ހއ. އަތޮޅު ހޮސްޕިޓަލުގައި އާ ތިން ހިދުމަތެއް ތައާރަފްކޮށްފިއެވެ.

ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތައާރަފްކޮށްފައި ވަނީ، ދަތުގެ ފަރުވާ އާއި ތައިރޮއިޑް ޓެސްޓު ކުރުމުގެ އިތުރުން ޑިޖިޓަލް އެކްސްރޭ ނެގުމުގެ ހިދުމަތެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން މި ހިދުމަތްތައް ތައާރަފްކޮށްދިނީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މި ތިން ހިދުމަތް ވެސް ފަށާފައި ވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށެވެ.

އިއްޔެ ތައާރަފްކުރި އެ ހިދުމަތްތަކާއެކު އެ އަތޮޅުގެ ގިނަ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ ކުރިން އެ ހިދުމަތްތައް ހޯދަން އެ އަތޮޅު މީހުން ދާން ޖެހެނީ ހދ. ކުޅުދުއްފުއްޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބައިތަ، ނިދި ނައިސްގެން އުޅޭ އިދިކޮޅު މީހުންތަށް، ފެނޭނުދޯ ......ދެންވެސް ހަމަ ހިމޭނުންތިބޭ....

  2. ކޮބައި ހެލްތް މިނިސްޓަރ އަބްދުﷲ ހުޅުވާދިން އައި.ސީ.ޔޫ މިތަނުގާ އެޑު މެޓްކޮފައި ވަނީ ކޮންބައެއްތޯ ؟؟ ބުޅާތަ ކުކުޅުތަ ؟؟އިންސާނުއްތަ؟؟ ދެންތިވަރައް ދެބޯގެރިނުދުއްވާ ވޯޓް ދެހާސްއަށާރަ ؟؟ އަވާމެންދުރު؟؟ ކޮންމެރައީސަކުވެސް ތަރައްގީކުރަނީ މާލެ ސިއްހީގޮތުންވެސް އުމުރާނީގޮތުންވެސް ފުލެޓްވެސް މާލޭގެ ގެދޮރު ހުރިމީހުންނައް ވެރިކަމަންވޯޓްލާ މާލޭމީހުބުނާ ފަސްކުލަދުމަދު ރާއްޖެތެމީހުންނައް މިފަހަރު ތިކަންދައްކާނަން ފަސްކުޅަދުމަތުތޯ ރާޖެތެރޭގެ ރައްޔަތުން ވިސްނާތި ދެހާސްއަށާރަ ބުރުބުރުއަޅުވާލާތި؟؟