ކ. ތުލުސްދޫގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އިދާރާތަކުން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އެރަށު މީހުން މުޒާހަރާކުރަން ފަށައިފިއެވެ.
ތުލުސްދޫ ސިއްޙީ މަރުކަޒު ކައިރިޔަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަމުންދަނީ، ރަށުން ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19 އަށް ފައްސިވަމުން ދާއިރު، އެމީހުންނަކީ އެއް ތަނެއްގައި ދިރިއުޅެމުންދާ ބައެއް ކަމުގައި ވީނަމަވެސް އެ އެންމެންގެ ޓެސްޓު ނުކޮށް ރަށުގައި ބައިތިއްބާފައި ތިބުމުންނެވެ.
މިކަމާއި ގުޅިގެން ތުލުސްދޫގައި މިރޭ ކުރާ މުޒާހަރާ އާއި ގުޅިގެން އެރަށު ކައުންސިލް ރައީސް ވިދާޅުވެފައި ވަނީ، ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނީ ފައްސިވާ ހުރިހާ ބިދޭސީންނަކީވެސް އެއްތަނެއްގައި އުޅޭ މީހުންނަށް ވެފައި އެމީހުން އަދިވެސް ރަށުގައި ތިބުމުން ރަށް ކަރަންޓީނުކޮށްފައި ވުމުން އާންމުންނަށް ދަތިތަކާއި ކުރިމަތިވަމުންދާތީ ކަމަށެވެ.
ތުލުސްދޫން މައުލޫމާތުދިން ފަރާތަކުން ބުނެފައިވާ ގޮތުގައި މުޒާހަރާ ކުރަމުންދާ ރައްޔިތުން ގޮވާލަމުން ދަނީ، ފައްސިވި ބިދޭސީން ދިރިއުޅޭ ތަނުގައި ދެން ތިބި ބިދޭސީންވެސް ފެސިލިޓީތަކަށް ގެންދިއުމަށެވެ.
ތުލުސްދޫން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. އެރަށުން އެދުވަހު އެކަނިވެސް މި ބައްޔަށް ދެ ބިދޭސީއަކު ފައްސިވެފައި ވެއެވެ.
މިރޭ ވެސް ބިދޭސީއަކު ހިމެނޭހެން ތުލުސްދޫން މިހާތަނަށް ޖުމްލަ ހަތަރު ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މި އެންމެންނަކީ ވެސް އެއްތަނެއްގައި މަސައްކަތްކުރާ މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭގެތެރެއިން ބިދޭސީންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން، އެޗްޕީއޭއިން ދަނީ އެމީހުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ ބަދަލުގައި، އަލާމާތްތައް ފެންނަ މީހުންގެ ސުންކު (ސާމްޕަލް) ނަގަމުންނެވެ. މިރޭ ތުލުސްދޫން ފައްސިވި ބިދޭސީ މީހާއަކީ އަލާމާތްތައް ފެނުމުން އިއްޔެ ސުންކު ނެގި ދެ މީހެއްގެ ތެރެއިން އެކެކެވެ.
ތުލުސްދޫގައި އެއްތަނެއްގައި އުޅޭ ބިދޭސީންތަކެއް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އަދިވެސް އެތަނުގައި 15 ވަރަކަށް ބިދޭސީން ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. އެޗްޕީއޭއިން ފެސިލިޓީތަކަށް ގެންގޮސްފައި ވަނީ އޭގެތެރެއިން މިހާތަނަށް ފައްސިވި މީހުން އެކަންޏެވެ.
-އިތުރު ތަފްސީލު އަންނަނީ-
ވެއްޓެނީ. ވެއްޓެނީ. ލާދީނީ އޮޑި ފެތެނީ. ﷲ އަކްބަރު!
ކަމެއް ވާއި ރައް ވެއްޓެނީ އޮޑި ފެތެނީ ގޮވުމައް ވު ރެ އެއްފަހަ ރު ވެސް ދުޢާ ކޮށްލަބަލަ ތިމާގެ އާއިލާއާ ރެއްޓެހިންނާ ތިމާގެ މުސްލިމް އަހުންނާ އުހުތުން ހެޔޮހާލުގާ ލެެއްވުމަށް................މި ބަޔަކާހެދު ނޯވޭ މި ހާ ރު ޙަބަ ރެއް ކިޔާލެވެންވެސް...
ޕޮޒެޓިވްވާ އެންމެން އުޅޭތަނެއް ކަރަންޓީނުކޮށް ބެލެހެއް ޓުމަށް ވުރެ ފަސޭހަވެ ޔަގީންކަން ބޮޑުވާނީ ވަކި ރަށެއްގައި ކަރަންޓީނުކޮށް ބެލެހެއްޓިގެނެވެ. މިކަން ރަގަޅަށް ރޭވިގެން ބައެއް ރިސޯޓު ރަށްރަށް ބޭނުންކޮށްގެން ހަމަ ޖެއްސިދާނެއެވެ. ރަށުގެ ދެބައި ވަކިކޮށް ޕޮޒިޓިވްވާ މީހުންނަށް. ވަކި ބައެއް ފެއްސަކުން ބައިކޮށް ހާއްސަކުރެވިދާނެއެވެ. ރަގަޅު ޓްރާންސްޕޯޓު ހަމަޖެހިފައި އޮތުމާއެކު މާލެ ކައިރި ރިސޯޓެއް ރަގަޅެވެ.
ކޮންމެ ރަށެއްގެ ހާލަކީވެސްމީ؛ ބޮންދުންގެ ހާލިތަކުގަ ފެތުރެންފެށުމަކީ ނުރައްކާތެރިކަމެއް
ގަދަ އިނގޭ..ގަދަޔަށް ޖައްސާ..މި ނުކުޅެދޭ މުގުރިހަ ސަރުކާރު މަގުމަތި ކުރަންޖެހޭ!
މައުލޫމާތު ލިބޭ ގޮތުގައި މިރޭ ތުލުސްދޫއިން ފައްސިވި މީހާ ބަލާ އެބަ އާދޭ މިރޭ. އެލޯންޗްއިން އެތާ ބާކީ ތިބި 11 މީިހުންވެސް ފޮނުވާލަންވީ ކަރަންޓީނަށް. ގައިމު ސަރުކާރަށް ހަރަދުވެސް ކުޑަވާނެ ދޯ ފަހަރަކު މީހަކު ބަލާ ލޯންޗު ފޮނުވުމަށްވުރެ. އެއްތަނެއްގައި އުޅޭ 15 މީހުން އެއީ.
މިއިން ބޮޑު މީހަކު އަރާ ބޮޑުބަސް ބުނީމާ ހިނދުކޮޅެއްވެސް ނުނަގާކަން އަމިއްލަ އައް ވެސް ވިސްނަން ވެއްޖެ ނޫންތާ؟
އަދިކިރިޔާ ތިވިސްނެންފެށީ ހިންގުންތެރިކަމެއްނެތް ޕްލޭންއެއްނެތް!ވާނުވާގަ ގިނަވެރިން އަނެއްބަޔަކު ލާރިކޮޅެއްކައްވާލެވޭނެގޮތެއްހޯދުމުގަ ޖުހާބުނިހެން ކިތަންމެގިނަވޯޓެއްދީގެންހޮވާފަވެރިކަންދިނަސް ނޭނގޭބަޔަކައްނޭނގޭނެ
ކޮންކަމަކައްތޯ ޕްލޭނެއްނެތީ. ޔާމީނު ބިލިއަން ރުފިޔާ ވަގައްނަގަން ހެދިކަހަލަ ޕްލޭނެއްދެއްތޯ. ...ފިތުނަ އުފެއްދުމުގެ ބަދަލުގަައި މިބަލިމަޑުކަމުން ތިބާގެ އާއިލާ އާއި އެންމެހާ މުސްލިމުން ސަލާމަތްކޮއްދެއްވުމައްއެދި މާތްﷲ ހަޒުރަތުގައިދުއާދަންނަންވވީވަގުތު މިއީ.
ޢަމިއްލަ އެދުން ބޮޑު ބައެއް އުޅޭ ރަށެއްދޯ؟
ސަރުކާރުގެ އިހުމާލް
ތި ރަށުގަ އުޅޭ އެމް ޑީ ޕީ އަށް މަރުދޭ މީހުން ކޮބާތަ އެ މީހުން ކީކޭބާ ކިޔަނީ މިވަރަށް ފޭލް ވީމަ
ދިވެހި ޚާއްޞަ ބަސްތައް ހިމަނާފައިވާތީ ވަރަށް ރަނަގޅުކަމެއް. ތުލުސްދޫގައި ހުރިހާ ބިދޭސީން އަވަހަށް ކަރަންޓީން ކުރަންޖެހޭ
ގަވާއިދާ ހިލަލާފައްއުަލޭ ބަނޮގާލިން ފޮނުވާލަންވީ
ޢެއްވެސް ގައުމަކު އެގޮތަކަށް ނޫޅެވޭނެ މިހާ ރުހައްލުނުކު ރެވައްޖެނަމަ ފަަހުންމާ އުނދަގުގާނެ އަވަހައްމިކަންކު ރަންވީ
ފެންނަ ފެނުމަށް މިބައްޔާއިމެދު ދިވެރިރާއްޖޭގެ ސަރުކާރުގެ ނުވަތަ ސަރުކާރުގެ އިދާރާތަކުގެ ވިސްނުމާއި ޕްލޭންތަށް ހުރީ މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ މިހަތަރު ރަށުގައި ތިބިބަޔަކު ސަލާމަތްކުރެވޭނޭ ގޮތްތަކެއްގެ މައްޗަށް. ސަރުކާރުގެ ނަޒަރުގައި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ތިބި މީހުންނަށް ހަނޑޫ ހަކުރު ފުށް މުގު ޕެނަޑޯލް ދިނީމައި އެއޮތީ އެމީހުންނަށް އަޅާލެވިފައި. މާލެއަށް ޗާޓަރުފްލައިޓްގައި ތަރުކާރީއާއި މޭވާ އާއި އެހެނިހެންވެސް އެމީހުންނަށް ބޭނުންވާ މީރުކާނާ ގެންނަންވާނެ. ރަށްރަށުގައި ތިބި ރައްޔިތުން ބަނޑަށް މަރުވާއިރުވެސް ފުލުހުންނާއި ސިފައިންނާއި ވަޒީރުންނާއި މަޖިލިސްމެމްބަރުންނާއި ދެންވެސް ތިބި ސިޔާސީ ވެރިންނާއި ރިޔާސީގަނޑުވަރުގެ ސުފުރާމަތިން ބަޓަރާއި ޗީޒާއި ތާޒާ ތަރުކާރީއާއި މޭވާ އާއި މީރު ބުއިންތަށް ލިބެންވާނެ. މިއީތޯ ރައީސް އިބްރާހީމް އެބުނާ އޯގާވެރި ވެރިކަމަކީ. ދެން ބުނާނެ މިފަދަ ދަތިހާލުގައި ލިބުނު އެއްޗަކަށް މިންވަރުކޮށްގެން ތިބެންދަސްކުރާށޭ. މިއުޅެނީ އެކަން ދަސްނުވެގެނެއްނޫން، ރަށްރަށުގެ މީހުން މިތިބީ ހަމަ އެގޮތުގައި، މައްސަލައަކީ ކޮވިޑް19 އަށް ބައިތުލްމާލުން 500މިލިޔަނުން މައްޗަށް ހަރަދު ގޮސްފިޔޭ އެތަނަކުން މިތަނަކުން ހިލޭ އެހީ އެބަލިބެޔޭ ދެދުވަހުން އެއްދުވަހު ޗާޓަރު ފްލައިޓުން މާލެއަށް މީރުކާނާ ލިބޭ ވާހަކަ ޓީވީތަކަށް އަރައްދާއްކާތީވެ އެ ބުނާ އެއްޗެއްގެ މަންފާ ރަށްރަށުގެ ތިބި ރައްޔިތުންނަށް ނުލިބޭތީ.
ރާއްޖޭގެ މަސައްކަތް ކުރާ މީހުންގެ ބޮޑު އާބާދީއެއް މިއޮތީ ވަޒީފާ ގެއްލި ނުވަތަ މުސާރަ ބޮޑުތަނުން ކުޑަކުރެވިފައި. ނިކަން ރައީސްމީހާ އާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ދެންވެސް ތިބި ސިޔާސީ މީހުންގެ މުސާރަ ދެބައިކޮށްފައި އެއްބަޔަށް ކުޑަކޮށްބަލަ. މިހާރު އެމީހުންވެސް ކުރާކަށް މަސައްކަތެއްނެތް، ގޭގައި ތިބެގެން ކަރުދާސްރޯލުން ފައިގަތަޅާ ކުޅެނީ. ރިސޯޓްތަކުގެ މުވައްޒިފުންގެ މުސާރަ ކުޑަކުރީވެސް ގެސްޓުން އައުން ހުއްޓި އެމީހުން ކުރާނެ މަސައްކަތެއްނެތި ރިސޯޓްތަށް ހުއްޓެން ޖެހުނީމައި. މިއަދު ސަރުކާރުވެސް މިއޮތީ ހުއްޓިފައި އެހެންވީމައި ސަރުކާރުގައި ތިބި ޕާޓީކުދިން ނުވަތަ ސިޔާސީ ގިނަ މީހުން ކުރާކަށް ކަމެއްނެތް، ކުރާން އޮތްހާވެސް ކަމަކީ ޓްވީޓްކުރުން.
ދެރަވަރު. މި މީހުން މި ރަށަށް ގެންދިޔައީވެސް ހަމަ ތި މީހުން.