ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ނިޔާވި މީހަކީ ގިނަ ބަލިތަކަކަށް ބޭސް ކުރަމުން އައި މީހެއް ކަމަށެވެ.
މަބްރޫކް ވިދާޅުވީ ނިޔާވި މީހާގެ ކޭސް މިހާރު ހެލްތު މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި މިއީ އެމްއެޗްއޭގެ ކްލަސްޓާގެ ކޭހެއް ކަމަށެވެ.
"އެ ކްލަސްޓާ ފެށެނީ ކޭސް 72 އިން. މި ދެންނެވި 72 ގެ ޕްރައިމަރީ ކޮންޓެކްޓެއް ކޭސް 126 އަކީ. އަދި 126 އާ 280 ވަނީ ކޮންޓެކްޓް ވެފައި. ކޭސް 72 ޕޮޒިޓިވް ވުމާ ގުޅިގެން މި މަހުގެ 21 ގައި ކޭސް 280 އުޅޭ ގެ ވަނީ ކަރަންޓީނު ކޮށްފައި. ސަބަބަކީ އެމްއެޗްއޭގެ ދެ ޑްރައިވަރަކު އޭނާ ދިރިއުޅޭ ގޭގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅޭތީ. ކޭސް 126 ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 23 ގައި. ކޭސް 280 އާއި 126 ކޮންޓެކްޓްވެފައި ވަނީ މި މަހުގެ 14 ގައި." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވުމުގައި އެއްވެސް މީހެއްގެ އިހުމާލެއް އޮތް ކަމަށް ވަންޏާ އެކަމެއް އެއްވެސް ފޮރުވުމެއް ނެތި ހާމަކުރައްވާނެ ކަމަށެވެ.
"ނިޔާވި މީހާ އަކީ ޕްރައިމަރީ ކޮންޓެކްޓަކަށް ވެފައި އޭނާގެ ސާމްޕަލް ނުނެގި ދެ ދުވަހެއް ވަރުވެފައި އެބައޮތް. އަޅުގަނޑު ވެސް ގަބޫލުކުރަން ލަސްތަކެއް އެބަހުރި. އެކަމަކު އެކަން ވީ ކިހިނެއްތޯ އެކަން އެނގޭނީ މިހާރު ހެލްތުން ކުރަމުން ގެންދާ ތަހުގީގަށް ފަހު." މަބްރޫކް ވިދާޅުވިއެވެ.
މައްސަލަ ބަލާނެ އެންމެ ފަހުން އިހުމާލުވިކަމަށްބުނާނީ ނިޔާވި މީހާ ނޫނީ އޭނާގެ އާއިލާ އޭރުން ސަރުކާރު ސަލާމަތްވީނު ސަރުކާރަކީ ޒިންމާ ނުވާ ބޮލުންނައްޓާ ސަރުކާރެއް ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް މީ ސަރުކާރުހާލަކީ
ކީވެތޯ ހުރިހާ ކަމެއް ސިޔާސީ ކުރަނި...އަސްލު އެމީހުންވެސް އެވނީ ގުރުބާނީ ތަކެއް..ހަމަ ބައެއް ކަންތައްތައް އަތުން ދޫވެގެން ހިނގަެިދާނެ...
އަތުން ދޫވެގެން ދިއުމުގެ ސަބަބުން މީހެއްގެ ފުރާނަ އެގެއްލުނީ. އަތުންދޫވެގެން ގޮސް ބިއްލޫރި ތައްޓެއް ތަޅައިގެންދިޔަނަމަ ހިޔެއްނުވޭ މީހުން މިވާހަކަ ދައްކާނެހެނެއް.
ގުރު ބާނީ އަކީ ވާހާކަ ދައްކާފަ އަމަލުން ދެއްކުން ... ދެއިރު ދެދަޅަޔަ + ވާމީހުން ކީމަ އެއީ ގުރުބާނީ ވުމެއްނުން...
سبحان الله
ބައެއްގެ އިހުމާލެއް ވާތި ކަރަންޓީނުކޮއްފަހުރި ގެއަކުން ބަލިވެގެން ގެންދިޔަ މީހަކު ޓެސްޓްނުހެދި ގިނައިރުތަކެއްވީ. އަދި އެމީހާ އަކީ ހައިރިސްކުގެމީހެއްކަން އިނގޭއިރު.
ސަރުކާރުން ބޮޑުން ގެ ދަރިން ގެނެސް މާލެތެރެއަށް ދޫ ކޮއް ލުމުގެ ނަތީޖާ.މި ޖަރީމާ ހިނގި މީހުން ހަރަދު ކުރަން ކެރޭ ނެތަ؟؟؟ ނޫނީ ޒިންމާ ނަގަން ކެރޭނެތަ ؟؟؟؟
އެހެން ގައުމުތަކުގަ ކޮވިޑް މީހުން ވަޅުލަނީ ސަންދޯކުގެ ވަށައިގެން ކްލޮރިން ގެ ލޭޔަރެއް ހެދުމަށްފަހު. ރާއްޖޭގެފެންފަށަލަ ދުނިޔޭގެ ތަންތަނަށް ވުރެ ތިލަ ވުމުން ވައިރަ ސް ގެ އަސަރު ފެނުތެރޭނެ ގޭގޭގެ ފާޙާނާތަކުން މީހުނަށް ނުފޯރާނެބާ ދުނިޔޭގެ ގައުމުތަކުގަ ވަޅުލަނީ މީހުން ނޫޅޭ ދުރު ސަރަހައްދެއްގަ ރާއްޖޭގަ މިކަން ކުރާގޮތް ރަނގަލުބާ
ކީވެތޯ ހުރިހާ ކަމެއް ސިޔާސީ ކުރަނި...އަސްލު އެމީހުންވެސް އެވނީ ގުރުބާނީ ތަކެއް..ހަމަ ބައެއް ކަންތައްތައް އަތުން ދޫވެގެން ހިނގަެިދާނެ...
ޒިންމާ ވާނީ ކުރީ ސަރުކާރު
އަވަހަށް ފަރުވާ ނުދެވުނީ ކީއްވެގެންތޯ؟ މުސްކުޅި ޑައިރެކްޓް ކޮންޓެކްޓް ކަރަންޓީން ފެސިލިޓީ އަކަށް ނޫނީ ދަރުމަވަންތަ ހޮސްޕިޓަލަށް ނުގެންދިޔައީ ކީއްވެތޯ؟ އަދި މި ސަރުކާރަށް ސަޕޯރޓްކުރާ ބަޔަކު އެއާއިލާޔާ ދިމާލަށް މިހިތާމަވެރި ހާދިސާގަ ޓުވިޓަރގަ ދިމާކުރަނީ ކީއްވެތޯ؟ އެކަން ނުހުއްޓުވަނީ ކީއްވެތޯ؟
އަބަދުބެސް ހުރިހާކމެއްވެ ނިމުނީމަ - އިންޑޔާޕޮލިސް!
ދެން ކޮން މައްސަލަ އެއް ބަލާކައް އާއިލާ މީހުންނައްވެސް އެހާ ސީރިޔަސް ކަން އެނގޭ އިރު ކީއްވެ ހޮސްޕިތަލް އަށް ނުގެން ދިޔައީ... މިވާހަކަ ދެއްކީމަވެސް ގޯސްވާނީ ދެއްކި މީހާ....
