ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އޮތީ "ހަނގުރާމައިގެ ހާލަތެއް" ކަމަށާއި ހަނގުރާމަ ކުރަނީ ވައިރަހާ ދެކޮޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ "ބަހާރު މޫސުމެއް" ނޫން ކަމަށާއި ރައްޔިތުންނަށް ދިމާވެފައި އޮތީ ދަތި ހާލަތެއް ކަމަށެވެ. އެހެންވީމަ، މި ހާލަތުގައި ނެގޭނެ އެންމެ ރަނގަޅު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ކަންކަން އިސްލާހު ކުރުމުގައި ކުރަން ޖެހޭ ކަންކަން ކުރަމުން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތީ ނުރައްކާތެރި ހާލަތެއް ކަން ސިފަ ކުރައްވައި އަލީ ވަހީދު ވިދާޅުވީ މި ހާލަތުން އަރައިގަނެ، ފަތުރުވެރިކަން ފެށުމަށް ކުރަން ޖެހޭ ގްރައުންޑް މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިވަގުތު އަމާޒު ހުރީ ސިއްހީ ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"ނަމަވެސް މި ހާލަތް ނިމި، ފޭސް ތިނެއް، އެއީ ރިކަވަރީގެ ފޭސް. އެ ފޭސްގައި ރާއްޖެ އަށް އެންމެ ފުރަތަމަ އޮން އެރައިވަލް ވިސާ ދޫކުރާނެ ގޮތްތަކާއި އަދި އެންމެ ފުރަތަމަ ފަތުރުވެރިން ރައްކާތެރިކަމާ އެކީގައި ގެންނާނީ ކިހިނެއް ކަމާއި ބޭނުން ކުރާނީ ކޮން އެއާޕޯޓުތަކެއް ކަމާއި އެއާޕޯޓުގައި ހުންނާނީ ކޮން މިންގަނޑުތަކެއް ކަމާއި ސަރުކާރުން ކުރަމުންދާ ވާހަކަ މި ފުރުސަތުގައި ދަންނަވާލަން،" ރާއްޖޭގެ ހާލަތު އޮތީ ފޭސް ދޭއްގައި ކަން ފާހަގަ ކުރައްވައި އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަޝިޕްގެ ދަށުން ސަރުކާރާއި ތަންފީޒީ އިދާރާތަކުގެ މަސައްކަތުން މި ބަލިން ރާއްޖެ ރައްކާތެރިކޮށް، ކޮންމެ ކަހަލަ ފާޑު ކިޔުމެއް އައި ކަމުގައިވިޔަސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
"ދިވެހިންނާއި ބިދޭސީންގެ ހައްގުތައް ރައްކާތެރިކުރުން މަތީގައި އަޅުގަނޑުމެން މިކަމުގައި ދެމިތިބޭނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ހުރިހާ ރައްޔިތުން ވެސް މިވަގުތު ތިބެންވީ ޕޮޒިޓިވްކޮށެވެ. އަދި ރާއްޖެ އޮތް ހާލަތަކީ "މުގު ރިހައެއްގައި 24 ގަޑިއިރު" ހޭދަކުރަން ޖެހޭ ހާލަތެއް ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. ރާއްޖޭގައި އޮތީ ބައެއް ރައްޔިތުން މަރުގެ ތުންފަތް މައްޗަށް ހުށަހެޅޭ ފަދަ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން، އެމީހުންގެ އަނބިދަރިންނާ ވަކިވެގެން ހިނގައިދާނެ ހާލަތެއް މިއޮތީ ދިމާވެފައި. އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުން އެމީހުންގެ އާއިލާތަކާ ވަކިން ތިން ހަފްތާއަށް ވުރެ ގިނަ ދުވަސްވީ ތިޔަބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެންމެންގެ ރައްކާތެރިކަމަށްޓަކައި (މަސައްކަތް ކުރާތާ،" ދޮޅު ގަޑިއިރެއްހާ އިރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މިއަދު އޮތީ "ވައިޓް ބްރެޑް" ގެ ބަދަލުގައި "ބްރައުން ބެޑް" ނުލިބިގެން އުޅެންވާ ހާލަތެއް ނޫނެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ކެތްތެރިކަމާއި އިހްސާންތެރިކަން އިސްކޮށްފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިކަމުގައި ކޮންމެ މީހަކު އިސްކަން ދޭންވީ މިކަމުން ސަލާމަތްވާން ކަމަށް ވިދާޅުވިއެވެ.
