މާރާމާރީއެއްގެ މައްސަލައިގައި ހައްޔަރުގައި ތިބި، ފުވައްމުލަކު 12 ޒުވާނުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

12 ޒުވާނުން ދޫކޮށްލަން ކޯޓުން ޢަމުރުކުރީ، އެ 12 ޒުވާނުންނާއި ދެކޮޅަށް ކޮށްފައިވާ "މީހަކަށް ނުރައްކާތެރި ހާނިކައެއް ވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، އެކަމުގައި ބައިވެރިވުމުގެ" ދަޢުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

މި 12 މީހުންގެ މައްޗަށް ދަޢުވާކުރާ މައްސަލައަކީ، 2015 ވަނަ އަހަރު ސެމްޓެމްބަރު 16 ވަނަ ދުވަހުގެ ރޭ، ފުވައްމުލަކު ހޯދަނޑު އަވަށަށް ނިސްބަތްވާ ކުދިބައެއްގެ ގައިގައި ތަޅައި، ތޫނުހަތިޔާރު ބޭނުންކޮށްގެން، ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް އަނިޔާތަކެއް ދީ މާރާމާރީ ހިންގާފައިވާ މައްސަލައެވެ.

އެ ޒުވާނުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފައި މިވަނީ، އެމީހުން ދޫކޮށްލުމަށް ގޮވާލައި ފުވައްމުލަކުގައި ބޮޑު ކެމްޕޭނެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި 12 މީހުން ހައްޔަރުގައި ތިބޭތާ ތިން އަހަރު ވެފައިވާއިރު، އެ މައްސަލައިގެ ޝަރީޢަތް ކޯޓުގައި ކުރިއަށް ނުގެންދާތާވެސް ވަނީ އަހަރުތަކެއް ވެފައެވެ. އެނގިފައިވާގޮތުން މި މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފެށުމުން، ސުޕްރީމް ކޯޓުގެ އެންގުމަކަށް މައްސަލަ ކުރިއަށް ގެންދިއުން އޮތީ މަޑުޖައްސާލާފައެވެ.

އޭގެ ފަހުން އިތުރު އެއްވެސް އަޑުއެހުމެއް ނުބާއްވައި، އެމީހުންނަށް އިންސާފު ލިބޭނެ ހުރިހައި މަގެއް ބަންދުވި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކްރިމިނަލް ކޯޓުން މިއަދު އެމީހުން ދޫކޮށްލަން އަމުރުކުރީ، އެ މައްސަލަ ނުނިމި ތިން އަހަރު ވެފައިވާތީ އާއި، އެ މައްސަލައިގައި އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ "އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ،" އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ

    ބަޔަކު ނިކުމެ އަޑެއް ގޮއްވާލާ އިރަށް މި ސަރުކާރު ބިރުންހުމަށް

  2. ބީވާ

    ޖުޑީޝަރީ އަށް ނުފޫޒު ފޯރުވަނީ ރައީސްކަން މިއޮތީ ފެންނަން.

  3. އަމާތަ

    ހެހެހެހެހެ .. ކޮން އިރަކު ޖުހާ ބުއްދި ވާހަކަ ސަރުކާރުން ހުށަހަޅައިދޭން ފެށީ ... އެހެންވިއްޔާ ޖަލުގައި އަޑުއެހުން ނުހިނގާ ހުރިހާ ގައިދީން ވެސް ހަމަ ތިމޭރުމުން ދޫކޮށްލުމަށް ގޮވާލަން...

  4. ހައި

    ކޯޓުގެ ދޯހަޅިކަމެއް ނޫންތޯ. ތިހާ ދުވަސްވީއިރު ތިމައްސަލައިގެ އެއްމެ އަޑުއެހުމެއް ބޭއްވުނީ ކޯޓުގެ ފަރުވާ ކުޑަކަންނޫންތޯ.

  5. ވގ

    ސާބަހޭ ޒިންމާދާރު މުއައްްސަސާތައް އަދިވިސް މުސާރަބޮޑުކުރޭ

  6. ލައްކަ ވޯޓް

    ސަޅި ކަމެއް

  7. ޢާދަނު

    ، ޔެއަންދާ ގާނޫނުހޭ

  8. ޜައްޔިތެއް

    ޢިންސާފަކީ ކޮންމެ މީހެއްގެވެސް ހައްގެއް.

  9. ޑިމޮކްރަޓިސްޓް

    މަގޭ އާއިލާޔާ މަގޭވޯޓުވެސް ލިބޭނީ މަގޭވެސް ބޭނުން ކަންކަން މިފަހަރު ކޮށްދީގެން.. ކުއްވެރިން ދޫކުރެވެންޏާ އެއަށްވުރެ ކުދި ކަންކަން ނިންމަދޭންޖެހޭނެ...

  10. ދިޔާން

    ކަލޭމެން ބުނާ ގޮތުން އިންސާފަކީ ހަމަ އެކަނި ބޭ ބޭފުޅުންނަށް ލިބެން ޖެހޭ އެއްޗެއްދޯ.

    ބަލަގަ އެ ޒުވާނުން ކޮންވިކްޓު ވާ ކުށެއް ބަޔާން ނުކޮށް ވާނުވާގަ އޭ އެ ޒުވާނުން ހައްޔަރު ކޮއްފަ ތިބީ

  11. ަައަހްމަދް

    ނުހައްޤުން ހައްޔަރު ކޮއްފައިވާ އެންމެން ދޫކޮއްލަން ގޮއާލަން

  12. ާޖޯކު

    ވިސްނާ ފިކުރު ކުރާބަޔަކަށް އިބްރަތް ބޯކޮށް