ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ދާއިރާގެ ހުރިހާ ގެޔަކަށް ރޯދަ ހަދިޔާ ބައްސަވައިފި އެވެ.

ރަމަޟާން މަހާއި ގުޅިގެން މެމްބަރު ނާޒިމްގެ ފަރާތުން އދ. ދަނގެތި ދާއިރާގެ ކޮންމެ ގޭބިސީއަކަށް، ރޯދަ ހަދިޔާއެއްގެ ގޮތުން ވަނީ ބިސް ކޭހަކާއި އަލުވި ބަސްތާއެއް ހަދިޔާކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން އެ ދާއިރާގެ ގިނަ ބަޔަކު ދަނީ ނާޒިމަށް ޝުކުރު އަދާކޮށް، ރޯދަމަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.

ނާޒިމްގެ އިތުރުން ވެސް ބައެއް މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ދާއިރާއަށް ރޯދަ ހަދިޔާ ބައްސަވާފައެވެ. ހަމައެހެންމެ ރާއްޖޭ ގިނަ ކައުންސިލްތަކުން ވެސް ވަނީ ރަށްރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަކެތި ބަހާފައެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމައެވެ. ހަނދު ސާބިތު ކުރުމުގެ ބައްދަލުވުން ރާއްޖޭގައި ބާއްވާފައި ވަނީ ރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މާމީ

    ނާޒިމް އަށް ހެޔޮރަޙްމަތް ލައްވާޝި، ތިކޮށްދެއްވި ސަދަގާތައް ބަނޑައްޖެހިފަ ތިބިދުވަސްވަރެއް މީ....????

    26
    1
  2. ބޮކި

    ކެންދޫ ދާއިރާގެ މެމްބަރު ކޮބާ؟ ހުރިހާ މެމްބަރުން އެމެމްބަރެއްގެ ދާއިރާއަށް ރޯދަ ހަދިޔާ ދޭއިރު ހަމަ އެ ކަނި ވޯޓް ހޯދަން ވީމަ ދޯ ދާއިރާގެ މީހުން ފެންނަނީ.

    11
    1
  3. ޯބޯޖަލީލު

    ކޮބައިބާ އަޅުގަނޑުމެންގެ ނަޒާހަތްތެރި މެންބަރު އަހުމަދު އަބުދުﷲ ނަޒާހަތްތެރި ކަމަށް ރޫ އަރާފާނެތީ އަތެއް ފަޔެއް ގުޑުވާވެސް ނުލަންތޯ ތިހުރީ ރޯދަމަސް ފެށޭ އިރުވެސް ....

    11
    1
  4. ާއައިންތު

    ތިކަހަލަ މެންބަރެއް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ ނަމަ ، ހާދަ ރަނގަޅުވީހެ!!!!

    4
    1
    • ާއަހުމަދު

      މިކހަލުގެ ވެރިއެއް ހުރިހާކުންފުންޏަކަށް ވެސް ލިބޭނެނަމަ ރަގަޅު

  5. މާވަށު

    ކޮބާ މާވަށު ދާއިރާގެ މެމްބަރު ސައީދު ރުފިޔާ ބަހައިގެން ހޮވުނެއްކަމަކު ދެވަނަ ދައުރަކައްވެސް ހޮވޭނީ ދާއިރާގެ ރައްޔިތުންނައް އަޅާލީމަ ދޯ. ވޯޓު ހޯދަންވީމަ ރައްޔިތުންފެންނަނީ.

  6. ާއަލީ

    މަޖިލިހަށް ރައްޔިތުން ހޮވުމަކީ 2އަނބަށް ޒުވާން ކުއްޖަކާ އިންނަން ލިބޭ ލައިސަންސެއް ނާޒިމް މެންކަހަލަ މިހެއްގެ އަތުގަ ނޫނީ ލާރިއެއް ނުހުންނާނެ...

  7. ވާނުވާ

    މާމިގިލި ދާއިރާގެ މެމްބަރު ކޮބ؟ ހުރިހާ މެމްބަރުން އެމެމްބަރެއްގެ ދާއިރާއަށް ރޯދަ ހަދިޔާ ދޭއިރު ހަމަ އެ ކަނި ވޯޓް ހޯދަން ވީމަ ދޯ ދާއިރާގެ މީހުން ފެންނަނީ.