"މާމަމެން ކާފަމެން ޒަމާނުގައި އަޅުގަނޑުމެން ހަނދާންވޭ ސިގެއްލާގެ ވާހަކަ. ކޮރެލާގެ ވާހަކަ ރާއްޖެއަށް އައި ހަނދާން. މިހާރު މި ބޭނުން ކުރާ ވިލިވަރަކީ ކުރިން މީހުން މަރުވެގެން ދިޔަ ރަށެއް. އަޅުގަނޑުމެން ޖީލަށް މިކަން އައީމަ، ކޮންމެ މީހަކު މަސައްކަތް ކުރަންވީ އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި، އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ. މިކަމުގައި ހިތްވަރުކޮށް މިކަމުގައި މަސައްކަތް ކުރަން ތިބި މީހުންނާ އެކީގައި އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި މަސައްކަތް ކުރަންވީ." ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރަން ކުރަން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރައްވައި އަލީ ވަހީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މާލިއްޔާ ލޫޓްވާލައިފި. ވެރިން ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ޤާނޫނުތައް މުގުރާ ރައްޔިތުންނަށް ވައިރަސް ޖައްސައި ރައްޔިތުން މަރަށް ތެޅެން ދޫކޮށްލައިފި. އެމްޑީޕީގެ ސަރުކާރު ފޭލްވެއްޖެ. ދެފަހަރަށް ރައްޔިތުންގެ ފަރާތުން ވެރިކަން ޙަވާލުކުރީމާވެސް ފޭލްވީ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަލާމަތީ ބާރުތަކުގެ ބޭފުޅުން ވިސްނާވަޑައިގަންނަވާށެވެ! މިއީ ތިޔަބޭކަލުންނާއި ކަނބަލުންގެ ވެސް ޤައުމެވެ. މިޤައުމުގެ ކަންކަން މިވަނީ ބޮއްސުންލާފައެވެ. ރައްޔިތުންނަށް މިވަނީ އޮޅުވާލާފައެވެ! ފްލޯޓިން ހޮސްޕިޓަލާއި 4000 މީހުންގެ ވެންޓިލޭޓަރާއި ފެސިލިޓީ ކޮބައިތޯއެވެ؟ އަދި 200 މީހުންނަށް ވެސް ފަރުވާދޭން ޖެހިފައިނުވާއިރު ވިސްނަވާށެވެ!
މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް:-
1- ޖަލުގައި ތިއްބެވި އެންމެހާ ޤައިދީން ޝަރުޠުކޮށްފައި ނަމަވެސް މިވަގުތަށް ދޫކޮށްލުން. (މިގޮތަށް ކަންތައް ނުކޮށްފިނަމަ، ޖަލުތަކުގައި އެތައް ބަޔަކު މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެގެންދާނެއެވެ.)
2- ޤައުމުގެ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު އަޅުއްވާ ޤައުމުގެ ކަންކަމާއި މިވަގުތަށް ޙަވާލުވެ ވަޑައިގެން މިޞްރުގައި ހިންގައިދިޔަ ކަންތަކުން ޢިބްރަތް ޙާޞިލް ކުރެއްވުން.
3- ޤައުމުގެ ބޯޑަރު ބަންދުކުރަން އެދި ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ޞިއްޙީ ޚިދްމަތްތެރިންނާއި ނޫސްވެރިންނާއި ޢާއްމު ރައްޔިތުން ގޮވަމުން ދިޔަ ގޮވެލިފަތި އަޑުނާއްސަވާ ބީރުކަންފަތެއް ދެއްވި ވެރިންގެ މައްޗަށް އަވަސް ފިޔަވަޅު އަޅުއްވާ ޖިނާއީ ތަޙްޤީޤު ހިންގަވާ ޤާނޫނުގެ ޙުކޫމަތު ޤާއިމް ކޮށްދެއްވުން.
