މިއަދު ކޮވިޑް-19 އަށް ފައްސިވި 95 މީހުންނަކީ އެއް ތަނެއްގައި އުޅޭ މީހުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ހަވީރު ހެލްތް ޕްރޮޓެކްޝަން އިން އިއުލާނުކުރި ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 61 މީހަކާއި، އިންޑިއާ 32 މީހަކާއި، 2 ނޭޕާލް މީހުންނެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި ފަރާތްތަކަކީ، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުން ނެގުނު ސާވަޔަލަންސް ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ މީހުން ކަަމަށެެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްެދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ބަލި ޖެހުނު 95 މީހުންނަކީ އެއް ތަނެއްގައި ތިބި ބައެއް ކަމަށެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 119 އަށް އަރާފައެވެ.

"95 ކޭސް މީގެން އެއީ އެއް ތަނަކުން އިިނގޭތޯ، އެއް ކުއާޓާ އަކުން، 119ގެ ތެރެއިން 95 އެކީގައި އެއީ". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެތަނަކީ އައިސޮލޭޝަންގައި އޮތް ތަނެއް ކަމަށާއި، އެތަން ފާހަގަކުރެވިގެން އެތަނުން ޓެސްޓުތަކެއް ހެދުނު ކަމަށެވެ.

އަދި ވަކިވަކި އަދަދަކަށް ބަލައިގެން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ކޮން ބިލްޑިންގ އެއްތޯއެއީ؟

  2. އަބޫ

    ސަރު ކާރު ތައްޔާރޯ. ތައްޔާރު ވީ ވައް ކަން ކުރުމާ ލާދީނީ ފެތުރުމަށް . ރައްޔަތުން ހަނާވަނީ

    5
    2
  3. ދިވެހިން

    ބަންގާލުން ރަށައްފުވަބަލަ.