ރާއްޖެއިން ކޮޮވިޑް-19 އަށް ފައްސިވި މީހުންނާއި، ކެބިނެޓް ބައެއް ވަޒީރުންނާއި ބައްދަލުވި ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަލީ ވަހީދު ވިދާޅުވީ، ފަސްޓް ޑައިރެކްޓް ކޮންޓެކްޓާއި ގުޅިގެން މިވަގުތު ބައެއް ވަޒީރުންވެސް އައިސޮލޭޝަންގައި އެބަ ތިބި ކަމަށެވެ.
"ހަމަ މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކުރަން ޖެހިފައި، އަޅުގަނޑުމެން ތަރުތީބުވެފައި ވާނީ މިކަމުގައި އަޅުގަނޑުމެން އެންމެން ޑްރޮޕްވެގެން ނުދާހެން ބަހާލައިގެން". އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ޑިފެންސް މިނިސްޓަރ މާރީއާ ދީދީ، ހޯމް މިނިސްޓަރ އިމްރާން، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން، ޕްލޭނިންގ މިނިސްޓަރ އަސްލަމްގެ އިތުރުން، އޭނާވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން މި ތަނުގައި ނުކުމެ ތިބި މީހުންނަކީ ކޮންމެ ވަގުތެއްގައިވެސް މި ބަލީގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހިނގައިދާނެ މީހުންނޭ". އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަކު ނެތް ނަމަ، އަނެކަކު ހުންނާނެ ކަމަށާއި، ވަޒީރުންގެ މަޖިލީހާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ސަރުކާރު ތަރުތީބުކޮށްފައިވާ ކަމަށެވެ. އަދި އެކަން ތަރުތީބުކޮށްފައި ވަނީ މި ހާލަތު ކޮންމެ ނުރައްކާ ހާލަތަކަށް ދިޔަ ކަމުގައިވިޔަސް މެނޭޖް ކުރެވޭނެ ގޮތަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިހާރު ފޭސް ވަމުން ދަނީ މީގެ ފޭސް 2، އެއީ މީގެ އެންމެ ނުރައްކާތެރި ހާލަތް، އިރާދަކުރެއްވިއްޔާ މި ހާލަތުން އަރައިގަނެވި، އަޅުގަނޑުމެން މަސައްކަތް ކުރާނީ މީގެ ރިކަވަރީ ހާލަތުގައި، އެއީ ތިން ވަނަ ފޭސްއަށް"، އަލީ ވަހީދު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 214 މީހެކެވެ. އޭގެ ތެރެއިން 18 މީހަކު ވަނީ ބަލިން ޝިފާ ލިބިފައެވެ.
އަލީވަހީދުތަ މި މައުލޫމާތު ހާމަކުރަން ޖެހެނީ؟ ކީއްވެ މަބުރޫކުމެން މިކަން ހިނގިއިރު މިވާހަކަ ނުދައްކާ އެތިބީ؟ މިކަހަލަ ސުވާލެއް މީހަކު ކުރިޔަސް ސޯޝަލް މީޑިޔާ ސުވާލެއް ވީމަ ޖަވާބެއް ނުލިބޭނެ! މިމީހުންގެ ޖަރީމާ ފޮރުވަން ހަދާފަ ހުންނަ ގަވައިދުމީ!
ތޮއްޑޫ ކަރާބަނޑަށް ބައިސާކެނޑުންނޫނީ ކުރެވޭނެކަމެއް ނޯންނާނެ.
ތިޔަ މީހުން އާދައިގެ ހެދުމަކު ނުނިކުންނާނެ،މީހުން ތެރެއަކަށްވެސް ނުނިކުންނާނެ .
ތިޔަ ޖެހެންޔާ ޖެހުން އެންމެ ރަނގަޅު ބަޔަކީ އެއީ..
އެއްވެސް މީހަކާ ނުޖެހުނިއްޔާ އަދި މާ ރަނގަޅު...
ހެދިކާ މިނިސްޓަރު އަމީނާޔާ
އިބޫގެ ބޯއީ ބަބުރޫކާ
އެންޓަނާ މިނިސްޓަރު ކަރަޔާ
ޖެހުނިއްޔާ މަށައް ވަރަށް ހެވޭނެ، އެއީ ހަގީގަތުގަ ރައުޖެ މިހާލަތައް ކޮއްޕާލި މޭސްތިރިންނަކީ
އެހެން މީހުންނަށް ޖެހެން އެދޭއިރު، ކަލެއަށް ވެސް ޖެހިދާނެ ކަމާއިމެދު ވިސްނާލީމު ހެއްޔެވެ؟
ވަރައްބަރާބަރު ވާހަކައެއް
ޔާމީން ޖަލުން ނެރިފައި އޭނައާއި ހަވާލުކޮށްބަލަ ތިތަން އެންމެން ގޭގައި މަޑުކޮށްލާފައި. އިފެކްޓިވްކޮށް ތިކަން ކުރާގޮތް ދައްކާލަދޭނެ.