4- ރައްޔިތުން ގޮވައިގެން މިއަޑިގަނޑުން އަރައިގަނެވޭފަދަ ވެރިޔަކާއި ދައުލަތް ޙަވާލު ކުރެއްވެންދެން ސަލާމަތީ ބާރުތަކުން ދައުލަތުގެ އެންމެހާ ކަންކަން ނިކަމެތި ރައްޔިތުންގެ މައްޗަށް އަމާނާތްތެރިކަމާއެކު ހިންގަވާ ބެލެހެއްޓެވުން.
(މިކަން ސަލާމަތީ ބާރުތަކުގެ ބޭފުޅުން މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި އެއްގޮތަށް ގެންދެވިދާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެހެނީ، ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޤަދަރު ޒަމާނުއްސުރެ އޮންނާތީއެވެ.)
މިގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ނުގޮސްފިނަމަ، މިހާރު ތިބި ބޮޑުންނާއި ހަނގުބޭކަލުން ބައްލަވަމުން ގެންދަވާނީ ދައުލަތުގެ މާލިއްޔަތު ދިރުވާލައްވާފައިވެސް މިޤައުމުން އެހެންތަނަކަށް ހިޖްރަ ކުރެވޭތޯއެވެ. އެއްވެސް ވެރިއަކު މިހާރު ޒިންމާ އުފުލާކަށް ބޭނުންމެއް ނުވެއެވެ. އެންމެންވެސް އެތިބީ ފިލައިގެން ރައްކާވެވޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ.
ފުރަތަމަ ސަރުތަކަށްވެސް ޔާމިން ދޫކޮށްލަން... އަމިއްލަ އެދުންހަމަ ބޮޑީ...
ތިހާ ދިގުކޮށް ކޮމެންޓް ނުކޮށްބަލަ
މޮޅުވާހަކަ ދައްކާނެ ކަމެއްނެތް ގައުމުލޫޓުވުން އޮތީކަލޭނަށް ހާޒާނާ ދިރުވާ ހުސްކޮއްފި
ވަގުކަލޭގެމެން އަރާ މޮޅުވާހަކަ މިދައްކަނީ!! ތިމާއަށް ލިބެނީ ކޯޗެއްތޯ ކޮން ކަޓެއްތޯ ބަލާނުލާ އެއްކަމެއްވެސް ކަލޭމެން ކުރަމުން ގިސްފައިނުވާކަމުގެ ނަތީޖާ މިފެންނަނީ!! މިގައުމުގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ކަންތައްތައް ހަމަމަގަތް އަޅުވަން ވަޢުދުވަމުން ކަލޭމެން ސަރުކާރާ ޙަވާލުވީ!! ކޮބާ އެވަޢުދު؟ މިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މުޅިން މިއުޅެނީ ބަންގަލަދޭޝް މީހުން ގަވާޢިދާ ޚިލާފަށް!! ކަލޭމެންގެ ދޮޅު އަހަރުތެތޭ ކޮންކަމެއް ކުރެވުނީ މިކަން ހަމަމަގަށް އަޅުވަން!! ބޮޑު އުނދަގުލަކަށް މިގައުމަށްވެއްޖެ މިކަން! ކަލޭމެންކަހަކަ ކަޓުނަގާ މަދު ބައެއްގެ ސަބަބުނއ މިގައުމު މިހަލާކުވަނީ! ހިއުމަންޓްރެފިކިންގްގެ އަމަލު މިހިންގަނީ މިރާއްޖޭގައި ބަންގްލަދޭޝް މީހުން އިންޕޯޓްކޮށްގެން!! އެތެރެކުރާ ކޮންމެ މީހެއްގެ އަތުން ހާހުން ޑޮލަރު ނަގާ ބަޔަކު ނަގާފަ މީހާ މާލެތެރެއަށް ނުވަތަ ރާއްޖޭގެ ކޮންމެވެސް ރަށަކަށް ދޫކޮށްލަނީ!! މޯލްޑިވިއަނުން ހަބޭހަށް ކުޑަ އަގުގައި ބަންގާޅީން އުފުލަމުން މިއަންނަނީ!! މިއޮތީވާކަމެއް! ބަންގްލަދޭޝް މީހުން މިރާއްޖެއަށް އެތެރެކޮށްގެން މިލިއަނުން ބަޔަކު އެބަނަގާ!! އޭގެތެރޭ ދިވެހިންނާ އަދި ދިވެހިންނާ ގުޅިގެން ބަންގަލަދޭޝް މީހުން މަސައްކަތް އެބަކުރޭ!! ރާއްޖޭގައި ހުންނަ ބަންގާޅު އެންބަސީގެ ދައުރުވެސް ކުޑަކަމަކަށް ނުދެންނެވޭނެ! ނެޓްވޯކަކުން މިޖަރީމާ މިހިންގަނީ!! ދެން ގައުމު ދަވާލަނީ އަނެއްބަޔަކު!! ބަދަލު ދީގެންނާ ދަށުންދަމާ ކުޅެގެން!! އެހެން ގައުމެއްނަމަ ވަގުތުން ދަންޖައްސާކަހަކަ ޢަމަލުވެސް ހިންގާލެއް މަދެއްނޫން މިމީހުން!! ގަައުުގެ ރައްޔިތުން މަޑު މަޑުން ގޭގައި ތިބެގެން މިހިންގާ ޖަރީމާތައް ހަމަމަގަށް ނޭޅޭނެ!! ނިކުމެ ޙައްގަށް ބަސްބުނެ އިހުތިޖާޖު ކުރަންޖެހޭ ފުޅާ ދާއިރާއެއްގައި!!
"ހަރުކަށި" ވާންޖެހޭ ތަންތާން ގައި ވެރި އަކަށް ހުރި މީހާ "މަޑުކަށި" ވީމާ ދެން ކުރާނީ ކީއް ތޯ ؟ މީހަކު ރުޅި އަންނަ ދަރަޖަ އަށް ސަރުކާރު ގެ ކަންތައް މިހާރު ހިނގައްޖެ ! ޑަބް.ލިޔު.އެޗް.އޯ އިން ބުނަނީ، "ޓެސްޓް، ޓެސްޓް، ޓެސްޓް". މިކަން ސަރުކާރުން ނުކުރާ ސަބަބު އަލީ ވަހީދު ބުނެދީ ބަލަ ؟؟؟ އަޅުގަނޑަކީ ޔާމިނަށް ތާޢީދު ކުރާ މީހެއް ނޫން. ނަމަވެސް، ވަރަށް ކެރިގެން މިބުނަނީ ޔާމިނު ހުންނެވި ނަމަ ތިލަދުންމަތިން ފެށިގެން އައްޑޫ އާއި ހަމަ އަށް މިހާރު އޮތީހީ ތިޔަ ބުނާ ޓެސްޓެއް ކޮށް ނިންމާލާފައި ! އިބޫ އަށް ނުވަންޏާ ރައްޔިތުން ގެ ފުރާނަ އަށް (ދެން އޮތް ދުވަސް ތަކުގައި ވެސް) ގެއްލުން ނުދީ، ގޭ ގައި މަޑުކުރެއް ވިޔަސް މިހާރަށް ވުރެ ރައްޔިތުންނަށް ފައިދާ ބޮޑު ވާނެ !!!
ވަގުން ދަޅާއަރާއިފި.
