ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
މިއާއެކު މިއަދު މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ. މިއީ 24 ގަޑިއިރު ތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ފަހުން ފައްސިވި މި 11 މީހުންގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝް 9 މީހަކާއި، އިންޑިއާ މީހަކާއި، އަދި ދިވެއްސެއް ކަމަށެވެ.
✳️ #COVID19 Latest Update:
An additional 11 cases (MAV0178 to MAV0188) of 9 Bangladeshis, 1 Indian, 1 Maldivian have been confirmed.
The individuals will be moved to an Isolation Facility. #StayHome #StaySafe
— Health Protection Agency (@HPA_MV) April 26, 2020
ރާއްޖެއިން މި ވައިރަސްއަށް ފައްސިިވި މީހުންގެ އަދަދު ވަނީ މިހާރު ވަނީ 188 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 76 ދިވެހިންނާއި 112 ބިދޭސީންނެވެ.
އަނެއްކާވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ މާލެއިންނެވެ.
އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އިތުރު ކޭސްތައް ދަނީ ފެންނަމުންނެވެ. އަދި ހއ. އުލިގަމުންނާއި، ށ. ނަރުދޫންވެސް ވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައެވެ. މި ދެރަށުން ވެސް މި ބައްޔަށް ފައްސިވެފައި ވަނީ ދިވެހިންނެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ދެން ރާއްޖެއިން މި ވައިރަސް ފެތުރިފައިވަނީ ރިސޯޓްތަކުގައެވެ.
ރާއްޖެއިން ކޮވިޑް-19ގެ ވޭދަނަ (ކޭސް) ތައް އިތުރުވަމުން އަންނާތީ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. އެގޮތުން މާލެ ސިޓީ މިހާރު އޮތީ ފުރަބަންދުކޮށްފައެެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް އަރާ ފޭބުން މަނާ ކޮށްފައިވާއިރު، ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލަން އަންގާފައެވެ.
ލޮކްޑައުން އުވާނުލާތި... އެންމެ ވައިރަހެއް މިބިމުގަ އިންދަވެސް... ވީއޯލް ގޮއިންޓު ޑައި...
ކޮވިޑު ފެތު ރެން ފެށިތަނުން ބޭ ރުގައުނުތަކުގެ ލޭބަ ރުން ރާއްޖޭން ފޮނުވާނުލުމުގެ ހިތިނަތީޖާ މިފެންންނީ.
މިމީހުން މިހާރު ޓެސްޓެއް ހަދައިފިއްޔާ ޕޮސިޓވް، ކުޅޭ ޑްރާމާއެއްހެންވެސްހީވޭ އެހެން ހީވަނީ ފަރުވާ ދޭންޖެހޭ އެއްވެސް މީހަކު ނެތޯ އެންމެންވެސް ޙާލު ރަނގަޅުކަމަށް މަބުރޫކު ބުނަނީ ދެން ކޮން ސީރިއަސް ގޮތްގަނޑެއް މިދައްކަނީ.
ފައްސިވެ، ނައްސިވެ، އައްސިވެ، ހައްސަވާނެ. އެންމެ ފަހުން ހުރިހާ ކަމެއް ބޮޑުވަރިހަމަ އާދައަކަށްވެދާނެ.
ފުލުހުންގެ ލެބްގަ މިވައިރަހަށް ޓެސްޓް ހަދަނީ ހޮސްޕިޓާތަކުގަ އެގާބިލުކަން ނެތުމުންތޯ ނުވަތަ ގިނަ ބަޔަކު ވައިރަހަށް ޓެސްޓް ކުރުން އަވަސް ވާނެހެން އިތުރު ވަސީލަތެއް ބޭނުން ވުމުންތޯ؟ ފަރުދުންގެ މެޑިކަލް ޓެސްޓް ހެދުމުގަ ކިހާވަރެއްގެ އިތުބާރެއް ފުލުސް ފޮރެންސިކް ލެބަށް ދެއްވާފަތޯ ތިއޮތީ؟
މިހިނދުން މިހިނދަށް ސަލާމަތީ ބާރުތަކުން ޤައުމުގެ ކަންކަމާއި ޙަވާލުވެ ވަޑައިގަންވަންވީއެވެ. ނިކަމެތި ރައްޔިތުންގެ ކަންކަމާއި ޙަވާލުވާނެ ވެރިޔަކު އިންތިޚާބު ކުރެވެންދެން އަމާނާތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ރައްޔިތުންގެ ކަންކަން ބެލެހެއްޓޭނީ ވެސް ސަލާމަތީ ބާރުތަކުގެ ބޭކަލުންނަށާއި ސަލާމަތީ ބާރުތަކުގެ ކަނބަލުންނަށް ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. މިޤައުމު ސަލާމަތުގެ އައްސޭރިއަށް ވާޞިލް ކުރައްވާނދޭވެ! ވަލްޙަމްދުލިﷲ.