ރާއްޖެއަށް އައިސްފައިވާ ތަރައްޤީއާއި ކުރިއެރުމުގައި ބިދޭސީންގެ ޙިއްސާ ބޮޑު ކަމަށާއި، އެހެންކަމުން ޙާލުގައި ޖެހޭ ދުވަހު، އެމީހުންނާއި ދޭތެރޭ އެހެން ގޮތަކަށް ޢަމަލު ކުރެވެން ނޯންނާނެ ކަމަށް، އެސިސްޓެންޓް ކޮމިިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.

ރާއްޖެެއިން މި ބަލި ޖެހިފައިވާ 214 މީހުންގެ ތެރެއިން 113 މީހުންނަކީ ބިދޭސީންނެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން ނަވީން ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭންސީންގެ ކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި، އެގޮތުން މިހާތަނަށް އައިއިރު، ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"ބިދޭސީންނަކީ ވަރަށް ގިނަ ދުވަސް ވަންދެން އަޅުގަނޑުމެންގެ ތެރޭގައި ތިބި ބައެއް. ހުރިހާ މަސައްކަތެއްވެސް ކުރަނީ ބިދޭސީން. އެމީހުން އެހީތެރިވެގެން އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވުނީ. ތަރައްޤީގެ ގޮތުންވެސް އަދި އުމްރާނީ ގޮތުން ވިޔަސް. ހާލުގަ ޖެހުނީމަ އެމީހުން ވަކި ބަޔަކަށް ވެފަ، އަޅުގަނޑުމެން ވަކި ބަޔަކަށް ވެގެން މިކަމެއް ނުކުރެވޭނެ." ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން ނަވީން ވިދާޅުވީ، ބިދޭސީން މަސައްކަތް ކުރަމުން އަންނަ ތަންތަން ކޮންޓެއިން ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އެގޮތުން ކަމާއި ގުޅޭ މުޢައްސަސާތަކާއި ގުޅިގެން، އެމީހުންނަށް ކެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސަމުން ގެންދަވާ ކަމަށެވެ.

"ބިދޭސީން ތިބި 18 ތަނެއް މިހާރު އެ ވަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުން މޮނިޓަރ ކުރަމުން މި ގެންދަނީ. ސަބަބަކީ މި ކޮންޓެއިން ކުރުމަށްޓަކައި 837 މީހުން އެތާނގަ އެބަ ހިމެނޭ . އަދި އޭގެތެރެއިން އަޅުގަނޑުމެން އެމްއާރުސީ އާއި ގުޅިގެން، އެމީހުންނަށް ކާބޯތަކެއްޗާއި އެއްޗެހި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މި ދަނީ ކުރަމުން. އަދި އޭގެއިތުރުން 5334 ފަރާތެއް އެބަ އުޅޭ، ޕާރުސަލް ގެނެސްގެން ކައިގެން އުޅޭ ފަރާތްތައް. އެ ފަރާތްތަކަށްވެސް ޑެލިވަރީ މި ކުރަނީ ހަމަ ބަންގުލަދޭޝް މީހުން. ދެން އަޅުގަނޑުމެންގެ ވޯކްފޯސްގައިވެސް ހިމެނެނީ ބަންގުލަދޭޝް މީހުން، އެފަރާތްތަކުގެ ހާލަތުވެސް އަޅުގަނޑުމެން ބަލަމުން މި ދަނީ." ނަވީން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 214 ށް އަރާފައިވާއިރު، މިއަދަކީ މިހާތަނަށް ރާއްޖެ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  ރާއްޖެއަށް އައިސްފައިވާ ތަރައްޤީއާއި ކުރިއެރުމުގައި ބިދޭސީންގެ ޙިއްސާ ބޮޑު ކަމަށާއި، އެހެންކަމުން ޙާލުގައި ޖެހޭ ދުވަހު، އެމީހުންނާއި ދޭތެރޭ އެހެން ގޮތަކަށް ޢަމަލު ކުރެވެން ނޯންނާނެ ކަމަށް، އެސިސްޓެންޓް ކޮމިިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ. ---