އަލީވަހީދު މިއީތިމާ ހަމަބިންމައްޗަށް ތި ރިވެނިކަމެތިވެ ﷲމަތިންހަނދާންކޮށް ގަދަފަދަ ބަސްތަކަކުން ކު ރާނެއެއްވެސް ފައިދާއެއްނެއް އިންސާނާއަކީއަބަދުވެސް ނިކަމެތިމަހުލޫގެއްކަން ހަދާންބަހަޓާﷲއަށް ބި ރުވެތިވޭ ތިމާވެސް ތެދުވެ ރި އިހުލާސްތެ ރި ކަންމަތީހު ރެވޭތޯބަލާ ހަށިގަނޑުންބޮޑަސް ކުޑަކުޑަ ފަނިކުސާއަކަށް ވު ރެންވެސްބަލިކަށި މަހުލޫގެކަން ހަދާންކު ރާތި
ލަދުހަޔާތެއް ނެތްބައެއް ، ރާއްޖެ ލޮކްޑައުން ނުކުރާނޭ ބަޑަށް ނުޖެހޭނެޔޭ ކިޔާފަ ތިޖޫރި ފޫދުއްވާލާފަ ތިބީ ގަސްބުޑަށް ތިރިވެފަ އަނެއްކާ މަޖިލީހުން ރުފިޔާ ޗާޕްކުރަން ހުއްދަދިނީމަ ނުކުމެ ތިބުނަނީ މިތިބީ ނުކުމެ އޭ ޚިދުމަތްކުރާށޭ ، ފޮލޯޓިން ހޮސްޕިޓަލް ވާހަކައިން ސުވާލު ކުރީމަ ތިހެންޖަވާބު ތިދިނީ ތިހީކުރީ ޗެނަލް13 އަށް ނޫނޭ ތިޖަވާބް ތިދިނީ ތިޖަވާބް ތިދިނީ ރައްޔިތުންނަށް މަލާމާތް ކޮށް ފުރައްސާރަކުރީ. 3މަސް ވެއްޖެ ތައްޔާރުވާތާ ކަމެއްދިމާވިއިރު ތިބި ގަސްބުޑަށް ތިރިވެފަ.
އަހުރެމެން މިތިބީ ލާދީނީ ބައިގަނޑާއި ދެކޮޅަށް ދުޢާ ކުރުމުގެ ހަނގުރާމައިގަ އަހުރެމެން ދެ ގޮތުން ކުރެ އެއް ގޮތްވަން ދެކަށް ތިބޭނީ ދުޢާ ކުރުމުގަ ކަލޭމެން ލާދީނީ ބައިގަނޑުގެ ބޮޑު “ ހާލި “ ޔޫ ކޭ އިން މީހުން ގެނެސް މާލެ ތެރެއަށް ދޫކޮށް މާލެ އާއި މުޅި ރާއްޖެ އަށް ބިރުވެރިކަން ބޮޑު ކުރީ
ގައުމުގެ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުން އަމިއްލަ ފައިދާ އާއި އަމިއްލަ ގާތްތިމާގެ މީހުން ޓެސްޓް ކޮށް ޓެސްޓް ކުރަން ގެންގުޅޭ ކިޓްތައް ހުސްކޮށްފި، އިތުރަށް ބަލި ޖެހިދާނެތީ އެ މީހުން ސަލާމަތް ކުރަން މިހާރު ދޮގު ހަދައިގެން ހަބަރުތައް އެ ފަތުރަނީ. ކުރިންވެސް ސަރުކާރުގެ ބޮޑުން ބޭނުން ބަޔަކު ރާއްޖެއިން ބޭރުން ގެނެސް ވަގުތުން ގެއަށް ފޮނުވައިގެން ޕާޓީ ބޭއްވީ، މިހާރު މި ފެންނަނީ އެ ޕާޓީގެ ތެރެއިން މާލެތެރެއަށް ފަތުރައިގެން އުޅޭ ކަންތައް. އާންމުންގެ އެތައް ބަޔަކު މި ޖެހެނީ އެހެން ބަޔެއްގެ އިހްމާލުން ހިގައިގެން އުޅޭ ކަމަކަށް ފަރުދީ ޒިންމާއޭ ކިޔައިގެން އެ މީހަކު ހުރި ތަނެއްގައި އާއިލާ މީހުންނާ ދުރުގަ ހުންނަން..... މި ކަހަލަ ސަރުކާރެއް ބޭނުމެއް ނޫން........!!!!
ނޫނޭ ހަގުރާމަކުރާކަށްނުޖެހޭނެ، މިއީ އެހާބޮޑުކަމެއްނޫނޭ ރީދޫމަޖިލިސްބުނީ، އަދި ކަލޯބުނީ ތައްޔާރޯ، އިބޫބުނީ ރައްޔިތުންނަށް ވާނެގޮތެއްވާށޯ ތިމަންނާމިހުރީ.އެކަމު މިއަދު ފެނުނު އިބޫގެ ގަޑުވަރުގެ ރޯދަވިލުުގެ ފޮޓޯ ސޯސަލްމީޑިއާއިން. މުޅިމޭޒުގައޮތީ އިސްރާފަށް ކާންހަދާފަ އަދި ބައިވަރުމީހުނާއެކު އެކަމު އަހަރުމެނަށް މިއުޅެނީ ކަރަންޓާއި ފެންބިލްވެސް ސަރުކާރުން ކުޑަނުކޮށް
ހަނގުރާމެ ކުރުމަކީ ކޮބާތޯ! އެމެރިކާ ރައީސްގެ ބަހުރުވަ ކޮޕީ ކުރެއްވީތޯ މޮޅު ކޮށްލަން!
