ފާއިތުވެދިޔަ ދުވަސްތަކުގައި، ކޮވިޑް-19 އާއި ގުޅިގެން އާންމުންނަށް ދިމާވެފައިވާ ދަތިތަކާއެކު، ކުލި ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއި ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން އަނބުރާ ފޮނުވާލައިފިއެވެ.

މި ބިލަކީ، މި ދުވަސްވަރު ކުލި ނުދެއްކުނަސް ކުއްޔަށް އުޅޭ މީހުން ގެއިން ނެރެ ބޭރުކޮށްލުން ޤާނޫނަކުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ މެމްބަރު މުޙައްމަދު ސަޢީދު މަޖިލީޖަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާކަން ހާމަކޮށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނީ، މިގޮތަށް ނިންމާފައިވަނީ ބިލް މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ ކަމަށެވެ. އެހެންކަމުން އެ ބިލް އިސްލާޙު ކުރެއްވުމަށް އަންގަވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރުގެ ބިލް މި ތަނުގައި ބަހުސް ކުރަން ވަރަށް ބޮޑަށް އެދެން. އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ދަންނަވައިފިން އިއްޒަތްތެރި މެމްބަރޭ، ކުޑަކޮށް އަދި ކޮށައިމަށާލާފައި ގެންނަވަންވީ ނޫންތޯއޭ؟" ރައީސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ސައީދު ހުށަހެޅުއްވި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލް" ގައި، މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ކުލީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރުކޮށްގެން ނުވާނެ ކަމަށާއި، މި ހާލަތުގައި ކޮންމެ މީހެއްގެ ވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ވަކި އަދަދެއް ލިބޭ ގޮތަށް ހަމަޖެއްސުން ފަދަ ކަންކަން ބަޔާންކޮށްފައި ވެއެވެ.

މި ބިލް އެޖެންޑާ ނުކުރަން ނިންމާފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން މީހުންގެ އަތްމަތި ދަތިވެފައިވާ މި ހާލަތުގައި، ކުލި ނުދެއްކޭ މީހުން ގެއިން ނެރުން ގާނޫނަކުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވިދާޅުވެފައި ވެއެވެ.

މީކާއިލް ވިދާޅުވެފައި ވަނީ، ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ އިރު، މުސާރަ ކުޑަ ކުރި މީހުންނަށް ވެސް އެހީ ލިބެން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ދަތިތަކާއި އެކު. ކުލި ނުދެއްކިގެން މާލޭ ގޭތަކުގައި ކުއްޔަށް ދިރިއުޅޭ ބައެއް މީހުން ފާއިތުވެދިޔަ ދުވަސްތަކުގައި ގެއިން ނެރެ މަގުމަތިކޮށްލާފައިވާ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އަދި މިހާލަތުގައި ކުއްޔަށް އުޅޭ މީހުންނަށް ދިމާވާ ދަތިތަކާއި އެކުވެސް ގެތަކުގެ ވެރިން ކުއްޔަށް އެއްވެސް ލުޔެއް ނުދީ، ބައެއް ގެތަކުގައި ކުލި ބޮޑު ކުރާތީވެސް ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މާލޭގައި ކުލި ކޮންޓްރޯލް ނުކުރެވި، އެކި ސަބަބުތަކަށްޓަކައި މާލޭގައި ދިރިއުޅެން މަޖުބޫރިވެފައިވާ މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާތާ އެތައް ޒަމާނެއް ވެފައިވީނަމަވެސް، މިއީ މިހާތަނަށް ޙައްލެއް ނުލިބި އޮތް މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޏސސ

    ތީ ހަމަ އިބިލީހެއް.ރައްޔިތުންނައް ހެވެއް ނޭދޭނެ.

    48
    8
  2. މޫސަ

    މީ ކާއީލް އާއި ސަޢީދުގެ މަސައް ކަތާއި ވިސްނުން ވ ރަނގަޅު. ވަޒީފާއިން ވަ ކި ކުރުމުގެ ބަދަލުގައި މުސާރަތައް ވަރަށް ބޮޑަށް ކުޑަ ކޮށްފައި އެބަހުރި. ޟަރޫރީ ބޭނުންތައް ވެސް ފުއްދައި ނުލެވޭ ވަރަށް. ޢެހެންވީމަ އެ ފަދަ ފަރާތްތަކަށް ވެސް ގޮތެއް ހޯދައިދޭންޖެހޭ. އެ ކަމަ ކު މި ގޮތަ ކީ ބޭން ކު ލޯނުތައް ލުއި ކޮށް ދިނުންފަދަ ކަމަ ކަށް ނުވެއްޖެނަމަ ކިތައްމެހާ ވެސް ރަނގަޅު.

    50
    2
  3. ޕުޗުސް

    ކޮންތާކަށް އަނބުރާ ފޮނުވާލީ؟ މައްސަލައަކީ މިބިލު ފާސް ވެއްޖެނަމަ "ގެއްލުން" ވާނީ މަހުޖަނުންނަށް. ބަލާބަލަ ގާސިމުއާ ޗަމްޕާއާ އުޅޭ ދަތި ހާލު. ކަލޭމެންނަކަށް ނޭނގޭތަ ކިހާ ދެރަ ހާލުގަ ކަމެއް އެމީހުން އެއުޅެނީ. ނަޝީދުގެ އަސްލު ކުލަ މިހާރު ފެނިއްޖެ. އެމްޑީޕީ ފެއިލް.

    63
    3
  4. ބޯގޯސް

    އެބުމާހެން ސޯލިބޭވެސް ބެން ކުލޯނުވެސް އޮތީ އަމާބުނީމަ ފަރައްދާގޮތައް ލުއި ކޮއްދީފަ ރައްޔިތުން އެހާގަމާރު

    32
    2
  5. އައްބަ

    ވިޔަފާރިވެރިން ތިއްބާ ތިކަން ކަން ކުރަން ނުވިސްނަބަލަ ..

    22
  6. ދިވެހިން

    ލާއިންސާނިއްޔަތު ކަމާއި އަނިޔާވެރި ކަމަކީކޮބާ؟ މިކަމަކީ އަނިޔާއެއް ނޫންތަ؟
    ހަރެމެންގޭ ބަންދުންދޫކޮށް މަސައްކަތްކުރެވޭނެ ގޮތްހަދާ!

    25
    1
  7. ރަށު ކަމަނަ

    އެއްވެސް ބިލެއް ފާސް ކުރާނެ ަަަަަަަަަަަަަ ކަމެއް ނެތް ރާއްޖޭގެ ހުރިހާ ރައްޔިތުން ދިރިއުޅެންވީ މާލޭގަތަ؟ ކުލި ނުދެއްކޭ ހާލު ދަރިންގެ ބޭނުންތައް ނުފުއްދޭ ހާލުގަވެސް އެއައްވުރެ މާ ރަނގަޅު އަރާމް ދިރި އުޅުން އުޅެވޭނެ ރަށަށް ދޭބަލަ ދުޅަހެޔޮ މާހައުލެއް ހޯދަދެވޭނެ ދަރިންނަށް.

    18
    15
    • އަލީ

      ރަށުގަ ކޮންތާކަށް ވަންނަނަނީ؟ ބިމެއް ދިންތަ؟ ބިން ތިބި މީހުންވެސް ތިބޭނެ. އެކަމަކު ގިނަ މީހުންގެ ރަށުގަ ވެސް ވަންނާނެ ތަނެއް ނެތިގެން މާލެއައިސް ކުއްޔަށް އުޅެނީ... ރަށުން ކުއްޔަށް ލިބޭނެ ތަނެއް ނެތީމަ... ބޯގޯސް

      1
      2
  8. ކެރަފާ

    ކަލޭވެސް މަޖިލީހުގެ ގަވައިދަކަށް ނުފެތޭ ފުރަތަ ކަލޭ އިސްލާހު ވެބަލަ ބިލްބޭރުކުރި ގޮތަށް އިސްލާހުކުރަން ކަލޭވެސް ތިތަނުން ބޭރުކުރަން ޖެހޭ އިތުރަކަށް އިސްލާހު ކުރާކަށް ނުޖެހޭނެ އަދި ވަކީން މޮޅެތި ސައީދުމެން ފަދަ މެންބަރުން ހުށައަޅާބިލެއް އިސްލާހުކުރާށޭ ކިޔާފަ އަބުރާފޮނުވާލާކަށް ނުޖެހޭނެ ކަލޭގެ ނާޤާބިލް ކަމުން ރައްޔަތުނަށް އެއްވެސް ފައިދާއެއްނުވެ ރައްޔަތުން ހަނާވަމުން ދަނީ ކަލޭތީ ބޮޑު ކުށްވެރިޔެކޭ ކަލޭ ތިތާގައި ތިއިނީ ރައްޔަތުންގެ ރުހުން ލިބިގެނެއް ނޫ ނޭ ވައްކަން ކޮށްގެން ގަދަބާރުން ގޮ ޑި ފޭރިގަތީ މަބޮޑު ވެފަ ތިތާގައި އިންނާނެ ކަމެއްނެތް 13 އަހަރަށް ހުކުންއިއްވާފައިން ބޮޑު ކުށްވެރިޔެއް ތިތަނުން ދެންނިކުމެގެން ކަލޭޖެހޭނީ ޖަލަށްދާން!

    32
    1
  9. ބޮޑުހުޅު

    ބިލް ފޮނުވާލިގޮތަށް ކެނެރީ ބުއްޅައިސްލާހު ކުރަން އަލުން އަބުރާ ޖަލަށް ފޮނުވަން އެބަޖެހޭ!

    34
    1
  10. ސޮނި

    އަބަދުވެސް ވާނުވާގަ!

    21
    1
  11. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    ކެނެރީ ބުއްޅަބޭ ރައްޔިތަކަށް ހެވެއް ނޭދެނެކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ރައްޔިތުންގެ ވަކަރުގޭގައި ތިބި ކޮންމެ މީހަކީ މުއްސަންޖެކެވެ. ރިއަލް ސްޓޭޓް ވިޔަފާރި އިންތިހާއަށް ކުރާ ބައެކެވެ. ވީއިރު، އެބައިމީހުން މޮޑެމުންދާ ބޮޑުވިޔަފާރިގަނޑު ހުއްޓާލަން މަސައްކަތްކުރާ މީހަކު އެމީހުން އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ހުއްޓުވާނެއެވެ. ބޮޑުންނަށް އަބަދުވެސް މޮޅުގޮތެވެ.
    * ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް އަރާއިން މީހާއަކީ ކަފާލާތުގެ ދަށުން މިޤައުމުގެ ޖަލުން ދޫކޮށްލާފައިވާ ޤައިދީއެކެވެ. އެކަމަކު، ކުށުގެ ރިކޯޑް ސާފުކުރެވުނު ގޮތެއްވެސް ނޭގި، މަޖިލީހުގެ މެމްބަރު ކަމުގެ ކެންޑިޑެންސީ ހޯދިގޮތެއް ވެސް ނޭގި ޤާނޫނު މުގުރާފައި އެއިނީ އެންމެފަހުން ރައީސްމީހާގެ ގޮތުގައެވެ.

    17
  12. އެރުން

    ތިބިލް ހުށައަޅަން ޖެހޭނީ އެޕާޓީމީހަކު . އެރުން އޯކޭވާނެ.

