ދޮގުހެކި ދޭ މީހުން ސަލާމަތްކުރާނެ ބަޔަކު ޤިޔާމަތް ދުވަހަކު ނުތިބޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވއި ވިދާޅުވީ، ދޮގު ހެކި ބަހަކީ ޤިޔާމަތްދުވަހުން ސުވާލު ކުރެވޭނެކަމެއްކަން ކަށަވަރު ކަމަށާއި، އޭރުން ފިލަން ދާނެތަނެއް އަދި ވަންނާނެ ގެއެއް ނުހުންނާނެ ކަމަށެވެ.

"ހެކިބަސް ދޭށެވެ. ޞައްޙަ ހެކިބަހެވެ. ހަޤީޤަތާ އެއްގޮތަށެވެ. އިޚްލާޞްތެރިކަމާއިއެކުއެވެ. ސުވަރުގެ އެވެ. ފަހެ ދޮގު ހެކިބަހަކީ ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެ ކަމެއްކަން ކަށަވަރެވެ. އޭރުން ފިލަން ދާނެ ތަނެއް، ވަންނާނެ ގެއެއް، ޙިމާޔަތްކުރާނެ ފަރާތެއް ނުހުންނަ ހުއްޓެވެ." ޝެއިހް ޒައިދު ކުރެއްވި ޓްވީޓުގައި ވެއެވެ.

ދޮގު ހެކިބަސް ދިނުމާއި ގުޅޭގޮތުން މާތްﷲ ވަހީކުރައްވާފައިވެއެވެ.

ذٰلِكَ وَمَن يُعَظِّم حُرُماتِ اللَّهِ فَهُوَ خَيرٌ لَهُ عِندَ رَبِّهِ ۗ وَأُحِلَّت لَكُمُ الأَنعامُ إِلّا ما يُتلىٰ عَلَيكُم ۖ فَاجتَنِبُوا الرِّجسَ مِنَ الأَوثانِ وَاجتَنِبوا قَولَ الزّورِ

ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ حرمة ތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެ حضرة ގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް نعم ސޫފި حلال ކުރައްވާފައިވެއެވެ. (قرآن ގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުވާލެ

    ރަގަޅު ވާހަކައެއް... ދެން އިމްރާނުގެ މައްސަލާއިގަވެސް އޮންނާނީ ހަމަ އެންހުކުމެއް... ރައްޔިތުން މަގުމައްޗަށްނެރެ އިންޓާރނެޓުން ފޮޓޯގަޑެ ދައްކާފަ މީހެއްގެ ބޮލުގަ ގަތުލުގެ އިލްޒާމު އެޅުވިދާނެތޯ... ސާބިތުހެކިނެތި މީހަކަށް ވައްކަމާ ފްރޭމްކުރާކަމަށްބުނެ މީސްތަކުންގެ މެދުގަ ޝައްކުއުފެއްދިދާނެތޯ... އިމްރާނާ ޖެހުނީމަ އިސްލާމްދީނުގެ ހުކުމެއް އެހެންގޮތަކަށް ބަދަލުކުރެވިދާނެތޯ. އަދާލަތުޕާޓީއާ ބައެއް އިލްމުވެރިން ނުރުހުނީމަ ހުކުމަށް ބަދަލުއަންނާނެތޯ.

  2. އެހެންތަ؟

    ދެލޮފުޅާ މިވެރިމޭހާ ނުކުރާ ނުބަިކަމެއް އަދި ހިޔެއް ނުވޭ އޮނ ނާނެހެން ކިތައްމެ ބޮޑަށްވެސް ހުރިހާކަމެއް ސާފުވޭ އެކަމުސަދޫމުގެ ސަރީއަތް ހިންގާތަނެއްގަ ހެއްކެއްހޯދޭނެބާ؟ނޫނީސާބިތުކުރެވޭނެބާ؟

  3. އަލް ނޫރު

    ކޮއި ފުޅާ ކަޝްމީރު މުސްލިމުންނާ ދެކޮޅަށް އިންޑިޔާ ދޭ ޙަމަލާ ކުއްވެރި ނުކުރާއިރު މިބެއަށް އޯކޭ ލާދީނަށް ތަބާ ވުން އޯކޭ...