ބަލީގެ އަލާމާތްތައް ހުންނަ މީހާގެ ޓެސްޓު ހެދުމަށް އެޗްޕީއޭގެ ބޭފުޅުންނަށް ނުދެވުނަސް، އަލާމާތް ފެންނަ ހިސާބުން ފެށިގެން އެ ބޭފުޅަކު އެކަހެރިވެ ހުންނެވުމަށް، ޑރ. އަލީ ލަޠީފް އިލްތިމާޞްކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް، މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.އަލީ ލަޠީފް ވިދާޅުވީ، މުޖުތަމަޢުތެރޭގައި މި ބަލި ފެތުރެން ފެށުމާއި އެކު، މި ބައްޔަށް ފައްސިވާ މީހުން މި ވަނީ އިތުރުވެފައި ކަމަށާއި، މި ހާލަތުގައި ހުރިހާ ބޭފުޅުންގެ ފަރާތުންވެސް އެއްބާރުލެއްވުން ބޭނުންވާ ކަމަށެވެ.

"ބަލީގެ އަލާމާތެއް ހުންނަ މީހަކު ޓެސްޓު ކުރަން ނުދެވިއްޖެއްޔާމު ވަރަށް މުޙިއްމު ކަމެއް، އެބޭފުޅަކު ނަގަންޖެހޭ ޕްރިކޯޝަންސްތައް ނެގުން. އޭގެ މާނައަކީ ވަކިން އެކަހެރިވެވެން އެ ގެއެއްގަ ހުރި މިންވަރަކުން އެކަހެރިވުން. އޭގެ އިތުރުން މާސްކުވެސް އަޅަންޖެހޭނެ. މާސްކު އެޅުމުގެ އެންމެ މުޙިއްމު ކަމަކީ، އެމީހެއްގެ ސަބަބުން އެހެން މީހަކަށް އެ ބަލި ފެތުރިގެން ނުދިއުން. އެހެންވީމަ، އަޅުގަނޑުމެންނަށް ޓެސްޓު ނުހެދުނަސް، ސިމްޓަމްސް އަންނަ ކަމަށްވަންޏާމު މާސްކު އަޅުއްވައިގެން އެކަހެރިވެގެން ހުރުމަކީ ވަރަށް މުޙިއްމު ކަމެއް." ޑރ ލަޠީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ ވިދާޅުވީ ބައްޔަށް ޓެސްޓު ކުރުމުގައި ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށާއި،ހައި ރިސްކު މީހުންގެ އަދަދު ގިނަވާ ވަރަކަށް އެމީހުންގެ ތެރެއިންވެސް އިސްކަން ދޭންޖެހޭ މީހުން ވަކިކުރަންޖެހޭނެ ކަމަށެވެ.

"ޓެސްޓު ހަދާއިރުވެސް އަޅުގަނޑުމެން ކޮންމެހެން ބަލަންޖެހޭ ކަންކަން ހުންނާނެ. އެހެންމެ މުޙިއްމު މީހުންނަށްތޯ ޓެސްޓު ހަދާނީ. އެހެންވީމަ މިހާރު އެންމެ މުޙިއްމު މީހުންނަށް ހުންނާނީ އަލާމާތްތައް ފެންނަން ހުރި މީހުން، ނޫނީ ހައި ރިސްކު މީހުން. އެކަމަކު އެ ނަމްބަރ، މިސާލަކަށް ހައި ރިސްކު މީހުންވެސް މާ ގިނަވާން ފަށައިފިކަމަށް ވަންޏާމު އަޅުގަނޑުމެން ޕްރިއޯރަޓައިޒް ކުރަން ޖެހިދާނޭ. އަދި އޭގެ އިތުރުން މިހާރު ރިސޯޓު ތަކުގަޔާއި، އެހެންތަންތާނގައި އަޅުގަނޑުމެން ކަރަންޓީނު ކޮށްފައި ތިބި މީހުން މާލެއަށް އަންނަ އިރު، މިހާރު އޮންނަ ޤަވާއިދުން ވިއްޔާމު އެބޭފުޅުންވެސް ޓެސްޓު ހަދާފަ ދޫކޮށްލާނީ. އެހެންވީމަ އެއަށްވެސް ފުދޭވަރަކަށް ޓެސްޓު ހެދިގެން ދާނެ." ޑރ. ލަޠީފް ވިދާޅުވިއެވެ.