  ދިވެހިރައްޔިތުންނާއި ދިވެހިޤައުމުގެ ޢުމްރާނީ ތަރައްޤީއަށް މަސައްކަތްކޮށްދެއްވި ޚިދްމަތްތެރިންނާއި މަސައްކަތްތެރިން ތަފާތު ކުރެއްވުމެއްނެތި އެންމެންގެ ޙައްޤުގައި ތިޔަކުރައްވާ ހިތްމަތާއި މިންނަތަށް ސާބަހޭ! ނަވީން ސަރ އަށް ސެލިއުޓް ކުރަމެވެ. އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

 2. ޚާލިދު

  ޙައިރާންވެ ޖެބަލަ ގަވާދާ ހިލާފަށް އުޅުނަސް އޯކޭ . ޢެހެންވިއްޔާ ދިވެހި މީހާކޭއްވެ ބާކީކޮށްލަނީ .ކަލޯ ހީކުރަނީ އަހަރެމެންނަކީ ކަނޑު ކޮހުން ކަމަށްތަ . ޙުރިހާ ފައިސާައެއް ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ސަލާމަތް ކުރުމަތް ހަރަދު ކޮށްފާ އަހަރެމެން ދިވެހިންނަށް ކަމެއްދިމާވުމުން ހަރަދު ކުރާނޭ ކަލޯއަތުންތަ.ވަމުންދާ ގޮތާ ކަންކުރަމުން ދާގޮތް މައްދިވެހިން މިތިބީ ލޯހުޅުވައިގެން .ދޮގުހެދުމުގާވެސް ހައްދެއް އޮންނާނެ.

  10
  2
 3. ޢަޝަރީ

  ތިވާހަކަ މުޅިން ރަނގަޅެއް ނޫން. މީގެ 3 ރެއެއް ކުރިން އަޅުގަނޑު ފުލުސް އޮފީސް އަށް ގުޅިން. މާފަންނުގަ ހުންނަ ގެޔަކަށް ބިދޭސީ އަކުވަދެގެން ނުނިކުމެގެން. ޢޭނަ އެދުނީ އެގޭގަި އޮންނަ ހުސްތަންކޮޅެއްގަ އޭނަ ބާއްވަދިނުމަށް. ޢަޅުގަނޑެން އޭނަކައިރީ ބުނިން. މިހާލަތުގަ ތީމަނާ ކަމެކެ. ގޭގެޔަށް ވަދެ މަގުމަތީ އުޅުމަކީ . މީކުޑަކުދިން އުޅޭގެޔެކޭ ލަސްނުކޮށް އަވަހަށް ދާށެ. ފުލުސް އޮފީހުން ފުރަތަމަ ބުނީ ތީ ޖެންޑަ މިނިސްޓްރީގެ ކަމެކޭ. 2 ފަހަރަކު ގުޅީމަ ފުލުހުން އެގެޔަށް އައިސް ބުނީ ތިކަމުގަ ތިމަންނަމެނަށް ކޮށްދެވޭނެ ކަމެއް ނެތޭ. މިހާރު ޖާގަ އެއްވެސް ނެތޭ ކިޔައިފަ އެބޭފުޅުން ދިޔައީ. ބޭރުމީހާ ނިސްބަތްވާ އެމްބަސީ ނަމްބަރަކާ ވެސް ގުޅިން އެތަނުން ތިކަމާ އެބައުޅެމޭ ކިޔައިފަ ހަބަރެއްނުވި. ޢެއްމެފަހުން އެތައް ވާހަކަ އެއް ދައްކައި އާދޭސް ކޮށް ހެދީމަ ޢޭނަ ނުކުމެގެން ދިޔަަައީ.

 4. ާއަސަރ