    5REPLY

    4
    1
  8. Anonymous

    މިއޮތީ ހެޔޮލަފާ ސަރުކާރު. މަޖުލީހުގައިވެސް ތިބީ މުޅިންވެސް އެބައިގަނޑު. ރާއްޖެ ބަނޑަށް ޖެހުނުއިރުވެސް އެއްކުރި ފައިސާއިން ރޯފެންފޮދެއްވެސް ދާއިރާގެ ރައްޔިތުންނަށް ނުދީ ފިލައިގެން ތިބީ ހެޔޮފުޅުކަމުން. ވޯޓަށް ޖެހޭއިރަށް ގޮސް ރައްޔިތު މީހާ ގެ ކަށްގަނޑުގައި ދޫލާނެ.

    3
    1
  9. އެލެކްސް

    އަޅުގަނޑަކަށް ހަމަ ހިލާ އެކައުންޓުގައި ހުރި ލާރިކޮޅު މިދުވަސް ކޮޅު ހުސްކޮށެއް ނުލެވޭނެ ދޮެއްތޯ؟ ކަންކަން ވާނެ ގޮތް އަދި މުޅީންސާފުނުވަނީސް.

    އެހެންނޫނަސްދިވެހީންވަރަށް އަތްދިއްނުކުރާނެ.. އެއީ ޒަމާނުއްސުރެން ހަޑިކަމެއްގެ ގޮތުަގައި ދެވެހިދެކެނީ!

    އަޅުގަނޑަށް އިނގޭ ގޮތްހުސްވާބަޔަކު އެއްޗެހި ބަހާކަން..ނަމަވެސް ރައިޔަތުްން ބޭނުންވަނީ މިދުވަސް ދެކޭކަށް ނޫން.. އެމީހުންނަށް އެހެން ގޮތެއް ހޯދައި ދޭން އަބަދުވެސް އެދެނީ..!

    ނުވިތާކަށް އެކައުންޓް ހުސްކޮށްފައި ދެން އަހަރެންގެ އާއިލާ ބަލާނީވެސް ކާކުދޯ..އެހެވެ މިދެންނެވީ ތިކަމެއް ނެތޭވާކަށް.

  10. ހިތަދޫ ބޭރުމަތި

    ކޮބާހީވޭ ކަމެއް ހެން ކޮބާތަ އަޑޫސިޓީ އަށް ނިސްބަށްވާ މެންބަރުން އެމީހުންގެ ހިލަމެއްވެސް ނުވޭ ކޮވިޑް 19އައިފަހުން

  11. ގޫބެރާ

    ހިތަދޫ ބޭރުމާތެ މީހާ ކޮނޑަހުޅޅުން އަށްނެއްޓޭތިކޮށް ބާރަށް ދެެން އަށްޖަހައު. ޔޫމެން އަތުން ވޯޓް ގަތީޔޭ.

    2
    1
  12. ވިސްނާލުމަށް އެދެމޭ

    މިއީ އެއްމެ ނުރައްކާތެރި އަޅުވެތިކުރުވުން...އަތްމަތި ދަތިވެފަތިބޭ ރައްޔިތުންނަ ތިގޮތަށްދޭ އެތިކޮޅުގެ ސަބަބުން ހައްގު ބަސްބުނުމަށްވެސް ހައްގުހޯދުމަށް ތެދުވުމަށްވެސް ހުރަސްއެޅޭ..ގާސިމު މިހުރިހާދުވަހު އަތޮޅެއެއްކޮށް ހިސާރުކޮއްގެން މިއުޅުނީ ތިފަދަ ދީލަތިއެހީގެ ސަބަބުން..ނަތީޖާއަކީ އެއަތޮޅަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުވެގެން ތބެންޖުނީ. އޭރެއްގަ އޮންނަ ސަރުކާރެއްގެ ހެޔޮފުޅުކަމުން ކޮއްދިންކަމެ ލބޭނީ ނުދިނަސް ދީލަތިއެހީ ދޭމީހާގެ މޫނު ހަދާންކޮއްފަ އެއްމެން ހައްޕުކިޔަންޖެހެނީ...ނާޒިމު ދާއިރާގެ ރައްޔިތުންނަ ހަދިޔާދިނުމަކުން މައްސަލައެއްނެތް އެކަމަކު ހެޑްލައިނަށް އެރުން ރަގަޅެނޫން...

