ކޮވިޑް-19 އަށް އިތުރު ދިވެއްސަކު ފައްސިވެއްޖެއެވެ.

މިއާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ވަނީ 278 އަށް އަރާފައެވެ.

އެންމެ ފަހުން ފައްސިވެފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު މިހާތަނަށް 28 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި ބަންގްލަދޭޝްގެ 115 މީހަކާއި އިންޑިއާގެ 17 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާންގެ ތިން މީހަކާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ މީހެއްގެ އިތުރުން އިތުރު ތިން މީހެކެވެ. އެތިން މީހުންގެ ގައުމު ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސްއެވެ. އެދެމީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ މީހަކީ ޕާކިސްތާން މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 262 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު