މަސްތުވާތަކެތީގެ މައްސަލައެއްގައި ނޫސްވެރިއަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ނޫސްވެރިއާގެ އިތުރުން އިތުރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ފެރީއަކުން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން އޮޕަރޭޝަންތަކެއް ކުރިއަށްގެންދަން ފަށާފައިވާއިރު ދާދިފަހުން ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ވެސް އަތުލައިގެންފައެވެ.

މި ނެޓްވޯކް ފުލުހުން އަތުލައިގެންފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު މާލެ އާއި ރ.އިނގުރައިދޫގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންތަކެއްގައެވެ. ފުލުހުން ވަނީ އެ ނެޓްވޯކުގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު