މާލެ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު ޑރ.އިބްރާހިމް ނާޝިދު (ނާޝް) ބައިވެރިވަމުން ދާތީ ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފަހަކަށް އައިސް މާލޭ ކައުންސިލަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ގިނަވެ، މީޑިއާ އާއި ހަމައަށް ވެސް ވަނީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.

"ވަގުތު" އާއި ވާހަކަދެއްކެވި މާލޭގެ ކައުންސިލަރަކު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކުރި ފަހުން ސްކައިޕް މެދުވެރިކޮށް ކައުންސިލަރުންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާ ކަމަށާއި ނާޝިދު އިއްޔެ އޮތް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ހުށަހެޅިފައި އޮތް މައްސަލައަކަށް ޚިޔާލުފާޅުކުރަން ފެށުމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށް ބައްދަލުވުން ދުކޮށްލެއްވި ކަމަށެވެ.

"ތިން މެންބަރަކު ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ވަނީ ބައްދަލުވުމުގައި ބައިވެރިވާން ދެކޮޅު ހަދައި ގުރޫޕް ދޫކޮށްލާފައި. މެންބަރުން ބައްދަލުވުން ދޫކޮށްލެއްވީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ނާޝިދުގެ މަޝްވަރާ ހޯއްދަވާ، އެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ނާޝިދަށް ފުރުސަތު ދެއްވުމުން." އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ނާޝިދުގެ އިތުރުން އެެހެން ބޭފުޅަކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ މަޝްވަރާ ދެއްވާ ބޭފުޅުންގެ ހައިސިއްޔަތުން ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ކަމަށް ވެސް އެ ކައުންސިލަރުން މައުލޫމާތު ދެއްވައެވެ.

"އަޅުގަނޑުމެން ދެންނެވިން ކީއްވެގެންތޯ މަޝްވަރާ ދެއްވާ ބޭފުޅުން ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ބައިވެރި، އެޖެންޑާގައި ހުރި ކަންކަމާމެދު ކައުންސިލަރުން ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކަވަންވީ. މިގޮތައް ޖަލްސާގައި ބައިވެރި ވެވޭނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މެންބަރުންގެ އިތުުރުން އެހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ނޫންތޯ؟ ކައުންސިލަރުންގެ ވާހަކަތަކަށް ބެއްލެވުމެއް ނެތި މޭޔަރު ބައްދަލުވުމުން ކުރިއަށް ގެންދެވީ ނާޝިދަށް ފުރުސަތުދީ ނާޝިދުގެ މަޝްވަރާގެ މަތިން ކަންކަން ނިންމަމުން." މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވިއެވެ.

ނާޝިދު ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ސަބަބާއި ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލު މަހެފޫޒް ސައީދު ބައިވެރިވަމުން ދާތީ ވެސް މީގެ ކުރިން ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފާއިޒު

    މުޅިއޮޑީ ހަސަނު ގެ ދެފައޭ ބުނާހެން ހުރިހާތަނަކަށް އަންނި ގެ ހުފޫޒުވަދެ ފުރިބާރުވެފަ ދޯ

    127
    2
  2. މަ

    މުޅި ގައުމުގަ ކެނެރީ ނުފޮރުއްޕާން.

    127
    4
  3. ދިރާސާ

    ރާއްޖޭގެ ޒަމާން ހިގައްޖެއެވެ ވަރަށް އަވަސް ފިޔަވަޅުތަކެއް
    ވިސްނުންތެރިކަމާއި އެކު އަޅައިގެންނޫނީ އަތުނުވާހިސާބައް
    ރާއްޖެ މިއޮތީ ސޮއްސާލާފައެވެ މުޅި އޮޑީގައި މިއޮތީ ހަސަނުގެ ދެފައޭ ބުނެ އޮޑި ހަސަނަށް ދޫކޮށްލައިފި ނަމަ ހުރިހާ ފަޅުވެރިން ނާއިއެކު އޮޑި ބެހިގެން ހިގައިދާނެއެވެ.

    112
    5
  4. ޢާދޭސް

    ރާއްޖޭގެ ފަހްރުވެރި ފުޓްބޯޅަ އެއްކްލަބް ވިކްޓްރީ އަޑިއަޅުވާލައިފައި ތިބި މީހުން ތިތިބީ

    95
    3
  5. އައިލީ ވެރިކަން

    އެ މައްސަލައެއް ނޫނެންނު މިއީ އާއިލީވެރިކަމެއް ވިޔާ. މައުމޫނޭ ކިޔޭވަރުގެ ބަޔެއްމީ

    95
    3
  6. ކީކޭތަ ބުނާނީ

    " މުޅި އޮޑީގައި ޙަސަނުގެ ދެފައި "

    91
    3
  7. ކިޔުންތެރިޔާ

    ހާދަ ނުހޮރޮއްޕާން ބޮޑު ބަޔެކޭ! ބަލަ ވެރިކަމަކީ ކަލޭމެނާ އެކަށީގެންވާ ވަރުގެ އެއްޗެއްނޫނޭ. ކޮންމެވެސް އެހެންކަމަކާއި އުޅެބަލަ.

    95
    3
  8. އިންސާފް

    ތީ މައުމޫނުގެ ސަރުކާރުގަ ތިމާގެ މީހުން ސަރުކާރުގެ އިސްމަގާމުތަކުގަ ތިބޭތީ އެއްޗެހި ކީ މީހުންގެ ފެންވަރު! ތިމާ މަޖުލީހުގެ ރައީސަކަށް އިންނައިރު ނައިބުރައީސަކަށް ބޮޑުބޭބެކިޔާ ކޮށްކޮ!

    95
    1
  9. ހުސްނުވި ސޫދު

    ސާބަސް ހަމަ... ދިމޮކްރަސީއޭ ކިޔާފަ ވެރިކަން ލިބުނީމަ... އާއިލީ ޑިމޮކްރަސީ ....

    93
    2
  10. އަންނި

    މުޅި ރާއްޖެއަށް ޖެހިފައިވާ ވަބާއެއް، ކޮވިޑަށްވުރެ ނުރައްކާ ބޮޑު، މިވެރިކަމުން މިންޖު ކުރައްވާދޭވެ!!

    105
    2
    • ލައިލާ

      ކަލޭ ތިބުނީ މަވެސް ބުނަން އޮތް އެތި.

      17
      1
  11. މޫސަ

    އެއްވެސް މައްސަލައެއް ނޫން ބައިވެރި ވެވެން ޖެހޭނެ ސަބަބަކީ ތިތާތިއްބެވި ކައުން ސިލަރުން ދެއުޅި އެއްނުވާ ވާހަދައްކާތީ ރަގަޅު ބަޔަކު ގެނެސްގެން ރައްޔިތުންނަން ހިދުމަތް ދެވޭނި

    1
    25
  12. މުސީބާތް

    މިހާރު ޖެހިގެން މިއުޅޭ ބަލިމަޑުކަމަށްވުރެ ކެނެރީގެއިން ގައުމަށް ޖެހިގެން އުޅޭ މުސީބާތް ވަކި ކުޑައެއް ނޫން.

    18
    2
  13. ޢާދޭސް

    މިހާ ރު ރާއްޖެއިސްލާހްކު ރަން މިބައިގަޑު ބުނީމަ ނިކުތްމީހުންނަށް ވިސްނޭބާ ، މިބައިގަނޑު އިސްވެތިބެ ރާއްޖޭގެ އިއްޒަތްތެ ރިންގެ އަނބު ރު ކަތިލާ ، ވެ ރިކަން ބަދަލުކު ރަން ރައްޔިތުން ބޮލަށް ސަވާ ރުވީ ކީއްވެކަން ، މުޅި ޤައުމު މިއޮތީ ވީދާ ކުދިކޮށްލާފަ ، އދަބެއް ސަދަބެއްނެތް ، އިއްޒަތެއް ޤަދަ ރެއްނެތް ،

    15
    1
  14. ކުޑޫ

    2008
    ސުޕުރީމް ކޯޓަކީ ކާކުހޭ - މައުމޫނޭ
    އުއްތަމަ ފަނޑިޔާރަކީ ކާކުހޭ - މައުމޫނޭ
    ޕޮލިސް ކަމިޝަނަރ އަކީ ކާކުހޭ - މައުމޫނޭ
    ސިފައިންގެ ބޮޑު މީހަކީ ކާކުހޭ - މައުމޫނޭ

    2020

    ސުޕުރީމް ކޯޓަކީ ކާކުހޭ - ރއސ ނ
    އުއްތަމަ ފަނޑިޔާރަކީ ކާކުހޭ - ރ
    ޕޮލިސް ކަމިޝަނަރ އަކީ ކާކުހޭ - ރ
    ސިފައިންގެ ބޮޑު މީހަކީ ކާކުހޭ - ރ
    އެފް.އޭ.އެމް އަކީ ކާކުހޭ - ރ
    ފޮރިން މިނިސްޓަރަކީ ކާކުހޭ - ރ
    މަޖިލީހުގެ ރައީސް އަކީ ރ
    ރާއްޖޭގެ އެކވެރި ގައުމުތަކުގެ ސަފީރަކީ ރ (ޗައިނާ ފިޔަވާ)
    އިސްލާމިކު މިނިސްޓަރަކީ ރ
    ޓޫރިޒަމް މިނިސޓަރަކީ ރ
    އެމް.އެމް.އޭގެ ފައިސާ ގުދަން ހުޅުވަނީ ކާކުހޭ އެމަނިކުފާނޭ
    ކޮވިޑަކީ ކާކުހޭ ރ
    ހަނދު ސާބިތު ކުރެވެނީ ރ
    ފޮރިން ފޮލިސީ އަކީ ކާކުހޭ ރ

    10
  15. ސަންތިމަރިޔަބު

    “މުޅިއޮޑިގާއި ހަސަނުގެ ދެފާއި” ދިމިގުރާތީ، 3 ބާރު ވަކިވެފާއި ފައި ދިގުމަކުނު ތަނަކަށް ވެރިވެގެން ފިއްޔާ އެތަނެއް ސަލާމަތެއް ނުވާނެ ވާތައް ފުރާލާނެ އެކިދިމަ ދިމާލާށް މިކަހަލަ ބޮޑެތި ފާއިދިގު މަކުނުން ސަލާމަތެއް ނުވެޔޯ ސެލްޓެކްސް ފަދަ ތަކެތިން ވެސް ބުލެކްވިޑޯގެ ފާއިތަށް ބުރިކޮއްލާއިގެން ނޫނީ ރާއްޖެ ސަލާމަތް ވާނެ އެއްގޮތް ވެސްނެތް
    ހަމަ ހިނިއަންނަނީ

    13
  16. މާމީ

    މީ މިހާރު ބޮޑު ބަލާވެރިކަމެއް.. ބާރައް އަތްޖަހާ....

    15
  17. މޯދީގެ ބޭބެ

    ނާޤާބިލު މީހުން މޭޔަރުންނަށް ލީމަ ވާންވީ ހަތަރެތި މިވަނީ

    11
  18. ދދދދދ

    ކެނެރީގޭ ބަލާވެރިކަމާހުރެ މި ގައުމުގަ ދިރިއުޅެވެން ނެތް. ތި ބާޣިންތަކުގެ ބަލާއިން ފިއްލަވާފާނދޭވެ. އާމީން.

    16
  19. ހުސްޕާން

    މީ ވެރިކަމެއްނޫން މީބލާވެރިކަމެއް މިކަމުންސަލާމަތްވުމައް އެބަޖެހޭ މަގުމައްޗައް ނުކުމެގެންނަމަވެސް އެހެން ނޫނީ މިޤައުމުގެދުވަސް ދާކައް މާގިނަދުވަހެއްނުވާނެ

    13
  20. ޖާހު

    ހަޤީޤަތައް ބުރަވުން ރަގަޅުވާނެ ސިޓީކައުން ސިލުގައިތިބި ބައެއް މެންބަރުން ބޭނުންވަނީ ޝިފާއަކީ އެއްވެސް މީހަކައް ނަހަދަން، ކޮރަޕްޝަނައް މަގުފަހިވާފަދަ ކަންކަމައް ޝިފާގެ ފަރާތުން އެއްބާރުލުން ނުލިބުން ޑރ. ނާޝިދު ބައިވެރިކުރީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްނޫން

  21. Anonymous

    މިއީ ދިވެހިރައްޔިތުން ކެނެރީގެ އާއި ހަވާލުކޮށްފައިވާ ބާރުތަކެއް. ދިވެހިރައްޔިތުން ހިތުން ރުހު މުން ކެނެރީ އާއިލާއަށް ވެރިކަމުގެ ބާރާއި މަޖުލީހާއި ކޯޓުތަކާއި ކައުންސިލްތަކާއި މިނިވަން މުވައްސަސާތައްދީ މިހުރިހާ ތަނަކަށް އަންނި އަތްބާނައި ހިތުހުރިގޮތެއް ހަދަން ދިނުމަށްފަހު މިއަދު އެކަމާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް.

  22. ކުއްލިނުރައްކާ

    ސުޖާއު ވެރިކަމަށް އަންނަނީތާ!!! ދެން ޕޕ ޕނސ ކުދިންނަށް ބަލާވެރިކަންކުޑަވާނެ ރައްޔަތުން މަސައްކަތްކުރާކަށްނުޖެހޭނެ ސަރުކާރުން ހުރިހާކަމެއްކޮށްދޭނެ...

  23. ޒާހިރު

    ކާކުތަ ޝުޖާޔަށް ވެރިކަން ހަވާލު ކުރަން އުޅެނީ ؟؟؟؟؟؟

  24. ނަޝީދު

    މުޅި އޮޑީގައި ހަސަނުގެ ދެފައި. ރޯނު އެދުރު ހެދިގެން ހުރިހާ ދިމާލަކަށް ފައި ކޮށްޕާލައިގެން. އެންވައިރަންމެންޓް މިނިސްޓްރީގެ ފަރާތުން ވެސް މީޓިން ތަކުގައި މީނާ. ސްޓެލްކޯ ފަރާތުން ވެސް މީނާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ވެސް ޓެކްނިކަލް ކޮންސަލްޓޭންޓް. މީޓިން ތަކުގައިވެސް ހުރިހާ އެއްޗެއް އެގެނީ މީނައަށް.

  25. ހަލާކުވެ ނިމިއްޖެ

    މާތް ކަލާކޯ!! ހަމައެއް ލަމައެއް ނެތެއްނުން!!ކެނެރީ މުޅި އާއިލާ އާއި އައުވާނުން ގޮތުގަ ގެންގުޅޭ ސޮހޮލުތައް ވެސް ތިއޮތީ މުޅި ޤައުމުގަ ވަކި ހިއްޕާފަނުން