ހަމައެހެންމެ، ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފުދޭވަރަކަށް ގިނަ ވަމުން، އަދި އޭގެ އިތުރުން ކޮންޓެކްޓްސް ވެސް ގިނަ ވަމުން ދަނީ، ޓެސްޓު ހަދާ މިންވަރު ގިނަ ކުރުމުން ކަމަށާއި، ކޮމިއުނިޓީ އުޅޭ މި ދަނޑިވަޅުގައި މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޑރ ލަޠީފް ވިދާޅުވިއެވެ އަދި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭތަނަކުން ބަލީގެ އަމާލާތް ހުރި މީހެއް ފާހަގަ ކުރެވިއްޖެ ނަމަ، މިހާރު އެޗްޕީއޭއިން ނިންމާފައިވަނީ އެ ތަންތަންނަށް ގޮސް އެ މީހުންގެ ޓެސްޓު ހެދުމަށްކަމަށްވެސް ޑރ ލަޠީފް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ނިންމާފައި މިއޮތީ ރިސްކު ބޮޑު ތަކެއް ކަމަށް ވަންޏާމު އެ ތަންތަނަށް ގޮސްގެން ޓެސްޓު ހަދަން. ހަމަ އެގޮތަށް ގިނަ އަދަދަށް ދިވެހިންވެސް އުޅޭތަން ފާހަގަ ކުރެވޭނަމަ އެ ތަންތަނަށްވެސް ގޮސްގެން ޓެސްޓު ހަދާނީ. ގިނަ މީހުން އުޅޭތަންތަނުން އެއްވެސް އަލާމާތެއް ހުންނަ މީހެއް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް އަޅުގަނޑުމެންށް ގުޅުއްވުން ވަރަށް ބޮޑަށް އެދެން. އޭރުން، ކަރަންޓީން ކުރަންވެއްޖެއްޔާ ކަރަންޓީނު ކުރެވޭނީ، ނޫނީ އައިސޮލޭޓް ކުރަންވިއްޔާ އައިސޮލޭޓް ކުރެވޭނީ." ޑރ ލަޠީފް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 137 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 68 ދިވެހިންނާއި، 69 ބިދޭސީންނެވެ. އަދި މީގެ ތެރެއިން 18 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދިވެހި ދަރިން

  މުޅިމާލެ ކަރަންޓީނަށް ދިއުމުގެ ކުރިން އަހަރުމެން ރަށަށް އަހަރުމެން ފޮޮނުވާ ދެއްވާ
  މާލޭގަ ހޯމް ކަރަންޓީނެއް ނުޖެއްސޭނެ
  ޜަށުގައި މިކަން ވާނެ މަގުތައް ހުރީ ފަހިކޮށްފަ

  • ދިވެހިން

   ތިރަށުގެ މަގުތައް ފުލާވެފަ ދިގުވީމަދޯ؟

 2. ދިވެހިން

  ސަރުކާރު ފެއިލްވީތޯ؟

 3. ލަދު

  އަތޮޅުތެރޭބޭފުޅުން އެބޭފުޅުންގެ ރަށަށް ބަދަލުވެވޭނެގޮތް ހައްދަވައިދެއްވާ އޭރުންވެސް ހޯމް ކަރަންޓީންވާން ފަސޭހަވާނެ. މާލެއަކު ހޯމް ކަރަންޓީން ވާން ދަތިވާ ނެ