    13
  13. އުދަމުދިމ

    ކުލި ކުޑަ ކުރާން ވިސްނާނީ ކިހިނެއްތޯ މިގައުމުގައި 1978 ވަނަ އަހަރާ ހަމަޔައް ކުއްޔައް އުޅެންޖެހުނު ރައްޔިތަކުނެއް މާމޮޅުޑިމޮކްރަސީއެއް އައީމާ ޑިމޮކްރަސީގައޮންނަނީ ސަރުކާރުން ފުލެޓް އެޅީމާ ރައްޔަތުން ކުއްޔައް އުޅެންޖެހެނީ މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރުވެރިކަމުގައި މާލޭ ހިޔާކިޔާފައި ޗައިނާސަރުކާރުން އަޅައިދިން ފުލޭޓް ތަކެއް ރައްޔަތުން ކުއްޔައް ދޭންފެށީމަ މިއިނގުނީ މީމާމޮޅު ވިޔަފާރިއެއް ކަމާ ރައްޔަތުން އަޅުވެތި ކުރަން ރަގަޅު އުކުޅެއްކަމާއި ފަސޭހަކަމާއެކު ވޯޓް ހޯދޭނެ ގޮތެއްކަން މިހާރު މިސަގާފައް ހުރިހާ ސަރުކާރަކުން މިދަމަހައްޓަނީ

  14. ފާތުން

    ކުދިން ކުއްޔައް ބަހައްޓާ ބައެއް ގޭގޭގަ ވެސް ކަންތައް ކުރަނީ ވަރައް އިހާނެތި ކޮއް. އެފަދަ ފަރާތް ތަކުގެ މައްސަލަ ސިއްރުން ރިޕޯޓު ކުރެވޭނެ ގޮތް ވާންޖެހޭ. އަދި އެފަދަ ފަރާތް ތަކައް ފިޔަވަޅު އަޅަން ޖެހޭ.

  15. ނަައީމް

    ސީދާ ރައްޔިތުންނާ ގުޅުންހުރި ހަމައެކަނިކަމަކަށް މިސަރުކާރަށް ކުރެވުނުކަމަކީ ގޭގަ މަޑުނުކޮށްފިނަމަ ޖޫރިމަނާކުރް ރާއްޖޭގެ ރަށްތަކުގަވެސް މިކަން މިހާރު ވަރަށް ފޯރިއެބަހުރި އެއްދުވަހު ގޮވާނެ މިއަދު ފުރަބަންދެއްނޫނޭ އަނެއްދުވަހު ގޮވާފާނެ މިއަދު އިރުއޮއްސުނީމާބަންދޭ މިހަން ނުލާހިކު މޮޅަށް އެބަކުރޭ އެކަމަކު އަތްމަތިދަތިވެ ހަދާނެގޮތްހުސްވަމުންދާ ރައްޔިރުންނަށް އެކައްޗެއްވެސް ނުދެވުނުތާގަ ކަރުރެއްވެސް ނުދެވުނު މާސްކެއްވެސް ނުދެވުނު ރައްޔިތުންނޭ ވިސްނާކަށްނުވޭހޭ

  16. އައްމަޑޭސަމީރު

    ފުރަތަމަކުރަންވީކަމަކީ ސިޔާސީ ހުރިހާ
    މީހުންގެ މުސާރަ 1500(ފަނަރަހާސް)
    ރުފިޔާއަށްކުޑަކޮށް އިތުރުވާ ފައިސާއިން
    ދަތިވެފައިތިބި ރައްޔިތުންނަށް އެހީވާންވީ.

  17. މިތުރާ

    ތީރައްޔިތުންނަށް ކަމެއްކޮއްދޭން ތިބޭ ބައެއްނޫން،،،،އަމިއްލަ ޖީބައްބަރުކުރަން އުޅޭބައެއް،،،ރައްޔިތުން ޖެހެނީ މިމީހުން ގެ މުސާރަ އެލެވެންސް ނެތްގޮތައް ވަޒީފާ އިން ސަސްޕެންޑު ކުރަން