ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނިފައިވާތީ ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބާއި ގުޅިގެން ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.
މި ބިލު ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ބިލަށް ދެ މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ވެސް ބާއްވަން ޖެހޭނެ ކަމަށް ބުނެ ބިލަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.
ދެވަނަ އަށް ބިލަށް އިތުރު ކޮށްފައިވާ މާއްދާއަކީ ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާއި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ އެޑްރެސް ބަޔާންކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރެޖިސްޓްރީ ކުރުމާއި ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދާއި ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަލުން ކުރަން ޖެހޭނެ ކަމަށް ބުނެ އިތުރުކުރި މާއްދާއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މި މަހުގެ 18ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމިއެވެ. އެހެންނަމަވެސް ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަނުން ވަނީ އެކަމާއި ގުޅިގެން އިންތިހާބު މުއްދަތެއް ނެތް ގޮތެއް ފަސް ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއަށްފަހު އެ މައްސަލަ ހައިކޯޓުން ނެގުމަށްފަހު ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނެސް ދެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުން އެ މައްސަލަ ސުޕްރީމް ކޯޓުންވެސް އިލެކްޝަނުން ވަނީ ނަގާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް މި މަހުގެ 13ވަނަ ދުވަހު ކަނޑައަޅާ އެކަން އިއުލާން ކޮށްފައެވެ.
އާންމު ރައްޔިތުންނާއި ދޭތެރޭ ވިސްނާފަ މާލޭގައި ތާށިވެފައި ތިބި މީހުންނަށް އާއިލާ ކައިރިއަށް ދެވޭނެ އިންތިޒާމެއް ފާސް ކުރުން އެއީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއް؟
ކޮބާ ސަސްބެންޑު ކޮށްފަ ތިބި ސިވިލްސާވަންޓުން އެމީހުންގެ ހަބަރަކީި ކޮބާ
ކޮބާ ސަސްބެންޑު ކޮށްފަ ތިބި ސިވިލްސާވަންޓުން އެމީހުންގެ ހަބަރަކީި ކޮބާ
ޢެމީިހުންގެ ވާހަކައެއްވެސް ނެތް
ތިޔަ ޢަމަލަކީ ކެނެރީގޭ ނަޝީދު އިސްކޮށް ހުރެގެން އޭނަބާރު ހޯދުމަށް ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާފައިވާ ނުހަނު ނުރައްކާތެރި ބޮޑު ޖަރީމާއެއް ދެން ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރުމަށްވެސް ޤާނޫނެއް ހަދާ އެމްޑީޕީ މަޖިލިސް މެމްބަރުންނަކީ ޤަނޫނީ މުދައްބިރުން ލޮކް ޑއުން ކުރުމާބެހޭ ޤާނޫނެއްވެސްހަދާލަ ކުރާނެކަމެއް ނެތިއްޔާ
ކޮން އިރަކުތޯ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ވީ.. އެއްކަމެއް ނުކުރިޔަސްވެސް.. އެއީ ބޭކާރު ލާރިތަކެއް.. މަޖިލީހުގެ ކެއުން ކަނޑަވީ
މީ ޓެކްސް ޕޭޔަރުންނަށް ބޮޑު ބުރައެއް.. އަނެއްކޮޅުން މި ދޭ މުސާރަޔަކީ އިގިރޭސި ޕާރލަމެންޓަށްވެސް ނުދޭވަރުގެ ބޮޑު މުސާރައެއް.
ދައުލަތުން ދަރަންޏަށް ފައިސާ ނަގައިގެން ޕޭކުރާއިރު މިކަހަލަ ބޮޑު މުސާރަނަގައިގެން މުޅިގައުމު ދަރުވަނީ މީ ހާދަ ހަާވާ އަމިއްލަ އެދު ބޮދު ބަޔެކޭ
ކަރަންޓާ ފެންބިލް އަށް ލުއިދޭންވީމައި ފާސްނުވި، މިވަރު ބަޔަކަށް ވޯޓުލާންވީތަ