން ހުއްޓާލާފަ ކޮވިޑް ކަންތަ ކކުގަ އެހީވާން ނު ކުމެ ބަލަ ހެޔޮނުވާނެ ކޮންޖަލްސާއެއް ބާއްވާ ކަށްތަ ތިޔަ އުޅެނީ

    15
  7. އެޑިޓް

    މަޖިލީސް ބާއްވަން ވާނެ..! ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު މެންދުރު ނަމާދަށްފަހު... އެހެންޏާ.. ދުނިޔޭގަ ލެއްވި ހުރިހާ ކޮހެއް އެކަކު ގޮވާއިރު ކިހާ ކޮހެއް ގޮވިފަ ހުންނާނެ..!
    ދެރައީ މިކޮސް ގޮވަން ފުރުސަތު ދިނީމަ...

    14
  8. ގިރި

    މީދެން ބޮޑުވަރު

    12
  9. އަހަރެން

    އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުންނަށް މުލަ ރޯދަ ދުވަސް ބަންދު ނުވާނެ. އަދި ރޯދަ ނުހިފާ މީހުންނަށް ވެސް މުލަރޯދަ ދުވަސް ބަންދު ނުވާނެ..

    15
  10. ލަދު

    މީނ;ާއަކަށް މުލަރޯދައެއް ނާންނާނެ