ޢަލީ ވަޙީދުއަށް ސުވާލެއް ދަންނަވައިލަންއޮތީ.
މިއީ ﷲ ފޮނުއްވެވި މުޞީބާތެއް. ﷲގެ ޙަޟު ރަތައް ޢަލީ ވަޙީދަށް ހަނގު ރާމަ ކު ރެއްވިދާނެތޯ؟
މިކަމުގައި އޮތީ އަޅުކަމާއި، ތަޤުވާވެ ރިކަން. ދުޢާޔާއި ﷲއަށް ދަންނަވައި ތައުބާވުން.
މުސްލިމުން މި ވަނީ ޣާފިލްކަމުގެ ޖަނގައްޔެއްގައި.
ކޮންހޮރަކުން މިސޮރު ނެރުނީ؟
ކަލޭ އަދިވެސް މޮޅުވާހަކަ ދައްކަ މީގެ ކުރިން ދެއްކި މޮޅުވާހަކަތަކުގެ ނަތީޖާ މިފެންނަނީ މުޅި ޤައުމު އަނދަވަޅަކަށް ވައްތާލާފައި އަދިވެސް ލަދެއްހަޔާތެއްނެތެއްނު މީޑިޔާގަ ރައްޔިތުން ކުރިމަތީ މޮޅުވާހަކަދައްކަން މުޅި ޤައުމު ބަނގުރޫޓުކޮށްލައިފި އަދިވެސް ތިވަރުން ނުފުދިގެންތަ ތި އުޅެނީ ލިބުނު ބޮނޑިވަރު މަދުވީތަ؟
ފުލޯޓިން ހޮސްޕިޓަލެއްގެކާރީ މަޑިއެއްލަން ތިބިބަޔަކު ދޫކުރި ހިބަރުވަދެއްގަ ޖެހިފަތިހުއްނެވީ ޖެހުނީމާވާގޮތް ފޮނުއެރުވިއަސް ނަގަނީ ބަޑިއެރުވިއަސް ނަގާނީ ފުމުނަސްނަގާނީ ތެޅުނުވަރަކައްވާނީ ބަލި މީކުޑަ އުއިކޮޅެއްގަ ޖެހުނީމަވީވަރު
އައްޔާ ކަލޯ...ހާދަ ވަ ރުގަދަ ބަސްތަކެއް ތި ކިޔަނީ..ހާސްވަނީތަ އައްޔާ..ހައްހައއް
ﷲ ގެކިބައައް ބި ރުވެތިވާންދަސްކު ރޭ މީހަކިތަންމެ ފަލަވެފަ ހުއްޓަކަސް ބި ރުވެތިވޭ
މިއަދު ތިޔަވާހަކަ ދައްކަން ލަދުވެތި ވާންޖެހޭނޭ މިގައުމުގެ ޑޮކްތަރުން ލަފާދިން މައިދޮރޯށިދައް ބަންދުކޮއް މީހުން ބޭރުން ނާރުވާން އެކަމަކު ބީރު ކަންފަތެއްދީ ޑޮކްތާރުންނައް ގޮންޖަހާފައި ތިބީ އަދި ނުވީތާ އިނގިރޭސި ވިލާތުގައައި ތިބިމީހުންވެސް ގެނައިސް ދޫކޮއް މަސްދަތުރާއި ޕާޓީ ބައްވާ ހިތުހުރި ގޮތަކައް ދޫކޮއްލީ ގައުމުތަކުން ފުލައިޓްތައް ގުރައުނޑް ކުރީމާ ދެން ގޮތެއް ނެތިގެން މައި ދޮރޯށި ބަންދު ކުރީ ބަންދު ކުރި ފަހުންވެސް ޕިލިޕީނުންނާއި އެތަން މިތާތިބި މީހުންގެނައިއީ މީގެ ތެރޭންވެސް އެބަލި ފެނިފައި އޮތީ ސުންނަތައް ގޮންޖަހާފައި ކަންތައް ކުރުމުގެ ހިތި ނަތީޖާ
ކިއްލި ތަޅަން ވީނުންތޯ!
