ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ހުޅުމާލޭގައި 15 އަހަރުންދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ޤައުމީ ވެކްސިން ދިނުމަށް ހުޅުމާލޭ ލިޓިލްޖެމްސް ޕްރީސްކޫލް ހަމަޖައްސައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ވެކްސިން، ފަނި ބޭސް އަދި ވިޓަމިން ދިނުމުގެ ޚިދުމަތް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓް އުސޫލުން ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް އެޕޮއިޓްމަންޓް އުސޫލުން މިޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެންމެންގެ ރައްކާތެރިކަމަށް އަޅާފިޔަވަޅެއްގެގޮތުން ގައިދުރުކަންބެހެއްޓުމުގެ ގޮތުން ކަަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެގޮތުން އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ އަންނަ އާދީއްދަ ދުވަހުން ފެށިގެން ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހުޅުމާލޭ ލިޓިލްޖެމްސް ޕްރީސްކޫލަގައި، ހެދުނު 10:00 އިން މެންދުރުފަހު 14:00 އަށް އެޕޮއިންޓްމެންޓް ހަދާ ފަރާތްތަކަށް އެކަންޏެވެ.

އެ ހޮސްޕިޓަލުން ބުނީ، އެޕޮއިންޓްމަންޓް ހެދުމަށް ކޮންމެ ދުވަހަކު ހެދުނު 08:00 އިން ހަވީރު 16:00 އަށް 1417 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެދޭނެ ކަމަށެވެ.

އެ ހޮސްޕިޓަލުން ވަނީ، ރޯގާޖެހި، ކެއްސާ ހުންއައިސް އަދި ނޭވާލާންއުދަގޫވުން ފަދަކަމެއް ދިމާވާކަމުގައިވަނީނަމަ ނުވަތަ އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައިވާ ގެއެއްކަމުގަވަނީނަމަ ވެކްސިންޖެހުމަށް ކުއްޖާ ނުގެނައުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ވިމަންސް ރައިޓަށް ވަރަށް ބޮޑަށް އޮޅިފަ ތިޔައޮތީ. އެޤާތިލް މިނިވަން ވީއިރު ޑރ. ވަޙީދު ވެރިކަމުގައި ހުންނެވިއަސް އެ ޖައްބާރު މިނިވަންވީ، މަރަން ކުރި ޙުކުމް 25 އަހަރުގެ ޖަލު ޙުކުމަކަށް ބަދަލުކޮށް އެޙުކުމުގެ ދެބައިކޮށްފަ އެއްބައި މަޢާފް ކުރުމުން އެމުއްދަތު ހަމަވެގެން. އިއްތިފާޤުން މުއްދަތު ހަމަވީ ވަގުތާއި ޑރ. ވަޙީދުގެ ވަރިކަމާ ދިމާވީ. އެއީ އެއްގޮތަކަށްވެސް މިހާރު މިހުންނެވި ޞާލިޙް ރައީސް ހޯރައިއްބެ މިނިވަންކުރެއްވި ގޮތަށް ހިނގި ކަމެއްނޫން.