ފުވައްމުލަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެ ސިޓީ އަށް ސަރުކާރުން ވައުދެއް ނުފުއްދާކަމަށް އިދިކޮޅުފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްވަރު އަލީ ޝާހް ވިދާޅުވީ ފުވައްމުލަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެ ސިޓީ އަށް ސަރުކާރުން ވައުދު ވެފައިވާ ކަންކަން ފުއްދައި ނުދޭ ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ފުވައްމުލަކަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ ސަރުކާރުން އެ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް މިހާތަނަށް ނުފުދޭ،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ފުވައްމުލަކަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.

"ވަށައިގެން ބިޔަ ރާޅު ނަގާ ރަށަކަށްވުމާ އެކު ފުވައްމުލަކު ދެމިއޮންނާނެ ކަމާމެދު ސުވާލު މިހާރު އުފެދޭ, އެކަން ހައްލު ކުރުމަށް ފުވައްމުލަކުގައި ލުމަށް ނިންމާފައިވާ ތޮށިގަނޑުގެ މަސައްކަތް ވެސް ކުރިއަށް ނުދޭ،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ނުނިމިވާއިރު އެ ސިޓީގެ ޒުވާނުން ކުޅިވަރު ކުޅެލާނެ ދަނޑެއް ވެސް ނެތް ކަމަށެވެ. އޭނާ ވަނީ ފުވައްމުލަކުގެ ރައްޔިތުންނަށް، އިތުރު ހުވަފެން ދެއްކުމުގެ ބަދަލުގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ތަކުރާރުކޮށް މިވާކަތަށް ގެނެސްފައިވާނެ ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެ މަޝްރޫއަށް އެހެން ސަރުކާރުތަކުން ބަޖެޓު ހޯދާފައިވާއިރު، އެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރަށް އަދިވެސް ނިންމާ ނުލެވޭ" ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަތަރު އަހަރު ވެގެން ދިޔައިރު އެ މަޝްރޫއު ނުނިމި އޮތުމަކީ ފުވައްމުލަކުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިއަދު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ. އަދި އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ޖަލްސާއެއް ފުވައްމުލަކުގައި ބާއްވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވެންއިޓް

    ފުވައްމުލަކުގައި ޕީޕީއެމް ޖަލްސާއެއް ބާއްވަން އުޅޭތީ އިދިކޮޅުން ކަންބޮޑުވެއްޖެ ނަމަވެސް އެއީ މަމެން އަޅާލާން ޖެހޭނެ ކަމެއް ނޫނޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ޖެހޭނީ ދެން ދެފައި ދަނޑި އަށް ސީލާން ދޯ ކުރު ސްކާރޓް ލައިގެން ތިބެ މަމެންގެ ވެރިކަން ވައްޓާލަން ބޭނުން ނަމަ. ރަންރީނދޫ ޓްވިޓަރޭ މެން ދެން ސީލަ ބަލަ ސީލާ ސީލާ ސީލާ ދަ ސީލާ ވެން އިޓް ކަމްސް ޓު ޔޫ ތަމެން ސީލާ ސީލާ ސީލާ ސީލާ ތަމެން ސީލެވޭތޭ ސީލެވޭތޭ ސީލެވޭތޭ ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންްސް ޑާންސް ޑާންސް..