މާލޭގައި ގްރޫޕަކުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އެ ވީޑިއޯއިން ފެށިގެން ދަނީ ދެ މީހަކު ވެގެން މީހަކަށް ވަރަށް ބޮޑަށް އަނިޔާ ކުރާ ތަނެވެ. މިގޮތުން ބިންމައްޗަށް ވެއްްޓިފައި އޮތް އެ މީހާއަށް އެކަކު އަތުން ވަރަށް ބޮޑަށް އަނިޔާ ކުރާއިރު، އިތުރު މީހަކު ފައިން އެ މިހާގެ ގައިގައި ޖަހާ ތަން ފެނިގެން ދެއެވެ.

އަދި ބިންމައްޗަށް ވެއްޓިފައި އޮތް އެ މީހާގެ އިސްތަށިގަނޑުގައި ހިފާ ގެންދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދާއިރު، އިތުރު ބަޔަކުވެސް އެ މާރާމާރީގައި ބައިވެރިވާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް މައުލޫމާތުދެމުން ވިދާޅުވީ، ސަބުދެލިޔާ މަގު ގަލޮޅު އޮޓޯޕާޓްސް ކައިރީގައި މާރާމާރީ ހިންގާކަމުގެ މައުލޫމާތު މިރޭ 19:14 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު އެފަދަކަމެއް ފާހަގަކުރެވިފައިނުވާ އޮފިޝަލް ވިދާޅުވިއެެވެ.

ނަމަވެސް އެތަނުގައި ދެ ސައިކަލެއް ވެއްޓިފައި އޮތުމުން އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދަނިކޮށް، 19:59 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައިވާ މީހަކު ހަލެވެލި ގޯޅި ތެރެއިން ނުކުތްތަން ފެނިފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންޑިޔާ މީހާ

    މި ނޯޓްކޮއްލަނީި

    10
    2
  2. ދިގު އިސްތަށިގަނޑަކީ އޭނަގެ ދަންތުރަ

    ވިކްޓިމް އަށް ސަލާމަތް ނުވެވުމުގެ ސަބަބަކީ އޭނަގެ ދިގު އިސްތަށިގަނޑެވެ. ކޮންމެއަކަސް ކަލޭމެންކުދިން ތަޅާނުފޮޅާ އުޅުމަށް އެދި ނަސޭޙަތްތެރި ވަމެވެ.

    15
    1
  3. މުއިއްޒު 2023

    މިއީ އިބޫގެ އުފާވެރި އަމާން ރާއްޖެ. ނޮވެންބަރު 3 ގެނައި މީހުންނާ ގައުމު ހަވާލުކުރީމަ ވާނެ ގޮތް މިފެންނަނީ

    20
    5
  4. ޅަސޮރު

    އަމާން ރާއްޖެ
    މިއީ ވަރަށް ވާހަކަ

    17
    5
  5. މޮހޮނު

    މާދަމާ ސަރުކާރުގެ ކުންފުންޔަކުން ރަނގަޅު ވަޒީފާއެއްދީފަ ބައިތިއްބާ... ގައުމު ހަލާކުވެ ނިމިދަނީ.

  6. ނޯޓު

    މޯލްޑިވްސް ޕޮލިސް ސަރވިސް ތިޔަކަން ނޯޓުކޮށްލައިފިން. މި މަހުގެ ރިޕޯޓުގައި އަދި މިއަހަރުގެ އަހަރު ރިޕޯޓުގައި ތަފާސްހިސާބު ހިމަނާއިރު ތިޔަ ރިޕޯޓު ލިބުނުކަން ހިމަނާފައި ހިއްސާކޮށްލާނަން.