ވަރައްސަޅި މިހާރުމީހަކު މަރުވާއިރައް ޓެސްކުރުމަކާއިނުލައި ނިންމަނީ ކޮވިޑުޖެހިގެން މަރުވީކަމަށް. ތިނަދޫއިން މަރުވިމީހާގެ ވާހަކަ ކޮވިޑުގަމަރުވި މީހުންގެ ލިސްޓަކަށްނާރާ، އެކަމަކު ތިނަދޫހޮސްޕިޓަލުން ނިންމީ ކޮވިޑުކަމަށް. މިވަނީ ކިހިނެއްބާ؟
އެމްއެމްޕީއާރސީ ގެ މައްސަލަ އަދީބުއާ ޒިޔަތާ ޔާމީނު އާ ހަވާލު ކޮށްގެން ތަހުގީގު ކުރުމެ ކޭ، ދައުލަތް ލޫޓުވާލި މައްސަލަ އިބޫ އާ އަންނި އާހަވާލު ކޮށްގެން ބެލުމެ ކޭ އެޗްޕީއޭގެ އިހުމާލެއް އޮތްތޯ ހެލްތްމިނިސްޓްރީން ބެލުމެ ކޭ އެއްވެސް ތަފާތެއް ނެތް.
ދެންތިމައްސަލަ ބެލުމައްވުރެ ބަލިވަމުން އަންނަ މީހުންގެ ބަލިހާލު ބެލިއްޔާ މާރަނގަޅުވާނެ، ނިޔާވި މީހާއަށް ރަހުމަތްލައްވާށި.
ކޮންކަމެއް ބަލާނީ މިއީ އިންސާފުހޯދާ ސަރުކާރެކޯ އެކަމު މިއީ މަގުމަތިން ކޯޓުހެދި ސަރުކާރުވެސް މިމީހުނަށް ކޮންއިންސާފެއްތޯ ހެދޭނީ. ފުރަތަމަ އަންނި ލަންޑަނުން އައިސް މަޖިލިސްކުރާގޭގައި ހުރެގެން ކޮވިޑްއަށް ޓެސްޓުކުރިކުރުން އެއީވެސްގޯހެއް އެއީ އަންނިގެ ގެތަ؟ ނިކަންއެމައްސަލަބަލާބަލަ. މިސާލަކަށް އެއިރު އަންނި ފައްސިވެފަ ހުރިނަމަ މަޖިލިސްކުރާގޭގައި ތިބި ކިތަށްމީހުނަށް ޖެހޭނެ، ކޮބާރައްކާތެރިކަން
މިވަގުތަކީ އަދި ތިޔަ މައްސަލަ ބެލުމަށް އުޅެންވީ ވަގުތެއްނޫން... އިތުރު ބައެއްގެ ފުރާނަ މިބަލީގައި ނުދާނެފަދަ ފިޔަވަޅުތަކެއް އެޅުއްވުން މުޙިއްމު ކަމުގައި ދެކެން... މާތް ﷲ އަޅަމެން މި ބަލިމަޑުކަމުން ސަލާމަތްކުރައްވާ ރައްކާތެރި ކުރައްވާށި!!! އާމީން
ކޮވިޑް19 އަށް ސާންޕަލް ނެގިތަން ފެނުނު މީހެއްގެ ހައިސިއްޔަތުން ބުނަން އެންމެ ސާންޕަލެއްވެސް ނަގަނީ ވަ ރަށް ރައްކާ ތެ ރިވެގެން އެނަގާ ނިންމުމުގައި ވަ ރަށް ގިނަ ވަގުތުނަގައި އެނަގާ މީހުންނަށް އެހާ ތަކްލީފް ބޮޑު
ކަން ފާހަގަކު ރެވޭ މަ މަހިތަށް އެ ރި ގިނަ ބަޔަކަށް މިބަލި ޖެހިއްޖެނަމަ ކިހިނެއްހޭ މި ސާންޕަލްތަށް ނަގާނީ
އެހާވެސް ބޮޑުކަމެއް މީ ފު ރާނަ އަތްމަށްޗަށް ލާގެން އެމަސައްކަތުގަ އުޅޭމީހުންނަށް އެންމެކުޑަމިނު އިހްތި ރާމް ކޮށްލަން ކީއްތަވާނީ