ޔާމީނު ބަނޑު މުސާރައަށް ކޮރޯނާ ވައިރަސްއާ ބައްދާގެން ވައިރަސް މަރާލާނެތޯ..އެހެން ކަމަށްވާނަމަ ލަސް ކުރާނެ ކަމެއްނެތް. ޔާމީން ނެރެންވީ ރާއްޖެ އިން ވައިރަސް ބަލިކޮށްފަ ދެން އެމެރިކާ އާއި އެހެނިހެން ގައިމުތަކަށް ވެސް ހަމަ ފޮނުވަންވީ
އަނެއްފެންކަރާ ފަޅާލަނީ ބިރުކުދޑަ
ހެހެހޭ.. ނިކަމެތިންނައް ޖެހޭ ހާލު މިފަހަރު ތިޔަ ހިތުން ސާހީ ބައިގަނޑައް އެނގޭނެ...
ކީއްތަވީ އާން މުރައްޔިތުންގެ ފުރާނައިގެ އަގު ދަށީތަ؟
ފަސްޓްލޭޑީ އާ ބައްދަލުވީ ކޮން މިނިސްޓަރުންނެއް؟
ފޮނި ނުކަނޑާ 6ޑޮލަރަށް ލިބޭ ޓެސްޓް ކިޓް ނުގެނެވިގެން ތިއުޅޭ ސަބަބު ކިޔާދީބަލަ.
ކުރެވޭ ކަންތައްތަކަށް ވުރެއް ގަދަ ބަސް ބުނާ މީހެއް..ހީވަނީ ސިޔާސީ ޕޯޑިއަމް އަކަށް އެރުވިފަ ހުންނަހެން..
ރައްޔިތުންގެ މާލިއްޔާ ލޫޓްވާލައިފި. ވެރިން ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ޤާނޫނުތައް މުގުރާ ރައްޔިތުންނަށް ވައިރަސް ޖައްސައި ރައްޔިތުން މަރަށް ތެޅެން ދޫކޮށްލައިފި. އެމްޑީޕީގެ ސަރުކާރު ފޭލްވެއްޖެ. ދެފަހަރަށް ރައްޔިތުންގެ ފަރާތުން ވެރިކަން ޙަވާލުކުރީމާވެސް ފޭލްވީ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަލާމަތީ ބާރުތަކުގެ ބޭފުޅުން ވިސްނާވަޑައިގަންނަވާށެވެ! މިއީ ތިޔަބޭކަލުންނާއި ކަނބަލުންގެ ވެސް ޤައުމެވެ. މިޤައުމުގެ ކަންކަން މިވަނީ ބޮއްސުންލާފައެވެ. ރައްޔިތުންނަށް މިވަނީ އޮޅުވާލާފައެވެ! ފްލޯޓިން ހޮސްޕިޓަލާއި 4000 މީހުންގެ ވެންޓިލޭޓަރާއި ފެސިލިޓީ ކޮބައިތޯއެވެ؟ އަދި 200 މީހުންނަށް ވެސް ފަރުވާދޭން ޖެހިފައިނުވާއިރު ވިސްނަވާށެވެ!
މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް:-
1- ޖަލުގައި ތިއްބެވި އެންމެހާ ޤައިދީން ޝަރުޠުކޮށްފައި ނަމަވެސް މިވަގުތަށް ދޫކޮށްލުން. (މިގޮތަށް ކަންތައް ނުކޮށްފިނަމަ، ޖަލުތަކުގައި އެތައް ބަޔަކު މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެގެންދާނެއެވެ.)
2- ޤައުމުގެ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު އަޅުއްވާ ޤައުމުގެ ކަންކަމާއި މިވަގުތަށް ޙަވާލުވެ ވަޑައިގެން މިޞްރުގައި ހިންގައިދިޔަ ކަންތަކުން ޢިބްރަތް ޙާޞިލް ކުރެއްވުން.
3- ޤައުމުގެ ބޯޑަރު ބަންދުކުރަން އެދި ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ޞިއްޙީ ޚިދްމަތްތެރިންނާއި ނޫސްވެރިންނާއި ޢާއްމު ރައްޔިތުން ގޮވަމުން ދިޔަ ގޮވެލިފަތި އަޑުނާއްސަވާ ބީރުކަންފަތެއް ދެއްވި ވެރިންގެ މައްޗަށް އަވަސް ފިޔަވަޅު އަޅުއްވާ ޖިނާއީ ތަޙްޤީޤު ހިންގަވާ ޤާނޫނުގެ ޙުކޫމަތު ޤާއިމް ކޮށްދެއްވުން.
4- ރައްޔިތުން ގޮވައިގެން މިއަޑިގަނޑުން އަރައިގަނެވޭފަދަ ވެރިޔަކާއި ދައުލަތް ޙަވާލު ކުރެއްވެންދެން ސަލާމަތީ ބާރުތަކުން ދައުލަތުގެ އެންމެހާ ކަންކަން ނިކަމެތި ރައްޔިތުންގެ މައްޗަށް އަމާނާތްތެރިކަމާއެކު ހިންގަވާ ބެލެހެއްޓެވުން.
(މިކަން ސަލާމަތީ ބާރުތަކުގެ ބޭފުޅުން މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި އެއްގޮތަށް ގެންދެވިދާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެހެނީ، ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޤަދަރު ޒަމާނުއްސުރެ އޮންނާތީއެވެ.)
މިގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ނުގޮސްފިނަމަ، މިހާރު ތިބި ބޮޑުންނާއި ހަނގުބޭކަލުން ބައްލަވަމުން ގެންދަވާނީ ދައުލަތުގެ މާލިއްޔަތު ދިރުވާލައްވާފައިވެސް މިޤައުމުން އެހެންތަނަކަށް ހިޖްރަ ކުރެވޭތޯއެވެ. އެއްވެސް ވެރިއަކު މިހާރު ޒިންމާ އުފުލާކަށް ބޭނުންމެއް ނުވެއެވެ. އެންމެންވެސް އެތިބީ ފިލައިގެން ރައްކާވެވޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ.
ވަޒީރުންނާ ބައްދަލުވާނެއެއްނޫންހޭ! ބޮޑުންގެ މީހުން މާލެތެރެއަށް ދޫކޮށްގެންނޭނޫންތަ މިފެތުރުނީ މާލެތެރެއަށް
ބޮޑު ސިއްރު
ބުޅާ ގޯނިން ނުކުންނަނީ. މީ ލައްކަ ވާހަކަ
އަނެއްކާ އެގިރާސި ވިލާތުން މީހުން ގެނާސް މާލެތެރެއަށް ދޫކޮށްލިހެން ވަޒީރުން އެމީހުންނާއި ބައްދަލްކޮށް މުޅިމާލެތެރެއަށް ނޫސްކޮންފަރެނސް ދޭންފެށީމަ ވަރަށް ރީތިވާނެ ދެެން ޓިސޫބޮޑިން ބޯޅަކުޅުއްވަވާ
މިތާންގާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައެހެންމީހުންނަށް ޖެހޭ ވާހަކަ ދައްކާ މީހުންނަށް ބުނެލަން އޮތީ ފައިސާފައިސާ ޖަލުގައި އޮތީމަޔޭ އެސޮ ރު ސަލާމަތުން އެއޮތީ
ހައްތާވެސް ޖަރީމާ. ތިއިން އެނގެނީ މި ސަރުކާރުގެ އިސް މީހުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފަށް ބޭއްވި ޕާޓީގައި އުޅުނުކަން. އެ ޕާޓީއަށް ދިޔަ ބޮޑުންނާ ވަޒީރުންނާ ބައްދަލުވާކަން. އެ ޕާޓީ ބޭއްވި މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރަން ޕްރޮސިކިއުޓަރ ޖެނެރަލަށް ނުކެރިގެން އުޅެނީ ތިހެންވެގެންކަން.
އެއްކަލަ ޅަކުއްޖާ ފެށީދޯ، ބޮޑެތިކަރާފަޅަން މިސޮރަށް އެގޭނީ.
މިބީތާއިންގެ ކަމަކީ އިންތިހާ އައް ދޮގުހެދުމާއި މަކަރާއި ހީލަތުން ރައްޔިތުންހެ ޚަޒާންދާރު ފައިސާކައި ހުސް ކުރުން
މީ ކާކުތަ ބޭކާރު އަނގަތަޅަން.