ރައްޔިތުންނަށް މި ކަންތައްތައް ޖެއްސުމުގެ މޭސްތިރިޔަކީ ކަލޭ، ކަލޭގެ ބަހަށް އެއަރޕޯޓް ބަންދުނުކުރީ!
މޮޔަނު ގޮވާ ކަލޯ! މީ މާތްﷲ މިދުނިޔޭގެ މީސް ތަކުން ނަށް ކުރިމަތި ކުރެއްވެވި ބޮޑު އިމްތިހާނެތް މުސީބާތެތް ކަމަށް ވީއިރު ކަލޯ އަށް ކުރެވޭނީ ކޮން ހަނގުރާ މައެއް!؟ އީމާން ވެ ތައުބާވެ ބިރުވެތި ވާހާލު ދުއާކުރުން ނޫން ގޮތެއް އެބައޮތް ތޯ ! ޢަހަރެމެން ނަކީ މާތްﷲ މަށިން ހެއް ދެވި އަޅުން ތަކެއް ކަން ހަންދުމަ ނުކުރަނީތޯ!
ބަލަ އަލީވަޙީދޫ. މަނިކުފާނުގެ ޕާޓީގެ މަޖުލީހުގެ މެޑިކަލް އެކްސްޕާޓް މެންބަރުން އަންގަނީ މިއުޅެނީ ހަނގުރާމައިގެ ހާލަތރެއް އައިސްގެން ނޫން ކަމަށް މިއީ އެހާ އެހާ ބޮޑުކަމެއް ނޫންކަމަށް. ދެން މަނިކުފާނު މިހާރު ކީކޭތޯ ތިޔަކިޔަނީ.
ކަލޯ އިސްތިއުފާ ދީފަ ގޭގަ ހުރެބަލަ ފޮނި އަނގަ ނުތަޅާ
ގައުމު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލީ އަލީވަހީދު ކޮވިދު ފެތުރެން ފެށީމައި މައދޮރާށި ބަންދުކުރާށޭ ރައްޔިތުން އާދޭސްކުރިއިރު ވެސް ގޮތްދޫނުކުރި ތޫރިޒަމުން ގިނަރުފިޔާ ހޯދަން ފައިވިއްދައިގެންހުރީ ، ގައުމުގައި ބަލިފެތުރުނީ ދޮރާށި ބަންދުނުކޮށް ހޯދި ރުފިޔާގެ 100 ގުނަ މިހާރު މިބަލިމަޑުކަމުގައި ހަރަދުވީ ރައްޔިތުންގެ ދުވަސްދިޔައީ ގައުމު ފުނޑުނީ ރައީސް މީހާޔާ ކެބިނެޓު އިސްފަސްވެފަ ކުރިން ކުރަންޖެހޭ ކަންތަށް ފަހުން ކުރަނީ ކަންތަށް ތަކެއް އެބަކުރޭ ރަނގަލަށް އޮންޓައިމްގައި އެއްވެސް ކަމެއްނުކުރެވޭ ...
އަލީ ވަހީދު މިއަދު ލަދެއް ނުގަނޭތޯ ރައްޔިތުން ކުރިމަތީ ޕްރެސްއަށް އަރަން. މިއޮންހާދުވަހު ދެއްކިވާހަކަވެސް އަޑުއެހީމޭ! މީދުނިޔެ ހުސްވީކީ ނޫނޭ ރާއްޖެ ފުރަބަންދެއް ނުވާނޭ! އިޤުތިސާދެއް ނުހުއްޓޭނޭ! ވޯސްޓްކޭސް ސިނާރިއޯ އަށް މިތިބީ ތައްޔާރަށޭ! މިއަދު އަރާ ރައްޔިތުންނަށް ތިދިނީ ހަޔަކުން ހަތަކަށް! ކޮބާހޭ ލަދު! އިސްތިއުފާ ދެއްވާ