    2
    2
  13. ޚާރު

    ވ. ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލްވެސް ދާއިރާގެ މީހުންނަށް ބިސްކޭހަކާ ފިޔައާ ބެހި.

  14. ދިވެހިން

    ކޮބާއަހަރެމްނަށް ދެއްވާ އެހީ؟

    1
    1
  15. ސަލާމް

    ދެން ތިބީ ހުސް އަނގަބާ؟ ކޮންމެ ދުވަހަކު ޑްރާމާ ކުޜެން އަރާ ތިބޭނެ. ރައްޔިތުން މިތިބީ ރޯދަ ވީއްލާނެ ކަދުރުކޮޅެއްވެސް ނެތިފައި. އިސްލާމިކް މިނިސްތްރީގައި ސައުދީން ފޮނުވި ކަދުރުތައް ފުނި ޖެހިފަޔޯ. އެ ތަނުން ނަގަފައި ނަމަވެސް ނިކަން ގޭގެއަށް ކަދުރުކޮޅެއް ނަމަވެސް ފޮނުވާލަން ރަނގަޅުތާ. އަމިއްލަ ޖީބުން ޚަރަދު ނުކުރަނީ ވިއްޔާ

  16. ޙަނާ

    އަޅެ އަހަރެމެންގެ ދާއިރާއަށް ނާޒިމް ލިބުނު ނަމަދޯ. ހެޔޮ ރަޙްމަތް ލައްވާށި ނާޒިމް އަށް. ކޮބާހޭ މާލޭގެ މަޖްލިސް މެމްބްރުންތައް. ހަމަ ތިބީ ދޯ ލާރިގަނޑު ހުސްވެދާނެތީ.

  17. ފެލިދޫ ދާއިރާ

    އަޅުގަނޑުމެން ދާއިރާގެ މެންބަރުވެސް ކޮންމެ ގޭބީސީ އަކަށް ބިސް ކޭހެއް ފިޔާ ބައިބަސްތާ އަދި ކަދުރު ޕެކެޓް އެއް ހަދިޔާ ކުރައްވަފި.

    1
    1
  18. ހަރަސް

    މެންބަރުންގެ ނުފޫޒުން މިހެން ހެދީމަ އަހަރުމެންގެ ގަމުތެރޭ ފިހާރަތަކަށް އެސްޓީއޯއިން ޑެލިވާ ކުރަން ދަތިވަނީ!!!!!!!!!!!!!!!!!!!!!!!!!!!!!!

  19. ހިއްޗޭބޭ

    ދެން މާލޭ މެންބަރުން މިކަން ނުކުރިއްޔާ ލަދުގެކޮޅުން ލަދު. މާލޭ މެންބަރުން ލަދުން ލަދޯތް!!!!!! މާލެ އަނގަގަދަ މެންބަރުން. ދެތިންފަހަރު ބޭބެހިޔަނިން ހޮވޭ އެއްކަލަ ކުއްޖާ ކޮބައިތަ؟ މަންޖޭ ނުކެރޭނެތަ އަހަރުމެން ގެޔަށްވެސް މިކަހަލަ ހަދިޔާއެއް ފޮނުވާލާކަށް. ކޮބާތަ އިހައްދުވަހު ހޮވުނު ކުޑަކުޑަ ޒުވާން މެންބަރު. ކަލޮޔާ ނުފެނޭތަ؟؟؟؟؟

  20. މާންބެ

    ބިސްކޭހަކާއި ފިޔާބަސްތާއެއް ދިނީ. އަލުވި ބަސްތާއެއްނޫން؛

  21. ަަައ.ރ

    މަހިބަދޫ ދާއިރާގެ މެންބަރެއް ދުވަހަކުވެސް މިކަހަލަ އެހީތެރިކަމެއް ނުދޭ ވަރައް ދެރަ